Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވޯޓު ނަތީޖާ އޮޅުވާލުން

ފެންނަ ނުފެންނަ ވޯޓު ގުނަން ރާވާފައި އޮތީ އޮޅުވާލާ ސަރުކާރުން ނަތީޖާ ބޭނުން ގޮތަކަށް ނެރެވޭނެ ގޮތަކަށް: ނިޔާޒު

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމާ ގުޅޭގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓަކީ ނަތީޖާ އޮޅުވާލުމަށް ސަރުކާރުން ރާވާފައިވާ ކަމެއް ކަމަށް ކުރީގެ މެންބަރު އަލީ ނިޔާޒު ތުހުމަތު ކުރައްވައިފި. މި އިންތިޚާބާ ބެހޭ ސައްޙަ މަޢުލޫމާތު އާންމުންނަށް ނުލިބޭއިރު، ރާއްޖޭން ބޭރުގައި ވޯޓު ފޮށި ނުބަހައްޓަން ނިންމީ ގިނަ ބައެއްގެ ވޯޓުލުމުގެ ޙައްޤަށް އަރައިގަތުމަށް ކަމަށް އޭނާ ވިދާޅުވި. މީގެ އިތުރުން، އިންތިޚާބު އޮބްޒާވްކުރުމުގެ ކަންކަން ހުރި ގޮތުން މިއީ ސަރުކާރުން ބޭނުންވާ ގޮތަށް ނަތީޖާ އަނބުރާލުމަށް ކުރާ މަސައްކަތެއް ކަމަށްވެސް ނިޔާޒު ފާހަގަކުރެއްވި.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 12 މާރިޗު 2026 | ބުރާސްފަތި 07:19
ހުޅުމާލެ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު

ހުޅުމާލެ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު | ރާއްޖެ އެމްވީ

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އިލެކްޝަންސް ކޮމިޝަންގެ ރައީސް އާއިއެކު ސިއްރު ބައްދަލުވުމެއް ބާއްވައިގެން، ނަތީޖާ އޮޅުވާލުމަށް ރާވާފައިވާ ކަމެއް ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޕިކަޕް ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ނިޔާޒު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބަކީ މާ ކުރިން އިޢުލާނުކޮށް، އޭގެ އިންތިޒާމުތައް ދުރާލައި ރޭވިގެން ހިނގަމުން އައި ކަމެއް ކަމަށެވެ. ނަމަވެސް، އޭގެ މެދުތެރެއިން ރައީސުލްޖުމްހޫރިއްޔާ އިލެކްޝަންސް ކޮމިޝަނަށް މަޖުބޫރުކޮށްގެން ފެންނަ ނުފެންނަ ވޯޓެއް ކުރިއަށް ގެންދަން ނިންމީ ރައްޔިތުންގެ ވޯޓުލުމުގެ ޙައްޤަށް އަރައިގަތުމަށް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. އަދި މި އިންތިޚާބާ ބެހޭ ސައްޙަ މަޢުލޫމާތު އާންމުންނަށް ނުލިބޭ ކަމަށާއި، ގިނަ ބަޔަކަށް އަދިވެސް އެނގެނީ ހަމައެކަނި ކައުންސިލް އިންތިޚާބު އޮންނަ ކަން އެކަނި ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި އިންތިޚާބު މިގޮތަށް ރާވައިގެން މިހާތަނަށް ރާވަމުން ދާއިރުގައި މިކަމާ ބެހޭ ސައްޙަ ރަނގަޅު މަޢުލޫމާތެއް އާއްމުންނަކަށް ނުލިބޭ. ގިނަ މީހުންނަށް އަޅުގަނޑުމެން ބައްދަލުވާ ގިނަ ފަރާތްތަކެއް ހަމައެކަނި އެނގެނީ އަދިވެސް ކައުންސިލު އިންތިޚާބުގައި ވޯޓުލާކަން އެކަނި. ކައުންސިލު އިންތިޚާބުގެ ވޯޓުލުމުގެ ކަންތައްތަކާއި އަދި ނަތީޖާ އިޢުލާނުކުރުމުގެ ކަންތައްތައް ރޭވިފައިވާ ގޮތަށް ބަލާއިރުގައި ވެސް އަޅުގަނޑުމެންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އެބައޮތް އެއަށްފަހު އަނެއްކާ އަނެއް އިންތިޚާބެއްގެ ނަތީޖާ އިޢުލާނުކުރުމަށް ހޭދަވާ ވަގުތާ މިކަން ކުރުމަށް، މޮނިޓަރކުރުމާއި އޮބްޒަރވްކުރުމަށް އިލެކްޝަންސް ކޮމިޝަނުން ރާވާފައިވާ ރޭވުން. 
ހުޅުމާލެ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު

 މިއީ ނަތީޖާ އޮޅުވާލުމަށް ހިންގާ އަމަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ. މީގެ އިތުރުން، ގިނަ ބަޔަކު ވޯޓުގައި ބައިވެރިކުރުމަކީ ސަރުކާރުގެ އަމާޒު ކަމަށް ބުނި ނަމަވެސް، އަމަލީ ގޮތުން ފެންނަނީ އެއާ އިދިކޮޅު މަންޒަރެއް ކަމަށް ނިޔާޒު ވިދާޅުވި އެވެ. އެގޮތުން ރާއްޖޭން ބޭރުގެ އެއްވެސް ޤައުމެއްގައި ވޯޓު ފޮށްޓެއް ނުބަހައްޓަން ނިންމާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. ސްރީލަންކާ، އިންޑިއާ، މެލޭޝިއާ އަދި އިނގިރޭސިވިލާތް ފަދަ ދިވެހިން ގިނަ އަދަދަކަށް އުޅޭ ޤައުމުތަކުގައި ވޯޓު ފޮށި ނުބަހައްޓަނީ ގަސްތުގައި ކަމަށާއި، އޭގެ ބަދަލުގައި އެމްބަސީތަކުގައި ތިބި ސަރުކާރުގެ ކޮންޓްރޯލް އޮތް މުވައްޒަފުން މާލެއަށް ޖަމާކުރަމުންދާ ކަމުގެ ހެކި އެބަހުރި ކަމަށްވެސް އަލީ ނިޔާޒު ވިދާޅުވި އެވެ.

އަލީ ނިޔާޒު އިތުރަށް ވިދާޅުވީ، ފެންނަ ނުފެންނަ ވޯޓު މޮނިޓަރކޮށް އޮބްޒާވް ކުރާނީ ކޮން ބައެއްކަންވެސް އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް ސާފުކޮށްދީފައި ނުވާ ކަމަށެވެ. މި ހުރިހާ ކަމަކީވެސް އިންތިޚާބުގެ ނަތީޖާ ސަރުކާރުން ބޭނުންވާ ގޮތަކަށް އަނބުރާލުމަށް ކުރާ ކަންތައްތަކެއް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

ޑރ. މުޙައްމަދު މުޢިއްޒުއަލީ ނިޔާޒްއިލެކްޝަންސް ކޮމިޝަންލޯކަލް ކައުންސިލް އިންތިޚާބު 2026

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެމްޑީޕީ ޕިކަޕް ޖަލްސާ: އެމްޑީޕީ އިން މަސައްކަތްކުރަނީ ރައްޔިތުންގެ ވެރިކަމެއް ގާއިމްކުރަށް

އެމްޑީޕީ ޕިކަޕް ޖަލްސާ: އެމްޑީޕީ އިން މަސައްކަތްކުރަނީ ރައްޔިތުންގެ ވެރިކަމެއް ގާއިމްކުރަށް

11 މާރިޗު 2026
 ރައްޔިތުންނަށް ބޭނުންޖެހިފަ ހުރި ކިތަންމެ ކަމެއްގައި ރައީސް މުއިއްޒު ގެންދަވަނީ އޮޅުވާލަމުން: އިހުސާން

ރައްޔިތުންނަށް ބޭނުންޖެހިފަ ހުރި ކިތަންމެ ކަމެއްގައި ރައީސް މުއިއްޒު ގެންދަވަނީ އޮޅުވާލަމުން: އިހުސާން

11 މާރިޗު 2026
މި ސަރުކާރުން ދޮޅު އަހަރުތެރޭގައި ނިންމަން ބުނި ކުޅުދުއްފުށީ ދަމަނަވެށި ވެސް އެންމެފަހުން ވީ "އިބިލީހު ކައިވެންޏަށް"

މި ސަރުކާރުން ދޮޅު އަހަރުތެރޭގައި ނިންމަން ބުނި ކުޅުދުއްފުށީ ދަމަނަވެށި ވެސް އެންމެފަހުން ވީ "އިބިލީހު ކައިވެންޏަށް"

11 މާރިޗު 2026
ރޯދައަށް ހުންނަވާ ރައީސް މުއިއްޒު އެންޓިކެމްޕޭން ކުރައްވާ އިތުރުފުޅު ހައްދަވައިފި: ޣާލިބު ވިދާޅުވީ އެ ލެވެލް އަށް ދުނިޔެއިން މޮޔަނުވާ ކަމަށް

ރޯދައަށް ހުންނަވާ ރައީސް މުއިއްޒު އެންޓިކެމްޕޭން ކުރައްވާ އިތުރުފުޅު ހައްދަވައިފި: ޣާލިބު ވިދާޅުވީ އެ ލެވެލް އަށް ދުނިޔެއިން މޮޔަނުވާ ކަމަށް

11 މާރިޗު 2026
މި އިންތިޚާބު ވާނީ ވޯޓުލުމުގެ އަަސާސީ ހައްގު ލިބޭ ފަރާތްތަކަށް ވޯޓުލުމުގެ ފުރުސަތު އެންމެ ބޮޑަށް ހަނިކުރި އިންތިޚާބަށް، ސައްހަ ކަމާ މެދު ސުވާލު އުފެދޭ: އެމްޑީޕީ

މި އިންތިޚާބު ވާނީ ވޯޓުލުމުގެ އަަސާސީ ހައްގު ލިބޭ ފަރާތްތަކަށް ވޯޓުލުމުގެ ފުރުސަތު އެންމެ ބޮޑަށް ހަނިކުރި އިންތިޚާބަށް، ސައްހަ ކަމާ މެދު ސުވާލު އުފެދޭ: އެމްޑީޕީ

11 މާރިޗު 2026

އަހަރުތަކުން މިއަދު

11 މާރިޗު
ގާރލިކް ޓަސްކަން ޗިކެން
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގާރލިކް ޓަސްކަން ޗިކެން

އަލުވި ޗީޒް ޕޭންކޭކް
20242 އަހަރު ކުރިން
ލައިފް ސްޓައިލް

އަލުވި ޗީޒް ޕޭންކޭކް

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް
20233 އަހަރު ކުރިން
ރާއްޖެ

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ
20224 އަހަރު ކުރިން
ރާއްޖެ

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!
20215 އަހަރު ކުރިން
ރިޕޯޓު

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!
20197 އަހަރު ކުރިން
ރިޕޯޓު

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު