Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް ވެޓަރަންސް ކަޕް

އެފްއޭއެމް ވެޓަރަންސް ކަޕް: ޕޮލިސް ކުލަބު ބަލިކޮށް، ވިލިމާލެ ޔުނައިޓެޑު ފައިނަލް އަށް

ވިލިމާލެ ޔުނައިޓެޑުން މުބާރާތުގެ ފައިނަލްގެ ޖާގަ ހޯދިއިރު، މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުން ވެސް އެ ޓީމު ވަނީ މޮޅުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 މާރިޗު 2026 | ހޮނިހިރު 04:51
މެޗުގައި ލަނޑު ޖެހުމަށް ފަހު ވިލިމާލެ ޔުނައިޓެޑުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ވިލިމާލެ ޔުނައިޓެޑުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ސޯޝަލް މީޑިއާ

މިހާރު ކުރިއަށްދާ އެފްއޭއެމް ވެޓަރަންސް ކަޕްގެ ސެމީ ފައިނަލްގައި ޕޮލިސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ވިލިމާލެ ޔުނައިޓެޑުން މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.

ހުކުރު ދުވަހުގެ ހަވީރު މާފަންނު ޓާފު ދަނޑުގައި ކުޅުނު މެޗު ވިލިމާލެ ޔުނައިޓެޑުން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ވިލިމާލެ ޔުނައިޓެޑުން އެއް ލަނޑު ޖެހިއިރު، އަނެއް ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ. ޕޮލިސް ކުލަބުގެ ހަމައެކަނި ލަނޑު އެ ޓީމުން ޖެހީ ވެސް ދެ ވަނަ ހާފުގަ އެވެ.

 މެޗު ފަށައިގެން އަށް ވަނަ  މިނެޓުގައި ވިލިމާލެ ޔުނައިޓެޑުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ މުޙައްމަދު ޖުނައިދު އެވެ. އޭގެ ފަހުން ދެ ވަނަ ހާފުގެ 54 ވަނަ މިނެޓުގައި ޙަސަން ޞަލާޙު ވަނީ ވިލިމާލެ ޔުނައިޓެޑުގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. ވިލިމާލެ ޔުނައިޓެޑުން ދެ ވަނަ ލަނޑެއް ޖެހިތާ ދެ މިނެޓު ފަހުން، އާޔަތުﷲ އިބްރާހީމް ވަނީ ޕޮލިސް ކުލަބުގެ ފުރަތަމަ ލަނޑު ޖަހައި ފަރަގު ކުޑަ ކޮށްފަ އެވެ. އޭގެ ފަހުން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ޕޮލިސް ކުލަބުން މަސައްކަތް ކުރި ނަމަވެސް، އެކަން ކާމިޔާބެއް ނުވި އެވެ.

ވިލިމާލެ ޔުނައިޓެޑުން މުބާރާތުގެ ފައިނަލްގެ ޖާގަ ހޯދިއިރު، މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުން ވެސް އެ ޓީމު ވަނީ މޮޅުވެފަ އެވެ. 

އެފްއޭއެމް ވެޓަރަންސް ކަޕް

އިތުރަށް ކިޔާލަން

09 މާރިޗު 2026

އެފްއޭއެމް ވެޓަރަންސް ކަޕް: މުއިވެޔޮ ބަލިކޮށް ނިއު ރޭޑިއަންޓް ސެމީ ފައިނަލް އަށް

09 މާރިޗު 2026
އެފްއޭއެމް ވެޓަރަންސް ކަޕް: މުއިވެޔޮ ބަލިކޮށް ނިއު ރޭޑިއަންޓް ސެމީ ފައިނަލް އަށް
08 މާރިޗު 2026

އެފްއޭއެމް ވެޓަރަންސް ކަޕް: 13 ލަނޑުގެ ބޮޑު މޮޅާ އެކު، ހުޅުމާލެ ވެޓަރަންސް ސެމީ ފައިނަލަށް

08 މާރިޗު 2026
އެފްއޭއެމް ވެޓަރަންސް ކަޕް: 13 ލަނޑުގެ ބޮޑު މޮޅާ އެކު، ހުޅުމާލެ ވެޓަރަންސް ސެމީ ފައިނަލަށް
07 މާރިޗު 2026

އެފްއޭއެމް ވެޓަރަންސް ކަޕް: ހުރާ ބަލިކޮށް ޕޮލިސް ކުލަބު ސެމީ ފައިނަލް އަށް

07 މާރިޗު 2026
އެފްއޭއެމް ވެޓަރަންސް ކަޕް: ހުރާ ބަލިކޮށް ޕޮލިސް ކުލަބު ސެމީ ފައިނަލް އަށް
04 މާރިޗު 2026

ޝިހާމްގެ ހެޓްރިކާ އެކު، ހުރާ އިން ޔޫވީ ބަލިކޮށްފި

04 މާރިޗު 2026
ޝިހާމްގެ ހެޓްރިކާ އެކު، ހުރާ އިން ޔޫވީ ބަލިކޮށްފި
03 މާރިޗު 2026

އެފްއޭއެމް ވެޓަރަންސް ކަޕް: ހުޅުމާލެ ވެޓަރަންސް އާއި ޕޮލިސް ކުލަބު އެއްވަރު

03 މާރިޗު 2026
އެފްއޭއެމް ވެޓަރަންސް ކަޕް: ހުޅުމާލެ ވެޓަރަންސް އާއި ޕޮލިސް ކުލަބު އެއްވަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު