Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް ވެޓަރަންސް ކަޕް

އެފްއޭއެމް ވެޓަރަންސް ކަޕް: މުއިވެޔޮ ބަލިކޮށް ނިއު ރޭޑިއަންޓް ސެމީ ފައިނަލް އަށް

މޮޅާ އެކު ނިއު ރޭޑިއަންޓް އިން މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ ހޯދީ މި ގުރޫޕުގެ ދެ ވަނަ ޓީމުގެ ގޮތުގައި ހަތް ޕޮއިންޓާ އެކު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 މާރިޗު 2026 | ހޯމަ 07:33
އެފްއޭއެމް ވެޓަރަންސް ކަޕްގައި މީގެ ކުރިން ނިއު ރޭޑިއަންޓް ކުޅުނު މެޗެއްގެ ތެރެއިން

އެފްއޭއެމް ވެޓަރަންސް ކަޕްގައި މީގެ ކުރިން ނިއު ރޭޑިއަންޓް ކުޅުނު މެޗެއްގެ ތެރެއިން | އަދަދު ސްޕޯޓްސް

މިހާރު ކުރިއަށްދާ އެފްއޭއެމް ވެޓަރަންސް ކަޕްގެ ގުރޫޕް ސްޓޭޖުގައި މުއިވެޔޮ ފްރްންޑްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ނިއު ރޭޑިއަންޓް އިން މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ ކަށަވަރު ކޮށްފި އެވެ.

މާފަންނު ޓާފް ދަނޑުގައި އާދީއްތަ ދުވަހުގެ ހަވީރު ކުޅުނު މެޗު ނިއު ރޭޑިއަންޓް އިން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގެ ހަމައެކަނި ލަނޑު ނިއު ރޭޑިއަންޓް އިން ޖެހީ ދެ ވަނަ ހާފުގަ އެވެ. 

މެޗު ފަށައިގެން ރަނގަޅަށް ކުޅެމުން ދިޔައީ މުއިވެޔޮ އިންނެވެ. އެގޮތުން އެ ޓީމުން ދިޔައީ ލިބުނު ފުރުސަތު ތަކުގައި ނިއު ރޭޑިއަންޓްގެ ގޯލަށް ނުރައްކާ ކުރުމަށް މަސައްކަތް ކުރަމުންނެވެ. މެޗުގައި ނިއު ރޭޑިއަންޓް އިން ލީޑު ނެގީ 58 ވަނަ މިނެޓުގަ އެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ލީޑު ނަގައިދިނީ އަޙުމަދު އަޝްފާން އެވެ. 

މޮޅާ އެކު ނިއު ރޭޑިއަންޓް އިން މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ ހޯދީ މި ގުރޫޕުގެ ދެ ވަނަ ޓީމުގެ ގޮތުގައި ހަތް ޕޮއިންޓާ އެކު އެވެ. މި ގުރޫޕުގެ އެއް ވަނައިގައި ސެމީ ފައިނަލްގެ ފުރުސަތު ހޯދި ވިލިމާލެ ޔުނައިޓެޑަށް ލިބެނީ ނުވަ ޕޮއިންޓެވެ. މުއިވެޔޮ އަށް ތިން ވަނަ ލިބުނުއިރު، އެ ޓީމަަކީ ނައިބު ރައީސް ޙުސެއިން މުޙައްމަދު ލަޠީފް (ސެމްބެ) ކުޅުއްވާ ޓީމެވެ.

އެފްއޭއެމް ވެޓަރަންސް ކަޕް

އިތުރަށް ކިޔާލަން

08 މާރިޗު 2026

އެފްއޭއެމް ވެޓަރަންސް ކަޕް: 13 ލަނޑުގެ ބޮޑު މޮޅާ އެކު، ހުޅުމާލެ ވެޓަރަންސް ސެމީ ފައިނަލަށް

08 މާރިޗު 2026
އެފްއޭއެމް ވެޓަރަންސް ކަޕް: 13 ލަނޑުގެ ބޮޑު މޮޅާ އެކު، ހުޅުމާލެ ވެޓަރަންސް ސެމީ ފައިނަލަށް
07 މާރިޗު 2026

އެފްއޭއެމް ވެޓަރަންސް ކަޕް: ހުރާ ބަލިކޮށް ޕޮލިސް ކުލަބު ސެމީ ފައިނަލް އަށް

07 މާރިޗު 2026
އެފްއޭއެމް ވެޓަރަންސް ކަޕް: ހުރާ ބަލިކޮށް ޕޮލިސް ކުލަބު ސެމީ ފައިނަލް އަށް
04 މާރިޗު 2026

ޝިހާމްގެ ހެޓްރިކާ އެކު، ހުރާ އިން ޔޫވީ ބަލިކޮށްފި

04 މާރިޗު 2026
ޝިހާމްގެ ހެޓްރިކާ އެކު، ހުރާ އިން ޔޫވީ ބަލިކޮށްފި
03 މާރިޗު 2026

އެފްއޭއެމް ވެޓަރަންސް ކަޕް: ހުޅުމާލެ ވެޓަރަންސް އާއި ޕޮލިސް ކުލަބު އެއްވަރު

03 މާރިޗު 2026
އެފްއޭއެމް ވެޓަރަންސް ކަޕް: ހުޅުމާލެ ވެޓަރަންސް އާއި ޕޮލިސް ކުލަބު އެއްވަރު
01 މާރިޗު 2026

އެފްއޭއެމް ވެޓަރަންސް ކަޕް: ވިލިމާލެ ޔުނައިޓެޑުން، ސިފައިންގެ ކުލަބު ބަލިކޮށްފި

01 މާރިޗު 2026
އެފްއޭއެމް ވެޓަރަންސް ކަޕް: ވިލިމާލެ ޔުނައިޓެޑުން، ސިފައިންގެ ކުލަބު ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު