Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލޯކަލް ކައުންސިލް އިންތިޚާބު 2026

ކުރިއަށް އޮތް އިންތިޚާބުގައި ވޯޓު ގަޑުބަޑުކޮށް، ވޯޓުން ވައްކަން ކޮށް، ވޯޓު އޮޅުވާލުމުގެ ޖާގަ އެބަ އޮތް: އެމްޑީޕީ

ކުރިއަށް އޮތް އިންތިޚާބުތަކުގައި ވޯޓު ގުނުމަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައިވާ އިންތިޒާމުތަކާ މެދު އެމްޑީޕީން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފި. އެ ޕާޓީން ބުނީ ވޯޓު ގުނުން ލަސްވުމުގެ ސަބަބުން އޮބްޒާވަރުންނާއި މޮނިޓަރުންނަށް ނުތިބެވި، ވޯޓު އޮޅުވާލުމުގެ ފުރުސަތު އެބައޮތް ކަމަށް. އެހެންކަމުން މި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް އެމްޑީޕީން އިލެކްޝަންސް ކޮމިޝަނާ ބައްދަލުކުރުމަށް ވަނީ ނިންމާފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 11 މާރިޗު 2026 | ބުދަ 09:10
ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީން ހަމަޖައްސާފައިވާ ތަރުޖަމާން ދިއްދޫ ދާއިރާގެ ރައީސް އަބްދުﷲ ވަހީދު

ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީން ހަމަޖައްސާފައިވާ ތަރުޖަމާން ދިއްދޫ ދާއިރާގެ ރައީސް އަބްދުﷲ ވަހީދު | ރާއްޖެއެމްވީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުގައި ވޯޓު ގައި ވޯޓު ގަޑުބަޑުކޮށް، ވޯޓުން ވައްކަން ކޮށް، ވޯޓު އޮޅުވާލުމުގެ ޖާގަ އެބަ އޮތް ކަމަށް އެމްޑީޕީ އިން ބުނެފި އެވެ. 

ބުދަ ދުވަހު އެމްޑީޕީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީން ހަމަޖައްސާފައިވާ ތަރުޖަމާން ދިއްދޫ ދާއިރާގެ ރައީސް އަބްދުﷲ ވަހީދު ވިދާޅުވީ، ކުރިއަށް އޮތް އިންތިޚާބާ ގުޅިގެން ގިނަ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ވޯޓު ގުނުމަށްޓަކައި އިންތިޒާމު ހަމަޖައްސާފައިވާ ގޮތަށް ބަލާއިރު ވެސް ހުރީ ކަންބޮޑުވުން ކަމަށް އޭނާ ވިދާޅުވި އެވެ.

ވަހީދު ވިދާޅުވި ވޯޓު ގުނުމުގެ ކަންކަން ވީ އެންމެ އަވަހަކަށް ނިންމޭނެ ގޮތެއް ހަދަން އެދެމުން ދާ ކަމަށެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ވޯޓު ގުނުމުގެ ކަންކަން ހަމަޖައްސާފައިވާ ގޮތުން ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓުތައް ގުނާ ނިމި، ރެފަރެންޑަމް ގެ ވޯޓު ގުނާ އިރު، އެތަނުގައި އޮބްޒާވަރުންނާ މޮނިޓަރުން ތިބޭނެ ކަމަށް ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ. 

އެހެންވީމާ ވޯޓު ގަޑުބަޑުކޮށް،  ވޯޓުން ވައްކަން ކޮށް، ވޯޓު އޮޅުވާލުމުގެ ޖާގަ އެބަ އޮތް. އެހެންވީމަ އިލެކްޝަންސް ގެ މިއަދުގެ އިންތިޒާމު އޮތް ގޮތުން އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ ލޯކަލް ކައުންސިލްގެ އިންތިޚާބު ގެ ވޯޓު ގުނުމަށްފަހުގައި، އޭގެ ފަހުގައޭ ދެން ރެފަރެންޑަމް ގެ ވޯޓު ގުނާނީ. އެހެންވީމަ ވޯޓު ގުނުން މުޅީ ރޭ، ހަތަރުދަމު އެއްކޮށް ދާއިރުގައި އެބޭފުޅުންނަށް އެ ޖާގަ ލިބިގެން އެ ދަނީ އެކަންކަން އޮޅުވާލުމަށްޓަކައި މަސައްކަތް ކުރަން. އެހެންވީމަ އެ ނޫން އިންތިޒާމަކަށް ވޯޓު ގުނުމުގެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރުމަށް އަޅުގަނޑުމެން އެދެން. 
ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީން ހަމަޖައްސާފައިވާ ތަރުޖަމާން ދިއްދޫ ދާއިރާގެ ރައީސް އަބްދުﷲ ވަހީދު 

އޭގެ އިތުރުން ކައުންސިލް އިންތިޚާބާ ރެފަރެންޑަމް އިންތިޚާބު ބާއްވާއިރު މި އިންތިޚާބުގައި އޮބްޒާވަރުންނާ މޮނިޓަރުން ބައިވެރިވުމަށްޓަކައި ދީފައިވާ ވަގުތަކީ އެކަށީގެންވާ ވަގުތު ކަމަށް ވެސް ނުބެލެވޭ ކަމަށް ވަހީދު ވިދާޅުވި އެވެ. އަދި އެ ވަގުތު ނުދީ ބާއްވާ އިންތިޒާމެއްގެ ތެރެއިން ދާއިރު އެންމެ މުހިއްމު އިންތިޚާބު އޮޅުވާލައި، މަކަރުހަދައި، ވަގަށް ނެގުމުގެ ޖާގަ ތަނަވަސް ވެގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަބްދުﷲ ވަހީދު ވިދާޅުވީ އެހެންކަމުން އިލެކްޝަންސް ކޮމިޝަނަށް ގޮވާލަނީ އެކަންކަން އެގޮތަށް ނުވާނެ ގޮތަށް އެކަން ކުރެވޭނެ ގޮތެއް ރާވައި އިންތިޒާމު ކުރަން ކަމަށެވެ. އޭނާ ވިދާޅުވީ އެމްޑީޕީ ގެ ފަރާތުން، ހުރި ކަންބޮޑުވުންތައް ހިއްސާ ކުރުމަށްޓަކައި ބުރާސްފަތި ދުވަހު އެ ޕާޓީ ގެ ފަރާތުން އެ ކޮމިޝަނާ ބައްދަލު ކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ. 

އެ ބައްދަލުވުމުގައި، އިންތިޚާބާ ގުޅިގެން ހުރި ކަންބޮޑުވުންތަކަށް ހައްލުހޯދައި، ރައްޔިތުންނަށް ފަސޭހަ ވާނެ ގޮތަށް އިންތިޚާބުގެ ކަންކަން ހަމަޖެއްސުމަށް އެދޭނެ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ. 

ލޯކަލް ކައުންސިލް އިންތިޚާބު 2026އެމްޑީޕީއަބްދުﷲ ވަހީދުއިލެކްޝަންސް ކޮމިޝަންޚިޔާލު ހޯދުމުގެ ވޯޓު

އިތުރަށް ކިޔާލަން

11 މާރިޗު 2026

ވޯޓު ލުމުގެ ހައްގު ލިބޭ މީހުންގެ ފައިނަލް ލިސްޓް: އެ ހައްގު ލިބެނީ 294،876 މީހުންނަށް

11 މާރިޗު 2026
ވޯޓު ލުމުގެ ހައްގު ލިބޭ މީހުންގެ ފައިނަލް ލިސްޓް: އެ ހައްގު ލިބެނީ 294،876 މީހުންނަށް
11 މާރިޗު 2026

ރައީސްގެ ކިބައިން ފެންނަނީ އެވަގުތު ހިތަށް އައި އެއްޗެއް ވިދާޅުވެ، ވައުދަކަށް ހައްދަވަމުންގެންދަވާ ތަން: އާޒިމް

11 މާރިޗު 2026
ރައީސްގެ ކިބައިން ފެންނަނީ އެވަގުތު ހިތަށް އައި އެއްޗެއް ވިދާޅުވެ، ވައުދަކަށް ހައްދަވަމުންގެންދަވާ ތަން: އާޒިމް
10 މާރިޗު 2026

މެޖޯރިޓީ ނެތުމުން ކަންކަން ނުކުރެވޭ، މި އިންތިހާބުގައި މާލޭ ކައުންސިލް މެޖޯރިޓީ ހޯދައި ތަރައްގީ ނެރެދޭނެ: ރައީސް ސޯލިހު

10 މާރިޗު 2026
މެޖޯރިޓީ ނެތުމުން ކަންކަން ނުކުރެވޭ، މި އިންތިހާބުގައި މާލޭ ކައުންސިލް މެޖޯރިޓީ ހޯދައި ތަރައްގީ ނެރެދޭނެ: ރައީސް ސޯލިހު
10 މާރިޗު 2026

ދެ އިންތިހާބު އެއްކޮށްލާ ވޯޓުގެ މައުލޫމާތު ދިނުމަށް އެމްޑީޕީ އިން އެތައް ހާސް ލީފްލެޓެއް މާލޭގައި ބަހައިފި

10 މާރިޗު 2026
ދެ އިންތިހާބު އެއްކޮށްލާ ވޯޓުގެ މައުލޫމާތު ދިނުމަށް އެމްޑީޕީ އިން އެތައް ހާސް ލީފްލެޓެއް މާލޭގައި ބަހައިފި
10 މާރިޗު 2026

އަގުހެޔޮކޮށް ގަނެފައިވާ ތެޔޮ އަގުބޮޑުކޮށް ރައްޔިތުންނަށް ވިއްކައި ސަރުކާރުން ޒުވާނުންނަށް އޮޅުވާލައިފި: އާޒިމް

10 މާރިޗު 2026
އަގުހެޔޮކޮށް ގަނެފައިވާ ތެޔޮ އަގުބޮޑުކޮށް ރައްޔިތުންނަށް ވިއްކައި ސަރުކާރުން ޒުވާނުންނަށް އޮޅުވާލައިފި: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު