އެމެރިކާގެ ބިމަށް އީރާން އިން ހަމަލާ ދީފާނެ ކަމުގެ އިންޒާރެއް، ޓްރަމްޕް ވިދާޅުވީ ބިރު ނުގަންނަ ކަމަށް
އީރާން އިން އެމެރިކާގެ ބިމަށް ހަމަލާ ދީފާނެ ކަމުގެ އިންޒާރު އެފްބީއައި އިން ދީފައިވާއިރު، ނޫސްވެރިން ވަނީ ޓްރަމްޕްއާ އެ ސުވާލު އަމާޒު ކުރައްވާފައި. އެއާ އެކު ޓްރަމްޕް ވެސް ވަނީ، އީރާން އިން އެމެރިކާގެ ބިމަށް ހަމަލާ ދީފާނެތޯ އައްސަވައި ސުވާލެއް ކުރައްވާފައި. އެއަށް ފަހު ޓްރަމްޕް ވިދާޅުވީ، އެ ހަމަލާ ހަމަލާއަކާ މެދު ބިރު ނުގަންނަ ކަމަށް.


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް
އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަަށް މިހާރު ކުރިއަށް ގެންދާ، ހަނގުރާމައިގެ ސަބަބުން، އީރާން އިން އެމެރިކާގެ ބިމަށް ހަމަލާ ދީފާނެ ކަމުގެ އިންޒާރު ލިބިފައިވާއިރު، އެކަމާ ބިރު ނުގަންނަ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ އެފްބީއައި އިން އިންޒާރު ދީފައި ވަނީ، އީރާނުން އެމެރިކާގެ ހުޅަނދު ކަނޑުގެ ސަރަހައްދަށް ޑްރޯން ހަމަލާ ތަކެއް ދިނުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެ އެވެ. އެމެރިކާ އާއި އިޒްރޭލްގެ ހަމަލާ ތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން މިހާތަނަށް ހަމަލާ ދީފައި ވަނީ މެދު އިރުމަތީގެ ސަރަހައްދު ތަކުގައި ހުރި އެމެރިކާގެ އަމާޒު ތަކަށެވެ.
އީރާން އިން އެމެރިކާގެ ބިމަށް ހަމަލާ ދީފާނެ ކަމުގެ އިންޒާރު އެފްބީއައި އިން ދީފައިވާއިރު، ނޫސްވެރިން ވަނީ ޓްރަމްޕްއާ އެ ސުވާލު އަމާޒު ކޮށްފަ އެވެ. އެއާ އެކު ޓްރަމްޕް ވެސް ވަނީ، އީރާނުން އެމެރިކާގެ ބިމަށް ހަމަލާ ދީފާނެތޯ އައްސަވައި ސުވާލެއް ކުރައްވައިފަ އެވެ. އެއަށް ފަހު ޓްރަމްޕް ވިދާޅުވީ، އެ ހަމަލާއަކާ މެދު ބިރު ނުގަންނަ ކަމަށެވެ.
އޭބީސީ ނިއުސް އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެެމެރިކާގެ އެފްބީއައި އިން ވަނީ ކެލިފޯނިއާގެ ފުލުހުންނަށް އެކަމުގެ އިންޒާރު ދީފަ އެވެ. އެގޮތުން އެ އިންޒާރުގައި ބުނެފައި ވަނީ، އެމެރިކާ އިން އީރާނަށް ދިން ހަމަލާ ތަކުގެ ބަދަލު ހިފުމުގެ ގޮތުން، އީރާނުން އެމެރިކާގެ ހުޅަނގުގެ ކަނޑުގެ ސަރަހައްދަށް ޑްރޯން ހަމަލާ ތަކެއް ދިނުމުގެ ފުރުސަތު އޮތް ކަަމަށާއި، އެފަދަ ހަމަލާ އަކީ އެކަށީގެންވާ ހަމަލާއެއް ކަމަށެވެ.
މީގެ އިތުރުން މިދިޔަ ފެބްރުވަރީ މަހުގެ ފަހު ކޮޅު ވެސް އެފްބީއައި އިން އެފަދަ އިންޒާރުގެ މެސެޖެއް ފޮނުވާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެ މެސެޖުގައި ބުނެފައި ވަނީ މިއަހަރުގެ ފެބްރުވަރީ މަހުގެ ކުރީ ކޮޅު، އީރާނުން އެމެރިކާގެ ބިމަށް ހަމަލާ ދިނުމަށް ރާވާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މި ހަމަލާތައް ދިނުމަށް ރާވާފައި ވަނީ އެމެރިކާގެ ކަނޑުގެ ސަރަހައްދުން، ގޮތް ނޭނގޭ ބޯޓަކުން ކެލިފޯނިއާގެ ސަރަހައްދަށް ޑްރޯން ބޭނުން ކޮށްގެން ކަމަށް ވެސް ފާހަގަ ކޮށްފައިވެ އެވެ.
އެފްބީއައި އިން ބުނެފައި ވަނީ މި ހަމަލާ ދޭނެ ކަމަށް ބެލެވޭ ވަގުތާއި، ހަމަލާ ދިނުމަށް ރާވާފައިވާ ގޮތާއި، ހަމަލާ ދޭނެ ޓާގެޓު އަދި ހަމަލާ ދޭ ފަރާތްތަކާ ގުޅޭ އިތުރު މައުލޫމާތެއް ނެތް ކަމަށެވެ. މި ރިޕޯޓު ކޮށްފައިވާއިރު، އެފްބީއައި، ލޮސް އެންޖަލިސްގެ ފުލުހުން، ކެލިފޯނިއާގެ ގަވަރުނަރުގެ އޮފީސް އަދި ލޮސް އެންޖަލިސްގެ މޭޔަރުގެ ތަރުޖަމާނުން މި މައްސަލައާ ގުޅޭ ގޮތުން މިހާތަނަށް ވަކި އެއްޗެއް ބުނެފައި ނުވެ އެވެ.
ރޮއިޓާސް އިން މާޗު މަހުގެ ކުރީ ކޮޅު ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެމެރިކާގެ ހަމަލާ ތަކަށް ބަދަލު ހިފުމުގެ ގޮތުން އީރާން އާއި، އެ ޤައުމުގެ ބެކަޕްގައި ޙަރަކާތްތެރިވާ ފަރާތް ތަކުން، އެމެރިކާ އަށް ހަމަލާ ދިނުމަކީ އެކަށިގެންވާ ކަމެއް ކަމަށް ބެލެވޭ ކަމުގައި އެވެ.
އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ އިންޓެލިޖެންސް އެންޑް އެނަލިސިސް އޮފީހުން ތައްޔާރު ކޮށްފައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ، އީރާން އާއި އެ ޤައުމުގެ ބެކަޕްގައި އުޅޭ ފަރާތްތަކުން އެމެރިކާ އަށް ޚާއްޞަ ހަމަލާއެއް ދިނުމުގެ ބިރު ވަރަށް ބޮޑަށް އޮތް ކަމަށެވެ. ނަމަވެސް، ބޮޑު ނުވަތަ ބާރު ގަދަ ހަމަލާއެއް ދިނުމުގެ ފުރުސަތު ކުޑަކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
މަސްދަރު: ރޮއިޓާސް






