Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް ވެޓަރަންސް ކަޕް

އެފްއޭއެމް ވެޓަރަންސް ކަޕް: ހުޅުމާލެ ވެޓަރަންސް އާއި ޕޮލިސް ކުލަބު އެއްވަރު

ފަހަތުން އަރައި ޕޮލިސް ކުލަބު އަތުން ހޯދި ޕޮއިންޓާ އެކު، ހުޅުމާލެ ވެޓަރަންސް އޮތީ މި ގުރޫޕުގެ އެއް ވަނައިގައި. މެޗުން ލިބުނު ޕޮއިންޓާ އެކު، ދެ ވަނައިގައި ޕޮލިސް ކުލަބު އޮތީ ހަތަރު ޕޮއިންޓު ހަމަކޮށްގެން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 މާރިޗު 2026 | އަންގާރަ 06:03
މެޗުގައި ލަނޑު ޖެހުމަށް ފަހު ހުޅުމާލެ ވެޓަރަންސްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ހުޅުމާލެ ވެޓަރަންސްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ސޯޝަލް މީޑިއާ

މިހާރު ކުރިއަށްދާ އެފްއޭއެމް ވެޓަރަންސް ކަޕްގެ ގުރޫޕް ބީގައި ހުޅުމާލެ ވެޓަރަންސް ކުލަބާއި، ޕޮލިސް ކުލަބު ބައްދަލު ކުރި މެޗު އެއްވަރު ވެގެން ނިމިއްޖެ އެވެ.

ހޯމަ ދުވަހުގެ ހަވީރު މާފަންނު ޓާފް ދަނޑުގައި ކުޅުނު މެޗު ނިމުނީ ދެ ޓީމު 2-2 އިން އެއްވަރު ވެގެންނެވެ. މެޗުގައި ޕޮލިސް ކުލަބުން ދެ ލަނޑު ޖަހައިގެން ކުރި ހޯދާފައި ވަނިކޮށް، ހުޅުމާލެ ވެޓަރަންސް އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މެޗުގެ ފުރތަމަ ހާފުގެ 25 ވަނަ މިނެޓުގައި ޕޮލިސް ކުލަބަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް އެ ޓީމަށް ލީޑު ނަގައިދިނީ އަލީ ރިސްވާން އަޙުމަދު އެވެ. އޭގެ ދެ މިނެޓު ފަހުން އަޙުމަދު ޝާން ވަނީ ޕޮލިސް ކުލަބުގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. 

ޕޮލިސް ކުލަބުން ދެ ލަނޑު ޖެހިތާ ތިން މިނެޓު ފަހުން، ހުޅުމާލެ ވެޓަރަންސްގެ ފުރަތަމަ ލަނޑު ޖަހައި ފަރަގު ކުޑަ ކޮށްދިނީ ޙުސެއިން ސިމާޒް އެވެ. މެޗުގެ ދެ ވަނަ ހާފުގެ 60 ވަނަ މިނެޓުގައި ހުޅުމާލެ ވެޓަރަންސް އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ވެސް ސިމާާޒް އެވެ. 

ފަހަތުން އަރައި ޕޮލިސް ކުލަބު އަތުން ހޯދި ޕޮއިންޓާ އެކު، ހުޅުމާލެ ވެޓަރަންސް އޮތީ މި ގުރޫޕުގެ އެއް ވަނައިގަ އެވެ. މެޗުން ލިބުނު ޕޮއިންޓާ އެކު، ދެ ވަނައިގައި ޕޮލިސް ކުލަބު އޮތީ ހަތަރު ޕޮއިންޓު ހަމަކޮށްގެންނެވެ. 

އެފްއޭއެމް ވެޓަރަންސް ކަޕް

އިތުރަށް ކިޔާލަން

01 މާރިޗު 2026

އެފްއޭއެމް ވެޓަރަންސް ކަޕް: ވިލިމާލެ ޔުނައިޓެޑުން، ސިފައިންގެ ކުލަބު ބަލިކޮށްފި

01 މާރިޗު 2026
އެފްއޭއެމް ވެޓަރަންސް ކަޕް: ވިލިމާލެ ޔުނައިޓެޑުން، ސިފައިންގެ ކުލަބު ބަލިކޮށްފި
28 ފެބުރުއަރީ 2026

އެފްއޭއެމް ވެޓަރަންސް ކަޕް: ބުރު އަތުން ޕޮލިސް ކުލަބަށް ހަތް ލަނޑުގެ މޮޅެއް

28 ފެބުރުއަރީ 2026
އެފްއޭއެމް ވެޓަރަންސް ކަޕް: ބުރު އަތުން ޕޮލިސް ކުލަބަށް ހަތް ލަނޑުގެ މޮޅެއް
26 ފެބުރުއަރީ 2026

އެފްއޭއެމް ވެޓަރަންސް ކަޕް: ދެ ވަނަ މެޗުގައި ވިލިމާލެ ޔުނައިޓެޑު އަތުން ނިއު ރޭޑިއަންޓް ބަލިވެއްޖެ

26 ފެބުރުއަރީ 2026
އެފްއޭއެމް ވެޓަރަންސް ކަޕް: ދެ ވަނަ މެޗުގައި ވިލިމާލެ ޔުނައިޓެޑު އަތުން ނިއު ރޭޑިއަންޓް ބަލިވެއްޖެ
25 ފެބުރުއަރީ 2026

އެފްއޭއެމް ވެޓަރަންސް ކަޕް: ސިފައިންގެ ކުލަބުން ދަ ގްރާންޑޭ ބަލިކޮށްފި

25 ފެބުރުއަރީ 2026
އެފްއޭއެމް ވެޓަރަންސް ކަޕް: ސިފައިންގެ ކުލަބުން ދަ ގްރާންޑޭ ބަލިކޮށްފި
24 ފެބުރުއަރީ 2026

އެފްއޭއެމް ވެޓަރަންސް ކަޕް: ހުއްރިއްޔާ ބަލިކޮށް، ހުޅުމާލެ ވެޓަރަންސް އަށް ރަނގަޅ ފެށުމެއް

24 ފެބުރުއަރީ 2026
އެފްއޭއެމް ވެޓަރަންސް ކަޕް: ހުއްރިއްޔާ ބަލިކޮށް، ހުޅުމާލެ ވެޓަރަންސް އަށް ރަނގަޅ ފެށުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު