Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ހޯރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތް އޮތުން ދަމަހައްޓާނަން: އީރާން

14 މާރިޗު 2026 | ހޮނިހިރު 17:31

ހޯރްމޫޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް ސަރަހައްދީ ގައުމުތަކުން ނަގައި، އެމެރިކާ ސިފައިން އެ ސަރަހައްދުން ފޭބުމަށް އީރާނުގެ އިސް އޮފިޝަލަކު ގޮވާލައްވައިފި. އެމެރިކާގެ ހަނގުރާމަމަތީ މަނަވަރުތަކަށް ޕާޝިއަން ގަލްފަށް ވަނުމުގެ ހުއްދަ ނުދޭނެ ކަމަށް ވިދާޅުވަމުން، އޭނާ ފާހަގަކުރެއްވީ އެމެރިކާ އާއި އިޒްރޭލުން ދޭ ހަމަލާތަކަށް ބަދަލުހިފުމުގެ އޮޕަރޭޝަންތައް ހުއްޓާނުލާނެ ކަމަށް. މީގެ އިތުރުން، އީރާނުގެ ދިފާއީ އަދި އިގްތިސާދީ ބާރުވެރިކަމުގެ ކުރިމަތީގައި އެމެރިކާ ނުކުޅެދިފައިވާ ކަމަށްވެސް އޭނާ ވިދާޅުވި.

ރާއްޖެ އެމްވީ | 14 މާރިޗު 2026 | ހޮނިހިރު 17:31
އީރާނުގެ އެކްސްޕީޑިއެންސީ ކައުންސިލްގެ މެންބަރެއް ކަމަށްވާ މުހްސިން ރެޒާއީ.

އީރާނުގެ އެކްސްޕީޑިއެންސީ ކައުންސިލްގެ މެންބަރެއް ކަމަށްވާ މުހްސިން ރެޒާއީ. | ޕްރެސްޓީވީ

ހޯރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތް އޮތުން ދަމަހައްޓާނެ ކަމަށާއި، ހުޅަނގު އޭޝިއާ ސަރަހައްދުގެ ސަލާމަތީ މަސްރަހު ގޯސްވަމުންދަނީ އެމެރިކާގެ ސަބަބުން ކަމަށް އީރާނުގެ އެކްސްޕީޑިއެންސީ ކައުންސިލްގެ އިސް މެންބަރަކު ވިދާޅުވެއްޖެއެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) ގެ ކުރީގެ ކޮމާންޑަރު މުހްސިން ރެޒާއީ މިހެން ވިދާޅުވީ، ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލުން ދިން ހަމަލާއެއްގައި އަވަހާރަކޮށްލި ސުޕްރީމް ނޭޝަނަލް ޑިފެންސް ކައުންސިލްގެ ސެކްރެޓަރީ އެޑްމިރަލް އަލީ ޝަމްޚާނީގެ ޖަނާޒާގައި ބައިވެރިވުމަށް އީރާނުގެ ވެރިރަށް ތެހެރާނަށް އެއްވި އާންމުންނާ މުޚާތަބު ކުރައްވައި ހޮނިހިރު ދުވަހު ދެއްކެވި ވާހަކަފުޅުގައެވެ.

ސްޓްރެޓެޖިކް ގޮތުން މުހިންމު އެ ކަނޑުއޮޅި ބަންދުކޮށްފައި އޮތް އޮތުން ދަމަހައްޓާނެ ކަމަށާއި، އެމެރިކާގެ އެއްވެސް ހަނގުރާމަމަތީ މަނަވަރަކަށް ޕާޝިއަން ގަލްފްގެ ސަރަހައްދަށް ވަނުމުގެ ހުއްދަ ނުދޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މިދިޔަ 50 އަހަރު ދުވަހުގެ ތެރޭގައި ޕާޝިއަން ގަލްފް ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލެން މެދުވެރިވި މައިގަނޑު ސަބަބަކީ އެމެރިކާގެ ސިފައިން އެ ސަރަހައްދުގައި ތިބުން ކަމަށް ރެޒާއީ ފާހަގަކުރެއްވިއެވެ. އަދި އެމެރިކާ އެ ސަރަހައްދުން ފޭބުމަށްފަހު، ހޯރްމޫޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އެ ސަރަހައްދުގެ ގައުމުތަކުން، ހާއްސަކޮށް އީރާނާއި އޮމާނުން ނަގައިގެން މެނުވީ ސަލާމަތީ ކަންކަން ކަށަވަރު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާ އާއި އިޒްރޭލުން ދިން ޓެރަރިސްޓް ހަމަލާތަކުގައި ލިބުނު ގެއްލުންތަކުގެ ބަދަލު ފުރިހަމައަށް ލިބި، ކުރިމަގުގައި ސަލާމަތީ ކަންކަން ކަށަވަރުވާނެ ކަމުގެ ޔަގީންކަން ލިބުމުން ނޫނީ ބަދަލުހިފުމުގެ ގޮތުން ހިންގާ އޮޕަރޭޝަންތައް ހުއްޓާނުލާނެ ކަމަށް އެ އިސް އޮފިޝަލް ވިދާޅުވިއެވެ. މީގެ ތެރޭގައި ޕާޝިއަން ގަލްފުން އެމެރިކާ ސިފައިން މުޅިން ފޭބުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ސިޔާސީ، ދިފާއީ އަދި އިގްތިސާދީ ދާއިރާތަކުން އީރާނުން ކާމިޔާބީ ހޯދާފައިވާކަން ފާހަގަކުރައްވަމުން ރެޒާއީ ވިދާޅުވީ، އެމެރިކާއަކީ ބަލި ނުކުރެވޭނެ ބާރެއް ކަމަށް ދެކެވޭ ވާހަކަތައް އީރާނުން ދޮގުކޮށްފައިވާ ކަމަށެވެ. އިގްތިސާދީ ގޮތުން ބަލާއިރު، ތެލުގެ އަގު ދަށްކުރުމަށްޓަކައި އެމެރިކާގެ ސްޓްރެޓީޖިކް ރިޒާވުން 170 މިލިއަން ފީފާގެ ސާފުނުކުރާ ތެޔޮ ބޭރުކުރުމަށް އެމެރިކާއިން ނިންމި ނިންމުމަކީ ފާއިތުވި 44 އަހަރު ތެރޭގައި ވެސް ނިންމާފައިނުވާ ފަދަ ނިންމުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، މި ފިޔަވަޅުގެ ސަބަބުން އަގުތަކަށް އަންނަ ބަދަލު އެއް ހަފުތާ ނުވަތަ ދެ ހަފުތާއަށް ވުރެ ގިނަ ދުވަހަށް ދެމިނޯންނާނެ ކަމަށާއި، އަނެއްކާވެސް ތެލުގެ އަގުތައް އިންތިހާއަށް އުފުލިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދިފާއީ ގޮތުން އީރާނަށް ކާމިޔާބު ލިބޭނެކަން ކަށަވަރު ކަމަށް އެކްސްޕީޑިއެންސީ ކައުންސިލްގެ މެންބަރު ރެޒާއީ ވިދާޅުވިއެވެ.

އެންމެ ޒަމާނީ ޓެކްނޮލޮޖީ އާއި، މަތިންދާބޯޓާއި، މިސައިލް އަދި ވައިގެ ދިފާއީ ނިޒާމުތައް ހުރި އެމެރިކާއަށް އީރާނު ފަދަ ގައުމަކުން މިފަދަ ވަރުގަދަ ހަމަލާތަކެއް ދީފާނެ ކަމަށް އެއްވެސް ބަޔަކު އުންމީދު ނުކުރާ ކަމަށް ރެޒާއީ ވިދާޅުވިއެވެ. އަދި ކުރިމަގު އޮތީ އީރާނަށް ކަމަށާއި، އީރާނުގެ ދިދަ އަބަދުވެސް ހުންނާނީ އުހުގައި އުފުލިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ހޯރްމޫޒް ކަނޑުއޮޅިއީރާން-އެމެރިކާމުހްސިން ރެޒާއީޕާރޝިއަން ގަލްފްއީރާން-އިޒްރޭލްއީރާން-ޔޫއެސްއޭ-އިޒްރޭލް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

14 މާރިޗު 2026

އޭޝިއާ ޕެސިފިކް އަށް ތެޔޮ ފޯރުކޮށްދިނުމުގެ ޤާބިލުކަން އެމެރިކާ އަށް ލިބިގެންވާ ކަމަށް އިންޓީރިއާ ސެކްރެޓަރީ ވިދާޅުވެއްޖެ

14 މާރިޗު 2026
އޭޝިއާ ޕެސިފިކް އަށް ތެޔޮ ފޯރުކޮށްދިނުމުގެ ޤާބިލުކަން އެމެރިކާ އަށް ލިބިގެންވާ ކަމަށް އިންޓީރިއާ ސެކްރެޓަރީ ވިދާޅުވެއްޖެ
14 މާރިޗު 2026

އީރާންއާ ދެކޮޅަށް ކުރާ ހަނގުރާމަ އިން އެމެރިކާ މޮޅުވާ ކަމަށް މީޑިއާ ތަކުން ނުބުނާތީ ޓްރަމްޕް ރުޅިގަދަ ވެއްޖެ، ވިދާޅުވީ އީރާން މުޅިން ބަލިވެއްޖެ ކަމަށް

14 މާރިޗު 2026
އީރާންއާ ދެކޮޅަށް ކުރާ ހަނގުރާމަ އިން އެމެރިކާ މޮޅުވާ ކަމަށް މީޑިއާ ތަކުން ނުބުނާތީ ޓްރަމްޕް ރުޅިގަދަ ވެއްޖެ، ވިދާޅުވީ އީރާން މުޅިން ބަލިވެއްޖެ ކަމަށް
14 މާރިޗު 2026

އީރާން ހަނގުރާމަ އިން ރަޝިޔާ އަށް ލުޔެއް ލިބޭނެ ކަމަށް ހީކުރުމަކީ ގޯހެއް: މެކްރޮން

14 މާރިޗު 2026
އީރާން ހަނގުރާމަ އިން ރަޝިޔާ އަށް ލުޔެއް ލިބޭނެ ކަމަށް ހީކުރުމަކީ ގޯހެއް: މެކްރޮން
14 މާރިޗު 2026

އެމެރިކާާގެ ތެޔޮ އިންފްރާސްޓްރަކްޗާތައް ހަލާކު ކޮށްލައި، އަޅި އަށް ހަދާލާނެ ކަމުގެ އިންޒާރު އީރާން އިން ދީފި

14 މާރިޗު 2026
އެމެރިކާާގެ ތެޔޮ އިންފްރާސްޓްރަކްޗާތައް ހަލާކު ކޮށްލައި، އަޅި އަށް ހަދާލާނެ ކަމުގެ އިންޒާރު އީރާން އިން ދީފި
14 މާރިޗު 2026

އަންނަ ހަފުތާގެ ތެރޭގައި އީރާން އަށް ވަރުގަދަ ހަމަލާ ތަކެއް ދޭނަން: ޓްރަމްޕް

14 މާރިޗު 2026
އަންނަ ހަފުތާގެ ތެރޭގައި އީރާން އަށް ވަރުގަދަ ހަމަލާ ތަކެއް ދޭނަން: ޓްރަމްޕް
14 މާރިޗު 2026

އެމެރިކާގެ ހަމަލާ ތަކާ މެދު ބިރެއް ނެތި، އީރާންގެ ރައީސް ޕެޒެޝްކިއާން އާއި އިސްވެރިން، އާންމުންގެ ތެރެއަށް ނިކުންނަވައިފި

14 މާރިޗު 2026
އެމެރިކާގެ ހަމަލާ ތަކާ މެދު ބިރެއް ނެތި، އީރާންގެ ރައީސް ޕެޒެޝްކިއާން އާއި އިސްވެރިން، އާންމުންގެ ތެރެއަށް ނިކުންނަވައިފި
14 މާރިޗު 2026

މޫނުގެ ސިފަ ގެއްލި ކާކުކަން ނޭނގޭ ވަރަށް، އީރާންގެ އައު ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ ޒަޚަމުވެފައިވާ ކަމަށް ހެގްސެތު ވިދާޅުވެއްޖެ

14 މާރިޗު 2026
މޫނުގެ ސިފަ ގެއްލި ކާކުކަން ނޭނގޭ ވަރަށް، އީރާންގެ އައު ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ ޒަޚަމުވެފައިވާ ކަމަށް ހެގްސެތު ވިދާޅުވެއްޖެ
14 މާރިޗު 2026

ފަލަސްޠީނާއި އީރާނަށް އޮތް ތާއީދު ދައްކާލައި، ޤުދުސް ދުވަހު އެތައް ހާސް ބަޔަކު އަޑު އުފުލައިފި

14 މާރިޗު 2026
ފަލަސްޠީނާއި އީރާނަށް އޮތް ތާއީދު ދައްކާލައި، ޤުދުސް ދުވަހު އެތައް ހާސް ބަޔަކު އަޑު އުފުލައިފި
14 މާރިޗު 2026

ތެލުގެ އަގު އުފުލުމާ ގުޅިގެން، އިންޑިއާގެ އެންމެ ބޮޑު ދެ އެއާލައިނުން ޓިކެޓުގެ އަގު ބޮޑުކުރަން ނިންމައިފި

14 މާރިޗު 2026
ތެލުގެ އަގު އުފުލުމާ ގުޅިގެން، އިންޑިއާގެ އެންމެ ބޮޑު ދެ އެއާލައިނުން ޓިކެޓުގެ އަގު ބޮޑުކުރަން ނިންމައިފި
14 މާރިޗު 2026

އީރާން ހަނގުރާމަ: އެމެރިކާއާއި އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ 14 ވަނަ ދުވަހު ހިނގަމުން ދިޔަ ކަންތައްތައް

14 މާރިޗު 2026
އީރާން ހަނގުރާމަ: އެމެރިކާއާއި އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ 14 ވަނަ ދުވަހު ހިނގަމުން ދިޔަ ކަންތައްތައް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް