Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފެންނަ ނުފެންނަ ވޯޓު

ފެންނަ ނުފެންނަ ވޯޓަކީ، ރައްޔިތުންގެ ގަޔަށް ތިން ވަނަ ފަހަރަށް ވިހަލާން ސަރުކާރުން ހިންގާ ބޮޑު ޖަރީމާއެއް: ބިގޭ

ދައުލަތުގެ މިނިވަން މުއައްސަސާތަކުގެ ބާރުތައް ސަރުކާރުގެ މުށުތެރެއަށް ޖަމާކުރަމުންދާ ކަމަށް ތުހުމަތުކުރައްވައި، ކުރިއަށް އޮތް އިންތިޚާބުތަކުގައި ސަރުކާރަށް "ނޫނެކޭ" ބުނުމަށް އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން ގޮވާލައްވައި. އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި އޭނާ ވިދާޅުވީ، ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދީ ޤައުމުގެ ކުރިމަގު އުޖާލާކުރުމަށްޓަކައި ސަރުކާރު ޖަވާބުދާރީކުރުވޭނެ ކެންޑިޑޭޓުން އިންތިޚާބުކުރުން މުހިންމު ކަމަށް. އެހެންކަމުން، އަންނަން އޮތް ޖީލުތަކުގެ ސަލާމަތަށްޓަކައި ފަރުދީ ޒިންމާ އަދާކޮށް، ސަރުކާރުގެ ނުފޫޒުން މުއައްސަސާތައް މިނިވަންކުރުމަށް ރައްޔިތުން ތެދުވުމަށް އޭނާ ބާރުއެޅުއްވި.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 12 މާރިޗު 2026 | ބުރާސްފަތި 08:28
އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)

އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) | ރާއްޖެ އެމްވީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ބާއްވާ ފެންނަ ނުފެންނަ ވޯޓަކީ ރައްޔިތުންގެ ގައިގައި ތިން ވަނަ ފަހަރަށް ވިހަލާން ސަރުކާރުން ހިންގާ ބޮޑު ޖަރީމާއެއް ކަމަށް އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެ އެވެ.

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޕިކަޕް ޖަލްސާގައި ވާހަކަ ދައްކަވަމުން ބިގޭ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އިލެކްޝަންސް ކޮމިޝަންގެ ރައީސާ ސިއްރު ބައްދަލުވުންތައް ގެންދަވާ ކަމަށެވެ. މި ބައްދަލުވުންތަކުން ކޮންމެ ކަމަކުން ވެސް އެނގެނީ ފަހަރަކު ބާރެއް ފަހަރަކު ބާރެއް ނަންގަވަމުން ގެންދަވާ ތަން ކަމަށް ބިގޭ ވިދާޅުވި އެވެ.

ބިގޭ ވިދާޅުވީ މިނިވަން މުއައްސަސާތައް ކަމުގައިވާ ސިވިލް ސަރވިސް ކޮމިޝަން ކަމަށް ވިޔަސް އެންޓި ކޮރަޕްޝަން ކޮމިޝަން ކަމަށް ވިޔަސް މިހެން ހުރި ކޮންމެ ތަނެއްގެ ފުރިހަމަ ބާރުވެރިކަން ސަރުކާރުގެ މުށުތެރެއަށް ނެންގުމަށްޓަކައި އިދިކޮޅު މެންބަރުން މަޖިލީހުން ބޭރުކުރެއްވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ބޭނުންކުރައްވައިގެން ނުހައްޤުން އެ ކަންކަން ކުރެއްވި ކަމަށެވެ.

މިހާރު މި ކުރައްވާ ކަމަކީ އަޅުގަނޑުމެން ވަރަށް ޒަމާނުއްސުރެ އެދޭއް ބައެއްގެ ބުރަ މަސައްކަތުން، ވަކިކުރި ބާރުތައް އަމިއްލަ އަތްޕުޅަށް ނަންގަވައި، ތާއަބަދު ވެރިކަމުގައި ދެމިހުރުމަށް ކުރައްވަމުން ގެންދަވާ ނުހައްގުު ވައްކަމުގެ ބޮޑު ޖަރީމާއެކޭ އަޅުގަނޑު ދަންނަވާނީ. މި ފުރުޞަތު އަޅުގަނޑުމެން ރައްޔިތުންނަށް މި ވަގުތު މި އޮތީ ލިބިފަ. އަޅުގަނޑުމެންނަށް އޮޅުވާލައިގެން ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ނަންގަވައިފި. ސަރުކާރުގެ ފުރިހަމަ ޕަވަރ ނަންގަވައިފި. ހުރި އެހެން މުއައްސަސާތަކުގެ ބާރުވެރިކަން ނަންގަވައިފި. ެން މި އޮތީ އަޅުގަނޑުމެން ކުރިމަތީގައި އަނެއްކާވެސް ސަރުކާރަށް ނޫނެކޭ ބުނަން ލިބޭ ހަމައެކަނި ފުރުޞަތު. މި ފުރުޞަތުގެ ބޭނުން ރަނގަޅަށް ވިސްނައި، ފިކުރުކުރެއްވުމަށްފަހު ބޭކާރު ގޮތުގައި ދޫކޮށްނުލެވުމަށް އަޅުގަނޑު ދިޔައީ ލޮބުވެތި ރައްޔިތުންގެ ކިބައިން އަދަބު އިހުތިރާމާއެކު ވަރަށް ބޮޑަށް އެދެން.
އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)

ބިގޭ ވިދާޅުވީ އެމްޑީޕީން ކުރާ މަސައްކަތަކީ ވަކި ބަޔަކަށް ވެގެން ކުރާ މަސައްކަތެއް ނޫން ކަމަށާއި އެމްޑީޕީއަކީ އެތައް ޒަމާނުއްސުރެ އިޞްލާޙީ މަސައްކަތްތަކެއްގެ ތެރެއިން އެ މަސައްކަތުގައި ދެމިތިބުމަށްފަހު އުފެދުނު ޕާޓީއެއް ކަމަށެވެ.

ވެރިކަމަށް އެމްޑީޕީއަށް އާދެވުނު ކޮންމެ ފަހަރަކު ރައްޔިތުންގެ ހައްޤުތައް ކަށަވަރުކޮށްދިނުމާއި އަސާސީ ހައްޤުތައް ކަށަވަރުކޮށްދިނުމާއި އަނިޔާވެރިކަން ނައްތާލުމާއި ދުލާއި ގަލަމުގެ ވިނިއަންކަން ކަށަވަރުކޮށްދިނުމާ މި ހުރިހާ ކަމެއް ތަޖުރިބާއިން ދެވެރިކަމުގައި ފެނިފައިވާ ކަމަށް ބިގޭ ވިދާޅުވި އެވެ.

މީ އަޅުގަނޑުމެން ދިވެހި ލޮބުވެތި ރައްޔިތުން އެއްގޮތަކަށްވެސް ބޭނުންވާނެ ގޮތެއް ނޫން. އަޅުގަނޑުމެން ނުކުމެ މި ވާހަކަ މި ދައްކަނީ، އެއްވެސް ވަރަކަށް އަމިއްލައަށް އަމިއްލަ ބޭނުމެއްގައި ދައްކާ ވާހަކައެއް ނޫން. އަޅުގަނޑު ވެސް ފަރުދީ ޒިންމާއެއް އެބައޮތް. އަޅުގަނޑުގެ ޒިންމާއެއް އަޅުގަނޑުގެ ދަރިންނަށް އަންނަން އޮތް ޖީލުތަކަށް މި ރާއްޖެ ސަލާމަތްކޮށްދިނުން މިއީ. އެ ޒިންމާ އަޅުގަނޑު މި އަދާކުރަނީ. ހަމަ އެގޮތަށް ކޮންމެ ދިވެހި ފަރުދަކަށްމެ އެ ޒިންމާ އެބައޮތް. އެ ޒިންމާ ހިޔަގޮތުގައި އަދާކުރައްވާ. އެ ފަރުދާ ހަމައަކުން ވެސް މި ޤައުމެއް ނުނިމޭ. މި ރާއްޖެއިން ނުނިމޭ. މި ރާއްޖެ ސަލާމަތްކޮށްދޭން އެބަޖެހޭ. އަންނަން އޮތް ޖީލުތަކަށް އަޅުގަނޑުމެންގެ ދަރިންނަށް އުފާވެރި ރާއްޖެއެއް އުޅެވޭނެ ގޮތް ފަހިކޮށްދިނުމަށް. މި ސަބަބަށްޓަކައި ވެސް މި ސަރުކާރުން ހިންގާ ޖަރީމާތަކަށް އާއެކީ ނުބުނުމަށް ތަކުރާރުކޮށް ދަންނަވަން. މިހާރު ކުރިމަތިވެފައި މި އޮތް ފެންނަ ނުފެންނަ ވޯޓަކީ، އަޅުގަނޑުމެންގެ ގަޔަށް ތިން ވަނަ ފަހަރަށް ވީހަލާން އެ ބޭފުޅުން ކުރަން ހިންގަވާ ބޮޑު ޖަރީމާއެކޭ. 
އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)

ބިގޭ ވިދާޅުވީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބާ ނެންގެވީ ރައްޔިތުންނަށް އޮޅުވާލައިގެން ކަމަށާއި ދެން ހަމައެކަނި ސަރުކާރު ޖަވާބުދާރީކުރުވުމަށް ކިރިޔާ ވެސް އޮތް ފުރުޞަތަކީ ލޯކަލް ކައުންސިލް އިންތިޚާބާ އަދި އިންތިޚާބު އެކޮށްލުމަށް މި ކުރާ މަސައްކަތުގައި ދިވެހި ލޮބުވެތި ރައްޔިތުން ނުކުމެ މި ސަރުކާރަށް ބޮޑުތަނުން ނޫނެކޭ ބުނުން ކަމަށެވެ.

އޭނާ ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރުން ނެރުއްވާފައި ތިބި ކެންޑިޑޭޓުން އެއީ ވެރިންގެ އަޅުން ކަމުގައި ދެކި އެމްޑީޕީން ނެރުއްވާފައި ތިބި ކެންޑިޑޭޓުން އިންތިޚާބުކޮށްދެއްވުން އެއީ މި ޤައުމުގެ ކުރިމަގު އުޖާލާވާން އޮތް ގޮތް ކަމަށެވެ.

ޑރ. މުޙައްމަދު މުޢިއްޒުއެމްޑީޕީއިލެކްޝަންސް ކޮމިޝަންލޯކަލް ކައުންސިލް އިންތިޚާބު 2026އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ވޯޓާއި ގުޅިގެން ހުރި މައިގަނޑު 4 ކަންބޮޑުވުމެއް ހިފައިގެން އެމްޑީޕީ އިން އީސީ އަށް

ވޯޓާއި ގުޅިގެން ހުރި މައިގަނޑު 4 ކަންބޮޑުވުމެއް ހިފައިގެން އެމްޑީޕީ އިން އީސީ އަށް

12 މާރިޗު 2026
ހަނގުރާމާއާއެކު ރާއްޖެއަށް ވަންނަ ޑޮލަރު މަދުވެ، ޑޮލަރުން ހޭދަ ކުރާވަރު ވަރަށް ބޮޑަށް އިތުރުވޭ، ކުރިއަށް އޮތްތަނުގައި އަމަލުކުރާނެ ގޮތުގެ ޕްލޭން ސަރުކާރުން ކިޔައިދޭން ޖެހޭ: އަމްރު

ހަނގުރާމާއާއެކު ރާއްޖެއަށް ވަންނަ ޑޮލަރު މަދުވެ، ޑޮލަރުން ހޭދަ ކުރާވަރު ވަރަށް ބޮޑަށް އިތުރުވޭ، ކުރިއަށް އޮތްތަނުގައި އަމަލުކުރާނެ ގޮތުގެ ޕްލޭން ސަރުކާރުން ކިޔައިދޭން ޖެހޭ: އަމްރު

12 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓު ގުނަން ރާވާފައި އޮތީ އޮޅުވާލާ ސަރުކާރުން ނަތީޖާ ބޭނުން ގޮތަކަށް ނެރެވޭނެ ގޮތަކަށް: ނިޔާޒު

ފެންނަ ނުފެންނަ ވޯޓު ގުނަން ރާވާފައި އޮތީ އޮޅުވާލާ ސަރުކާރުން ނަތީޖާ ބޭނުން ގޮތަކަށް ނެރެވޭނެ ގޮތަކަށް: ނިޔާޒު

12 މާރިޗު 2026
ހަނގުރާމައެއް ފެށުމުން އެކަމާ ކަންބޮޑުވާނެ ކަމެއް ނެތޭ ޤައުމުގެ ވެރިޔާ ވިދާޅުވި ހިސާބުން އެނގުނީ ސަރުކާރު އެފަދަ ޙާލަތަކަށް ތައްޔާރު ނޫންކަން: އިޙުސާން

ހަނގުރާމައެއް ފެށުމުން އެކަމާ ކަންބޮޑުވާނެ ކަމެއް ނެތޭ ޤައުމުގެ ވެރިޔާ ވިދާޅުވި ހިސާބުން އެނގުނީ ސަރުކާރު އެފަދަ ޙާލަތަކަށް ތައްޔާރު ނޫންކަން: އިޙުސާން

12 މާރިޗު 2026
އެމްޑީޕީ ޕިކަޕް ޖަލްސާ: އެމްޑީޕީ އިން މަސައްކަތްކުރަނީ ރައްޔިތުންގެ ވެރިކަމެއް ގާއިމްކުރަށް

އެމްޑީޕީ ޕިކަޕް ޖަލްސާ: އެމްޑީޕީ އިން މަސައްކަތްކުރަނީ ރައްޔިތުންގެ ވެރިކަމެއް ގާއިމްކުރަށް

11 މާރިޗު 2026

އަހަރުތަކުން މިއަދު

11 މާރިޗު
ގާރލިކް ޓަސްކަން ޗިކެން
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގާރލިކް ޓަސްކަން ޗިކެން

އަލުވި ޗީޒް ޕޭންކޭކް
20242 އަހަރު ކުރިން
ލައިފް ސްޓައިލް

އަލުވި ޗީޒް ޕޭންކޭކް

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް
20233 އަހަރު ކުރިން
ރާއްޖެ

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ
20224 އަހަރު ކުރިން
ރާއްޖެ

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!
20215 އަހަރު ކުރިން
ރިޕޯޓު

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!
20197 އަހަރު ކުރިން
ރިޕޯޓު

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު