Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާންއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް، ރޮމޭނިއާގައި ހުރި އެމެރިކާގެ ބޭސްތައް ބޭނުން ކުރުމުގެ ހުއްދަ އެ ޤައުމުގެ ރައީސް ދެއްވައިފި

ރޮމޭނިއާގެ ޤައުމީ ސަލާމަތާ ބެހޭ އެންމެ މަތީ މަޖިލީހުން އެ މައްސަލަ ބަލައި ނިންމުމަށް ފަހު، ޤާނޫނު ހަދާ މަޖިލީހުން ވެސް ވަނީ އެކަމަށް ތާއީދު ކޮށްފައި. މަޖިލީހުގެ ބައްދަލުވުމަށް ފަހު ރޮމޭނިއާގެ ރައީސް ނިކުސޯ ދާން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މިއީ ރޮމޭނިއާގައި އެމެރިކާގެ ސިފައިންނާއި، އެ ޤައުމުގެ ހަނގުރާމައިގެ ވަސީލަތްތައް ވަގުތީ ގޮތުން ތަހުލީލު ކުރުން ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 މާރިޗު 2026 | ބުރާސްފަތި 11:36
ރޮމޭނިއާގެ ރައީސް ނިކުސޯ ދާން

ރޮމޭނިއާގެ ރައީސް ނިކުސޯ ދާން | ގެޓީ އިމޭޖަސް

އެމެރިކާާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމައިގައި، ރޮމޭނިއާގައި ހުރި އެމެރިކާގެ ބޭސްތައް ބޭނުން ކުރުމުގެ ހުއްދަ އެ ޤައުމަށް ދީފައިވާ ކަމަށް، ރޮމޭނިއާގެ ރައީސް ނިކުސޯ ދާން ވިދާޅުވެއްޖެ އެވެ. 

ބުދަ ދުވަހު ރޮމޭނިއާ އިން ނިންމާފައި ވަނީ، އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމައިގައި ބައިވެރިވާ އެމެރިކާގެ ވައިގެ ހަނގުރާމަ އުޅަނދު ތަކަށް ތެޔޮ ލިބޭނެ ގޮތަށް، އިރުމަތީ ޔޫރަޕުގައި އޮންނަ އެ ޤައުމުގެ އެއަރބޭސް ބޭނުން ކުރުމުގެ ހުއްދަ ދިނުމަށެވެ. 

ރޮމޭނިއާގެ ޤައުމީ ސަލާމަތާ ބެހޭ އެންމެ މަތީ މަޖިލީހުން އެ މައްސަލަ ބަލައި ނިންމުމަށް ފަހު، ޤާނޫނު ހަދާ މަޖިލީހުން ވެސް ވަނީ އެކަމަށް ތާއީދު ކޮށްފަ އެވެ. މަޖިލީހުގެ ބައްދަލުވުމަށް ފަހު ރޮމޭނިއާގެ ރައީސް ނިކުސޯ ދާން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މިއީ ރޮމޭނިއާގައި އެމެރިކާގެ ސިފައިންނާއި، އެ ޤައުމުގެ ހަނގުރާމައިގެ ވަސީލަތްތައް ވަގުތީ ގޮތުން ތަހުލީލު ކުރުން ކަމަށެވެ.

މީގެ އިތުރުން ރޮމޭނިއާގެ ރައީސް ވިދާޅުވީ އެ ފިޔަވަޅު ފެށުމުން، އެމެރިކާގެ ވައިގެ އުޅަނދު ތަކަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސައި ދޭނެ ކަމަށެވެ. އަދި ނަޒާހަތްތެރިކަމާ އެކު ވަސީލަތްތަކާއި ސެޓަލައިޓް މެދުވެރިކޮށް އޮޕަރޭޝަންތައް ކުރިއަށް ގެންގޮސް، ހަނގުރާމައިގެ ވަސީލަތްތައް ވެސް ރޮމޭނިއާގައި ބެހެއްޓޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށް އެ ޤައުމުގެ ރައީސް ވިދާޅުވެފައިވެ އެވެ. 

މިއީ އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމަ އިތުރަށް ފުޅާކޮށް، ވަރުގަދަ ކުރަމުން އަންނަ ދަނޑި ވަޅެއްގައި ރޮމޭނިއާ އިން ނިންމާފައިވާ ނިންމުމެކެވެ. މި ހަނގުރާމައިގައި އެމެރިކާ އިން ބޭނުން ކުރަމުން ދަނީ ދުރުގައި ހުންނަ ޓާގެޓު ތަކަށް ހަމަލާ ދިނުމަށް ބޭނުން ކުރާ ބޮޑެތި ވައިގެ އުޅަނދު ތަކެވެ. 

ރޮމޭނިއާ އަކީ ނޭޓޯގެ ވެސް މެމްބަރު ޤައުމެކެވެ. އެހެންކަމުން، އެމެރިކާ އާއެކު ސަރަހައްދީ ސަލާމަތާ ބެހޭ ގިނަ މަސައްކަތް ތަކެއް ރޮމޭނިއާ އިން އަންނަނީ ކުރަމުންނެވެ. ނަމަވެސް، ރޮމޭނިއާގެ މި ނިންމުމާ ގުޅިގެން ބައިނަލްއަޤުވާމީ މުޖުތަމައުން އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. 

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ރޮމޭނިއާރޮމޭނިއާގެ ރައީސް ނިކުސޯ ދާން

އިތުރަށް ކިޔާލަން

12 މާރިޗު 2026

އެމެރިކާގެ ބިމަށް އީރާން އިން ހަމަލާ ދީފާނެ ކަމުގެ އިންޒާރެއް، ޓްރަމްޕް ވިދާޅުވީ ބިރު ނުގަންނަ ކަމަށް

12 މާރިޗު 2026
އެމެރިކާގެ ބިމަށް އީރާން އިން ހަމަލާ ދީފާނެ ކަމުގެ އިންޒާރެއް، ޓްރަމްޕް ވިދާޅުވީ ބިރު ނުގަންނަ ކަމަށް
12 މާރިޗު 2026

އެންމެފަހުން ކުށްވެރި. އެކަމަކު މުއިއްޒަކަށް ކެރިވަޑައެއް ނުގަތް

12 މާރިޗު 2026
އެންމެފަހުން ކުށްވެރި. އެކަމަކު މުއިއްޒަކަށް ކެރިވަޑައެއް ނުގަތް
12 މާރިޗު 2026

ހަނގުރާމަ ފެށުނު ފަހުން ބަހްރެއިން އިން މިހާތަނަށް 300 ޑްރޯން އާއި މިސައިލް ހުއްޓުވައިފި

12 މާރިޗު 2026
ހަނގުރާމަ ފެށުނު ފަހުން ބަހްރެއިން އިން މިހާތަނަށް 300 ޑްރޯން އާއި މިސައިލް ހުއްޓުވައިފި
12 މާރިޗު 2026

އީރާންގެ އަންހެން ކުދިންގެ ސްކޫލް އަށް ދިން ހަމަލާ، އިޓަލީގެ ބޮޑު ވަޒީރު ކުށްވެރި ކުރައްވައިފި

12 މާރިޗު 2026
އީރާންގެ އަންހެން ކުދިންގެ ސްކޫލް އަށް ދިން ހަމަލާ، އިޓަލީގެ ބޮޑު ވަޒީރު ކުށްވެރި ކުރައްވައިފި
12 މާރިޗު 2026

ހަނގުރާމާއާއެކު ރާއްޖެއަށް ވަންނަ ޑޮލަރު މަދުވެ، ޑޮލަރުން ހޭދަ ކުރާވަރު ވަރަށް ބޮޑަށް އިތުރުވޭ، ކުރިއަށް އޮތްތަނުގައި އަމަލުކުރާނެ ގޮތުގެ ޕްލޭން ސަރުކާރުން ކިޔައިދޭން ޖެހޭ: އަމްރު

އިޒްރޭލްގެ ޖާސޫސީ އިދާރާގެ މައި މަރުކަޒަށް އީރާން އިން ޑްރޯން ހަމަލާ ތަކެއް ދީފި

12 މާރިޗު 2026
އިޒްރޭލްގެ ޖާސޫސީ އިދާރާގެ މައި މަރުކަޒަށް އީރާން އިން ޑްރޯން ހަމަލާ ތަކެއް ދީފި
12 މާރިޗު 2026

އީރާންގެ ވެރިންނާއި ތަންތަން ހިމެނޭހެން، 19 އޮފިޝަލަކާ ދެކޮޅަށް އީޔޫ އިން އައު ފިޔަވަޅު ތަކެއް އަޅައިފި

12 މާރިޗު 2026
އީރާންގެ ވެރިންނާއި ތަންތަން ހިމެނޭހެން، 19 އޮފިޝަލަކާ ދެކޮޅަށް އީޔޫ އިން އައު ފިޔަވަޅު ތަކެއް އަޅައިފި
12 މާރިޗު 2026

ތެލުގެ އަގު ނުހައްގުން އުފުލާ ކުންފުނިތަކާ ދެކޮޅަށް ފިޔަވަޅު އަޅާނަން: ބޮޑު ވަޒީރު ސްޓާމަރ

12 މާރިޗު 2026
ތެލުގެ އަގު ނުހައްގުން އުފުލާ ކުންފުނިތަކާ ދެކޮޅަށް ފިޔަވަޅު އަޅާނަން: ބޮޑު ވަޒީރު ސްޓާމަރ
12 މާރިޗު 2026

ތައިލެންޑުގެ ބޯޓަކަށް ހަަމަލާ ދިނުމާ ގުޅިގެން، އީރާންގެ ސަފީރު އެ ޤައުމުގެ ފޮރިން މިނިސްޓްރީ އަށް ހާޒިރު ކޮށްފި

12 މާރިޗު 2026
ތައިލެންޑުގެ ބޯޓަކަށް ހަަމަލާ ދިނުމާ ގުޅިގެން، އީރާންގެ ސަފީރު އެ ޤައުމުގެ ފޮރިން މިނިސްޓްރީ އަށް ހާޒިރު ކޮށްފި
12 މާރިޗު 2026

ހަނގުރާމަ ހުއްޓާލުމަށް އީރާންގެ ރައީސް ހުށަހެޅުއްވީ ތިން ޝަރުތެއް

12 މާރިޗު 2026
ހަނގުރާމަ ހުއްޓާލުމަށް އީރާންގެ ރައީސް ހުށަހެޅުއްވީ ތިން ޝަރުތެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު