Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕިކަޕް ޖަލްސާ

އެމްޑީޕީ ޕިކަޕް ޖަލްސާ: އެމްޑީޕީ އިން މަސައްކަތްކުރަނީ ރައްޔިތުންގެ ވެރިކަމެއް ގާއިމްކުރަށް

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުން ކުރާ މަސައްކަތަކީ ޑިމޮކްރެޓިކް ނިޒާމު ބަލިކަށިކުރުން ކަމަށް އެމްޑީޕީން ތުހުމަތުކޮށްފި. ކަންކަން ފަސޭހަކޮށްލުމުގެ ބަހަނާގައި ނިޒާމުގެ މުހިންމު ސިފަތައް އުނިކުރުމުން އޭގެ ނޭދެވޭ އަސަރު އަންނަން އޮތް ޖީލުތަކަށް ކުރާނެ ކަމަށް އެ ޕާޓީން ބުނޭ. އެހެންކަމުން، ރައްޔިތުންގެ ބާރުވެރިކަން ދެމެހެއްޓުމަށްޓަކައި ސަރުކާރުގެ މި ނިންމުމަށް "ނޫނެކޭ" ބުނުމަށް އެމްޑީޕީން ވަނީ ގޮވާލާފަ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 11 މާރިޗު 2026 | ބުދަ 20:49
ބުދަ ދުވަހު އެމްޑީޕީ އިން ބޭއްވި ޕިކަޕް ޖަލްސާ ގައި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރު މުހައްމަދު އިހްސާން ވާހަކަ ދައްކަވަނީ

ބުދަ ދުވަހު އެމްޑީޕީ އިން ބޭއްވި ޕިކަޕް ޖަލްސާ ގައި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރު މުހައްމަދު އިހްސާން ވާހަކަ ދައްކަވަނީ | ރާއްޖެ އެމްވީ

އެމްޑީޕީން މިހާރު ކުރަމުންދާ މަސައްކަތަކީ ދިވެހިރާއްޖޭގައި އަނެއްކާ ވެސް ރައްޔިތުންގެ ބައިވެރިވުން އޮންނަ، ރައްޔިތުންގެ ވެރިކަމެއް ގާއިމްކުރުން ކަމަށް އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރު މުހައްމަދު އިހުސާން ވިދާޅުވެއްޖެ އެވެ.

އިހުސާން މިފަދައިން ވިދާޅުވީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާ ދެކޮޅަށް އެމްޑީޕީން ބާއްވަމުންދާ ސިލްސިލާ ޕިކަޕް ޖަލްސާތަކުގެ ތެރެއިން، ބުދަ ދުވަހުގެ ހަވީރު މާލޭ ބާޒާރުމަތީ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އިހުސާން ވިދާޅުވީ، ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމަކީ އެތައް ބައެއްގެ ބުރަ މަސައްކަތުންނާއި ގުރުބާނީން އިސްލާހުކޮށް ހަރުދަނާކޮށްފައިވާ ނިޒާމެއް ކަމަށެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ މި ނިޒާމުގެ ތެރޭގައި ހިމެނޭ މުހިންމު ސިފަތައް އުނިކޮށް، ނިޒާމު ބަލިކަށި ކުރުމަށް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. މިކަމުގެ ސަބަބުން މިއަދު ރައްޔިތުންނަށް އެތައް ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށްވެސް އިހުސާން ފާހަގަކުރެއްވި އެވެ.

ވެރިކަމުގެ ނިޒާމެއް ހަރުދަނާ ވުމުގެ އެންމެ މުހިންމު އެއް އަސާސަކީ ޑިމޮކްރަޓިކް އުސޫލުތައް ހަމަޖެހިފަ އެގޮތުގާ ހުރުން. އެއީ ވެރިކަމުގެ ތެރޭގަ ހުރި ނިޒާމުތައް ނުވަތަ އުސޫލުތައް ނުވަތަ އިންސްޓިޓިއުޝަން ތައް. އެއް އިންސްޓިޓިއުޝަން އަނެއް އިންސްޓިޓިއުޝަންގެ މައްޗަށް ފާރަވެރިވެގެން ނޫން ގޮތަކަށް ވެރިކަމުގެ ނިޒާމެއް ހަރުދަނާ ވެެގެން ކުރިޔަކަަށް ނުދާނެ. އެ ފާރަވެރިވުމުގު އެންމެ މުހިންމެ އެއް އަސާސަކީ ކަންފަސޭހަކޮށް ކަންކަން ދޫކޮށްނުލުން
އެމްޑީޕީ ގައުމީ މަޖްލިސް މެމެބަރު މުހައްމަދު އިހުސާން

ދެ އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުން ދައްކާ ބަހަނާއަށް ރައްދު ދެއްވަމުން އިހުސާން ވިދާޅުވީ، އެއް ދުވަހެއްގައި ވޯޓުލުމުން ސަރުކާރަށާއި ރައްޔިތުންނަށް ފަސޭހަވާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް، ޑިމޮކްރެޓިކް ވެއްޓެއްގައި ކަންކަން ހަރުދަނާ ކުރުމަށްޓަކައި އަބަދު "ފަސޭހަ ގޮތް" އިހުތިޔާރު ކުރެވެން ނޯންނާނެ ކަމަށެވެ. ކަންކަން ފަސޭހަކޮށްލުމުގެ ނަތީޖާއަކީ އޭގެ ދަތި އުނދަގޫ މިހާރުގެ ޖީލަށާއި އަންނަން އޮތް ޖީލުތަކަށް ފޯރުން ކަމަށާއި، ރާއްޖޭގެ މިހާރުގެ ހާލަތުން ވެސް އެކަން ސާފުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އިހުސާން ވިދާޅުވީ، ތާރީޚަށް ބަލާއިރު ވެސް ޑިމޮކްރެޓިކް އުސޫލުތައް ހަރުދަނާވެފައިވަނީ ފަސޭހަ ގޮތް ބަލައިގެން ނޫން ކަމަށެވެ. ސަރުކާރުން ދެ އިންތިޚާބު އެއްކޮށްލުމުގެ ވާހަކަ ދައްކާއިރު، ވޯޓުލާ މީހުންނަށާއި އިންތިޒާމު ކުރާ ފަރާތްތަކަށް ފަސޭހަވާނެ ކަމަށް ބުނި ނަމަވެސް، އެއީ ޑިމޮކްރެޓިކް ނިޒާމެއްގައި ކަންކަން އިސްލާހު ކުރުމަށް ބަލަންޖެހޭ މިންގަނޑެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. ކަންކަން ފަސޭހަ ކޮށްލައިގެން ލިބޭނެ ކުރިއެރުމެއް ނޯންނާނެ ކަމަށެވެ.

އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރާނީ ބުރަ މަސައްކަތުން ނަމަވެސް ރައްޔިތުންގެ ބާރުވެރިކަން އޮންނަ ވެރިކަމެއް ގާއިމްކުރުމަށް ކަމަށް އިހުސާން ވިދާޅުވި އެވެ. އެހެންކަމުން، ކުރިއަށް އޮތް އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި، ދެ އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުން ކުރާ މަސައްކަތަށް "ނޫނެކޭ" ބުނުމަށާއި، އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް އޭނާ ވަނީ ރައްޔިތުންނަށް ގޮވާލައްވާފަ އެވެ.

އެމްޑީޕީމުހައްމަދު އިހުސާންޑރ. މުޙައްމަދު މުޢިއްޒުރިޔާސީ އިންތިޚާބުރައްޔިތުންގެ މަޖިލިސްބާޒާރުމަތީލޯކަލް ކައުންސިލް އިންތިޚާބު 2026ޚިޔާލު ހޯދުމުގެ ވޯޓު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

 ރައްޔިތުންނަށް ބޭނުންޖެހިފަ ހުރި ކިތަންމެ ކަމެއްގައި ރައީސް މުއިއްޒު ގެންދަވަނީ އޮޅުވާލަމުން: އިހުސާން

ރައްޔިތުންނަށް ބޭނުންޖެހިފަ ހުރި ކިތަންމެ ކަމެއްގައި ރައީސް މުއިއްޒު ގެންދަވަނީ އޮޅުވާލަމުން: އިހުސާން

11 މާރިޗު 2026
ރައްޔިތުން ތިބީ ސަރުކާރާއި ދޭތެރޭގައި ހިތްހަމަ ނުޖެހިފައި، ބޭނުންވަނީ ބަދަލު ކުރަން: މޭޔަރު އާޒިމް

ރައްޔިތުން ތިބީ ސަރުކާރާއި ދޭތެރޭގައި ހިތްހަމަ ނުޖެހިފައި، ބޭނުންވަނީ ބަދަލު ކުރަން: މޭޔަރު އާޒިމް

11 މާރިޗު 2026
މި ސަރުކާރުން ދޮޅު އަހަރުތެރޭގައި ނިންމަން ބުނި ކުޅުދުއްފުށީ ދަމަނަވެށި ވެސް އެންމެފަހުން ވީ "އިބިލީހު ކައިވެންޏަށް"

މި ސަރުކާރުން ދޮޅު އަހަރުތެރޭގައި ނިންމަން ބުނި ކުޅުދުއްފުށީ ދަމަނަވެށި ވެސް އެންމެފަހުން ވީ "އިބިލީހު ކައިވެންޏަށް"

11 މާރިޗު 2026
ރޯދައަށް ހުންނަވާ ރައީސް މުއިއްޒު އެންޓިކެމްޕޭން ކުރައްވާ އިތުރުފުޅު ހައްދަވައިފި: ޣާލިބު ވިދާޅުވީ އެ ލެވެލް އަށް ދުނިޔެއިން މޮޔަނުވާ ކަމަށް

ރޯދައަށް ހުންނަވާ ރައީސް މުއިއްޒު އެންޓިކެމްޕޭން ކުރައްވާ އިތުރުފުޅު ހައްދަވައިފި: ޣާލިބު ވިދާޅުވީ އެ ލެވެލް އަށް ދުނިޔެއިން މޮޔަނުވާ ކަމަށް

11 މާރިޗު 2026
ޝާހިދު ރައީސް މުޢިއްޒަށް: ބިރުދެއްކުން ހުއްޓާލައްވާފަ ފަހަތައް ޖެހިވަޑައިގަންނަވާ!

ޝާހިދު ރައީސް މުޢިއްޒަށް: ބިރުދެއްކުން ހުއްޓާލައްވާފަ ފަހަތައް ޖެހިވަޑައިގަންނަވާ!

11 މާރިޗު 2026

އަހަރުތަކުން މިއަދު

11 މާރިޗު
ގާރލިކް ޓަސްކަން ޗިކެން
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގާރލިކް ޓަސްކަން ޗިކެން

އަލުވި ޗީޒް ޕޭންކޭކް
20242 އަހަރު ކުރިން
ލައިފް ސްޓައިލް

އަލުވި ޗީޒް ޕޭންކޭކް

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް
20233 އަހަރު ކުރިން
ރާއްޖެ

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ
20224 އަހަރު ކުރިން
ރާއްޖެ

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!
20215 އަހަރު ކުރިން
ރިޕޯޓު

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!
20197 އަހަރު ކުރިން
ރިޕޯޓު

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު