Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖެޓް ފިއުލް އަގުބޮޑުވުން

އެމްއޭސީއެލް އިން ޖެޓް ފިއުލްގެ އަގު 42 އިންސައްތަ ބޮޑުކޮށްފި: އީދު ބަންދާ ދިމާކޮށް ފްލައިޓް ޓިކެޓް އަގު ބޮޑުވާނެ!

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، އެމްއޭސީއެލް އިން ވިއްކާ ޖެޓް ފިއުލް ލިޓަރެއްގެ އަގު މިހާރު ވަނީ 1.19 ޑޮލަރުން 1.69 ޑޮލަރަށް ބޮޑުކޮށްފަ. މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ހުރެ ތެޔޮ ލިބުމަށް ދަތިވެފައިވާ މި ދަނޑިވަޅުގައި ގެނައި މި ބަދަލުގެ ސަބަބުން، ވައިގެ ދަތުރުފަތުރުގެ ޓިކެޓުގެ އަގުތައް އުފުލުމުގެ ފުރުސަތު ބޮޑު. ރާއްޖެއަކީ އިމްޕޯޓް ކުރާ ތެލަށް ބަރޯސާވާ ގައުމަކަށް ވުމުން، ބައިނަލްއަގުވާމީ ބާޒާރަށް އަންނަ ލޮޅުންތަކުގެ އަސަރު ރާއްޖޭގެ އިގްތިސާދަށް ސީދާގޮތެއްގައި ކުރޭ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 14 މާރިޗު 2026 | ހޮނިހިރު 05:28
ރާއްޖޭގެ އެއަރލައިން ތަކުގެ އިތުރުން އެމްއޭސީއެލް އިން ބައިނަލްއަގްވާމީ ގިނަ އެެއަރލައިން ތަކަކަށް ހިދުމަތްދޭ: ޖެޓް ފިއުލްގެ އަގަށް އައި މި ބޮޑު ބަދަލާއެކު ފްލައިޓް ޓިކެޓް ގެ އަގުތައް އުފުލޭނެ ކަމަށް ބެލެވޭ

ރާއްޖޭގެ އެއަރލައިން ތަކުގެ އިތުރުން އެމްއޭސީއެލް އިން ބައިނަލްއަގްވާމީ ގިނަ އެެއަރލައިން ތަކަކަށް ހިދުމަތްދޭ: ޖެޓް ފިއުލްގެ އަގަށް އައި މި ބޮޑު ބަދަލާއެކު ފްލައިޓް ޓިކެޓް ގެ އަގުތައް އުފުލޭނެ ކަމަށް ބެލެވޭ | އެމްއޭސީއެލް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މަތިންދާބޯޓުތަކަށް ވިއްކާ ޖެޓް ފިއުލްގެ އަގު ބޮޑުކޮށްފި އެވެ.

އެ ކުންފުނިން މި ބަދަލު ގެނެސްފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެންނެވެ. މިއާއެކު ކުރިޔަށް މި އޮތް އީދު ޗުއްޓީ އާއި ދިމާކޮށް ވައިގެ މަގުން ކުރާ ދަތުރުފަތުރު ތަކުގެ އަގު ވަރަށް ބޮޑުވާނެ ކަމަށް ލަފާކުރެވެ އެވެ. 

Advertisement - newsAdvertisement

އެމްއޭސީއެލް އާއި ހާވާލާދީ އިތުބާރު ހުރި މަސްދަރަކުން މާއުލޫމާތު ދިން ގޮތުގައި، ޖެޓް ފިއުލް ލިޓަރެއްގެ އަގު މިހާރު ވަނީ 1.19 ޑޮލަރުން 1.69 ޑޮލަރަށް އުފުލިފަ އެވެ. މިއީ 50 ސެންޓުގެ އިތުރުވުމެކެވެ. މި ބަދަލާއެކު ތެލުގެ އަގަށް ވަނީ 42 އިންސައްތައިގެ  އިތުރުވުމެއް އައިސްފަ އެވެ. މި އަގަށް ގެނައި ބަދަލާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި އެމްއޭސީއެލް އިން މެނޭޖްކުރާ އެހެނިހެން ވަސީލަތްތަކުން ޚިދުމަތް ހޯދާ އެއާލައިންތަކަށް މި ބަދަލުގެ އަސަރު ވަގުތުން ކުރާނެ އެވެ.

މައުލޫމާތު ލިބިފައި ވާގޮތުން ތެލުގެ އަގަށް މި ބަދަލު ގެންނަން ޖެހުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މަތިވަމުންދާތީ އެކަމުގެ ފިއްތުންތައް ކުރިމަތިވަމުންދާތީ އެވެ. އެމްއޭސީއެލް އަށް ޖެޓް ފިއުލް ފޯރުކޮށްދެނީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިންނެވެ. އެސްޓީއޯ އިން ތެޔޮ އެތެރެކުރަނީ މައިގަނޑު ގޮތެއްގައި އޮމާން ފަދަ ގައުމުތަކުން ކަމަށްވާއިރު، ބައިނަލްއަގުވާމީ ބާޒާރުގައި ސާފުނުކުރާ ތެލާއި ސާފުކޮށްފައިވާ ތެލުގެ އަގު އުފުލުމުން ރާއްޖެ އަށް އޭގެ ސީދާ އަސަރު ދަނީ ކުރަމުންނެވެ.

ފަހަކަށް އައިސް ބައިނަލްއަގުވާމީ ބާޒާރުގައި ޖެޓް ފިއުލްގެ އަގު ވަރަށް ބޮޑަށް އުފުލިފައިވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެންނެވެ. މި ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރަށް ތެޔޮ ސަޕްލައިކުރުމުގައި ދަތިތަކެއް ކުރިމަތިވެ، ތެލުގެ އަގުތައް ވަނީ ކޮވިޑްގެ ބަލިމަޑުކަމަށްފަހު އެންމެ މަތިވި މިންވަރަށް އުފުލިފަ އެވެ. ރާއްޖެ އަކީ ތެލަށް މުޅިން ބަރޯސާވެފައިވާ ގައުމަކަށް ވުމުން، ބައިނަލްއަގުވާމީ ބާޒާރަށް އަންނަ މިފަދަ ލޮޅުންތަކުން ސަލާމަތްވުމަށް ރާއްޖެ އަށް އޮތް ފުރުސަތު ހަނިވެ އެވެ.

އެއާލައިންތަކުގެ ހިންގުމުގެ ޚަރަދުގެ ބޮޑު ބައެއް ތެލަށް ހޭދަކުރަންޖެހޭއިރު، މި ބަދަލާއެކު އެއާލައިންތަކުގެ ހިންގުމުގެ ޚަރަދު ބޮޑުވެގެންދާނެ އެވެ. މީގެ ސަބަބުން ބައެއް ރޫޓުތަކުގެ ޓިކެޓްގެ އަގު ބޮޑުކުރުމަކީ އެކަށީގެންވާ ކަމެކެވެ. މި ބަދަލުގެ އަސަރު އެންމެ ބޮޑަށް ކުރާނީ ކުދި ރީޖަނަލް އެއާލައިންތަކަށެވެ. ނަމަވެސް ތެލުގެ އަގު މިގޮތުގައި ދެމިއޮވެއްޖެނަމަ ބައިނަލްއަގުވާމީ ބޮޑެތި އެއާލައިންތަކުން ވެސް އަގުތަކަށް ބަދަލު ގެނައުމަކީ އެކަށީގެންވާ ކަމެކެވެ.

ޚާއްސަކޮށް ވާދަވެރިކަން ކުޑަ ރޫޓުތަކާއި މަދުން މީހުން އުފުލާ ފްލައިޓްތަކުގެ ޓިކެޓްގެ އަގު އުފުލުމުގެ ފުރުސަތު ބޮޑެވެ. ރާއްޖެއަކީ ތެޔޮ އިމްޕޯޓްކުރާ ގައުމަކަށް ވެފައި، އެސްޓީއޯ އިން އޮމާންގެ ސަޕްލަޔަރުންނަށް ބަރޯސާވާ މިންވަރު ބޮޑުވުމުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާ އެއްގޮތަށް ރާއްޖޭގެ ބާޒާރުގައި ވެސް އަގުތައް ބަދަލުވަމުންދާނެ އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަންޖެޓް ފިއުލްވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިއާގެ ދެ ޒުވާނަކު 6.7 ކިލޯ ހަޝިޝް އޮއިލް އާއެކު ހައްޔަރުކޮށްފި

އިންޑިއާގެ ދެ ޒުވާނަކު 6.7 ކިލޯ ހަޝިޝް އޮއިލް އާއެކު ހައްޔަރުކޮށްފި

05 މާރިޗު 2026
ވީއައިއޭ އިން 1 ލައްކަ ޑޮލަރު ފޭރުނު މައްސަލައިގެ ތަހުގީގު ލަސް، އެކަމާ ގުޅޭ ސުވާލު މިހާރު ކުރަން ޖެހޭނީ ފުލުހުންނާ: މިނިސްޓަރު އަމީން

ވީއައިއޭ އިން 1 ލައްކަ ޑޮލަރު ފޭރުނު މައްސަލައިގެ ތަހުގީގު ލަސް، އެކަމާ ގުޅޭ ސުވާލު މިހާރު ކުރަން ޖެހޭނީ ފުލުހުންނާ: މިނިސްޓަރު އަމީން

04 މާރިޗު 2026
ނުފުރި ތިބި ފަތުރުވެރިންގެ ވިސާގެ މުއްދަތު އިތުރުކޮށްދެނީ

ނުފުރި ތިބި ފަތުރުވެރިންގެ ވިސާގެ މުއްދަތު އިތުރުކޮށްދެނީ

02 މާރިޗު 2026
ޕްރެޝަރު ބޮޑުވުމުން އެމްއޭސީއެލް އިން ރަމަޟާން މަހު އޯޓީ ދޭން ނިންމީ 8 ގަޑިއިރު ޑިއުޓީ ކުރަން މަޖުބޫރު ކުރުމަށްފަހު!

ޕްރެޝަރު ބޮޑުވުމުން އެމްއޭސީއެލް އިން ރަމަޟާން މަހު އޯޓީ ދޭން ނިންމީ 8 ގަޑިއިރު ޑިއުޓީ ކުރަން މަޖުބޫރު ކުރުމަށްފަހު!

23 ފެބުރުއަރީ 2026
ރަމަޟާން މަހު އެމްއޭސީއެލްގެ މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ލިބޭނީ 48 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ކުރާނަމަ

ރަމަޟާން މަހު އެމްއޭސީއެލްގެ މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ލިބޭނީ 48 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ކުރާނަމަ

18 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު