Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމް ވެޓަރަންސް ކަޕް

އެފްއޭއެމް ވެޓަރަންސް ކަޕް: ބުރު އަތުން ޕޮލިސް ކުލަބަށް ހަތް ލަނޑުގެ މޮޅެއް

މެޗުގެ ފުރަތަމަ ހާފުގައި ޕޮލިސް ކުލަބުން ހަތަރު ލަނޑު ޖެހިއިރު، އަނެއް ތިން ލަނޑު އެ ޓީމުން ޖެހީ މެޗުގެ ދެ ވަނަ ހާފުގައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 28 ފެބުރުއަރީ 2026 | ހޮނިހިރު 07:30
ޕޮލިސް ކުލަބާއި، ބުރު ސްޕޯޓްސް ކުލަބު ބައްދަލު ކުރި މެޗުގެ ތެރެއިން

ޕޮލިސް ކުލަބާއި، ބުރު ސްޕޯޓްސް ކުލަބު ބައްދަލު ކުރި މެޗުގެ ތެރެއިން | ސޯޝަލް މީޑިއާ

މިހާރު ކުރިއަށްދާ އެފްއޭއެމް ވެޓަރަންސް ކަޕްގެ ގުރޫޕް ބީގައި ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުން، ޕޮލިސް ކުލަބު ބޮޑު މޮޅެއް ހޯދައިފި އެވެ. 

ހުކުރު ދުވަހުގެ ހަވީރު މާފަންނު ޓާފު ދަނޑުގައި ކުޅުނު މެޗު ޕޮލިސް ކުލަބުން ކާމިޔާބު ކުރީ 7-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޕޮލިސް ކުލަބުން ހަތަރު ލަނޑު ޖެހިއިރު، އަނެއް ތިން ލަނޑު އެ ޓީމުން ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. 

މެޗުގެ ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައި ޕޮލިސް ކުލަބަށް ލީޑު ނަގައިދިނީ އަޙުމަދު ޝާން އެވެ. އޭގެ ދެ މިނެޓު ފަހުން ނިޝާދު އަލީ ވަނީ ޕޮލިސް ކުލަބުގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. މެޗުގެ 26 ވަނަ މިނެޓުގައި މުޙައްމަދު ޝަހުބާން ވަނީ ޕޮލިސް ކުލަބުގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. އަދި އޭގެ މިނެޓެއް ފަހުން އޭނާ ވަނީ އެ ޓީމުގެ ހަތަރު ވަނަ ލަނޑު ވެސް ޖަހައިފަ އެވެ.

މެޗުގެ ދެ ވަަނަ ހާފުގައި ޕޮލިސް ކުލަބުގެ ތިން ލަނޑު ވެސް ޖެހީ ޝަހުބާން އެވެ. މެޗުގައި އޭނާ ޖުމުލަ ފަސް ލަނޑު ޖެހިއިރު، މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް އޭނާ އެވެ. 

މުބާރާތުގައި ބުރުން ކުޅުނު ފުރަތަމަ މެޗުގައި ވަނީ ޔޫވީއާ އެއްވަރުވެފަ އެވެ. މިއީ ޕޮލިސް ކުލަބުން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ.

ޕޮލިސް ކުލަބާއި، ބުރުގެ އިތުރުން ދެން މި ގުރޫޕުގައި އޮތީ ހުއްރިއްޔާ ސްޕޯޓްސް ކުލަބާއ، ހުޅުމާލެ ވެޓަރަންސް ކުލަބު އަދި ޔުނައިޓެޑު ވިކްޓަރީ (ޔޫވީ) އެވެ. 

އެފްއޭއެމް ވެޓަރަންސް ކަޕް

ކޮމެންޓް

އިތުރަށް ކިޔާލަން

އެފްއޭއެމް ވެޓަރަންސް ކަޕް: ދެ ވަނަ މެޗުގައި ވިލިމާލެ ޔުނައިޓެޑު އަތުން ނިއު ރޭޑިއަންޓް ބަލިވެއްޖެ

އެފްއޭއެމް ވެޓަރަންސް ކަޕް: ދެ ވަނަ މެޗުގައި ވިލިމާލެ ޔުނައިޓެޑު އަތުން ނިއު ރޭޑިއަންޓް ބަލިވެއްޖެ

26 ފެބުރުއަރީ 2026
އެފްއޭއެމް ވެޓަރަންސް ކަޕް: ސިފައިންގެ ކުލަބުން ދަ ގްރާންޑޭ ބަލިކޮށްފި

އެފްއޭއެމް ވެޓަރަންސް ކަޕް: ސިފައިންގެ ކުލަބުން ދަ ގްރާންޑޭ ބަލިކޮށްފި

25 ފެބުރުއަރީ 2026
އެފްއޭއެމް ވެޓަރަންސް ކަޕް: ހުއްރިއްޔާ ބަލިކޮށް، ހުޅުމާލެ ވެޓަރަންސް އަށް ރަނގަޅ ފެށުމެއް

އެފްއޭއެމް ވެޓަރަންސް ކަޕް: ހުއްރިއްޔާ ބަލިކޮށް، ހުޅުމާލެ ވެޓަރަންސް އަށް ރަނގަޅ ފެށުމެއް

24 ފެބުރުއަރީ 2026
އެފްއޭއެމް ވެޓަރަންސް ކަޕް: ޔޫވީ އާއި ބުރުގެ ކުރިމަތިލުން އެއްވަރު

އެފްއޭއެމް ވެޓަރަންސް ކަޕް: ޔޫވީ އާއި ބުރުގެ ކުރިމަތިލުން އެއްވަރު

23 ފެބުރުއަރީ 2026
އެފްއޭއެމް ވެޓަރަންސް ކަޕް: މުއިވެޔޮ އިން ފުރަތަމަ މެޗު ކާމިޔާބު ކުރިއިރު، މިފަހަރު ވެސް ކެޕްޓަން އަކީ ނައިބު ރައީސް ޙުސެއިން

އެފްއޭއެމް ވެޓަރަންސް ކަޕް: މުއިވެޔޮ އިން ފުރަތަމަ މެޗު ކާމިޔާބު ކުރިއިރު، މިފަހަރު ވެސް ކެޕްޓަން އަކީ ނައިބު ރައީސް ޙުސެއިން

22 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު