Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

މުޖުތަބާ ޚާމަނާއީ ދިރިހުރިކަން ޔަޤީނެއް ނޫން: ޓްރަމްޕް

އެންބީސީ ނިއުސް އަށް ދެއްވި އިންޓަވިޔުއެއްގައި އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ، އީރާންގެ ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީގެ ޞިއްޙީ ޙާލު ކޮޅާ މެދު ސުވާލު އުފައްދަވާފައި. އެގޮތުން ޓްރަމްޕް ވިދާޅުވެފައި ވަނީ، މުޖުތަބާ ޚާމަނާއީ ދުނިޔޭގައި ހުރިކަން ޔަޤީން ނުވާ ކަމަށެވެ. އަދި ދުނިޔޭގައި ހުންނެވި ނަމަ، އެންމެ ބުއްދިވެރި ގޮތަކީ ޤައުމަށްޓަކައި އަމާން ދެއްވުން ކަމަށް ވެސް ޓްރަމްޕް ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 15 މާރިޗު 2026 | އާދީއްތަ 06:33
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި އީރާންގެ ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި އީރާންގެ ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ | ރޮއިޓާސް

އީރާންގެ އައު ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ ދުނިޔޭގައި ދިރިހުރިކަން ޔަޤީން ނުވާ ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އީރާންގެ އައު ރޫހީ ލީޑަރުގެ މަޤާމަށް މުޖުތަބާ ޚާމަނާއީ އައްޔަން ކުރައްވާފައި ވަނީ މިދިޔަ ހަފުތާގެ އާދީއްތަ ދުވަހު އެވެ. އޭގެ ފަހުން މިހާތަނަށް ހަފުތާއެއް ވެފައިވާއިރު ވެސް، އާންމުންގެ ތެރެއިން މުޖުތަބާ ޚާމަނާއީ ފެނިވަޑައިގެންފައި ނުވެ އެވެ. އާންމު ގޮތެއްގައި ވެސް މުޖުތަބާ ޚާމަނާއީ އަކީ އާންމުންގެ ތެރެއަށް އެހާ ގިނައިން ނިކުމެ އުޅުއްވާ ބޭފުޅެއް ނޫނެވެ. 

ނަމަވެސް، މިދިޔަ ބުރާސްފަތި ދުވަހު އައު ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ ވަނީ ފުރަތަމަ ފަހަރަށް ބަޔާނެއް ނެރުއްވައިފަ އެވެ. އީރާންގެ ދައުލަތުގެ މީޑިއާ އިން ދައްކާފައިވާ އެ ބަޔާނުގައި މުޖުތަބާ ޚާމަނާއީ ފެނިވަޑައިގެންފައި ނުވާއިރު، ބަޔާން ކިޔާފައި ވަނީ ޓީވީ ޕްރެޒެންޓަރެކެވެ. އެ ބަޔާނުގައި އައު ރޫހީ ލީޑަރު ވަނީ އީރާންގެ ސާބިތުކަން ދައްކުވައިދީ، އެމެރިކާ އަށް އިންޒާރު ދެއްވައިފަ އެވެ. 

އެންބީސީ ނިއުސް އަށް ދެއްވި އިންޓަވިޔުއެއްގައި އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ، އީރާންގެ ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީގެ ޞިއްޙީ ޙާލު ކޮޅާ މެދު ސުވާލު އުފައްދަވައިފަ އެވެ. އެގޮތުން ޓްރަމްޕް ވިދާޅުވެފައި ވަނީ، މުޖުތަބާ ޚާމަނާއީ ދުނިޔޭގައި ހުރިކަން ޔަޤީން ނުވާ ކަމަށެވެ. އަދި ދުނިޔޭގައި ހުންނެވި ނަމަ، އެންމެ ބުއްދިވެރި ގޮތަކީ ޤައުމަށްޓަކައި އަމާން ދިނުން ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. ޓްރަމްޕްގެ އިތުރުން، އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތު ވެސް ވަނީ މުޖުތަބާ ޚާމަނާއީ ވަރަށް ބޮޑަށް ޒަޚަމުވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. 

ނަމަވެސް، އީރާން އިން ވަނީ މި ވާހަކަތައް ދޮގު ކޮށްފަ އެވެ. އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވިދާޅުވެފައި ވަނީ، ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއި އަށް އަނިޔާވެފައިވާ ކަމަށް ދެކެވޭ ވާހަކަ އަކީ ކަނޑަ އެޅިގެން ދޮގެއް ކަމަށެވެ. އަދި ރޫހީ ލީޑަރު ގެންދަވަނީ ބަރާ ބަރަށް މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރައްވަމުން ކަމަށް ވެސް އަރާގްޗީ ވިދާޅުވެފައިވެ އެވެ. ބައެއް މަސްދަރު ތަކުން ބުނެފައިވާ ގޮތުގައި، މުޖުތަބާ ޚާމަނާއީ އާންމުންގެ ތެރެއަށް ނުނިކުންނަވަނީ ސަލާމަތީ ސަބަބު ތަކަށްޓަކަ އެވެ. 

އީރާނުގެ އައު ލީޑަރު މުޖުތަބާ ޚާމަނާއީއަށް އަނިޔާވެފައިވާ ކަމަށް އެމެރިކާ އިން ބުނެފައި ވަނިކޮށް އެމަނިކުފާނުގެ ހާލުކޮޅާ މެދު "އެއްވެސް މައްސަލައެއް ނެތް" ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ
Raajje.mv

އީރާނުގެ އައު ލީޑަރު މުޖުތަބާ ޚާމަނާއީއަށް އަނިޔާވެފައިވާ ކަމަށް އެމެރިކާ އިން ބުނެފައި ވަނިކޮށް އެމަނިކުފާނުގެ ހާލުކޮޅާ މެދު "އެއްވެސް މައްސަލައެއް ނެތް" ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ

އީރާންގެ ރޫހީ ލީޑަރުގެ މަޤާމަށް މުޖުތަބާ ޚާމަނާއީ އައްޔަން ކުރައްވާފައި ވަނީ، އެމެރިކާގެ ހަމަލާ ތަކުގައި އެ ޤައުމުގެ ކުރީގެ ރޫހީ ލީޑަރު އަދި މުޖުތަބާ ޚާމަނާއީގެ ބައްޕާފުޅު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވުމާ ގުޅިގެންނެވެ. މުޖުތަބާ ޚާމަނާއީ އަކީ، އިސްލާމީ އިންޤިލާބަށް ފަހު އީރާންގައި އައްޔަން ކުރެއްވި ތިން ވަނަ ރޫހީ ލީޑަރެވެ. 

މަސްދަރު: އަލް އަރަބިއްޔާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއީރާންގެ ރޫހީ ލީޑަރު މުޖްތަބާ ޚާމަނާއީ

ކޮމެންޓް

އިތުރަށް ކިޔާލަން

ޚަރްޖް އައިލެންޑަށް އިތުރު ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

ޚަރްޖް އައިލެންޑަށް އިތުރު ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

15 މާރިޗު 2026
އީރާނުގެ އައު ލީޑަރު މުޖުތަބާ ޚާމަނާއީއަށް އަނިޔާވެފައިވާ ކަމަށް އެމެރިކާ އިން ބުނެފައި ވަނިކޮށް އެމަނިކުފާނުގެ ހާލުކޮޅާ މެދު "އެއްވެސް މައްސަލައެއް ނެތް" ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ

އީރާނުގެ އައު ލީޑަރު މުޖުތަބާ ޚާމަނާއީއަށް އަނިޔާވެފައިވާ ކަމަށް އެމެރިކާ އިން ބުނެފައި ވަނިކޮށް އެމަނިކުފާނުގެ ހާލުކޮޅާ މެދު "އެއްވެސް މައްސަލައެއް ނެތް" ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ

15 މާރިޗު 2026
އީރާނުގެ "ޝާހިދު-136" ޑްރޯން ކޮޕީކޮށްގެން އުފައްދާފައިވާ ޑްރޯން ބޭނުންކޮށްގެން، ސަރަހައްދީ ގައުމުތަކުގެ މަދަނީ އިންފްރާސްޓްރަކްޗާރަށް އެމެރިކާ އާއި އިޒްރޭލުން ހަމަލާދެމުންދާ ކަމަށް އީރާނުން ބުނެފި

އީރާނަށް ދޭ "ހަމަލާތަކުގެ މައި މަރުކަޒު" ކަމަށްވާ ސައުދީގެ އަލް ޚަރްޖް އެއާބޭސްއަށް މިސައިލް ހަމަލާދީފި

އީރާނަށް ދޭ "ހަމަލާތަކުގެ މައި މަރުކަޒު" ކަމަށްވާ ސައުދީގެ އަލް ޚަރްޖް އެއާބޭސްއަށް މިސައިލް ހަމަލާދީފި

15 މާރިޗު 2026
އިޒްރޭލުގެ ޖާސޫސީ އިދާރާގެ މައި ޔުނިޓެއް ކަމަށްވާ "ޔުނިޓް 8200" އަށް ހަމަލާ ދީފައިވާ ކަމަށް އީރާނުން ބުނެފި

އިޒްރޭލުގެ ޖާސޫސީ އިދާރާގެ މައި ޔުނިޓެއް ކަމަށްވާ "ޔުނިޓް 8200" އަށް ހަމަލާ ދީފައިވާ ކަމަށް އީރާނުން ބުނެފި

14 މާރިޗު 2026

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު