Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބޯހިޔާވަހިކަން

ކުޅުދުއްފުށީގައި ސަރުކާރު ހައުސިންގ މަޝްރޫޢުތައް ހުއްޓިފައި، ސިޓީ ކައުންސިލުގެ ހައުސިންގ މަޝްރޫޢުއަށް ސަރުކާރުން ހުއްދަނުދީ ހިފަހައްޓާފައިވާތާ 1 އަހަރު!

ކުޅުދުއްފުށީގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް އެ ސިޓީގެ ކައުންސިލުން އިސްނަގައިގެން 150 ހައުސިންގ ޔުނިޓު އެޅުމަށް ހުށަހެޅި މަޝްރޫޢުއަށް މައި ސަރުކާރުން ހުއްދަ ނުދިންތާ މިއަދަށް ބަރާބަރު އެއް އަހަރުވެއްޖެ

ޢާއިޝަތު އައިނީ
ޢާއިޝަތު އައިނީ, ރާއްޖެ އެމްވީ | 27 ފެބުރުއަރީ 2026 | ހުކުރު 17:45
ކުޅުދުއްފުށީ ބޯހިޔާވަހިކަމުގެ މަސައްކަތް ސަރުކާރުން ހުއްޓުވުން

ކުޅުދުއްފުށީ ބޯހިޔާވަހިކަމުގެ މަސައްކަތް ސަރުކާރުން ހުއްޓުވުން | އޭއައި

ކުޅުދުއްފުށި ސިޓީއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ބޮޑު މައްސަލައަށް ހައްލެއް ހޯދުމަށް އެ ސިޓީގެ ކައުންސިލުން އިސްނަގައިގެން ކުރިއަށްގެންދަން ނިންމި މަޝްރޫޢަށް، މައި ސަރުކާރުން ހުއްދަ ނުދީ ހިފަހައްޓާފައިވާތާ މިއަދަށް އެއް އަހަރު ފުރިއްޖެއެވެ.

މިހާރު ހިނގަމުންދާ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުޅުދުއްފުށީގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ނުކުޅެދިފައިވާތީ، ކުޅުދުއްފުށި ސިޓީ ކައުންސިލުން އެކި ފަރާތްތަކާ މަޝްވަރާކުރުމަށްފަހު ނިންމާފައިވަނީ ކޮންޓްރެކްޓަރ ފައިނެންސް އުޞޫލުން 150 ހައުސިންގ ޔުނިޓުގެ ރިއަލް އެސްޓޭޓް މަޝްރޫޢެއް އެ ސިޓީގައި ހިންގުމަށެވެ. މި މަޝްރޫޢަކީ ރާއްޖޭގެ އެކި އިންވެސްޓަރުންނާ ވާހަކަދައްކައި، އެފަރާތްތަކުގެ ޝައުޤުވެރިކަން ހުރިކަން ކަށަވަރުކުރުމަށްފަހު، ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ބޭނުންތައް ފުއްދުމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން ފާސްކުރި މުހިންމު މަޝްރޫޢުއެކެވެ.

Advertisement - newsAdvertisement

މިގޮތުން މި މަޝްރޫޢުއާއި ގުޅޭގޮތުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި  ކުޅުދުއްފުށި ސިޓީގެ މޭޔަރ, މުޙައްމަދު ޢާޠިފް ވިދާޅުވީ، ސަރުކާރުން ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫޢުއެއް ކުރިއަށް ނުގެންދާތީ، ކުޅުދުއްފުށި ސިޓީ ކައުންސިލުން މި މަޝްރޫޢު ހިންގުމަށް ނިންމައި، މާލިއްޔަތު ގަވާއިދުގައި އޮތް ގޮތުގެ މަތިން, ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އާއި މާލީ ވުޒާރާގެ ހުއްދައަށް އެދުނީ 27 ފެބުރުއަރީ 2025 ގައި ކަމަށެވެ.

"މިއަދު މިއީ 2026 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 26. އަހަރެއް ވީ އިރު މައި ސަރުކާރަށް އެ ހުއްދަ ނުދެވުން. އަޅުގަނޑަކަށް ނޭނގެ އެ ހުއްދަ ނުދެވުނީކަމެއް، ސަރުކާރަށް ހައުސިންގ ނޭޅި އަޅުގަނޑުމެން އަޅާތީ ހުއްދަ ދޭން ނުކެރުނީކަމެއް،"
މޭޔަރު މުޙައްމަދު ޢާޠިފް ވިދާޅުވިއެވެ.

މޭޔަރ ޢާޠިފް އިތުރަށް ވިދާޅުވީ ދައުލަތެއް އޮންނަނީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ކަމަށާއި، ކައުންސިލުން ކުރި ނަމަވެސް އަދި ސަރުކާރުން ކުރި ނަމަވެސް އެއީ ރައްޔިތުންގެ މުހުތާދުތައް ފުއްދުމަށް ކުރާ މަސައްކަތެއް ކަމަށެވެ. ނަމަވެސް އަހަރެއް ވީ އިރުވެސް މާލީ ވުޒާރާއިން މި ހުއްދަ ދީފައި ނުވުމަކީ ކަންބޮޑުވާންޖެހޭ މައްސަލައެއްކަން މޭޔަރު ފާހަގަކުރެއްވިއެވެ.

ކުޅުދުއްފުށީގެ ބޯހިޔާވަހިކަމުގެ ހާލަތަށް ބަލާއިރު، މި ސަރުކާރުން ވަނީ އެ ރަށުގައި ކުރިއަށްދިޔަ 400 ހައުސިންގ ޔުނިޓުގެ މަސައްކަތްވެސް ހުއްޓުވާލާފައެވެ. މީގެ އިތުރުން، ސަރުކާރުން ކުޅުދުއްފުއްޓަށް ވީ 2000 ހައުސިންގ ޔުނިޓުގެ ވައުދުގެ އެއްވެސް މަސައްކަތެއް ފެށިފައި ނުވާއިރު، ކުރީ ސަރުކާރުން އެމެރިކާގެ ސްޓްރަކްޗަރސް އަންލިމިޓެޑާއެކު ސޮއިކުރި 1000 ހައުސިންގ ޔުނިޓުގެ މަޝްރޫޢުވެސް ކުރިއަކަށް ނުދެއެވެ.

ކުޅުދުއްފުށި ސިޓީގެ ތަރައްޤީއަށް ސަރުކާރުން އަމަލީ ގޮތުން އެއްވެސް މަސައްކަތެއް ނުކުރާތާ، ސިޓީ ކައުންސިލުން ރައްޔިތުންގެ ލާބައަށް ކުރަން އުޅޭ ކަންކަމަށްވެސް މި ސަރުކާރުން މިވަނީ ހުރަސްއަޅާފައެވެ. ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް އިނދަޖައްސާލުމަށްފަހު، ކައުންސިލުގެ ހައުސިންގ މަޝްރޫޢަށް ހުއްދަ ނުދީ އަހަރެއް ވަންދެން ބީރު ކަންފަތެއް ދީފައި އޮތުމަކީ ކުޅުދުއްފުށީގެ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށް ޤަބޫލުކުރެވެއެވެ.

ކުޅުދުއްފުށިޑރ. މުހައްމަދު މުއިއްޒުމުހައްމަދު އާތިފްލޯކަލް ގަވަމަންޓް އޮތޯރިޓީސްޓްރަކްޗަރސް އަންލިމިޓެޑްބޯހިޔާވަހިކަން

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީއެންސީ އިން މާލޭގައި ދަމާފައި ހުރި ބެނާތަކުގައި މާލޭގެ ރައްޔިތުންނަށް ކޮށްދިން ކަމެއްގެ ވާހަކައެއް ނެތް، ޑޯޓުޑޯ އަށް ގެންދަނީ ގޯތި އަތުލަން ގޮވި ފަލާހު: ވަހީދު

ޕީއެންސީ އިން މާލޭގައި ދަމާފައި ހުރި ބެނާތަކުގައި މާލޭގެ ރައްޔިތުންނަށް ކޮށްދިން ކަމެއްގެ ވާހަކައެއް ނެތް، ޑޯޓުޑޯ އަށް ގެންދަނީ ގޯތި އަތުލަން ގޮވި ފަލާހު: ވަހީދު

27 ފެބުރުއަރީ 2026
ކައުންސިލްތަކާ ހެދި 57 ރަށެއްގައި ޕްރޮޖެކްޓުތައް ނުފެށި އެބައޮތް ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ސަބަބުން އެއީ ދޮގެއްކަން ސާބިތުވޭ

ފަހިދިރިއުޅުމުގެ ފްލެޓްތައް ސަރުކާރުން އާއްމުންނަށް ދިނީ، ހިތާދޫ ދެރަ ސޮރަށް ގެރި ދިން ގޮތަށް: ސޮބާހު

ފަހިދިރިއުޅުމުގެ ފްލެޓްތައް ސަރުކާރުން އާއްމުންނަށް ދިނީ، ހިތާދޫ ދެރަ ސޮރަށް ގެރި ދިން ގޮތަށް: ސޮބާހު

27 ފެބުރުއަރީ 2026
އެމްޑީޕީ ޕިކަޕް ޖަލްސާ: ރީރެޖިސްޓްރޭޝަންގެ މަރުހަލާ ކުރިއަށް ގެންދިޔައީ އެތައް ބައެއްގެ ވޯޓުލުމުގެ ހައްގު ގެއްލޭ ގޮތަށް."

އެމްޑީޕީ ޕިކަޕް ޖަލްސާ: ރީރެޖިސްޓްރޭޝަންގެ މަރުހަލާ ކުރިއަށް ގެންދިޔައީ އެތައް ބައެއްގެ ވޯޓުލުމުގެ ހައްގު ގެއްލޭ ގޮތަށް."

26 ފެބުރުއަރީ 2026
"ޕަރީ - ޗެޕްޓަރ 2" ގެ ރަސްމީ ޕޯސްޓަރު ކުޅުދުއްފުށި ސިޓީގައި ކުލަގަދަކޮށް ރިލީޒްކޮށްފި

"ޕަރީ - ޗެޕްޓަރ 2" ގެ ރަސްމީ ޕޯސްޓަރު ކުޅުދުއްފުށި ސިޓީގައި ކުލަގަދަކޮށް ރިލީޒްކޮށްފި

26 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު