Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އޭޝިއާ ޕެސިފިކް އަށް ތެޔޮ ފޯރުކޮށްދިނުމުގެ ޤާބިލުކަން އެމެރިކާ އަށް ލިބިގެންވާ ކަމަށް އިންޓީރިއާ ސެކްރެޓަރީ ވިދާޅުވެއްޖެ

14 މާރިޗު 2026 | ހޮނިހިރު 10:22

ބާގަމް ވިދާޅުވީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ "އެނާޖީ ޑޮމިނަންސް" ނުވަތަ ހަކަތައިގެ ނުފޫޒު ވަރުގަދަ ކުރުމުގެ ސިޔާސަތުގެ މައިގަނޑު މަޤުސަދަކީ އެމެރިކާގެ އެތެރޭގެ ތަނަވަސް ކަމަށް ބޭނުންވާ ހަކަތަ ކަށަވަރު ކުރުމާ އެކު، އެމެރިކާގެ އެކުވެރި ޤައުމު ތަކަށް ހަކަތަ ވިއްކުމުގެ ޤާބިލުކަން އިތުރު ކުރުން ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 މާރިޗު 2026 | ހޮނިހިރު 10:22
އެމެރިކާގެ އިންޓީރިއާ ސެކްރެޓަރީ ޑަގް ބާގަމް

އެމެރިކާގެ އިންޓީރިއާ ސެކްރެޓަރީ ޑަގް ބާގަމް | ގެޓީ އިމޭޖަސް

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމައިގެ ސަބަބުން އޭޝިއާ ޕެސިފިކް ސަރަހައްދަށް ތެލާއި ގޭސް ފޯރުކޮށްދިނުމުގެ ހުރަސް ތަކެއް ކުރިމަތިވެފައިވާ މި ދަނޑި ވަޅުގައި، އެ ސަރަހައްދަށް ބޭނުންވާ ހަކަތަ އިތުބާރާ އެކު ފޯރުކޮށްދިނުމުގެ ޤާބިލުކަން އެމެރިކާ އަށް ލިބިގެންވާ ކަމަށް އެ ޤައުމުގެ އިންޓީރިއާ ސެކްރެޓަރީ ޑަގް ބާގަމް ވިދާޅުވެއްޖެ އެވެ. 

ޖަޕާނުގެ ވެރި ރަށް ޓޯކިޔޯގައި ކުރިއަށްދާ އިންޑޯ-ޕެސިފިކް އެނާޖީ ސެކިއުރިޓީ މިނިސްޓީރަލް އެންޑް ބިޒްނަސް ފޯރަމްގައި ވާހަކަ ދައްކަވަމުން ބާގަމް ވިދާޅުވީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ "އެނާޖީ ޑޮމިނަންސް" ނުވަތަ ހަކަތައިގެ ނުފޫޒު ވަރުގަދަ ކުރުމުގެ ސިޔާސަތުގެ މައިގަނޑު މަޤުސަދަކީ އެމެރިކާގެ އެތެރޭގެ ތަނަވަސް ކަމަށް ބޭނުންވާ ހަކަތަ ކަށަވަރު ކުރުމާ އެކު، އެމެރިކާގެ އެކުވެރި ޤައުމު ތަކަށް ހަކަތަ ވިއްކުމުގެ ޤާބިލުކަން އިތުރު ކުރުން ކަމަށެވެ. 

މި ފޯރަމް އަކީ ސަރަހައްދުގެ 17 ޤައުމަކުން ބައިވެރިވާ މުހިންމު ބައްދަލުވުމެކެވެ. ބާގަމް އިތުރަށް ވިދާޅުވި ގޮތުގައި، އެމެރިކާގެ މި ސިޔާސަތުގެ ސަބަބުން އޭޝިއާ ޕެސިފިކް ސަރަހައްދަށް ބޭނުންވާ ހަކަތަ، އިތުބާރު ހުރި، އަގު ހެޔޮ އަދި ރައްކާތެރި ގޮތެއްގައި ލިބޭނެކަން ކަށަވަރު ވާނެ އެވެ. މިއީ ޓެރަރިސްޓު ދައުލަތް ތަކުން ހިންގާ އަމަލު ތަކުގެ ސަބަބުން މެދު ކަނޑާލެވޭނެ ސަޕްލައިއެއް ނޫން ކަމަށް ވެސް ބާގަމް ވަނީ ފާހަގަ ކުރައްވައިފަ އެވެ. 

މީގެ އިތުރުން، ދުނިޔޭގެ ޤައުމު ތަކުން ޗައިނާ އަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމަށް މަސައްކަތް ކުރަމުންދާ މި ދަނޑި ވަޅުގައި، އުފެއްދުންތެރި ކަމަށް ބޭނުންވާ މުހިންމު މިނަރަލްސް ނުވަތަ މައުދަންތައް ރައްކާތެރިކަމާ އެކު ފޯރުކޮށްދިނުގެ މުހިންމުކަމާ ގުޅޭ ގޮތުން ވެސް ބާގަމް ވަނީ ވާހަކަ ދައްކަވައިފަ އެވެ. ޗައިނާ އަކީ މިހާރު މިފަދަ މައުދަންތައް އެންމެ ގިނައިން އެކްސްޕޯޓު ކުރާ ޤައުމެވެ. 

މި ފޯރަމް އަކީ މާ ކުރިން ވެސް ބޭއްވުމަށް ތާވަލު ކޮށްފައި އޮތް ފޯރަމެކެވެ. އެގޮތުން މި ފޯރަމްގައި ސިޔާސީ ލީޑަރުންގެ އިތުރުން، އެމެރިކާގެ ހަކަތައާ ބެހޭ ކުންފުނި ތަކުން ވެސް ދަނީ ބައިވެރި ވަމުންނެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އޭޝިއާ-ޕެސިފިކްއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްޑަގް ބާގަމް

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

އިތުރަށް ކިޔާލަން

14 މާރިޗު 2026

އީރާނާއި ކުރާ ހަނގުރާމަ އިން އެމެރިކާ މޮޅުވާ ކަމަށް މީޑިއާ ތަކުން ނުބުނާތީ ޓްރަމްޕް ރުޅިގަދަ ވެއްޖެ، ވިދާޅުވީ އީރާން މުޅިން ބަލިވެއްޖެ ކަމަށް

14 މާރިޗު 2026
އީރާނާއި ކުރާ ހަނގުރާމަ އިން އެމެރިކާ މޮޅުވާ ކަމަށް މީޑިއާ ތަކުން ނުބުނާތީ ޓްރަމްޕް ރުޅިގަދަ ވެއްޖެ، ވިދާޅުވީ އީރާން މުޅިން ބަލިވެއްޖެ ކަމަށް
14 މާރިޗު 2026

ވޯލްޑް ކަޕް އިން އީރާން ބޭރު ކުރުމުގެ ބާރު ޓްރަމްޕް އަށް ނެތް ކަމަށް ބުނެފި

14 މާރިޗު 2026
ވޯލްޑް ކަޕް އިން އީރާން ބޭރު ކުރުމުގެ ބާރު ޓްރަމްޕް އަށް ނެތް ކަމަށް ބުނެފި
14 މާރިޗު 2026

އީރާން ހަނގުރާމަ އިން ރަޝިޔާ އަށް ލުޔެއް ލިބޭނެ ކަމަށް ހީކުރުމަކީ ގޯހެއް: މެކްރޮން

14 މާރިޗު 2026
އީރާން ހަނގުރާމަ އިން ރަޝިޔާ އަށް ލުޔެއް ލިބޭނެ ކަމަށް ހީކުރުމަކީ ގޯހެއް: މެކްރޮން
14 މާރިޗު 2026

އެމެރިކާާގެ ތެޔޮ އިންފްރާސްޓްރަކްޗާތައް ހަލާކު ކޮށްލައި، އަޅި އަށް ހަދާލާނެ ކަމުގެ އިންޒާރު އީރާން އިން ދީފި

14 މާރިޗު 2026
އެމެރިކާާގެ ތެޔޮ އިންފްރާސްޓްރަކްޗާތައް ހަލާކު ކޮށްލައި، އަޅި އަށް ހަދާލާނެ ކަމުގެ އިންޒާރު އީރާން އިން ދީފި
14 މާރިޗު 2026

އަންނަ ހަފުތާގެ ތެރޭގައި އީރާން އަށް ވަރުގަދަ ހަމަލާ ތަކެއް ދޭނަން: ޓްރަމްޕް

14 މާރިޗު 2026
އަންނަ ހަފުތާގެ ތެރޭގައި އީރާން އަށް ވަރުގަދަ ހަމަލާ ތަކެއް ދޭނަން: ޓްރަމްޕް
14 މާރިޗު 2026

އެމެރިކާގެ ހަމަލާ ތަކާ މެދު ބިރެއް ނެތި، އީރާންގެ ރައީސް ޕެޒެޝްކިއާން އާއި އިސްވެރިން، އާންމުންގެ ތެރެއަށް ނިކުންނަވައިފި

14 މާރިޗު 2026
އެމެރިކާގެ ހަމަލާ ތަކާ މެދު ބިރެއް ނެތި، އީރާންގެ ރައީސް ޕެޒެޝްކިއާން އާއި އިސްވެރިން، އާންމުންގެ ތެރެއަށް ނިކުންނަވައިފި
14 މާރިޗު 2026

މޫނުގެ ސިފަ ގެއްލި ކާކުކަން ނޭނގޭ ވަރަށް، އީރާންގެ އައު ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ ޒަޚަމުވެފައިވާ ކަމަށް ހެގްސެތު ވިދާޅުވެއްޖެ

14 މާރިޗު 2026
މޫނުގެ ސިފަ ގެއްލި ކާކުކަން ނޭނގޭ ވަރަށް، އީރާންގެ އައު ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ ޒަޚަމުވެފައިވާ ކަމަށް ހެގްސެތު ވިދާޅުވެއްޖެ
14 މާރިޗު 2026

ފަލަސްޠީނާއި އީރާނަށް އޮތް ތާއީދު ދައްކާލައި، ޤުދުސް ދުވަހު އެތައް ހާސް ބަޔަކު އަޑު އުފުލައިފި

14 މާރިޗު 2026
ފަލަސްޠީނާއި އީރާނަށް އޮތް ތާއީދު ދައްކާލައި، ޤުދުސް ދުވަހު އެތައް ހާސް ބަޔަކު އަޑު އުފުލައިފި
14 މާރިޗު 2026

އީރާން ހަނގުރާމަ: އެމެރިކާއާއި އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ 14 ވަނަ ދުވަހު ހިނގަމުން ދިޔަ ކަންތައްތައް

14 މާރިޗު 2026
އީރާން ހަނގުރާމަ: އެމެރިކާއާއި އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ 14 ވަނަ ދުވަހު ހިނގަމުން ދިޔަ ކަންތައްތައް
14 މާރިޗު 2026

އީރާނުގެ އާ ލީޑަރަށް ވަނީ އަނިޔާވެ ޖިސްމާނީ ގެއްލުން ލިބިފައި: އެމެރިކާ

14 މާރިޗު 2026
އީރާނުގެ އާ ލީޑަރަށް ވަނީ އަނިޔާވެ ޖިސްމާނީ ގެއްލުން ލިބިފައި: އެމެރިކާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް