Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް ވެޓަރަންސް ކަޕް

އެފްއޭއެމް ވެޓަރަންސް ކަޕް: ދެ ވަނަ މެޗުގައި ވިލިމާލެ ޔުނައިޓެޑު އަތުން ނިއު ރޭޑިއަންޓް ބަލިވެއްޖެ

މާފަންނު ޓާފް ދަނޑުގައި ކުޅުނު މެޗުގައި ވިލިމާލެ ޔުނަައިޓެޑުން ވަނީ 2-1 އިން ނިއު ރޭޑިއަންޓް ބަލިކޮށްފައި. މެޗުގައި ދެ ޓީމުން ވެސް ލަނޑުތައް ޖަހާފައި ވަނީ މެޗުގެ ދެ ވަނަ ހާފުގައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 ފެބުރުއަރީ 2026 | ބުރާސްފަތި 03:07
މެޗުގައި ލަނޑު ޖެހުމަށް ފަހު ވިލިމާާލެ ޔުނައިޓެޑުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ވިލިމާާލެ ޔުނައިޓެޑުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ސޯޝަލް މީޑިއާ

މިހާރު ކުރިއަށްދާ އެފްއޭއެމް ވެޓަރަންސް ކަޕްގެ ގުރޫޕް ބީގައި ވިލިމާލެ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ބަލިވެއްޖެ އެވެ. 

ބުދަ ދުވަހުގެ ހަވީރު މާފަންނު ޓާފް ދަނޑުގައި ކުޅުނު މެޗުގައި ވިލިމާލެ ޔުނަައިޓެޑުން ވަނީ 2-1 އިން ނިއު ރޭޑިއަންޓް ބަލިކޮށްފަ އެވެ. މެޗުގައި ދެ ޓީމުން ވެސް ލަނޑުތައް ޖަހާފައި ވަނީ މެޗުގެ ދެ ވަނަ ހާފުގަ އެވެ.

އެގޮތުން މެޗުގެ 55 ވަނަ މިނެޓުގައި ޙަސަން ސޮލާޙު ވަނީ ލަނޑު ޖަހައި ވިލިމާލެ ޔުނައިޓެޑަށް ލީޑު ނަގައިދީފަ އެވެ. އޭގެ ދެ މިނެޓު ފަހުން އިސްމާއީލް މުޙައްމަދު ވަނީ ވިލިމާލެ ޔުނައިޓެޑުގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. 

ވިލިމާލެ ޔުނައިޓެޑުން ދެ ވަނަ ލަނޑެއް ޖެހިތާ ދެ މިނެޓު ފަހުން ނިއު ރޭޑިއަންޓް އިން ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަ ކޮށްފަ އެވެ. އެ ލަނޑު ނިއު ރޭޑިއަންޓަށް ޖަހައިދިނީ އިއްޒަތު ޢަބްދުލް ޣަނީ އެވެ. ނަމަވެސް، ނިއު ރޭޑިއަންޓަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރެވޭ ގޮތެއް ނުވި އެވެ.

މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ނިއު ރޭޑިއަންޓުގެ ފުރަތަމަ މެޗުން އެ ޓީމު ވަނީ މޮޅުވެފަ އެވެ. މިި ގުރޫޕުގައި ނިއު ރޭޑިއަންޓް އާއި، ވިލިމާލެ ޔުނައިޓެޑުގެ އިތުރުން ދެން އޮތީ، މުއިވެޔޮ ފްރެންޑްސް ކުލަބާއި، ދިވެހި ސިފައިންގެ ކުލަބު އަދި ދަ ގްރާންޑޭ އެވެ. 

އެފްއޭއެމް ވެޓަރަންސް ކަޕް

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2026

އެފްއޭއެމް ވެޓަރަންސް ކަޕް: ސިފައިންގެ ކުލަބުން ދަ ގްރާންޑޭ ބަލިކޮށްފި

25 ފެބުރުއަރީ 2026
އެފްއޭއެމް ވެޓަރަންސް ކަޕް: ސިފައިންގެ ކުލަބުން ދަ ގްރާންޑޭ ބަލިކޮށްފި
24 ފެބުރުއަރީ 2026

އެފްއޭއެމް ވެޓަރަންސް ކަޕް: ހުއްރިއްޔާ ބަލިކޮށް، ހުޅުމާލެ ވެޓަރަންސް އަށް ރަނގަޅ ފެށުމެއް

24 ފެބުރުއަރީ 2026
އެފްއޭއެމް ވެޓަރަންސް ކަޕް: ހުއްރިއްޔާ ބަލިކޮށް، ހުޅުމާލެ ވެޓަރަންސް އަށް ރަނގަޅ ފެށުމެއް
23 ފެބުރުއަރީ 2026

އެފްއޭއެމް ވެޓަރަންސް ކަޕް: ޔޫވީ އާއި ބުރުގެ ކުރިމަތިލުން އެއްވަރު

23 ފެބުރުއަރީ 2026
އެފްއޭއެމް ވެޓަރަންސް ކަޕް: ޔޫވީ އާއި ބުރުގެ ކުރިމަތިލުން އެއްވަރު
22 ފެބުރުއަރީ 2026

އެފްއޭއެމް ވެޓަރަންސް ކަޕް: މުއިވެޔޮ އިން ފުރަތަމަ މެޗު ކާމިޔާބު ކުރިއިރު، މިފަހަރު ވެސް ކެޕްޓަން އަކީ ނައިބު ރައީސް ޙުސެއިން

22 ފެބުރުއަރީ 2026
އެފްއޭއެމް ވެޓަރަންސް ކަޕް: މުއިވެޔޮ އިން ފުރަތަމަ މެޗު ކާމިޔާބު ކުރިއިރު، މިފަހަރު ވެސް ކެޕްޓަން އަކީ ނައިބު ރައީސް ޙުސެއިން
21 ފެބުރުއަރީ 2026

އެފްއޭއެމް ވެޓަރަންސް ކަޕް: ފުރަތަމަ މެޗުގައި ގްރާންޑޭ ބަލިކޮށް ނިއު އަށް ރަނގަޅު ފެށުމެއް

21 ފެބުރުއަރީ 2026
އެފްއޭއެމް ވެޓަރަންސް ކަޕް: ފުރަތަމަ މެޗުގައި ގްރާންޑޭ ބަލިކޮށް ނިއު އަށް ރަނގަޅު ފެށުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު