Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދެ އިންތިޚާބު އެއްކޮށްލުން

މިދިޔަ 20 އަހަރުގެ ތެރޭ ރައްޔިތުންނަށް ލިބުނު މިނިވަންކަން މި ދަނީ ފަހަރަކު ކަމަކުން ގެއްލެމުން، ވަރިހަމަކޮށްލެވޭކަށް ނެތް: ބައުންޓީ

ވޯޓުލުމުގެ ހައްގާއި ޑިމޮކްރަސީގެ މިނިވަންކަން ހޯދުމަށް އެމްޑީޕީން ކުރި ބުރަ މަސައްކަތްތައް ފާހަގަކުރައްވައި، މިހާރުގެ ސަރުކާރުން ރައްޔިތުންގެ އަސާސީ ހައްގުތަކަށް އަރައިގަންނަމުންދާ ކަމަށް މުހައްމަދު ނާޒިމް (ބައުންޓީ) ވިދާޅުވި.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 13 މާރިޗު 2026 | ހުކުރު 09:31
 މުހައްމަދު ނާޒިމް (ބައުންޓީ) ރާއްޖެޓީވީގެ ނޫނެކޭ ކެމްޕެއިން ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

މުހައްމަދު ނާޒިމް (ބައުންޓީ) ރާއްޖެޓީވީގެ ނޫނެކޭ ކެމްޕެއިން ޕްރޮގްރާމްގައި ވާހަކަދައްކަވަނީ | ރާއްޖެ އެމްވީ

މިދިޔަ 20 އަހަރު ތެރޭގައި ރައްޔިތުންނަށް ލިބުނު މިނިވަންކަން މި ދަނީ ފަހަރަކު ކަމަކުން ގެއްލެމުން، ވަރިހަމަކޮށްލެވޭކަށް ނެތް ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި މުހައްމަދު ނާޒިމް (ބައުންޓީ) ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީ އިން ގެނެސްދޭ ނޫނެކޭ ކެމްޕެއިން ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަކީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ދެރަ އެއް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

Advertisement - newsAdvertisement

ރާއްޖެ އަށް ޑިމޮކްރަސީ އައުމުގެ ކުރިން ވޯޓުލަނީ ކުޑަކަތީބާއި ބޮޑު ކަތީބު ވަށާލައިގެން ތިބެގެން ކަމަށާއި އޭރު ހައްގުތައް ދިން ގޮތަކީ އެއީ ކަމަށް އޭނާ ވިދާޅުވި އެވެ. އެމްޑީޕީ އިން ވޯޓުލުމުގެ ހައްގާއި ރައްޔިތުންނަށް އެހެނިހެން ހައްގުތައް ހޯދައި ދޭން ވަރަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހުނުކަން އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ. އަދި ޑިމޮކްރަސީ ފެށިގެން އައި އިރު ވެސް ވަރަށް ގިނަ ބުރަތަކެއް އުފުލަން ޖެހުނު ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

"ލ.އަތޮޅު ރަށަކަށް އަޅުގަނޑުމެން ދިޔައިން. އެއީ އެ ރަށުގަ އިނީ ޕާޓީގެ 4 ވޯޓު. އެކަމަކު އަޅުގަނޑުމެން އެ ރަށުން ބޭލީ. ތިބި ގެއަށް ގާ އުކާ. އެ ރޭ 7 ގެ ކުރިން ފައިބަން އަންގާ، މިއަދުގެ ކުދިންނަށް އިހުސާސް ވެސް ނުކުރެވޭނެ މި ހައްގުތައް ހޯދަން އަޅުގަނޑުމެން މި ކުރި މަސައްކަތް." އޭނާ ވިދާޅުވި އެވެ.

ވޯޓުލުން ފަދަ އަސާސީ ކަންކަމުގެ މިނިވަންކަން ވެސް މިހާރު މި ސަރުކާރުން ދަނީ ގެއްލުވާލަމުން ކަަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. މިއަދު މިނިވަންކަމާއި އެކު ކަމެއް ކުރެވެނީ ކޮން ކައުންސިލަކަށްތޯ ސުވާލުކޮށްލުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ. އެއްވެސް ތަނަކަށް މުވައްޒަފެއް ނުނެގޭ ކަމަށާއި، ރައްޔިތުންގެ ހައްގުތަކަށް ސަރުކާރުން އަރައިގަންނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އިންތިޚާބުތައް އެއްކޮށްލައިފި ނަމަ އަނެއްކާ ވެސް ފެންނާނީ ރައްޔިތުންގެ ބާރު އެއްކޮށް ގެއްލޭ މަންޒަރުކަމަށް ފާހަގަކުރައްވައި ދެ އިންތިޚާބު އެއްކޮށްލަން ނޫނެކޭ ބުނުމަށް އޭނާ ވަނީ ގޮވާލައްވާފަ އެވެ.

މުހައްމަދު ނާޒިމް (ބައުންޓީ)އެމްޑީޕީމޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީރާއްޖެ ޓީވީޑިމޮކްރަސީ

ކޮމެންޓް

އިތުރަށް ކިޔާލަން

"ޕަރީ – ޗެޕްޓަރ 2 " ގެ ޓްރެއިލާ ރިލީޒްކޮށްފި

"ޕަރީ – ޗެޕްޓަރ 2 " ގެ ޓްރެއިލާ ރިލީޒްކޮށްފި

13 މާރިޗު 2026
ދެ އިންތިހާބެއް އެއްކޮށްލަން އުޅުމަކީ ގާނޫނުއަސާސީ އިން ރައީސް އަށް ލިބިގެންވާ ބާރެއް ނޫން، މިއީ ރައީސް އަޒުލުކުރަންޖެހޭ ވަރުގެ މައްސަލަ އެއް: މޫސަ

ދެ އިންތިހާބެއް އެއްކޮށްލަން އުޅުމަކީ ގާނޫނުއަސާސީ އިން ރައީސް އަށް ލިބިގެންވާ ބާރެއް ނޫން، މިއީ ރައީސް އަޒުލުކުރަންޖެހޭ ވަރުގެ މައްސަލަ އެއް: މޫސަ

13 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓުގެ މައުލޫމާތާއި ވޯޓުލާންޖެހޭ ސަބަބު އާންމުންނަށް ކިޔައި ދޭން ޖެހޭނެ ކަމަށް އިލެކްޝަނުން ގަބޫލެއް ނުކުރޭ: ނިޔާޒު

ފެންނަ ނުފެންނަ ވޯޓުގެ މައުލޫމާތާއި ވޯޓުލާންޖެހޭ ސަބަބު އާންމުންނަށް ކިޔައި ދޭން ޖެހޭނެ ކަމަށް އިލެކްޝަނުން ގަބޫލެއް ނުކުރޭ: ނިޔާޒު

13 މާރިޗު 2026
 އެމްޑީޕީ ޕިކަޕް ޖަލްސާ: ދެ އިންތިހާބު އެއްކޮށްލަނީ ހީލަތްތެރިކަމާއެކު ވެރިކަމުގެ ދައުރު ދަންމާލަން

އެމްޑީޕީ ޕިކަޕް ޖަލްސާ: ދެ އިންތިހާބު އެއްކޮށްލަނީ ހީލަތްތެރިކަމާއެކު ވެރިކަމުގެ ދައުރު ދަންމާލަން

12 މާރިޗު 2026
ރެފަރެންޑަމަށް ތައްޔާރުވާން މަސައްކަތް ކުރަންޖެހޭ މިންވަރާ ގާތަށްވެސް ނުކުރެވޭކަމަށް އީސީގެ ރައީސް އެއްބަސްވެވަޑައިގެންފި، ވިދާޅުވީ ގިލްޓީ ފީލްވާކަމަށް!

ރެފަރެންޑަމަށް ތައްޔާރުވާން މަސައްކަތް ކުރަންޖެހޭ މިންވަރާ ގާތަށްވެސް ނުކުރެވޭކަމަށް އީސީގެ ރައީސް އެއްބަސްވެވަޑައިގެންފި، ވިދާޅުވީ ގިލްޓީ ފީލްވާކަމަށް!

12 މާރިޗު 2026

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު