Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވީއައިއޭ ގެ ސެކިއުރިޓީ

ވީއައިއޭ އިން 1 ލައްކަ ޑޮލަރު ފޭރުނު މައްސަލައިގެ ތަހުގީގު ލަސް، އެކަމާ ގުޅޭ ސުވާލު މިހާރު ކުރަން ޖެހޭނީ ފުލުހުންނާ: މިނިސްޓަރު އަމީން

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ބޭންކް މުވައްޒަފުންގެ އަތުން ގިނަ އަދަދެއްގެ ޑޮލަރު ފޭރުނު މައްސަލައިގެ ތަހުގީގު ލަސްކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެއްބަސްވެވަޑައިގެންފި. މިނިސްޓަރު ވިދާޅުވީ މިއީ ސީދާ އެއަރޕޯޓުގެ ސެކިއުރިޓީއާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، ފުލުހުން ބަލަމުންދާ މައްސަލައަކަށްވާތީ އިތުރު ތަފްސީލު ދެވެން ނެތް ކަމަށް. މި ހާދިސާގައި ފޭރުނު ފައިސާ ފެނިފައިވޭތޯ ފުލުހުންނާ ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް އެކަމުގެ އެދެވޭ އަޕްޑޭޓެއް މިހާތަނަށް ދީފައެއް ނުވޭ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 4 މާރިޗު 2026 | ބުދަ 14:56
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން | ރައީސް އޮފީސް

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ޓަރމިނަލް އެކަކަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފެއްގެ އަތުން، ލައްކަ އަކަށްވުރެ ގިނަ ޑޮލަރު ހުރި ސޫޓް ކޭސް އެއް ފޭރިގަތް މައްސަލަ ކުރިއަށް ދަނީ ލަސް ކޮށް ކަމަށް ގަބޫލު ކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ. 

ވީއައިއޭ އިން މި ފައިސާ ފޭރުނީ މިދިޔަ 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހު އެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ އެ ދުވަހުގެ ފަތިހު 4:45 ގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެ ދުވަހުގެ 09:00 ގައި އޮތް މަޖިލީހުގެ ޖަލްސާއަށް މިިނިސްޓަރު ހާޒިރުވެ ވަޑައިގެންފައިވާ އިރު އެކަމާ ގުޅިގެން ސުވާލު ކުރުމުން މިނިސްޓަރު ވިދާޅުވީ އެކަމުގެ މައުލޫމާތު ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. 

Advertisement - newsAdvertisement

އެއަރޕޯޓުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައިވާ ކަމަށް ސަރުކާރުން އެތައް ފަހަރެއްގެ މަތިން ބުނެފައި ވާއިރުވެސް އެއަރޕޯޓަށް ވަންނަން ދަނިކޮށް ފައިސާ ސޫޓް ކޭސްއެއް ފޭރިގަނެ، އަދި އެކަން ހިނގައި އެތައް އިރެއް ވި އިރުވެސް މިނިސްޓަރަށް އެކަމުގެ މައުލޫމާތު  ލިބިފައި ނުވާ ސަބަބާ ގުޅިގެން ރާއްޖެޓީވީން ވަނީ މިނިސްޓަރާ ސުވާލު ކޮށްފަ އެވެ. 

އެ ސުވާލަށް ޖަވާބުދެއްވައި މިނިސްޓަރު އަމީން ވިދާޅުވީ އެ މައްސަލަ މިހާރު ބަލަމުން ދަނީ ފުލުހުން ކަމަށެވެ. އަދި އެކަމަކީ ހިނގައިގެން ވާނެ ކަމެއް ނޫން ކަމަށާ އެ މައްސަލަ ދަނީ ލަސްކޮށް ކަން ވެސް ގަބޫލު ކުރައްވާ ކަމަށެވެ. 

އެ މައްސަލަ މިހާރު ބަލަމުން ދަނީ ޕޮލިހުން. އެހެންވީމަ ޕޮލިހުން މިހާރު ބަލަމުން ގެންދާ މައްސަލައެއް އަޅުގަނޑު ސްޕެސިފިކް ކޮށް އެއްޗެއް މިވަގު ދަންނަވައިފިއްޔާ އޭގަ ނުކުމެދާނެ ބައެއް ކަންތައްތަކެއް އެބަހުރި. އަޅުގަނޑު ވެސް ގަބޫލު ކުރަން ދާންވީ ސްޕީޑަށް ވުރެ ދަށް، ސަބަބުތަކެއް ވެސް ހުރުން އެކަށީގެންވޭ. އަޅުގަނޑަށް ރަނގަޅީ ތި ސުވާލު ޕޮލިހުންނާ، ނޫނީ ހޯމް މިނިސްޓްރީގެ ޕްރެސްގައި އެއްސެވިއްޔާ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން

މިނިސްޓަރު އަމީން ވިދާޅުވީ އެހެންކަމުން ސީދާ ސެކިއުރިޓީ އާ ގުޅިގެން ވެސް އެއްޗެއް ދަންނަވަން މިވަގުތު އުނދަގޫ ކަމަށެވެ. އަދި މިއީ ސީދާ އެއަރޕޯޓް ސެކިއުރިޓީ އާ ގުޅުން އޮތް މައްސަލައެއް ނޫން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އަމީން ވިދާޅުވީ އެއަރޕޯޓުގައި ދިމާވާ ކޮންމެ ކަމަކީ އެއަރޕޯޓްގެ ޓޯޓަލް ސެކިއުރިޓީ އާ ވެސް ސުވާލު އުފެދޭ ކަންކަން ނޫން ކަމަށެވެ. 

އެއަރޕޯޓަށް ވަދެ, ބީއެމްއެލް ގެ މުވައްޒަފުން އަތުން ގިނަ އަދަދެއް ގެ ޑޮލަރު ތަކެއް ފޭރުނު މައްސަލާގައި ޑޮލަރުތައް ފެނިފައިވޭތޯ ތިން ފަހަރު މަތިން ފުލުހުންނާ ސުވާލުކުރުމުން ވެސް ފުލުހުން ބުނީ އެކަމުގެ އަޕްޑޭޓެއް ނެތް ކަމަށެވެ. 

މިނިސްޓަރު މުޙައްމަދު އަމީންވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ނުފުރި ތިބި ފަތުރުވެރިންގެ ވިސާގެ މުއްދަތު އިތުރުކޮށްދެނީ

ނުފުރި ތިބި ފަތުރުވެރިންގެ ވިސާގެ މުއްދަތު އިތުރުކޮށްދެނީ

02 މާރިޗު 2026
އައު ޑޮމެސްޓިކް ޓަރމިނަލްތަ؟ ނޫނީ ޕީއެންސީ ޖަގަހައެއްތަ؟

އައު ޑޮމެސްޓިކް ޓަރމިނަލްތަ؟ ނޫނީ ޕީއެންސީ ޖަގަހައެއްތަ؟

15 ފެބުރުއަރީ 2026
ނަސޭހަތް ދީ ދޫކޮށްލުމަށްފަހު ހައްޔަރު ކުރި ދެ މީހުން އަބުރުވެރި ވަޒީފާއެއްގައި އުޅޭތީ އަނެއްކާ ވެސް ދޫކޮށްލައިފި!

ނަސޭހަތް ދީ ދޫކޮށްލުމަށްފަހު ހައްޔަރު ކުރި ދެ މީހުން އަބުރުވެރި ވަޒީފާއެއްގައި އުޅޭތީ އަނެއްކާ ވެސް ދޫކޮށްލައިފި!

04 ފެބުރުއަރީ 2026
އެއާޕޯޓްގައި މާރާމާރީ ހިންގުމުން ނަސޭހަތް ދީ ދޫކޮށްލި ދެ މީހުން 10 ދުވަސް ފަހުން ހައްޔަރު ކޮށްފި

އެއާޕޯޓްގައި މާރާމާރީ ހިންގުމުން ނަސޭހަތް ދީ ދޫކޮށްލި ދެ މީހުން 10 ދުވަސް ފަހުން ހައްޔަރު ކޮށްފި

20 ޖެނުއަރީ 2026
އެއަރޕޯޓުގައި މާރާމާރީ ހިންގި ބިދޭސީން ތަކަކަށް ނަސޭހަތް ދިނުމަށްފަހު ދޫކޮށްލައިފި

އެއަރޕޯޓުގައި މާރާމާރީ ހިންގި ބިދޭސީން ތަކަކަށް ނަސޭހަތް ދިނުމަށްފަހު ދޫކޮށްލައިފި

10 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

19 އެޕްރީލު
ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް
20251 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!
20233 އަހަރު ކުރިން
ރިޕޯޓު

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް
20224 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް
20215 އަހަރު ކުރިން
ދުނިޔެ

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
20197 އަހަރު ކުރިން
ރިޕޯޓު

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު