Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިރާން ހަނގުރާމަ

އިރާނުން ތުހުމަތު ކުރަނީ އެ ގައުމަށް ހަމަލާ ދިނުމަށް ޔޫއޭއީގެ ބިން ބޭނުން ކުރާ ކަމަށް، އެތަނުގައި ހުރި އެމެރިކާ މަރުކަޒުތަކަށް ހަމަލާދޭނެ ކަމަށް ބުނެ އިންޒާރު ދީފި

އެމެރިކާ އާއި އިޒްރޭލުން އިރާނަށް ދެމުންދާ ވަރުގަދަ ހަމަލާތަކާ ގުޅިގެން، ޔޫއޭއީގައި ތިބި އެމެރިކާ ސިފައިންނާއި އެ ގައުމުގެ މިސައިލް މަރުކަޒުތަކަށް ރައްދު ހަމަލާދޭނެ ކަމުގެ އިންޒާރު އިރާނުން ދީފި. އިރާނުގެ އަސްކަރިއްޔާއިން ބުނީ ޔޫއޭއީގެ ސިޓީތަކާއި ބަނދަރުތަކުގައި ފިލައިތިބެ އެމެރިކާއިން ހަމަލާދޭތީ، އަމިއްލަ ދިފާއުގައި އެ ތަންތަނަށް ހަމަލާދިނުމަކީ ޝަރުއީ ހައްގެއް ކަމަށް. އެހެންކަމުން، ދެވިދާނެ ހަމަލާއަކުން ރައްކާތެރިވުމަށްޓަކައި އެމެރިކާގެ އަސްކަރީ މަރުކަޒުތަކާ ދުރަށް ދިއުމަށް ޔޫއޭއީގެ އާންމު ރައްޔިތުންނަށް އިރާނުން ވަނީ އިލްތިމާސްކޮށްފައި.

ރާއްޖެ އެމްވީ | 14 މާރިޗު 2026 | ހޮނިހިރު 18:06
ދުބާއީގެ މެދުތެރެއަށް ދިން ވައިގެ ހަމަލާއެއް ކާމިޔާބުކަމާއެކު ހުއްޓުވާފައިވާ ކަމަށާއި، ނަމަވެސް އެ ހަމަލާ ހުއްޓުވުމުގެ ތެރޭގައި  ވެއްޓުނު ބައިތަކުން އިމާރާތެއްގެ ބޭރު ފަރާތަށް ގެއްލުން ލިބިފައިވާ ކަމަށް ދުބާއީ މީޑިއާ އޮފީހުން ބުނޭ.

ދުބާއީގެ މެދުތެރެއަށް ދިން ވައިގެ ހަމަލާއެއް ކާމިޔާބުކަމާއެކު ހުއްޓުވާފައިވާ ކަމަށާއި، ނަމަވެސް އެ ހަމަލާ ހުއްޓުވުމުގެ ތެރޭގައި ވެއްޓުނު ބައިތަކުން އިމާރާތެއްގެ ބޭރު ފަރާތަށް ގެއްލުން ލިބިފައިވާ ކަމަށް ދުބާއީ މީޑިއާ އޮފީހުން ބުނޭ. | އެކްސް

އިރާނުގެ ޚާތަމުލް އަންބިޔާ ސެންޓްރަލް ހެޑްކުއާޓާޒްގެ ތަރުޖަމާނު، ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ބައެއް ސިޓީތަކުގައި ހުރި ދުޝްމަނުންގެ މިސައިލް ފޮނުވާ މަރުކަޒުތަކަށް ހަމަލާދިނުމަށް ރާވާފައިވާ ރޭވުންތައް ހާމަކޮށްފިއެވެ.

ހޮނިހިރު ދުވަހު އަސްކަރީ ތަރުޖަމާނު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ސުންނާފަތިވުމާ ގުޅިގެން، އެމެރިކާގެ އިސްތިއުމާރީ ބާރުތަކުން ޔޫއޭއީގެ ބަނދަރުތަކާއި ސިޓީތަކުގެ ތެރޭގައި ފިލައި ތިބެ، އިރާނުގެ އަބޫ މޫސާ ރަށަށާއި ޚާރްކް ރަށުގެ ބައެއް ސަރަހައްދުތަކަށް މިސައިލް ހަމަލާތަކެއް ދީފައިވާ ކަމަށެވެ.

ޔޫއޭއީގެ ވެރިންނަށް ފޮނުއްވި މެސެޖެއްގައި ތަރުޖަމާނު ވިދާޅުވީ، ޔޫއޭއީގެ ބަނދަރުތަކާއި ސިޓީތަކުގައި ފިލައިގެން ތިބި އެމެރިކާ ސިފައިންނާއި، އެ ގައުމުގެ މިސައިލް ފޮނުވާ މަރުކަޒުތަކަށް ހަމަލާދީ، އިރާނުގެ އިސްތިގުލާލާއި ސަރަހައްދީ ރައްކާތެރިކަން ދިފާއުކުރުމަކީ އިސްލާމީ ޖުމްހޫރިއްޔާ އަށް ލިބިގެންވާ "ޝަރުއީ ހައްގެއް" ކަމަށް ގަބޫލުކުރާ ކަމަށެވެ.

މީގެ އިތުރުން، ދެވިދާނެ ހަމަލާއެއްގައި އާންމުންނަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށްޓަކައި، ޔޫއޭއީގެ ބަނދަރުތަކާއި އެމެރިކާ ސިފައިން ފިލައި ތިބި ތަންތަނާ ދުރަށް ދިއުމަށް އެ ގައުމުގެ މުސްލިމް ރައްޔިތުންނަށް ތަރުޖަމާނު ވަނީ އިލްތިމާސް ކުރައްވާފައެވެ.

ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އިރާނުގެ އިސްލާމީ އިންގިލާބުގެ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ އާއި، އަސްކަރީ އިސް ކޮމާންޑަރުންނާއި އާންމުންގެ ބަޔަކު އަވަހާރަކޮށްލުމާ ގުޅިގެން، އެމެރިކާ އާއި ޒަޔަނިސްޓް އިޒްރޭލުން ވަނީ އެއްވެސް އުދުވާނަކާ ނުލައި އިރާނާ ދެކޮޅަށް ފުޅާ ދާއިރާއެއްގައި އަސްކަރީ ކެމްޕޭނެއް ފަށާފައެވެ.

މި ހަމަލާތަކުގައި އިރާނުގެ އެކި ސަރަހައްދުތަކުގައި ހުރި އަސްކަރީ އަދި އާންމުން ދިރިއުޅޭ ތަންތަނަށް ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، މީގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކު މަރުވެ، ގައުމުގެ އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

މި ހަމަލާތަކުގެ ރައްދުގައި އިރާނުގެ ހަތިޔާރު އެޅި ބާރުތަކުން ދަނީ، އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކާއި ސަރަހައްދީ މަރުކަޒުތަކުގައި ހުރި އެމެރިކާ އާއި އިޒްރޭލުގެ އަމާޒުތަކަށް ގިނަ އަދަދެއްގެ މިސައިލާއި ޑްރޯން ބޭނުންކޮށްގެން ރައްދު ހަމަލާ ދެމުންނެވެ.

މަސްދަރު: ތަސްނީމް ނިއުސް އޭޖެންސީ

އީރާންޔޫއޭއީއީރާން-އިޒްރޭލްއީރާން-ޔޫއެސްއޭ-އިޒްރޭލް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އީރާނުން ސިއްރު މައުލޫމާތު ދުޝްމަނުންނަށް ފޯރުކޮށްދިން ތުހުމަތުގައި 81 މީހަކު ހައްޔަރުކޮށްފި

އީރާނުން ސިއްރު މައުލޫމާތު ދުޝްމަނުންނަށް ފޯރުކޮށްދިން ތުހުމަތުގައި 81 މީހަކު ހައްޔަރުކޮށްފި

14 މާރިޗު 2026
ހޯރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތް އޮތުން ދަމަހައްޓާނަން: އީރާން

ހޯރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތް އޮތުން ދަމަހައްޓާނަން: އީރާން

14 މާރިޗު 2026
އޭޝިއާ ޕެސިފިކް އަށް ތެޔޮ ފޯރުކޮށްދިނުމުގެ ޤާބިލުކަން އެމެރިކާ އަށް ލިބިގެންވާ ކަމަށް އިންޓީރިއާ ސެކްރެޓަރީ ވިދާޅުވެއްޖެ

އޭޝިއާ ޕެސިފިކް އަށް ތެޔޮ ފޯރުކޮށްދިނުމުގެ ޤާބިލުކަން އެމެރިކާ އަށް ލިބިގެންވާ ކަމަށް އިންޓީރިއާ ސެކްރެޓަރީ ވިދާޅުވެއްޖެ

14 މާރިޗު 2026
އީރާންއާ ދެކޮޅަށް ކުރާ ހަނގުރާމަ އިން އެމެރިކާ މޮޅުވާ ކަމަށް މީޑިއާ ތަކުން ނުބުނާތީ ޓްރަމްޕް ރުޅިގަދަ ވެއްޖެ، ވިދާޅުވީ އީރާން މުޅިން ބަލިވެއްޖެ ކަމަށް

އީރާންއާ ދެކޮޅަށް ކުރާ ހަނގުރާމަ އިން އެމެރިކާ މޮޅުވާ ކަމަށް މީޑިއާ ތަކުން ނުބުނާތީ ޓްރަމްޕް ރުޅިގަދަ ވެއްޖެ، ވިދާޅުވީ އީރާން މުޅިން ބަލިވެއްޖެ ކަމަށް

14 މާރިޗު 2026
ވޯލްޑް ކަޕް އިން އީރާން ބޭރު ކުރުމުގެ ބާރު ޓްރަމްޕް އަށް ނެތް ކަމަށް ބުނެފި

ވޯލްޑް ކަޕް އިން އީރާން ބޭރު ކުރުމުގެ ބާރު ޓްރަމްޕް އަށް ނެތް ކަމަށް ބުނެފި

14 މާރިޗު 2026

އަހަރުތަކުން މިއަދު

14 މާރިޗު
ޕޮޓޭޓޯ ޕޭން ކޭކް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕޮޓޭޓޯ ޕޭން ކޭކް

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް
20233 އަހަރު ކުރިން
ކުޅިވަރު

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!
20215 އަހަރު ކުރިން
ރާއްޖެ

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!
20197 އަހަރު ކުރިން
ރިޕޯޓު

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
20188 އަހަރު ކުރިން
ރިޕޯޓު

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު