Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އިޒްރޭލުގެ ޖާސޫސީ އިދާރާގެ މައި ޔުނިޓެއް ކަމަށްވާ "ޔުނިޓް 8200" އަށް ހަމަލާ ދީފައިވާ ކަމަށް އީރާނުން ބުނެފި

14 މާރިޗު 2026 | ހޮނިހިރު 18:17

އީރާނުގެ އިސްވެރިންނާއި އާންމުންނަށް އަމާޒުކޮށް އިޒްްރޭލާއި އެމެރިކާއިން ދެމުންދާ ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، އިޒްރޭލުގެ އަސްކަރީ އިންޓެލިޖެންސް ޔުނިޓްތަކަށާއި ވައިގެ ސިފައިންގެ މަރުކަޒުތަކަށް އީރާނުން ވަރުގަދަ ޑްރޯން ހަމަލާތަކެއް ދީފި. މި އޮޕަރޭޝަނުގައި އިޒްރޭލުގެ ސައިބަރ ޔުނިޓް 8200 އާއި ޑޭޓާ ސެންޓަރުތަކަށް އަމާޒުކޮށްފައިވާއިރު، މިފަދަ ހަމަލާތައް ކުރިއަށް އޮތް ތަނުގައިވެސް ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ އަސްކަރިއްޔާއިން ވަނީ ދީފަ.

ރާއްޖެ އެމްވީ | 14 މާރިޗު 2026 | ހޮނިހިރު 18:17
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ރިޔާސަތު ބަލަހައްޓަވާ އެ ގައުމުގެ ހަނގުރާމަޔާ ބެހޭ ކެބިނެޓުގެ ބައްދަލުވުމެއް އިޒްރޭލުގެ ތަލް އަވީވްގައި ކުރިއަށް ދަނީ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ރިޔާސަތު ބަލަހައްޓަވާ އެ ގައުމުގެ ހަނގުރާމަޔާ ބެހޭ ކެބިނެޓުގެ ބައްދަލުވުމެއް އިޒްރޭލުގެ ތަލް އަވީވްގައި ކުރިއަށް ދަނީ. | ގެޓީ އިމޭޖަސް

އިޒްރޭލުގެ ޒަޔަނިސްޓް ސިފައިންގެ އިންޓެލިޖެންސް ކޯ ޔުނިޓެއް ކަމަށްވާ "ޔުނިޓް 8200" އަށް އަމާޒުކޮށް ޑްރޯން ހަމަލާތަކެއް ދީފައިވާ ކަމަށް އީރާނުގެ އަސްކަރިއްޔާއިން ބުނެފިއެވެ.

އީރާނުގެ އަސްކަރިއްޔާއިން މާރިޗު މަހުގެ 14 ވަނަ ދުވަހު އިއުލާންކުރި ގޮތުގައި، މި ޑްރޯން އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ އިޒްރޭލުގެ ޓެރަރިސްޓް ސިފައިންގެ އިންޓެލިޖެންސް އިދާރާއާއި ޔުނިޓް 8200 އަށް އަމާޒުކޮށްގެންނެވެ.

އީރާނުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނުގައިވާ ގޮތުން، ހޮނިހިރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި ފެށި މި ޑްރޯން އޮޕަރޭޝަންތަކުގައި އިޒްރޭލުގެ މިލިޓަރީ އިންޓެލިޖެންސް ޑައިރެކްޓްރޭޓް "އަމާން" އާއި، ސައިބަރ އޮޕަރޭޝަންތަކާ ބެހޭ ޔުނިޓް 8200 އާއި، ޑޭޓާ ޕްރޮސެސިންގ ސެންޓަރުތަކުގެ އިތުރުން، އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ހުރި އެ ގައުމުގެ ފައިޓަރ ޖެޓްތައް ބަހައްޓާފައިވާ ސަރަހައްދުތަކަށް އިސްލާމީ ޖުމްހޫރިއްޔާގެ އަސްކަރިއްޔާއިން ވަނީ ހަމަލާދީފައެވެ.

އިޒްރޭލުން ހިފާފައިވާ ބިންތަކަށް ދެމުންދާ ޑްރޯން ހަމަލާތައް ކުރިއަށް އޮތް ތަނުގައިވެސް ކުރިއަށްދާނެ ކަމަށް އީރާނުގެ އަސްކަރިއްޔާއިން ބުނެފައިވެއެވެ. އަދި އީރާނުގެ ސިފައިންގެ ހުރިހާ ގާބިލުކަމެއް ބޭނުންކޮށްގެން، އެ ގައުމުގެ މައުސޫމް ރައްޔިތުންނާއި، ލީޑަރާއި، ހިތްވަރުގަދަ ކޮމާންޑަރުންގެ ލޭގެ ބަދަލުހިފާނެ ކަމަށްވެސް އެ ގައުމުން ވަނީ ބުނެފައެވެ.

އެމެރިކާއާއި ޒަޔަނިސްޓް އިޒްރޭލުން އީރާނާ ދެކޮޅަށް ފުޅާދާއިރާއެއްގައި އަސްކަރީ ހަމަލާތަކެއް ދޭން ފަށާފައިވަނީ، ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އީރާނުގެ އިސްލާމީ އިންގިލާބުގެ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީގެ އިތުރުން، އަސްކަރިއްޔާގެ އިސް ކޮމާންޑަރުންތަކަކާއި އާންމު ރައްޔިތުންތަކެއް އަވަހާރަކޮށްލުމާ ގުޅިގެންނެވެ.

އިޒްރޭލާއި އެމެރިކާއިން އީރާނުގެ އަސްކަރީ މަރުކަޒުތަކަށާއި އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ދެމުންދާ ވައިގެ ހަމަލާތަކުގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކު މަރުވެ، އެ ގައުމުގެ އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

މި ހަމަލާތަކުގެ ރައްދުގައި އީރާނުގެ ހަތިޔާރު އެޅި ސިފައިން ދަނީ، އިސްރާއީލުން ހިފާފައިވާ ބިންތަކުގައި ހުރި އެމެރިކާއާއި އިސްރާއީލުގެ މަރުކަޒުތަކަށާއި، ސަރަހައްދީ ބޭސްތަކަށް އަމާޒުކޮށް ގިނަ އަދަދެއްގެ މިސައިލާއި ޑްރޯން ބޭނުންކޮށްގެން ބަދަލުހިފުމުގެ އޮޕަރޭޝަންތައް ހިންގަމުންނެވެ.

އީރާން-އިސްރާއީލުޔުނިޓް 8200އީރާން-ޔޫއެސްއޭ-އިސްރާއީލް

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

17 އޯގަސްޓު 2026

އީރާނަށް ނިއުކްލިއަރ ހަމަލާއެއް ދިނުމަށް އެމެރިކާގެ އިސްވެރިން މަޝްވަރާކުރަމުންދާ ކަމަށް ކޮންގްރެސްގެ ކުރީގެ މެންބަރަކު ވިދާޅުވެއްޖެ

17 އޯގަސްޓު 2026
އީރާނަށް ނިއުކްލިއަރ ހަމަލާއެއް ދިނުމަށް އެމެރިކާގެ އިސްވެރިން މަޝްވަރާކުރަމުންދާ ކަމަށް ކޮންގްރެސްގެ ކުރީގެ މެންބަރަކު ވިދާޅުވެއްޖެ
16 އޯގަސްޓު 2026

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

16 އޯގަސްޓު 2026
ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި
15 އޯގަސްޓު 2026

ބެއިރޫތުގެ ދާހިޔާއަށް އިސްރާއީލުން ދިން ހަމަލާއާ ގުޅިގެން މަޝްވަރާތައް މެދުކަނޑާލައި، ވަގުތުން އިސްރާއީލަށް ރައްދު ހަމަލާދޭނެ ކަމުގެ އިންޒާރު ދިނިން: ގާލީބާފް

15 އޯގަސްޓު 2026
ބެއިރޫތުގެ ދާހިޔާއަށް އިސްރާއީލުން ދިން ހަމަލާއާ ގުޅިގެން މަޝްވަރާތައް މެދުކަނޑާލައި، ވަގުތުން އިސްރާއީލަށް ރައްދު ހަމަލާދޭނެ ކަމުގެ އިންޒާރު ދިނިން: ގާލީބާފް
14 އޯގަސްޓު 2026

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

14 އޯގަސްޓު 2026
އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް
10 އޯގަސްޓު 2026

އީރާނުގެ އެންމެ މަތީ ލީޑަރާއެކު ބޭއްވެވި ހަތް ގަޑިއިރުގެ ދިގު ބައްދަލުވުމުގެ ތަފްސީލުތައް ރައީސް ޕެޒެޝްކިއަން ދެއްވައިފި

10 އޯގަސްޓު 2026
އީރާނުގެ އެންމެ މަތީ ލީޑަރާއެކު ބޭއްވެވި ހަތް ގަޑިއިރުގެ ދިގު ބައްދަލުވުމުގެ ތަފްސީލުތައް ރައީސް ޕެޒެޝްކިއަން ދެއްވައިފި
09 އޯގަސްޓު 2026

ދުޝްމަނުން އީރާނުގެ ބިމުގައި ފައިޖައްސާލައިފި ނަމަ ފައިބުރިކޮށްލާނަން: ކޮމާންޑަރު

09 އޯގަސްޓު 2026
ދުޝްމަނުން އީރާނުގެ ބިމުގައި ފައިޖައްސާލައިފި ނަމަ ފައިބުރިކޮށްލާނަން: ކޮމާންޑަރު
09 އޯގަސްޓު 2026

އީރާނުގެ ރައީސް ޕެޒެޝްކިއަން އެ ގައުމުގެ އެންމެ މަތީ ވެރިޔާ ޚާމަނާއީއާ ބައްދަލުކުރައްވައިފި

09 އޯގަސްޓު 2026
އީރާނުގެ ރައީސް ޕެޒެޝްކިއަން އެ ގައުމުގެ އެންމެ މަތީ ވެރިޔާ ޚާމަނާއީއާ ބައްދަލުކުރައްވައިފި
09 އޯގަސްޓު 2026

އެމެރިކާގެ އަމަލުތައް އިސްލާހު ނުކުރަނީސް ހުރްމުޒް ކަނޑުއޮޅި ނުހުޅުވާނެ ކަމަށް އީރާނުގެ ސަލާމަތީ ކަންތައްތަކާ ބެހޭ އެންމެ އިސް އޮފިޝަލް ވިދާޅުވެއްޖެ

09 އޯގަސްޓު 2026
އެމެރިކާގެ އަމަލުތައް އިސްލާހު ނުކުރަނީސް ހުރްމުޒް ކަނޑުއޮޅި ނުހުޅުވާނެ ކަމަށް އީރާނުގެ ސަލާމަތީ ކަންތައްތަކާ ބެހޭ އެންމެ އިސް އޮފިޝަލް ވިދާޅުވެއްޖެ
07 އޯގަސްޓު 2026

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

07 އޯގަސްޓު 2026
ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި
03 އޯގަސްޓު 2026

އިސްރާއީލަށް ޖާސޫސްކުރި ދެ މީހުން އީރާނުން ދަންޖައްސައި މަރާލައިފި

03 އޯގަސްޓު 2026
އިސްރާއީލަށް ޖާސޫސްކުރި ދެ މީހުން އީރާނުން ދަންޖައްސައި މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް