Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމް ވެޓަރަންސް ކަޕް

އެފްއޭއެމް ވެޓަރަންސް ކަޕް: ހުއްރިއްޔާ ބަލިކޮށް، ހުޅުމާލެ ވެޓަރަންސް އަށް ރަނގަޅ ފެށުމެއް

މެޗުގެ ފުރަތަމަ ހާފުގައި ހުޅުމާލެ ވެޓަރަންސް އިން އެއް ލަނޑު ޖެހިއިރު، އަނެއް ހަތަރު ލަނޑު ޖެހީ ދެ ވަނަ ހާފުގައި. މި ހާފުގައި ހުއްރިއްޔާ އިން ވެސް ވަނީ ލަނޑެއް ޖަހާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 24 ފެބުރުއަރީ 2026 | އަންގާރަ 07:27
އެފްއޭއެމް ވެޓަރަންސް ކަޕްގައި ހުއްރިއްޔާ އާއި ހުޅުމާލެ ވެޓަރަންސް ބައްދަލު ކުރި މެޗުގެ ތެރެއިން

އެފްއޭއެމް ވެޓަރަންސް ކަޕްގައި ހުއްރިއްޔާ އާއި ހުޅުމާލެ ވެޓަރަންސް ބައްދަލު ކުރި މެޗުގެ ތެރެއިން | ޔެސް ޓީވީ

މިހާރު ކުރިއަށްދާ އެފްއޭއެމް ވެޓަރަންސް ކަޕްގެ ގުރޫޕް ބީގައި ހުއްރިއްޔާ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ހުޅުމާލެ ވެޓަރަންސް ކުލަބުން ރަނގަޅު ފެށުމަކުން ފަށައިފި އެވެ. 

ހޯމަ ދުވަހުގެ ހަވީރު މާފަންނު ޓާފް ދަނޑުގައި ކުޅުނު މެޗު ހުޅުމާލެ ވެޓަރަންސް އިން ކާމިޔާބު ކުރީ 5-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ހުޅުމާލެ ވެޓަރަންސް އިން އެއް ލަނޑު ޖެހިއިރު، އަނެއް ހަތަރު ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ. މި ހާފުގައި ހުއްރިއްޔާ އިން ވެސް ވަނީ ލަނޑެއް ޖަހައިފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި ހުޅުމާލެ ވެޓަރަންސް އަށް ލީޑު ނަގައިދިނީ މުޙައްމަދު ޒިޔާދު އެވެ. އޭގެ ފަހުން ދެ ވަނަ ހާފުގެ 35 ވަނަ މިނެޓުގައި މުޙައްމަދު ޒަރީފް ވަނީ އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އޭގެ ހަތަރު މިނެޓު ފަހުން އެ ޓީމުގެ ތިން ވަނަ ލަނޑު ޖެހީ ޙުސެއިން ވިޝާލް އެވެ.

މެޗުގެ 47 ވަނަ މިނެޓުގައި އަޙުމަދު މުއާޒް ވަނީ ހުޅުމާލެ ވެޓަރަންސްގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. ހުޅުމާލެ ވެޓަރަންސް އިން ހަތަރު ލަނޑު ޖެހި ފަހުން، ހުއްރިއްޔާގެ ހަަމައެކަނި ލަނޑު ޖެހީ އަޙުމަދު ނައުޝާދު އެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި، ހުޅުމާލެ ވެޓަރަންސްގެ ފަސް ވަނަ ލަނޑު ޖެހީ ނާފިއު މުޙައްމަދު ހާމިދު އެވެ.

ހުއްރިއްޔާ އާއި ހުޅުމާލެ ވެޓަރަންސްގެ އިތުރުން، ދެން މި ގުރޫޕުގައި އޮތީ ޔުނައިޓެޑު ވިކްޓަރީ އާއި، ބުރު ސްޕޯޓްސް ކުލަބު އަދި ޕޮލިސް ކުލަބެވެ. އެފްއޭއެމް އިން މިއަހަރުގެ ވެޓަރަންސް ކަޕް ބާއްވާއިރު، މުބާރާތުގައި ޖުމުލަ 10 ޓީމެއް ވާދަ ކުރެ އެވެ. ދެ ގުރޫޕަށް ބަހާލައިގެން މުބާރާތް ކުރިއަށް ގެންދާއިރު، ކޮންމެ ގުރޫޕެއްގައި އޮތީ ފަސް ޓީމެވެ.

އެފްއޭއެމް ވެޓަރަންސް ކަޕް

ކޮމެންޓް

އިތުރަށް ކިޔާލަން

އެފްއޭއެމް ވެޓަރަންސް ކަޕް: ޔޫވީ އާއި ބުރުގެ ކުރިމަތިލުން އެއްވަރު

އެފްއޭއެމް ވެޓަރަންސް ކަޕް: ޔޫވީ އާއި ބުރުގެ ކުރިމަތިލުން އެއްވަރު

23 ފެބުރުއަރީ 2026
އެފްއޭއެމް ވެޓަރަންސް ކަޕް: މުއިވެޔޮ އިން ފުރަތަމަ މެޗު ކާމިޔާބު ކުރިއިރު، މިފަހަރު ވެސް ކެޕްޓަން އަކީ ނައިބު ރައީސް ޙުސެއިން

އެފްއޭއެމް ވެޓަރަންސް ކަޕް: މުއިވެޔޮ އިން ފުރަތަމަ މެޗު ކާމިޔާބު ކުރިއިރު، މިފަހަރު ވެސް ކެޕްޓަން އަކީ ނައިބު ރައީސް ޙުސެއިން

22 ފެބުރުއަރީ 2026
އެފްއޭއެމް ވެޓަރަންސް ކަޕް: ފުރަތަމަ މެޗުގައި ގްރާންޑޭ ބަލިކޮށް ނިއު އަށް ރަނގަޅު ފެށުމެއް

އެފްއޭއެމް ވެޓަރަންސް ކަޕް: ފުރަތަމަ މެޗުގައި ގްރާންޑޭ ބަލިކޮށް ނިއު އަށް ރަނގަޅު ފެށުމެއް

21 ފެބުރުއަރީ 2026
ޒަލޮޓް އިން މެޗު ދޫކޮށްލުމުން، ވިލިމާލެ އަށް މެޗު ލިބިއްޖެ

ޒަލޮޓް އިން މެޗު ދޫކޮށްލުމުން، ވިލިމާލެ އަށް މެޗު ލިބިއްޖެ

20 މާރިޗު 2025
ޕޮލިހުން ސްޓެލްކޯގެ މައްޗަށް ކުރި ހޯދައިފި

ޕޮލިހުން ސްޓެލްކޯގެ މައްޗަށް ކުރި ހޯދައިފި

19 މާރިޗު 2025

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު