Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އައިއާރުޖީސީގެ އިންޒާރު ޒަޔަނިސްޓުންނަށް: ކަލޭމެންނަށް އަނދިރި ދުވަސްތަކެއް ދައްކާލާނަން

އީރާނުގެ އައިއާރުޖީސީން އިޒްރޭލާއި އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފި. މި އޮޕަރޭޝަނުގައި ނެގެވް ސަހަރާގައި ހުންނަ އިޒްރޭލުގެ އެއަރބޭސްތަކުގެ އިތުރުން ގަތަރުގައި ހުންނަ އެމެރިކާގެ އަލް-އުދައިދު ބޭހަށްވެސް ވަނީ ހަމަލާ އަމާޒުކޮށްފައި. މީގެ އިތުރުން އީރާނުގެ ވައިގެ ސަރަހައްދަށް ވަތް ބޭރުގެ ފަސް ޑްރޯންއެއް ވައްޓާލާފައިވާކަން ހާމަކުރަމުން، އައިއާރުޖީސީން ވަނީ ކުރިއަށް އޮތް ތަނުގައި އިޒްރޭލަށް ނުރައްކާތެރި ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު ދީފައި.

ރާއްޖެ އެމްވީ | 14 މާރިޗު 2026 | ހޮނިހިރު 01:08
އީރާނުން ދެމުންދާ ވައިގެ ހަމަލާތަކާ ގުޅިގެން އިޒްރޭލުގެ ތެލް އަވީވްގައި ބޮޑެތި އަލިފާންގަނޑުތައް ރޯވެފައި.

އީރާނުން ދެމުންދާ ވައިގެ ހަމަލާތަކާ ގުޅިގެން އިޒްރޭލުގެ ތެލް އަވީވްގައި ބޮޑެތި އަލިފާންގަނޑުތައް ރޯވެފައި. | އެކްސް

އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ކުރިއަށްގެންދާ "އޮޕަރޭޝަން ޓްރޫ ޕްރޮމިސް 4" ގެ ދަށުން، ޒަޔަނިސްޓުންނާއި އެމެރިކާގެ އަމާޒުތަކަށް ދެމުންދާ ބަދަލުހިފުމުގެ ހަމަލާތަކުގެ 47 ވަނަ ބުރު ކާމިޔާބުކަމާއެކު ފުރިހަމަކޮށްފިކަން އިއުލާންކޮށްފިއެވެ.

އައިއާރުޖީސީގެ ޕަބްލިކް ރިލޭޝަންސް އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި އޮޕަރޭޝަނުގެ އެންމެ ފަހުގެ މަރުހަލާ ކުރިއަށް ގެންގޮސްފައިވަނީ ހުކުރު ދުވަހުއެވެ. އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގެ ތެރެއިން، އިޒްރޭލުގެ އެންމެ ބޮޑު އެއް އެއަރބޭސް ހުންނަ ނެގެވް ސަހަރާގެ ނެވަޓިމް ސަރަހައްދަށާއި، އިޒްރޭލުގެ ޓެކްނޮލޮޖީގެ މައި މަރުކަޒު ކަމަށްވާ ބީރުޝީބާގެ އިތުރުން ލޮޑް ސިޓީއަށް އައިއާރުޖީސީން ވަނީ ހަމަލާދީފައެވެ.

މީގެ އިތުރުން، ހުޅަނގު އޭޝިއާ ސަރަހައްދުގައި އޮންނަ އެމެރިކާގެ އެންމެ މުހިންމު އެއަރބޭސް ކަމަށްވާ ގަތަރުގައި ހުންނަ އަލް-އުދައިދު ބޭހަށްވެސް އައިއާރުޖީސީން ވަނީ ހަމަލާދީފައެވެ.

ހަމައެއާއެކު، އީރާނާ ދެކޮޅަށް މަސައްކަތްކުރާ ކޯމަލާ ނަމަކަށް ކިޔާ ޓެރަރިސްޓް ގްރޫޕްގެ މަރުކަޒުތަކަށްވެސް އައިއާރުޖީސީން ވަނީ އަމާޒުކޮށްފައެވެ.

އައިއާރުޖީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބަދަލުހިފުމުގެ މި 47 ވަނަ ބުރުގައި ބޭނުންކޮށްފައިވަނީ ސޮލިޑް ފިއުލް ބޭނުންކުރާ "ޚައިބަރު ޝަކަން" މިސައިލާއި ލިކުއިޑް ފިއުލް ބޭނުންކުރާ "ގަދަރު" މިސައިލްތަކެވެ.

މީގެ ކުރިން އައިއާރުޖީސީން ވަނީ މި އޮޕަރޭޝަނުގެ 46 ވަނަ ބުރު ކުރިއަށް ގެންގޮސް، "ޚުއްރަމްޝަހަރު"، "ޚައިބަރު ޝަކަން"، "އިމާދު" އަދި "ގަދަރު" މިސައިލްތައް ބޭނުންކޮށްގެން އިޒްރޭލުން ހިފާފައިވާ ބިންތަކުގެ އެކި ސަރަހައްދުތަކަށް ހަމަލާދީފައެވެ.

އެންމެ ފަހުން ނެރުނު ބަޔާނުގައި، މި ހަމަލާތަކުގެ ސަބަބުން ކުރި ނަފްސާނީ އަސަރުތަކަށް އަލިއަޅުވާލަމުން ބުނެފައިވަނީ، އެއް ސައިރަންގެ އަޑަށްފަހު އަނެއް ސައިރަންގެ އަޑު އިވެމުންދާ ކަމަށާއި، ރައްކާތެރިކަން ހޯދުމަށް ބަންކަރުތަކަށް ވަނުމަށް ޒަޔަނިސްޓުން ދުވަމުންދާ މަންޒަރަކީ މިވަގުތުގެ ހަގީގީ ހާލަތު ކަމަށެވެ.

މި އޮޕަރޭޝަން ފަށާފައިވަނީ މިދިޔަ މަހުގެ ފަހުކޮޅު އިޒްރޭލާއި އެމެރިކާ ގުޅިގެން އީރާނަށް ދޭން ފެށި އުދުވާނީ ހަމަލާތަކާ ގުޅިގެން، އޭގެ ރައްދުގައެވެ.

މިހާތަނަށް ކުރިއަށްދިޔަ ބަދަލުހިފުމުގެ ހަމަލާތަކުގައި އައިއާރުޖީސީން ވަނީ އިޒްރޭލާއި އެމެރިކާގެ އަމާޒުތަކަށް އެތައް ސަތޭކަ ބެލިސްޓިކް އަދި ހައިޕަރސޮނިކް މިސައިލާއި، ހަމަލާދޭ ޑްރޯންތައް ބޭނުންކޮށްފައެވެ.

ހަތުރުވެރި ޑްރޯންތައް ވައްޓާލުން

މީގެ އިތުރުން، މިދިޔަ ހުކުރު ދުވަހު އައިއާރުޖީސީން ވަނީ ކުރިއަރާފައިވާ އެއަރ ޑިފެންސް ސިސްޓަމް ބޭނުންކޮށްގެން، އީރާނުގެ ވައިގެ ސަރަހައްދަށް ވަތް ފަސް ޑްރޯންއެއް ވައްޓާލާފައެވެ. އޭގެ ތެރޭގައި އޯބިޓަރ 4، ހާމީސް އަދި އެމްކިއު-9 ރީޕަރ މަރުކާގެ ޑްރޯންތައް ހިމެނެއެވެ.

އައިއާރުޖީސީން ފާހަގަކުރި ގޮތުގައި، މި އުދުވާނުތައް ފެށުނީއްސުރެ މިހާތަނަށް ޖާސޫސީ އަދި ހަމަލާދޭ 114 ޑްރޯން އެ ޖަމާއަތުގެ އެއަރ ޑިފެންސް ސިސްޓަމްތަކުން ވަނީ ހަލާކުކޮށްލާފައެވެ.

އައިއާރުޖީސީގެ އިންޒާރު ޒަޔަނިސްޓުންނަށް: 'ކަލޭމެންނަށް އަނދިރި ދުވަސްތަކެއް ދައްކާލާނަން'

މި ހަމަލާތަކާ އެކު، އިޒްރޭލުން ހިފާފައިވާ ބިންތަކުގައި ދިރިއުޅޭ ޒަޔަނިސްޓުންނަށް އައިއާރުޖީސީން ވަނީ ހީބްރޫ ބަހުން އިންޒާރުގެ މެސެޖުތަކެއް ފޮނުވަން ފަށާފައެވެ.

އެ މެސެޖުގައި ބުނެފައިވަނީ، "ﷲގެ އިރާދަފުޅާއެކު، ތިޔަބައިމީހުންނަށް އަހަރެމެން އަނދިރި ދުވަސްތަކެއް ދައްކާލާނަމެވެ. އެ ދުވަސްތަކުގައި ތިޔަބައިމީހުން ދިރިތިބުމަށް އެދި އާދޭސްކުރާނެއެވެ. ނަމަވެސް އެކަން ކާމިޔާބެއް ނުވާނެއެވެ." މިފަދައިންނެވެ.

މަސްދަރު: ޕްރެސްޓީވީ

އައިއާރުޖީސީއޮޕަރޭޝަން ޓްރޫ ޕްރޮމިސްއީރާން-ޔޫއެސްއޭ-އިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށް ތެލުގެ ދަތިކަން ކުރިމަތިވެ، ސަރުކާރުތަކުން ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށައިފި

ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށް ތެލުގެ ދަތިކަން ކުރިމަތިވެ، ސަރުކާރުތަކުން ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށައިފި

14 މާރިޗު 2026
ޑްރޯން ހަމަލާއެއްގައި އިރާގުގައި ތިބި ފަރަންސޭސި ސިފައިންގެ މީހަކު މަރުވެ، އިތުރު ސިފައިންތަކެއް ޒަޚަމްވެއްޖެ

ޑްރޯން ހަމަލާއެއްގައި އިރާގުގައި ތިބި ފަރަންސޭސި ސިފައިންގެ މީހަކު މަރުވެ، އިތުރު ސިފައިންތަކެއް ޒަޚަމްވެއްޖެ

13 މާރިޗު 2026
އިރާނުން ބަހްރެއިންގެ އެމެރިކާގެ ނޭވަލް ބޭސްއަށް ހަމަލާދީފި

އިރާނުން ބަހްރެއިންގެ އެމެރިކާގެ ނޭވަލް ބޭސްއަށް ހަމަލާދީފި

13 މާރިޗު 2026
އީރާނާއި ލުބްނާނަށް އިޒްރޭލާއި އެމެރިކާ އިން ދެމުންދާ ހަމަލާތައް އދ. ގެ މިނިވަން މާހިރުންގެ ޕެނެލަކުން ކުށްވެރިކޮށްފި

އީރާނާއި ލުބްނާނަށް އިޒްރޭލާއި އެމެރިކާ އިން ދެމުންދާ ހަމަލާތައް އދ. ގެ މިނިވަން މާހިރުންގެ ޕެނެލަކުން ކުށްވެރިކޮށްފި

13 މާރިޗު 2026
އައިއާރުޖީސީން އިޒްރޭލުގެ ދާޚިލީ ސަލާމަތީ އިދާރާ ޝިންބެޓްގެ މައިމަރުކަޒަށް ހަމަލާ ދީފި

އައިއާރުޖީސީން އިޒްރޭލުގެ ދާޚިލީ ސަލާމަތީ އިދާރާ ޝިންބެޓްގެ މައިމަރުކަޒަށް ހަމަލާ ދީފި

13 މާރިޗު 2026

އަހަރުތަކުން މިއަދު

3 އެޕްރީލު
ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟
20251 އަހަރު ކުރިން
ރިޕޯޓު

ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި
20242 އަހަރު ކުރިން
ރާއްޖެ

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި

ގެރިކިރު ބޯކިބާ
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ގެރިކިރު ބޯކިބާ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު
20215 އަހަރު ކުރިން
ރާއްޖެ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު