Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޯލްޑިވްސް އިމިގްރޭޝަން

ނުފުރި ތިބި ފަތުރުވެރިންގެ ވިސާގެ މުއްދަތު އިތުރުކޮށްދެނީ

މެދުއިރުމަތީގެ މަސްރަހު ގޯސްވެ ފްލައިޓްތައް ކެންސަލްވުމާ ގުޅިގެން، ރާއްޖެއިން ނުފުރި ތިބި ފަތުރުވެރިންގެ ވިސާގެ މުއްދަތު އިތުރުކޮށްދިނުމަށް އިމިގްރޭޝަނުން ވަނީ ނިންމާފަ. ދަތުރުފަތުރުގެ ނިޒާމަށް ކުރިމަތިވެފައިވާ ބުރޫތަކުގެ ސަބަބުން ފަތުރުވެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އަންނަނީ މަސައްކަތް ކުރަމުން. މިގޮތުން އެއާޕޯޓުގައި ތިބި ފަސިންޖަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއޭސީއެލް އިން ވަނީ ޚާއްސަ ސެންޓަރެއް ވެސް ގާއިމުކޮށްފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 2 މާރިޗު 2026 | ހޯމަ 10:28
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ފަތުރުވެރިއަކަށް ހިދުމަތް ދެނީ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ފަތުރުވެރިއަކަށް ހިދުމަތް ދެނީ. | ވެލާނާ އެއާޕޯޓް

 މެދުއިރުމަތީގެ ހަނގުރާމަ އާ ގުޅިގެން ގައުމުތަކަށް އަނބުރާ ނުދެވި، ރާއްޖެ އިން ނުފުރި ތިބި ފަތުރުވެރިންގެ ވިސާގެ މުއްދަތު އިތުރުކުރުމަށް ނިންމައިފި އެވެ. 

 މިދިޔަ މަހުގެ 28 ން ފެށިގެން މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ފަތުރުވެރިންނަށް ދަތުރުފަތުރު ކުރުމުގައި ދަތިތަކާ ކުރިމަތިވެ، ބައެއް ފްލައިޓްތައް ވެސް ވަނީ ކެންސަލް ވެފަ އެވެ. 

އެކަމާ ގުޅިގެން މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ދަތުރުފަތުރުގެ ނިޒާމަށް މިވަގުތު ކުރިމަތިވެފައިވާ ބުރޫތަކުގެ ސަބަބުން، ދަތުރުކުރުމުގައި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ފަތުރުވެރިންނަށް ދޫކޮށްފައިވާ ވިސާގެ މުއްދަތު އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ. 

ރާއްޖޭ ގައި މި ވަގުތު ތިބި ބައެއް ފަތުރުވެރިންގެ ވިސާގެ މުއްދަތު ހަމަވުމުގެ ކުރިން ފުރޭނެ އިންތިޒާމެއް ނެތް ކަން ފާހަގަކޮށް އިމިގްރޭޝަނުން ބުނީ، އެހެންވެ، އެ ފަރާތްތަކުގެ ވިސާގެ މުއްދަތު އިތުރުކޮށް ދިނުމަށް ނިންމީ ކަމަށެވެ.

ރާއްޖެއިން ނުފުރި ތިބި ޓޫރިސްޓުންގެ ހާލު ބަލައި ޓޫރިސްޓުންނަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައި ދިނުމަށް ސަރުކާރުގެ ކަމާބެހޭ އެކި ފަރާތްތަކުން އަންނަނީ މަސަައްކަތް ކުރަމުންނެވެ.

ހަނގުރާމައާ ހެދި މެދުއިރުމަތީގެ ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކުރުމުގެ ސަބަބުން ހޮނިހިރު ދުވަހުގެ ވެސް ގިނަ ފްލައިޓްތައް ކެންސަލްވެ، ވީއައިއޭގެ ބައިނަލްއަގުވާމީ ޓާމިނަލް އޮތީ ތޮއްޖެހިފަ އެވެ.

އޭވިއޭޓާސް މޯލްޑިވްސް އިން ބުނީ، އާދިއްތަ ދުވަހު ރާއްޖެ އަންނަން ހަމަޖެހިފައި އޮތް 12 ފުލައިޓެއް ކެންސަލް ކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން އިނާ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގު އެކްސްގައި ވިދާޅުވީ، އާދިއްތަ ދުވަހު ވީއައިއޭއަށް އަންނަން ހަމަޖެހިފައި އޮތް 14 ފުލައިޓެއް ކެންސަލްވި ކަމަށެވެ. މިކަމުގެ ސަބަބުން މިހާރުގެ ހާލަތު ނާޒުކު މިންވަރަށް ހާމަވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ފްލައިޓުތައް ކެންސަލް ކުރުމުން ފަސިންޖަރުންނަށް ކުރިމަތިވާ ދަތިތައް ހައްލު ކުރުމަށް މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި "ޑިސްރަޕްޝަން މެނޭޖުމަންޓު ސެންޓަރެއް" ވެސް ގާއިމު ކޮށްފަ އެވެ. 

އިމިގްރޭޝަންވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2026

އައު ޑޮމެސްޓިކް ޓަރމިނަލްތަ؟ ނޫނީ ޕީއެންސީ ޖަގަހައެއްތަ؟

15 ފެބުރުއަރީ 2026
އައު ޑޮމެސްޓިކް ޓަރމިނަލްތަ؟ ނޫނީ ޕީއެންސީ ޖަގަހައެއްތަ؟
04 ފެބުރުއަރީ 2026

ނަސޭހަތް ދީ ދޫކޮށްލުމަށްފަހު ހައްޔަރު ކުރި ދެ މީހުން އަބުރުވެރި ވަޒީފާއެއްގައި އުޅޭތީ އަނެއްކާ ވެސް ދޫކޮށްލައިފި!

04 ފެބުރުއަރީ 2026
ނަސޭހަތް ދީ ދޫކޮށްލުމަށްފަހު ހައްޔަރު ކުރި ދެ މީހުން އަބުރުވެރި ވަޒީފާއެއްގައި އުޅޭތީ އަނެއްކާ ވެސް ދޫކޮށްލައިފި!
20 ޖެނުއަރީ 2026

އެއާޕޯޓްގައި މާރާމާރީ ހިންގުމުން ނަސޭހަތް ދީ ދޫކޮށްލި ދެ މީހުން 10 ދުވަސް ފަހުން ހައްޔަރު ކޮށްފި

20 ޖެނުއަރީ 2026
އެއާޕޯޓްގައި މާރާމާރީ ހިންގުމުން ނަސޭހަތް ދީ ދޫކޮށްލި ދެ މީހުން 10 ދުވަސް ފަހުން ހައްޔަރު ކޮށްފި
10 ޖެނުއަރީ 2026

އެއަރޕޯޓުގައި މާރާމާރީ ހިންގި ބިދޭސީން ތަކަކަށް ނަސޭހަތް ދިނުމަށްފަހު ދޫކޮށްލައިފި

10 ޖެނުއަރީ 2026
އެއަރޕޯޓުގައި މާރާމާރީ ހިންގި ބިދޭސީން ތަކަކަށް ނަސޭހަތް ދިނުމަށްފަހު ދޫކޮށްލައިފި
05 ޑިސެމްބަރު 2025

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ގައި ފްލައިދުބާއީ ގެ ބޯޓެއް އެކްސިޑެންޓް ވެ ބޯޓަށް ގެއްލުން ވެއްޖެ

05 ޑިސެމްބަރު 2025
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ގައި ފްލައިދުބާއީ ގެ ބޯޓެއް އެކްސިޑެންޓް ވެ ބޯޓަށް ގެއްލުން ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު