Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދެ އިންތިހާބު އެއްކުރުން

އިންތިޚާބު އެއްކުރަނީ ރައްޔިތުން ބިކަކޮށް، ނިކަމެތި ކޮށްގެން އަޅުދާސްކުރަން، އެކަން ކޮށްފި ނަމަ ގާނޫނު އަސާސީގެ ބޮޑު ބައެއް ގެއްލޭނެ: އަހްމަދު ޝަފީގު

ރައްޔިތުންގެ ބާރުވެރިކަން ކަނޑުވާލައި، ގާނޫނުއަސާސީގެ އަސާސްތައް މުގުރާލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ޚާއްސަ މަޖިލީހުގެ ކުރީގެ މެންބަރު އަހުމަދު ޝަފީގު ވިދާޅުވެއްޖެ. މިނިވަން މުއައްސަސާތަކާއި ކައުންސިލްތަކުގެ ބާރުތައް ސަރުކާރުގެ މުށުތެރެއަށް ލުމަކީ ހުދުމުހުތާރު ވެރިކަމަކަށް މަގުފަހިވާނެ ކަމެއްކަން އޭނާ ފާހަގަކުރެއްވި. އެހެންކަމުން، އިންތިޚާބުތައް އެއްކޮށްލުމަކީ ރައްޔިތުން ނިކަމެތިކޮށް، ސިޔާސީ ނުފޫޒު ފޯރުވުމަށް ކުރާ ކަމެއްގެ ގޮތުގައި ޝަފީގު ސިފަކުރެއްވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 13 މާރިޗު 2026 | ހުކުރު 20:19
ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މ. އަތޮޅުގެ މެމްބަރުކަން ކުރެއްވި، އަހުމަދު ޝަފީގު (މ. ސައްޕެ)

ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މ. އަތޮޅުގެ މެމްބަރުކަން ކުރެއްވި، އަހުމަދު ޝަފީގު (މ. ސައްޕެ) | ރާއްޖެއެމްވީ

ދެ އިންތިޚާބު އެއްކުރަން މި ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުން ބިކަ ކޮށް، ނިކަމެތި ކޮށް ގޮސް ހުސްކޮށްލާ، އަޅުދާސް ކުރަން ކަމަށާ އެކަން ކޮށްފި ނަމަ ގާނޫނު އަސާސީގެ ބޮޑު ބައެއް ގެއްލިގެން ދާނެ ކަމަށް ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މ. އަތޮޅުގެ މެމްބަރުކަން ކުރެއްވި، އަހުމަދު ޝަފީގު (މ. ސައްޕެ) ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީން ގެނެސްދޭ "ނޫނެކޭ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝަފީގު ވިދާޅުވީ މިއީ ސީދާ ރައްޔިތުންގެ ކިބައިގަ ހުރި ބާރުވެރިކަން ފުރޮޅާލުމަށް ސަރުކާރުން ކުރަން އުޅޭ ކަމެއް ކަމަށެވެ. އޭގެ ސަބަބުން ރައްޔިތުން ނިކަމެތިވެ، ބިކަ ކޮށްލުމަށް ގޮސް ހުސް ކޮށްލުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށާ އޭރުން ރައްޔިތުން އަޅުދާސް ވާނެ ކަމަށް ވެސް ޝަފީގު ވިދާޅުވި އެވެ. 

Advertisement - newsAdvertisement

ޝަފީގު ވިދާޅުވީ ރައްޔިތުން އަޅުދާސް ވުމުން އިންތިޚާބު ތައް ކާމިޔާބު ކުރަން މި ސަރުކާރަށް ފަސޭހަ ވެގެން ދާނެ ކަމަށެވެ. އެހެން ނަމަވެސް އެގޮތަށް އިންތިޚާބުތައް ކާމިޔާބު ކޮށްގެން ވެރިކަން ކުރުމުން ރައްޔިތުންނަށް ލިބޭނީ ހުސް ގެއްލުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

އެކަމަކު އެގޮތަށް އިންތިޚާބުތައް ކާމިޔާބު ކޮށްގެން ވެރިކަން ކުރީމަ ލިބޭނީ ގެއްލުން. ނިކަމެތިކަން. އަނިޔާ އެއް ރައްޔިތުންނަށް. އެހެންވީމަ އެގޮތެއް ރައްޔިތުންނަށް ބޭނުން ނުވާތީ. ހަމަ ގާނޫނު އަސާސީ އަށް ވަރަށް ބޮޑު ބައެއް  އެ ދުއްވާލަނީ. މިސާލަކަށް ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލާފަ އެއޮތީ. މިނިވަން މުސްތަގިއްލު މުއައްސަސާތަކުގެ ބާރު ކަނޑުވާލައިފި އެ އައްޔަނު ކުރާ ބަޔަކު. ދެން މި ރާއްޖޭގަ މިނިވަން މުސްތަގިއްލު މުއައްސަސާ އެއް ނުވެސް ނެތޭ. 
ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މ. އަތޮޅުގެ މެމްބަރުކަން ކުރެއްވި، އަހުމަދު ޝަފީގު (މ. ސައްޕެ)

ޝަފީގް ވިދާޅުވީ ސަރުކާރުން މިހާރު ވެސް ގާނޫނު އަސާސީ އަށް ބޮޑެތި ބަދަލުތަކެއް ގެނަސްފައިވާ އިރު، ގާނޫނު އަސާސީ އެކުލަވާލި މަޖިލީހުން ވެސް އެކަންކަމަށް ޚާއްސަ އިސްކަމެއް ދީގެން ރައްޔިތުންގެ ބާރު ދަމަހައްޓަން ހިމެނި މުހިއްމު ކަންކަން ބަދަލު ކޮށްފައިވާ ކަމަށެވެ. 

އެގޮތުން ކައުންސިލްތަކުގެ ބާރު ކަނޑުވާލާފައިވާ ކަމަށާއި ގާނޫނު އަސާސީ އެކުލަވާލި އިރު ކައުންސިލްތައް މިނިވަން ބައެއްގެ ގޮތުގައި ކަނޑައެޅީ ރައްޔިތުންގެ ބާރު ރައްޔިތުންގެ ކިބައިގަ ހިފެހެއްޓުމަށްޓަަކައި ކަމަށް ޝަފީގު ވިދާޅުވި އެވެ. 

ލޯކަލް ގަވަރމެންޓް އޮތޯރިޓީ އެއް އުފެއްދީ ވެސް ސަރުކާރުގެ ފަރާތުން ކައުންސިލް ކޮންޓްރޯލް ކުރާނެ ބާރެއް ނުބާއްވަން ވެގެން ކަމަށާއި ނަމަވެސް މިއަދު އެކަމަށް ވެސް މިނިސްޓްރީ އެއް ހަދައި ރައްޔިތުންގެ އެ ބާރު ވެސް މި ސަރުކާރުން އަތުލާފައިވާ ކަމަށެވެ. އެގޮތަށް މިނިސްޓްރީ އެއް ހަދައިގެން ސަރުކާރުން ކައުންސިލްތަކުގެ ބާރު ނެގުމަކީ ގާނޫނު އަސާސީ އާ ވެސް މުޅިން ޚިލާފު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

މި ގޮތަށް ކަންކަން ބަދަލު ކުރަމުން ގޮސް ހުދުމުހާތު ވެރިކަމުގެ ނިޒާމަކަށް މުޅި ނިޒާމު މި ސަރުކާރުން ކުރާނެ ކަމަށް ޝަފީގް ވިދާޅުވި އެވެ. 

އަހުމަދު ޝަފީގުރާއްޖެ ޓީވީލޯކަލް ގަވަމަންޓް އޮތޯރިޓީޚާއްޞަ މަޖިލީސް

ކޮމެންޓް

އިތުރަށް ކިޔާލަން

މިދިޔަ 20 އަހަރުގެ ތެރޭ ރައްޔިތުންނަށް ލިބުނު މިނިވަންކަން މި ދަނީ ފަހަރަކު ކަމަކުން ގެއްލެމުން، ވަރިހަމަކޮށްލެވޭކަށް ނެތް: ބައުންޓީ

މިދިޔަ 20 އަހަރުގެ ތެރޭ ރައްޔިތުންނަށް ލިބުނު މިނިވަންކަން މި ދަނީ ފަހަރަކު ކަމަކުން ގެއްލެމުން، ވަރިހަމަކޮށްލެވޭކަށް ނެތް: ބައުންޓީ

13 މާރިޗު 2026
"ޕަރީ – ޗެޕްޓަރ 2 " ގެ ޓްރެއިލާ ރިލީޒްކޮށްފި

"ޕަރީ – ޗެޕްޓަރ 2 " ގެ ޓްރެއިލާ ރިލީޒްކޮށްފި

13 މާރިޗު 2026
ރާއްޖެ ޓީވީ އިން "އުންމީދެއްގައި އަލުން" ލަވަ ލޯންޗްކޮށްފި

ރާއްޖެ ޓީވީ އިން "އުންމީދެއްގައި އަލުން" ލަވަ ލޯންޗްކޮށްފި

09 މާރިޗު 2026
ޖިންސީ ކުށްވެރިޔާ އެޕްސްޓީންއާއި ވަހީދާއި ގުޅުމުގެ މައްސަލައިގައި އިސްތިއުފާ ދެއްވަން އެންގި ނަމަވެސް މައްސަލަ ތަހުގީގު ކުރަން ރައީސް މުއިއްޒު ނާންގަވާ އަދި ފުލުހުންވެސް އެކަން ނުބަލާ

ޖިންސީ ކުށްވެރިޔާ އެޕްސްޓީންއާއި ވަހީދާއި ގުޅުމުގެ މައްސަލައިގައި އިސްތިއުފާ ދެއްވަން އެންގި ނަމަވެސް މައްސަލަ ތަހުގީގު ކުރަން ރައީސް މުއިއްޒު ނާންގަވާ އަދި ފުލުހުންވެސް އެކަން ނުބަލާ

05 މާރިޗު 2026
ލޯކަލް ކައުންސިލް އިންތިހާބާ އެކީގައި މި ސަރުކާރުން ކުރަން އުޅެނީ ސިއްރު ބަޣާވާތެއް: ރައީސް ސޯލިހު

ލޯކަލް ކައުންސިލް އިންތިހާބާ އެކީގައި މި ސަރުކާރުން ކުރަން އުޅެނީ ސިއްރު ބަޣާވާތެއް: ރައީސް ސޯލިހު

02 މާރިޗު 2026

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު