Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ޚަރްޖް އައިލެންޑަށް އިތުރު ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

އެންބީސީ ނިއުސް އަށް ދެއްވި އިންޓަވިޔުއެއްގައި ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ ހަމަލާ ތަކުގައި ޚަރްޖް އައިލެންޑްގެ ބޮޑު ބައެއް މިހާރު ވެސް މުޅިން ސުންނާފަތި ވެފައިވާ ކަމަށް. އަދި އިތުރު ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު ދެއްވަމުން ޓްރަމްޕް ވިދާޅުވީ، ހަމައެކަނި މަޖަލަކަށް ވެސް އަދި މަދު ފަހަރެއްގެ މަތިން ވިޔަސް އެ ތަނަށް ހަމަލާ ދީފާނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 15 މާރިޗު 2026 | އާދީއްތަ 06:29
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް

އީރާންގެ ތެޔޮ އެކްސްޕޯޓު ކުރާ މައި މަރުކަޒު ކަމަށްވާ، ޚަރްޖް އައިލެންޑަށް އިތުރު ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި އެވެ.

އެންބީސީ ނިއުސް އަށް ދެއްވި އިންޓަވިޔުއެއްގައި ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ ހަމަލާ ތަކުގައި ޚަރްޖް އައިލެންޑްގެ ބޮޑު ބައެއް މިހާރު ވެސް މުޅިން ސުންނާފަތި ވެފައިވާ ކަމަށެވެ. އަދި އިތުރު ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު ދެއްވަމުން ޓްރަމްޕް ވިދާޅުވީ، ހަމައެކަނި މަޖަލަކަށް ވެސް އަދި މަދު ފަހަރެއްގެ މަތިން ވިޔަސް އެ ތަނަށް ހަމަލާ ދީފާނެ ކަމަށެވެ. 

މީގެ އިތުރުން ޓްރަމްޕް ވިދާޅުވެފައި ވަނީ، އީރާން އިން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އަންނަން ތައްޔާރަށް އޮތް ކަމަށް ފެނުނު ނަމަވެސް، އެ ޤައުމުން ހުށަހަޅާ ޝަރުތުތަކަކީ އެކަށީގެންވާ ޝަރުތު ތަކެއް ނޫން ކަަމަށެވެ. ޓްރަމްޕް މިހެން ވިދާޅުވެފައި ވީ ނަމަވެސް، އީރާން އިން ބުނެފައި ވަނީ އެމެރިކާ އާއެކު މަޝްވަރާ ކުރުމަކީ މިހާރު އެ ޤައުމުން ބޭނުންވާ ކަމެއް ނޫން ކަމަށެވެ. 

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ވެސް ވަނީ ބޮޑެތި ލޮޅުން ތަކެއް އަރަން ފަށައިފަ އެވެ. އެގޮތުން ތެލުގެ އަގު އިންތިހާ އަށް މައްޗަށް އުފުލިފައިވާއިރު، ޓްރަމްޕް ވަނީ ހޮރުމޯޒް ކަނޑު އޮޅި މެދުވެރިކޮށް ތެޔޮ ލިބޭ ޤައުމު ތަކުން އެ ސަރަހައްދުގެ ރައްކާތެރިކަން ބެލެހެއްޓުމަށް ގޮވާލައްވައިފަ އެވެ. އެގޮތުން ޓްރަމްޕް ވަނީ ޗައިނާ، ފްރާންސް، ޖަޕާން، ދެކުނު ކޮރެއާ އަދި އިނގިރޭސިވިލާތުން ވެސް އެ ސަރަހައްދަށް މަނަވަރުތައް ފޮނުވުމަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް ފްރާންސް އިން ވަނީ އެ ޤައުމުން މަނަވަރެއް ނުފޮނުވާނެ ކަމަށް ބުނެފަ އެވެ. 

މި ހަނގުރާމަ މިހާރު ތިން ވަނަ ހަފުތާ އަކަށް ގޮސްފައިވާއިރު، އީރާން އިން ބުނަމުން އަންނަނީ އެމެރިކާ އާއި އިޒްރޭލް އިން ވައިގެ ހަމަލާތައް ހުއްޓައި ނުލަނީސް. ހަނގުރާމަ ހުއްޓާލުމުގެ އެއްވެސް ވާހަކައެއް ނުދައްކާނެ ކަމަށެވެ. މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން މިދިޔަ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހު ފެށި ހަނގުރާމައިގައި މިހާތަނަށް ވަނީ 2000 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ. 

މަސްދަރު: އަލް އަރަބިއްޔާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްޚާރްގް އައިލެންޑް

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނުގެ "ޝާހިދު-136" ޑްރޯން ކޮޕީކޮށްގެން އުފައްދާފައިވާ ޑްރޯން ބޭނުންކޮށްގެން، ސަރަހައްދީ ގައުމުތަކުގެ މަދަނީ އިންފްރާސްޓްރަކްޗާރަށް އެމެރިކާ އާއި އިޒްރޭލުން ހަމަލާދެމުންދާ ކަމަށް އީރާނުން ބުނެފި

އީރާނުގެ "ޝާހިދު-136" ޑްރޯން ކޮޕީކޮށްގެން އުފައްދާފައިވާ ޑްރޯން ބޭނުންކޮށްގެން، ސަރަހައްދީ ގައުމުތަކުގެ މަދަނީ އިންފްރާސްޓްރަކްޗާރަށް އެމެރިކާ އާއި އިޒްރޭލުން ހަމަލާދެމުންދާ ކަމަށް އީރާނުން ބުނެފި

15 މާރިޗު 2026
އީރާނަށް ދޭ "ހަމަލާތަކުގެ މައި މަރުކަޒު" ކަމަށްވާ ސައުދީގެ އަލް ޚަރްޖް އެއާބޭސްއަށް މިސައިލް ހަމަލާދީފި

އީރާނަށް ދޭ "ހަމަލާތަކުގެ މައި މަރުކަޒު" ކަމަށްވާ ސައުދީގެ އަލް ޚަރްޖް އެއާބޭސްއަށް މިސައިލް ހަމަލާދީފި

15 މާރިޗު 2026
އިޒްރޭލުގެ ޖާސޫސީ އިދާރާގެ މައި ޔުނިޓެއް ކަމަށްވާ "ޔުނިޓް 8200" އަށް ހަމަލާ ދީފައިވާ ކަމަށް އީރާނުން ބުނެފި

އިޒްރޭލުގެ ޖާސޫސީ އިދާރާގެ މައި ޔުނިޓެއް ކަމަށްވާ "ޔުނިޓް 8200" އަށް ހަމަލާ ދީފައިވާ ކަމަށް އީރާނުން ބުނެފި

14 މާރިޗު 2026
އިރާނުން ތުހުމަތު ކުރަނީ އެ ގައުމަށް ހަމަލާ ދިނުމަށް ޔޫއޭއީގެ ބިން ބޭނުން ކުރާ ކަމަށް، އެތަނުގައި ހުރި އެމެރިކާ މަރުކަޒުތަކަށް ހަމަލާދޭނެ ކަމަށް ބުނެ އިންޒާރު ދީފި

އިރާނުން ތުހުމަތު ކުރަނީ އެ ގައުމަށް ހަމަލާ ދިނުމަށް ޔޫއޭއީގެ ބިން ބޭނުން ކުރާ ކަމަށް، އެތަނުގައި ހުރި އެމެރިކާ މަރުކަޒުތަކަށް ހަމަލާދޭނެ ކަމަށް ބުނެ އިންޒާރު ދީފި

14 މާރިޗު 2026
ހޯރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތް އޮތުން ދަމަހައްޓާނަން: އީރާން

ހޯރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތް އޮތުން ދަމަހައްޓާނަން: އީރާން

14 މާރިޗު 2026

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު