Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް ވެޓަރަންސް ކަޕް

އެފްއޭއެމް ވެޓަރަންސް ކަޕް: ހުރާ ބަލިކޮށް ޕޮލިސް ކުލަބު ސެމީ ފައިނަލް އަށް

މިއާ އެކު، މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ މި ގުރޫޕް އިން ލިބުނީ ޕޮލިސް ކުލަބުގެ އިތުރުން، ހުޅުމާލެ ވެޓަރަންސް ކުލަބު. މި ގުރޫޕުގައި ދެން އޮތް ބުރު ސްޕޯޓްސް ކުލަބު އަދި، ޔޫވީ ވަނީ ކަޓާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 މާރިޗު 2026 | ހޮނިހިރު 04:33
މެޗުގައި ލަނޑު ޖެހުމަށް ފަހު ޕޮލިސް ކުލަބުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ.

މެޗުގައި ލަނޑު ޖެހުމަށް ފަހު ޕޮލިސް ކުލަބުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ. | ސޯޝަލް މީޑިއާ

މިހާރު ކުރިއަށްދާ އެފްއޭއެމް ވެޓަރަންސް ކަޕްގެ ގުރޫޕް ސްޓޭޖުގައި ހުއްރިއްޔާ ސްޕޯޓްސް ކުލަބު (ހުރާ)އާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ޕޮލިސް ކުލަބުން މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ ހޯދައިފި އެވެ.

މާފަންނު ޓާފް ދަނޑުގައި ހުކުރު ދުވަހުގެ ހަވީރު ކުޅުނު މެޗުގައި ޕޮލިސް ކުލަބުން ވަނީ 3-0 އިން ހުރާގެ މައްޗަށް ކުރި ހޯދައިފަ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ލަނޑެއް ނުޖެހި އެވެ. ނަމަވެސް ދެ ވަނަ ހާފުގައި ޕޮލިސް ކުލަބުން ވަނީ ތިން ލަނޑު ޖަހައިފަ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި ޕޮލިސް ކުލަބަށް ލީޑު ނަަގައިދިނީ އަލީ ރިޝްވާން އަޙުމަދު އެވެ. އޭގެ ދެ މިނެޓު ފަހުން އަޙުމަދު ޝާން ވަނީ ޕޮލިސް ކުލަބުގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ޕޮލިސް ކުލަބުގެ ތިން ވަނަ ލަނޑު ޖެހީ ނިޝާދު އަލީ އެވެ.

މިއާ އެކު، މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ މި ގުރޫޕް އިން ލިބުނީ ޕޮލިސް ކުލަބުގެ އިތުރުން، ހުޅުމާލެ ވެޓަރަންސް ކުލަބެވެ. މި ގުރޫޕުގައި ދެން އޮތް ބުރު ސްޕޯޓްސް ކުލަބު އަދި، ޔުނައިޓެޑު ވިކްޓަރީ (ޔޫވީ) ވަނީ ކަޓައިފަ އެވެ. ޕޮލިސް ކުލަބަށް އެއް ވަނަ ލިބުނުއިރު، ހުޅުމާލެ ވެޓަރަންސް އަށް ލިބުނީ ދެ ވަނަ އެވެ.

އެފްއޭއެމް ވެޓަރަންސް ކަޕް

އިތުރަށް ކިޔާލަން

04 މާރިޗު 2026

ޝިހާމްގެ ހެޓްރިކާ އެކު، ހުރާ އިން ޔޫވީ ބަލިކޮށްފި

04 މާރިޗު 2026
ޝިހާމްގެ ހެޓްރިކާ އެކު، ހުރާ އިން ޔޫވީ ބަލިކޮށްފި
03 މާރިޗު 2026

އެފްއޭއެމް ވެޓަރަންސް ކަޕް: ހުޅުމާލެ ވެޓަރަންސް އާއި ޕޮލިސް ކުލަބު އެއްވަރު

03 މާރިޗު 2026
އެފްއޭއެމް ވެޓަރަންސް ކަޕް: ހުޅުމާލެ ވެޓަރަންސް އާއި ޕޮލިސް ކުލަބު އެއްވަރު
01 މާރިޗު 2026

އެފްއޭއެމް ވެޓަރަންސް ކަޕް: ވިލިމާލެ ޔުނައިޓެޑުން، ސިފައިންގެ ކުލަބު ބަލިކޮށްފި

01 މާރިޗު 2026
އެފްއޭއެމް ވެޓަރަންސް ކަޕް: ވިލިމާލެ ޔުނައިޓެޑުން، ސިފައިންގެ ކުލަބު ބަލިކޮށްފި
28 ފެބުރުއަރީ 2026

އެފްއޭއެމް ވެޓަރަންސް ކަޕް: ބުރު އަތުން ޕޮލިސް ކުލަބަށް ހަތް ލަނޑުގެ މޮޅެއް

28 ފެބުރުއަރީ 2026
އެފްއޭއެމް ވެޓަރަންސް ކަޕް: ބުރު އަތުން ޕޮލިސް ކުލަބަށް ހަތް ލަނޑުގެ މޮޅެއް
26 ފެބުރުއަރީ 2026

އެފްއޭއެމް ވެޓަރަންސް ކަޕް: ދެ ވަނަ މެޗުގައި ވިލިމާލެ ޔުނައިޓެޑު އަތުން ނިއު ރޭޑިއަންޓް ބަލިވެއްޖެ

26 ފެބުރުއަރީ 2026
އެފްއޭއެމް ވެޓަރަންސް ކަޕް: ދެ ވަނަ މެޗުގައި ވިލިމާލެ ޔުނައިޓެޑު އަތުން ނިއު ރޭޑިއަންޓް ބަލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު