Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލޯކަލް ކައުންސިލް އިންތިޚާބު 2026

މި އިންތިޚާބު ވާނީ ވޯޓުލުމުގެ އަަސާސީ ހައްގު ލިބޭ ފަރާތްތަކަށް ވޯޓުލުމުގެ ފުރުސަތު އެންމެ ބޮޑަށް ހަނިކުރި އިންތިޚާބަށް، ސައްހަ ކަމާ މެދު ސުވާލު އުފެދޭ: އެމްޑީޕީ

11 މާރިޗު 2026 | ބުދަ 09:25

ކުރިއަށް އޮތް އިންތިޚާބުތަކުގައި ރިސޯޓުތަކާއި، ސިނާއީ ރަށްރަށުގެ އިތުރުން ރާއްޖެއިން ބޭރުގައި ވޯޓުފޮށި ނުބަހައްޓަން ނިންމުމަކީ ގިނަ ބައެއްގެ ވޯޓުލުމުގެ ހައްގު ހަނިވެގެންދާނެ ކަމެއް ކަމަށް އެމްޑީޕީން ބުނެފި. އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތަރުޖަމާން އަބްދުﷲ ވަހީދު ވިދާޅުވީ، މިއީ ސަރުކާރާއި އިލެކްޝަންސް ކޮމިޝަން ގުޅިގެން ރާވައިގެން ހިންގާ ކަމެއް ކަމަށާއި، މީގެ ސަބަބުން އިންތިޚާބުގެ ސައްހަކަމާ މެދު ސުވާލު އުފެދޭ ކަމަށް. އަދި މިކަމާ ގުޅިގެން އާންމުންނާއި ޖަމިއްޔާތަކުން ފާޅުކުރާ ކަންބޮޑުވުންތަކަށް އެކަށީގެންވާ ހައްލެއް ލިބިފައި ނުވާކަންވެސް އޭނާ ފާހަގަކުރެއްވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 11 މާރިޗު 2026 | ބުދަ 09:25
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި ގުޅޭގޮތުން އެމްޑީޕީ އިން ބޭއްވި ޕްރެސް ބްރީފިން

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި ގުޅޭގޮތުން އެމްޑީޕީ އިން ބޭއްވި ޕްރެސް ބްރީފިން | އެމްޑީޕީ ސެކްރިޓޭރިއެޓް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކީ ވޯޓު ލުމުގެ އަސާސީ ހައްގު ލިބޭ ފަރާތްތަކަށް ވޯޓު ލުމުގެ ފުރުސަތު އެންމެ ބޮޑަށް ހަނިކުރި އިންތިޚާބަށް ވެގެންދާނެ ކަމަށް އެމްޑީޕީ އިން ބުނެފި އެވެ. 

ބުދަ ދުވަހު އެމްޑީޕީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީން ހަމަޖައްސާފައިވާ ތަރުޖަމާން ދިއްދޫ ދާއިރާގެ ރައީސް އަބްދުﷲ ވަހީދު ވިދާޅުވީ، ފެންމަމުން ދަނީ މި އިންތިޚާބާ ގުޅިގެން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން ވެސް ކަންބޮޑުވުން ފާޅުކުރަމުންދާ މަންޒަރު ކަމަށެވެ. 

Advertisement - newsAdvertisement

އެގޮތުން އަމިއްލަ ފަރާތްތަކާ، އެންޖީއޯތަކުން ވެސް އެ ކަންބޮޑުންފާޅު ކުރަމުންދާއިރު، އެތައް ބަޔަކު މިކަމުގައި ސަރުކާރަށް ލަފާދިނުމަށް މަސައްކަތް ކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެއްވެސް ބައެއްގެ ކަންބޮޑުވުމަކަށް އެކަށީގެންވާ ހައްލެއް ލިބިފައި ނުވާ ކަމަށް ވަހީދު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ މި އިންތިޚާބުގައި ރާއްޖޭގެ ގިނަ ބަޔަކަށް ވޯޓު ނުލެވޭނެ ކަން މިއަދު ޔަގީން ވެފައިވާ ކަމަށެވެ. އެހެންކަމުން މިއީ ސައްހަ އިންތިޚާބެއް ތޯ ވެސް ސުވާލު އުފެދޭ ކަމަށް ވަހީދު ވިދާޅުވި އެވެ. 

ފެނިގެން މިދިޔައީ ކުރީގެ އިންތިޚާބުތަކުގައި ވީ ވަރަކުން އެންމެ ބޮޑަށް މަސައްކަތް ކުރަމުން ދަނީ އިންތިޚާބުގައި ވޯޓު ލެވޭ ފަރާތްތަކަށް ވީ އެންމެ ރަނގަޅަކަށް ވޯޓު ލެވޭނެ ގޮތް ހަދައިދިނުން. ރާއްޖޭގެ ހުރިހާ ރިސޯޓުތަކެއްގަިއ ހެން ވޯޓު ލުމުގެ ޖާގަ ތަނަވަސްކޮށްދިން. އެކަމު މިއަދު އަޅުގަނޑުމެންނަށް ފެނިގެން މި ދަނީ ރިސޯޓުތަކުގައި ވެސް ވޯޓު ފޮއްޓެއް ނުބެހެއްޓޭ، ސިނާއީ ރަށްރަށުގައި ވެސް ވޯޓު ފޮއްޓެއް ނުބެހެއްޓޭ، އަދި ރާއްޖެ އިން ބޭރުގައި ވެސް ވޯޓު ފޮއްޓެއް ނުބެހެއްޓޭ.  އެހެން ވީމާ މި އިންތިޚާބަކި ވޯޓުލުމަށް އަަސާސީ ހައްގު ލިބިގެންވާ ފަރާތްތަކަށް ވޯޓު ލެވޭނެ އެންމެ ބޮޑަށް ހަނިކުރި އިންތިޚާބަށް ވެގެންދާނެ.
ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީން ހަމަޖައްސާފައިވާ ތަރުޖަމާން ދިއްދޫ ދާއިރާގެ ރައީސް އަބްދުﷲ ވަހީދު   

ލޯކަލް ކައުންސިލް އިންތިޚާބާ އެކު ގައުމީ އިންތިޚާބެއް ބާއްވާއިރު ވީހާވެސް ގިނަ ބަޔަކަށް ވޯޓު ލެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް މީގެ  ކުރިން ވެސް އިލެކްޝަންސް ކޮމިޝަން ގައި އެދިފައި ވާނެ ކަމަށް ވަހީދު ވިދާޅުވި އެވެ. އެހެން ނަމަވެސް އެ ކޮމިޝަނުން ކަންކަން ރާވާ އިންތިޒާމު ކޮށްފައި ވަނީ ގިނަ ބަޔަކަށް ވޯޓު ނުލެވޭނެ ގޮތަކަށް ކަމަށް ވަހީދު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ ރާއްޖެއިން ބޭރުގައި ވޯޓު ފޮށިތައް ނުބައްހައްޓަން ނިންމާފައިވާއިރު ޚާއްސަ ކޮށް އިންޑިއާ، ސްރީލަންކާ އަދި މެލޭޝިއާ ފަދަ ގައުމުތަކަކީ ގިނަ އަދަދެއްގެ ދިވެހި ރައްޔިތުން ދިރިއުޅެމުންދާ ގައުމުތަކެއް ކަމަށެވެ. 

އެހެން ނަމަވެސް އެ ފަރާތްތަކުގެ ވޯޓު ލުމުގެ ހައްގު މިއަދު ނިގުޅައިގެންފައިވާ ކަން ފާހަގަ ކުރައްވާ ވަހީދު ވިދާޅުވީ އެ ގައުމުތަކުގެ އެމްބަސީތަކުގައި ތިބި ފަރާތްތަކުން މި ސަރުކާރުން މިހާރު ރާއްޖެ ގެނަސްފައިވާ ކަމަށެވެ. 

އެގޮތުން އެމްބަސީތަކުގެ މުވައްޒަފުންނާ ބައެއް އެމްބެސެޑަރުން މިއަދު ޕީއެންސީ ގެ ކެމްޕެއިން ހަރަކާތްތަކުން ވެސް ފެންނަމުން ދާ ކަން އޭނާ ފާހަގަކުރެއްވި އެވެ. މިއީ ސީދާ ރޭވި، އިންތިޒާމު ކުރެވިގެން ޕީއެންސީ އާ އިލެކްޝަނުން ކޮށްފައިވާ ކަމެއް ކަމަށާ މިކަމަކީ އެ ޕާޓީ އިން އިންތިހާ އަށް ކަންބޮޑުވާ ކަމެއް ކަމަށް ވެސް އަބްދުﷲ ވަހީދު ވިދާޅުވި އެވެ. 

ލޯކަލް ކައުންސިލް އިންތިޚާބު 2026އެމްޑީޕީއިލެކްޝަންސް ކޮމިޝަންޚިޔާލު ހޯދުމުގެ ވޯޓު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

11 މާރިޗު 2026

ކުރިއަށް އޮތް އިންތިޚާބުގައި ވޯޓު ގަޑުބަޑުކޮށް، ވޯޓުން ވައްކަން ކޮށް، ވޯޓު އޮޅުވާލުމުގެ ޖާގަ އެބަ އޮތް: އެމްޑީޕީ

11 މާރިޗު 2026
ކުރިއަށް އޮތް އިންތިޚާބުގައި ވޯޓު ގަޑުބަޑުކޮށް، ވޯޓުން ވައްކަން ކޮށް، ވޯޓު އޮޅުވާލުމުގެ ޖާގަ އެބަ އޮތް: އެމްޑީޕީ
11 މާރިޗު 2026

ވޯޓު ލުމުގެ ހައްގު ލިބޭ މީހުންގެ ފައިނަލް ލިސްޓް: އެ ހައްގު ލިބެނީ 294،876 މީހުންނަށް

11 މާރިޗު 2026
ވޯޓު ލުމުގެ ހައްގު ލިބޭ މީހުންގެ ފައިނަލް ލިސްޓް: އެ ހައްގު ލިބެނީ 294،876 މީހުންނަށް
11 މާރިޗު 2026

ރައީސްގެ ކިބައިން ފެންނަނީ އެވަގުތު ހިތަށް އައި އެއްޗެއް ވިދާޅުވެ، ވައުދަކަށް ހައްދަވަމުންގެންދަވާ ތަން: އާޒިމް

11 މާރިޗު 2026
ރައީސްގެ ކިބައިން ފެންނަނީ އެވަގުތު ހިތަށް އައި އެއްޗެއް ވިދާޅުވެ، ވައުދަކަށް ހައްދަވަމުންގެންދަވާ ތަން: އާޒިމް
10 މާރިޗު 2026

މެޖޯރިޓީ ނެތުމުން ކަންކަން ނުކުރެވޭ، މި އިންތިހާބުގައި މާލޭ ކައުންސިލް މެޖޯރިޓީ ހޯދައި ތަރައްގީ ނެރެދޭނެ: ރައީސް ސޯލިހު

10 މާރިޗު 2026
މެޖޯރިޓީ ނެތުމުން ކަންކަން ނުކުރެވޭ، މި އިންތިހާބުގައި މާލޭ ކައުންސިލް މެޖޯރިޓީ ހޯދައި ތަރައްގީ ނެރެދޭނެ: ރައީސް ސޯލިހު
10 މާރިޗު 2026

ދެ އިންތިހާބު އެއްކޮށްލާ ވޯޓުގެ މައުލޫމާތު ދިނުމަށް އެމްޑީޕީ އިން އެތައް ހާސް ލީފްލެޓެއް މާލޭގައި ބަހައިފި

10 މާރިޗު 2026
ދެ އިންތިހާބު އެއްކޮށްލާ ވޯޓުގެ މައުލޫމާތު ދިނުމަށް އެމްޑީޕީ އިން އެތައް ހާސް ލީފްލެޓެއް މާލޭގައި ބަހައިފި
10 މާރިޗު 2026

އަގުހެޔޮކޮށް ގަނެފައިވާ ތެޔޮ އަގުބޮޑުކޮށް ރައްޔިތުންނަށް ވިއްކައި ސަރުކާރުން ޒުވާނުންނަށް އޮޅުވާލައިފި: އާޒިމް

10 މާރިޗު 2026
އަގުހެޔޮކޮށް ގަނެފައިވާ ތެޔޮ އަގުބޮޑުކޮށް ރައްޔިތުންނަށް ވިއްކައި ސަރުކާރުން ޒުވާނުންނަށް އޮޅުވާލައިފި: އާޒިމް
10 މާރިޗު 2026

އެމްޑީޕީ ކެނޑިޑޭޓުން ތުންފަތަށް ހީރާސް ޖަހައި, ދެ އަތާއި ދެފައި ބަނދެވިފައިވާ ދޫންޏެއްހެން ނުތިބޭނެ: މޭޔަރ ޢާޠިފް

10 މާރިޗު 2026
އެމްޑީޕީ ކެނޑިޑޭޓުން ތުންފަތަށް ހީރާސް ޖަހައި, ދެ އަތާއި ދެފައި ބަނދެވިފައިވާ ދޫންޏެއްހެން ނުތިބޭނެ: މޭޔަރ ޢާޠިފް
10 މާރިޗު 2026

ޕީއެންސީ ކައުންސިލެއް ހޮވައިފި ނަމަ އެމީހުން ގަލަން ހިއްލާލާނީ ވެސް ރައީސް އޮފީހުން އެންގީމަ: ޔައުގޫބް

10 މާރިޗު 2026
ޕީއެންސީ ކައުންސިލެއް ހޮވައިފި ނަމަ އެމީހުން ގަލަން ހިއްލާލާނީ ވެސް ރައީސް އޮފީހުން އެންގީމަ: ޔައުގޫބް
10 މާރިޗު 2026

މޭޔަރ ކަމަށް އިތުރު ދައުރަކަށް އާޒިމް ހޮވިއްޖެ ނަމަ އުމުރުން ދުވަސްވީ މީހުން ޕާކުތަކަށް ގެންގޮސް، ޑޮކްޓަރަށް ދެއްކުމުގައި އެހީތެރިވެދޭނެ ނިޒާމެއް ޤާއިމްކުރަނީ

10 މާރިޗު 2026
މޭޔަރ ކަމަށް އިތުރު ދައުރަކަށް އާޒިމް ހޮވިއްޖެ ނަމަ އުމުރުން ދުވަސްވީ މީހުން ޕާކުތަކަށް ގެންގޮސް، ޑޮކްޓަރަށް ދެއްކުމުގައި އެހީތެރިވެދޭނެ ނިޒާމެއް ޤާއިމްކުރަނީ
10 މާރިޗު 2026

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ގއ އަދި ލ އަތޮޅަށް ފުރާވަޑައިގެންފި

10 މާރިޗު 2026
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ގއ އަދި ލ އަތޮޅަށް ފުރާވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް