Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ހަނގުރާމަ ފެށުނު ފަހުން ބަހްރެއިން އިން މިހާތަނަށް 300 ޑްރޯން އާއި މިސައިލް ހުއްޓުވައިފި

ބަހްރެއިންގެ ޑިފެންސް ފޯސް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް އެ ޤައުމުގެ ވައިގެ ސަރަހައްދަށް ވަންނަން އުޅުނު 112 މިސައިލް އާއި، ގާތް ގަނޑަކަށް 186 ޑްރޯން ކާމިޔާބު ކަމާ އެކު ހުއްޓުވައި، ވައްޓާލާފައިވާ ކަމަށް. މިއީ ސަރަހައްދީ ރައްކާތެރިކަން ދެމެހެއްޓުމަށް، އެ ޤައުމުގެ އަސްކަރިއްޔާ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހޯދާފައިވާ ކާމިޔާބީއެއްގެ ގޮތުގައި ބަހްރެއިން އިން ވަނީ ސިފަ ކޮށްފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 މާރިޗު 2026 | ބުރާސްފަތި 10:06
ބަހްރެއިން އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ ތެޔޮ ރައްކާކުރާ މަރުކަޒަށް އީރާނުން ޑްރޯން ހަމަލާއެއް ދީފައިވާ ކަމަށް ރިޕޯޓު ކޮށްފައިވާ ދަނޑި ވަޅެއްގައި، އެ ގައުމުގެ ވެރިރަށް މަނާމާގެ މަތިން ދުން އަރަމުންދާ މަންޒަރު ފެންނަ ފޮޓޯއެއް

ބަހްރެއިން އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ ތެޔޮ ރައްކާކުރާ މަރުކަޒަށް އީރާނުން ޑްރޯން ހަމަލާއެއް ދީފައިވާ ކަމަށް ރިޕޯޓު ކޮށްފައިވާ ދަނޑި ވަޅެއްގައި، އެ ގައުމުގެ ވެރިރަށް މަނާމާގެ މަތިން ދުން އަރަމުންދާ މަންޒަރު ފެންނަ ފޮޓޯއެއް | ރޮއިޓާސް

އެމެރިކާ އާއި އިޒްރޭލުން އީރާންއާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން މެދު އިރުމަތީގެ މަސްރަހު ވަރަށް ބޮޑަށް ހޫނުވެފައިވާއިރު، މިހާތަނަށް 300 އެއްހާ ޑްރޯން އާއި މިސައިލް ހުއްޓުވާފައިވާ ކަމަށް، ބަހްރެއިންގެ ދިފާއީ ބާރުން ހާމަ ކޮށްފި އެވެ. 

ބަހްރެއިންގެ ޑިފެންސް ފޯސް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް އެ ޤައުމުގެ ވައިގެ ސަރަހައްދަށް ވަންނަން އުޅުނު 112 މިސައިލް އާއި، ގާތް ގަނޑަކަށް 186 ޑްރޯން ކާމިޔާބު ކަމާ އެކު ހުއްޓުވައި، ވައްޓާލާފައިވާ ކަމަށެވެ. މިއީ ސަރަހައްދީ ރައްކާތެރިކަން ދެމެހެއްޓުމަށް އެ ޤައުމުގެ އަސްކަރިއްޔާ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހޯދާފައިވާ ކާމިޔާބީއެއްގެ ގޮތުގައި ބަހްރެއިން އިން ވަނީ ސިފަ ކޮށްފަ އެވެ. 

މިއީ ކޮން ފަރާތަކުން ފޮނުވާލައިގެން ހުއްޓުވާފައިވާ ތަކެއްޗެއް ކަމެއް، ނުވަތަ ކޮން މިސްރާބަކުން އައި އެއްޗެއް ކަމެއް ބަހްރެއިންގެ އަސްކަރިއްޔާ އިން ސީދާ ހާމަ ކޮށްފައި ނުވެ އެވެ. ނަމަވެސް، މެދު އިރުމަތީގެ މަސްރަހު ނުތަނަވަސްވެފައިވާ މި ދަނޑި ވަޅުގައި، ބަހްރެއިން އަކީ އެމެރިކާގެ ފަސް ވަނަ ފްލީޓު ޤާއިމު ވެފައިވާ ޤައުމަކަށް ވާއިރު، އެ ޤައުމުގެ ދިފާއީ ނިޒާމު ވަނީ ވަރަށް ބޮޑަށް ވަރުގަދަ ކޮށްފަ އެވެ. 

މީގެ އިތުރުން ބަހްރެއިންގެ ދިފާއީ ބާރުން ބުނި ގޮތުގައި މިސައިލް ތަކާއި ޑްރޯންތައް ދެނެ ގަނެ، އެ ތަކެތި ހުއްޓުވުމަށްޓަކައި އެންމެ ޒަމާނީ ޓެކްނޮލޮޖީ އާއި ރާޑަރު ސިސްޓަމްތައް ދަނީ ބޭނުން ކުރަމުންނެވެ. އަދި ޤައުމުގެ އިސްތިޤުލާލާއި، ރައްޔިތުންގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމަށްޓަކައި އަސްކަރިއްޔާ އިން 24 ގަޑިއިރު ފާރަވެރި ވަމުންދާ ކަމަށް ވެސް އެ ޤައުމުން ބުނެފައިވެއެވެ. 

މެދު އިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަރަހައްދީ ޤައުމު ތަކަށް އޮތް ނުރައްކާ ބޮޑުވެފައިވާއިރު، ބަހްރެއިން އިން މި ހާމަ ކުރި ތަފާސް ހިސާބު ތަކުން ދޭހަވަނީ އެ ސަރަހައްދުގެ ވައިގެ ސަރަހައްދުގައި އޮތް ނުރައްކާތެރި ކަމުގެ މިންވަރު ކަމަށް މާހިރުން ފާހަގަ ކުރެ އެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ބަޙްރައިން

އިތުރަށް ކިޔާލަން

12 މާރިޗު 2026

އީރާންގެ އަންހެން ކުދިންގެ ސްކޫލް އަށް ދިން ހަމަލާ، އިޓަލީގެ ބޮޑު ވަޒީރު ކުށްވެރި ކުރައްވައިފި

12 މާރިޗު 2026
އީރާންގެ އަންހެން ކުދިންގެ ސްކޫލް އަށް ދިން ހަމަލާ، އިޓަލީގެ ބޮޑު ވަޒީރު ކުށްވެރި ކުރައްވައިފި
12 މާރިޗު 2026

ހަނގުރާމާއާއެކު ރާއްޖެއަށް ވަންނަ ޑޮލަރު މަދުވެ، ޑޮލަރުން ހޭދަ ކުރާވަރު ވަރަށް ބޮޑަށް އިތުރުވޭ، ކުރިއަށް އޮތްތަނުގައި އަމަލުކުރާނެ ގޮތުގެ ޕްލޭން ސަރުކާރުން ކިޔައިދޭން ޖެހޭ: އަމްރު

12 މާރިޗު 2026
ހަނގުރާމާއާއެކު ރާއްޖެއަށް ވަންނަ ޑޮލަރު މަދުވެ، ޑޮލަރުން ހޭދަ ކުރާވަރު ވަރަށް ބޮޑަށް އިތުރުވޭ، ކުރިއަށް އޮތްތަނުގައި އަމަލުކުރާނެ ގޮތުގެ ޕްލޭން ސަރުކާރުން ކިޔައިދޭން ޖެހޭ: އަމްރު
12 މާރިޗު 2026

އިޒްރޭލްގެ ޖާސޫސީ އިދާރާގެ މައި މަރުކަޒަށް އީރާން އިން ޑްރޯން ހަމަލާ ތަކެއް ދީފި

12 މާރިޗު 2026
އިޒްރޭލްގެ ޖާސޫސީ އިދާރާގެ މައި މަރުކަޒަށް އީރާން އިން ޑްރޯން ހަމަލާ ތަކެއް ދީފި
12 މާރިޗު 2026

އީރާންގެ ވެރިންނާއި ތަންތަން ހިމެނޭހެން، 19 އޮފިޝަލަކާ ދެކޮޅަށް އީޔޫ އިން އައު ފިޔަވަޅު ތަކެއް އަޅައިފި

12 މާރިޗު 2026
އީރާންގެ ވެރިންނާއި ތަންތަން ހިމެނޭހެން، 19 އޮފިޝަލަކާ ދެކޮޅަށް އީޔޫ އިން އައު ފިޔަވަޅު ތަކެއް އަޅައިފި
12 މާރިޗު 2026

ތެލުގެ އަގު ނުހައްގުން އުފުލާ ކުންފުނިތަކާ ދެކޮޅަށް ފިޔަވަޅު އަޅާނަން: ބޮޑު ވަޒީރު ސްޓާމަރ

12 މާރިޗު 2026
ތެލުގެ އަގު ނުހައްގުން އުފުލާ ކުންފުނިތަކާ ދެކޮޅަށް ފިޔަވަޅު އަޅާނަން: ބޮޑު ވަޒީރު ސްޓާމަރ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު