Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް

އައު ޑޮމެސްޓިކް ޓަރމިނަލްތަ؟ ނޫނީ ޕީއެންސީ ޖަގަހައެއްތަ؟

15 ފެބުރުއަރީ 2026 | އާދީއްތަ 13:56

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޑޮމެސްޓިކް ޓާމިނަލްގެ އެތެރެ ފަރުމާކުރުމުގައި ސަރުކާރު ހިންގާ ޕީއެންސީގެ ކުލަތައް ބޭނުންކުރާތީ، އެއީ ވަކި ސިޔާސީ ފިކުރެއް ކުރިއެރުވުމަށް ކުރާ ކަމެއްގެ ގޮތުގައި ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ. މި މަޝްރޫއުގެ ތަފްސީލުތައް ހާމަނުކޮށް، އާންމުންނަށް ނުފެންނާނެހެން ފޮރުވައިގެން މަސައްކަތް ކުރިއަށްގެންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާއިރު، މިއީ ގައުމީ މުދަލެއްގައި ސިޔާސީ ކުލަޖެއްސުން ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ސުވާލު އުފައްދަމުން.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 15 ފެބުރުއަރީ 2026 | އާދީއްތަ 13:56
ވީއައިއޭ ގެ އައު ޑޮމެސްޓިކް ޓަރމިނަލް - އެތަނުގެ އެތެރެ ފަރުމާކުރުމުގައި ސަރުކާރު ހިންގާ ޕީއެންސީ ގެ ޑިޒައިނާ ކުލަ ބޭނުން ކޮށްފައިވާތީ ގިނަބަޔަކު ދަނީ ފާޑުކިޔަމުން.

ވީއައިއޭ ގެ އައު ޑޮމެސްޓިކް ޓަރމިނަލް - އެތަނުގެ އެތެރެ ފަރުމާކުރުމުގައި ސަރުކާރު ހިންގާ ޕީއެންސީ ގެ ޑިޒައިނާ ކުލަ ބޭނުން ކޮށްފައިވާތީ ގިނަބަޔަކު ދަނީ ފާޑުކިޔަމުން. | ރާއްޖެ އެމްވީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ކުރީގެ ބައިނަލްއަގުވާމީ ޓަރމިނަލް ޑޮމެސްޓިކް ޓަރމިނަލަކަށް ބަދަލުކުރުމުގެ މަސައްކަތް އެމްއޭސީއެލް އިން ކުރިއަށްގެންދާއިރު، އެތަނުގެ އެތެރެ ފަރުމާކުރުމުގައި ސަރުކާރު ހިންގާ ޕީއެންސީ ގެ ޑިޒައިނާ ކުލަ ބޭނުން ކޮށްފައިވާ ތީ ގިނަ ބަޔެއްގެ ފާޑުކިޔުން ސަރުކާރާ އެމްއޭސީއެލް އަށް އަމާޒުވެއްޖެ އެވެ. 

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި އައު ޑޮމެސްޓިކް ޓާމިނަލްގެ އެތެރޭގައި ބޭނުންކޮށްފައިވާ ކުލަތަކަކީ މިހާރުގެ ސަރުކާރު ހިންގާ ޕީއެންސީގެ ކުލަތަކެވެ. މިއީ ދައުލަތުގެ ބޮޑު ކުންފުންޏަކުގެ ހިންގާ މަޝްރޫއެއްގައި، ވަކި ސިޔާސީ ފިކުރެއް ކުރިއެރުވުމަށް ކުރާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

Advertisement - newsAdvertisement

މި މަޝްރޫއާ ގުޅިގެން އެންމެ ގިނަ ބަޔަކު ފާޅުކުރަމުންދާ ކަންބޮޑުވުމަކީ މަސައްކަތް ކުރިއަށްދާ ގޮތުގެ އެއްވެސް ތަފްސީލެއް އާންމުންނަށް ހާމަނުކުރުމެވެ. އެއާޕޯޓުގެ އެންމެ މުހިންމު އެއް ބައި ތަރައްގީ ކުރަމުންދާއިރު، އެތަން މިހާރު ހުރީ ހުދު ފޮތި ދަމާ ނިވާކޮށްފަ އެވެ.

އާންމުންނަށް އެތެރޭގައި ހިނގާ ކަންކަން ނުފެންނާނެހެން ފޮރުވައިގެން މަސައްކަތް ކުރުމަކީ، "ފޮރުވިފައިވާ އެޖެންޑާއެއް" ގެ ތެރެއިން މި ސަރުކާރުން ކުރަމުންދާ ކަމެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މި މަސައްކަތުގެ އަގާއި، ބޭނުންކުރާ ސާމާނުގެ ފެންވަރު ބަލާނެ މިނިވަން ފަރާތެއް ނެތްކަން ވެސް ގިނަ ބަޔަކު ފާހަގަކުރާއިރު ކުންފުނީގެ މުވައްޒަފުން ލައްވައި، ރެޔާއި ދުވާލު "ފޮރުވިގެން" މި ގޮތަށް މަސައްކަތް ކުރުވުމުގެ ބޭނުމަކީ ކޮބައިކަމާ މެދު ވެސް ބައެއް ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ. 

ދިވެހިރާއްޖޭގެ މައި އެއާޕޯޓް ގެ  އިންޓީރިއާ ޑިޒައިންގައި ވަކި ސިޔާސީ ޕާޓީއެއްގެ ކުލަވަރު ޖެއްސުމަކީ، ގައުމީ މުދަލަށް ޚިޔާނާތްތެރިވުން ކަމަށް ވެސް މިކަމަށް ފާޑުކިޔާ ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ. މީގެ އިތުރުން ސޯޝަލް މީޑިއާގައި ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި، މިއީ "އެއާޕޯޓުވެސް ޕާޓީ އޮފީހަކަށް ބަދަލުކުރުން" ފަދަ ކަމެކެވެ. އަދި އައު ޑޮމެސްޓިކް ޓަރމިނަލަކީ ޕީއެންސީ ޖަގަހައެއް ތޯ ވެސް ބައެއް ފަރާތްތަކުން ދަނީ ބުނެ، ސުވާލު އުފައްދަމުންނެވެ. 

މިކަމާ ގުޅިގެން އެމްއޭސީއެލް ގެ ރަސްމީ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ. 

ޕީއެންސީވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2026

ފަހު ވަގުތު ޕީއެންސީގެ ކެންޑިޑޭޓް މޫސާ އަލީ ޖަލީލް ބަހުސް ގައި ބައިވެރި ނުވާކަން އަންގައިފި

15 ފެބުރުއަރީ 2026
ފަހު ވަގުތު ޕީއެންސީގެ ކެންޑިޑޭޓް މޫސާ އަލީ ޖަލީލް ބަހުސް ގައި ބައިވެރި ނުވާކަން އަންގައިފި
15 ފެބުރުއަރީ 2026

އިންތިޚާބަކާ ނުލައި 82 މީހުން ހޮވިއްޖެ

15 ފެބުރުއަރީ 2026
އިންތިޚާބަކާ ނުލައި 82 މީހުން ހޮވިއްޖެ
15 ފެބުރުއަރީ 2026

ދުވާފަރު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރާ ޕީއެންސީ ކެންޑިޑޭޓްގެ ފަރާތުން ގުރުއަތުނަގަން ދިިޔައީ އެ ރަށު ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު އަނީސް!

15 ފެބުރުއަރީ 2026
ދުވާފަރު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރާ ޕީއެންސީ ކެންޑިޑޭޓްގެ ފަރާތުން ގުރުއަތުނަގަން ދިިޔައީ އެ ރަށު ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު އަނީސް!
14 ފެބުރުއަރީ 2026

އިންތިޚާބެއް ބޯމަތިވާކަން އެބަ އިހުސާސްވޭ! މި ހުރިހާ ދުވަހު ވަރިހަމަ ވި ކަންކަން މިހާރު ހެޔޮފުޅުކަމުން ކޮށްދެއްވަނީ ޔޯލަ!

14 ފެބުރުއަރީ 2026
އިންތިޚާބެއް ބޯމަތިވާކަން އެބަ އިހުސާސްވޭ! މި ހުރިހާ ދުވަހު ވަރިހަމަ ވި ކަންކަން މިހާރު ހެޔޮފުޅުކަމުން ކޮށްދެއްވަނީ ޔޯލަ!
13 ފެބުރުއަރީ 2026

މުވައްޒަފުންނަށް ބިރު ދައްކައި ވޯޓު ކަށަވަރު ކުރުމަށް އެހެން ރަށްރަށަށް އެމީހުން ރީ ރަޖިސްޓަރީ ކުރުވުން ސަރުކާރުން ހުއްޓާލަން ޖެހޭ: ފައްޔާޒު

13 ފެބުރުއަރީ 2026
މުވައްޒަފުންނަށް ބިރު ދައްކައި ވޯޓު ކަށަވަރު ކުރުމަށް އެހެން ރަށްރަށަށް އެމީހުން ރީ ރަޖިސްޓަރީ ކުރުވުން ސަރުކާރުން ހުއްޓާލަން ޖެހޭ: ފައްޔާޒު
13 ފެބުރުއަރީ 2026

ކައުންސިލް އިންތިޚާބުގައި ވާދަކުރާ އިދިކޮޅު ކެންޑިޑޭޓުންގެ ނަން އަނބުރާ ނެގުމަށް ޕީއެންސީ އިން 1.5 މިލިއަން ރުފިޔާ އިން ފެށިގެން 3 ލައްކަ ޑޮލަރާ ހަމައަށް ހުށަހަޅައިފި

ރިފަރެންޑަމް އަކީ މަކަރުވެރިކަމާއި އެކު ރައްޔިތުންގެ ބާރު ނެގުމަށް ކުރާ މަސައްކަތެއް، މިއީ ޕީއެންސީގެ ލޮލަށް ހެރޭނެ ތީރެއް: އަމީން

13 ފެބުރުއަރީ 2026
ރިފަރެންޑަމް އަކީ މަކަރުވެރިކަމާއި އެކު ރައްޔިތުންގެ ބާރު ނެގުމަށް ކުރާ މަސައްކަތެއް، މިއީ ޕީއެންސީގެ ލޮލަށް ހެރޭނެ ތީރެއް: އަމީން
12 ފެބުރުއަރީ 2026

ތިނަދޫ ގައި އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ކުރި ވެމްކޯގެ 3 މުވައްޒަފެއްގެ ވަޒީފާ އެހެން ރަށްރަށަށް ބަދަލުކޮށްފި

12 ފެބުރުއަރީ 2026
ތިނަދޫ ގައި އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ކުރި ވެމްކޯގެ 3 މުވައްޒަފެއްގެ ވަޒީފާ އެހެން ރަށްރަށަށް ބަދަލުކޮށްފި
11 ފެބުރުއަރީ 2026

އެމްޑީޕީ އަށް ޕީއެންސީގެ ފަލާހު އަވަލައިގެން މި އުޅުއްވަނީ ކީއްވެ؟

11 ފެބުރުއަރީ 2026
އެމްޑީޕީ އަށް ޕީއެންސީގެ ފަލާހު އަވަލައިގެން މި އުޅުއްވަނީ ކީއްވެ؟
11 ފެބުރުއަރީ 2026

މާލޭގެ މައްސަލަތައް ފުނި ޖެހިފައި ވަނިކޮށް ޕީއެންސީގެ ފުލް މެޖޯރިޓީ އޮތް ކައުންސިލްގެ ޖަލްސާ މިއަދުވެސް ކޯރަމް ހަމަ ނުވެގެން ކުރިއަށް ނުގެންދެވުނު

11 ފެބުރުއަރީ 2026
މާލޭގެ މައްސަލަތައް ފުނި ޖެހިފައި ވަނިކޮށް ޕީއެންސީގެ ފުލް މެޖޯރިޓީ އޮތް ކައުންސިލްގެ ޖަލްސާ މިއަދުވެސް ކޯރަމް ހަމަ ނުވެގެން ކުރިއަށް ނުގެންދެވުނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް