Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާނުގެ ހަމަލާތަކުގައި މެދުއިރުމަތީގައި ހުރި އެމެރިކާގެ 17 ތަނަކަށް ގެއްލުންދީފި: ނިއުޔޯކް ޓައިމްސް

އިޒްރޭލާއި އެމެރިކާއިން އީރާނަށް ދެމުންދާ ހަމަލާތަކުގެ ބަދަލުގައި، މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ އަދި ޑިޕްލޮމެޓިކް 17 ތަނަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ނިއުޔޯކް ޓައިމްސްގެ ހޯދުންތަކުން ހާމަވެއްޖެ. މި ހަމަލާތަކުގައި އެމެރިކާގެ އަގުބޮޑު ވައިގެ ދިފާއީ ނިޒާމުތަކާއި ރޭޑާ ސިސްޓަމްތަކަށް ބޮޑެތި މާލީ ގެއްލުންތަކެއް ލިބިފައިވާއިރު، ބައެއް ގައުމުތަކުގައި ހުރި އެމެރިކާގެ އެމްބަސީތައްވެސް ވަނީ ބަންދުކުރަން ޖެހިފައި. މި ހަމަލާތަކުން އީރާނުގެ އަސްކަރީ ގާބިލުކަން ހާމަވެފައިވާއިރު، މި ކުރިމަތިލުންތަކުގައި އެމެރިކާ ސިފައިންގެ ބައެއް މީހުން މަރުވެ ގިނަ ބަޔަކަށް ވަނީ އަނިޔާވެފައި.

ރާއްޖެ އެމްވީ | 12 މާރިޗު 2026 | ބުރާސްފަތި 02:02
ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް އީރާނުން ކާމިޔާބު ހަމަލާތަކެއް ދީފައިވާކަން ހާމަކޮށްދޭ ސެޓެލައިޓް ފޮޓޯތަކެއް އާންމުވެއްޖެ.

ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް އީރާނުން ކާމިޔާބު ހަމަލާތަކެއް ދީފައިވާކަން ހާމަކޮށްދޭ ސެޓެލައިޓް ފޮޓޯތަކެއް އާންމުވެއްޖެ. | ޕްރެސްޓީވީ

މެދުއިރުމަތީގައި ހުރި އެމެރިކާގެ މަދުވެގެން 17 ތަނަކަށް އީރާނުގެ ހަމަލާތަކުގައި ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އިޒްރޭލާއި ވޮޝިންޓަނުން ގުޅިގެން އީރާނަށް ހަމަލާދޭން ފެށި ފަހުން، އީރާނުން ދިން ޑްރޯން އަދި މިސައިލް ހަމަލާތަކުގައި މެދުއިރުމަތީގެ އެކި ސަރަހައްދުތަކުގައި ހުރި އެމެރިކާގެ އަސްކަރީ، ޑިޕްލޮމެޓިކް އަދި ވައިގެ ދިފާއީ ނިޒާމުތައް ހިމެނޭ މަދުވެގެން 17 ތަނަކަށް ގެއްލުން ލިބިފައިވާކަން ނިއުޔޯކް ޓައިމްސްއިން ބުދަ ދުވަހު ކުރި ދިރާސާތަކުން ވަނީ ހާމަވެފަ އެވެ.

ގެއްލުން ލިބުނު ތަންތަނުގެ ތެރެއިން މަދުވެގެން 11 ތަނަކީ އަސްކަރީ މަރުކަޒުތަކާއި ވަސީލަތްތަކެވެ. މިއީ މެދުއިރުމަތީގައި ގާއިމުކޮށްފައިވާ އެމެރިކާގެ އެފަދަ ހުރިހާ ވަސީލަތްތަކުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައެވެ.

އީރާނުގެ ހަމަލާތަކުގައި އެންމެ ބޮޑު މާލީ ގެއްލުމެއް ލިބިފައިވަނީ ވައިގެ ދިފާއީ ނިޒާމުތަކަށެވެ. އެގޮތުން ގަތަރުގެ އުއްމު ދަހަލް ކައިރީގައި ހުންނަ، 4،800 ކިލޯމީޓަރު (3،000 މޭލު) ގެ ސަރަހައްދެއް ބެލެހެއްޓުމުގެ ގާބިލުކަން ހުރި 1.1 ބިލިއަން ޑޮލަރުގެ އާލީ-ވޯނިންގ ރޭޑާ ސިސްޓަމަށް ގެއްލުން ލިބިފައިވާކަން ސެޓެލައިޓް ފޮޓޯތަކުން ފެންނަން އެބަހުއްޓެވެ.

މީގެ އިތުރުން، "ޓާމިނަލް ހައި އެލްޓިޓިއުޑް އޭރިއާ ޑިފެންސް" (ތާޑް) ނިޒާމުގެ ބައެއް ބައިތަކަށްވެސް އީރާނުން ހަމަލާދީފައިވާ ކަމަށް އެ ނޫހުގެ ދިރާސާ އިން ދައްކައެވެ.

ފެބްރުއަރީ 28 ވަނަ ދުވަހު ބަހްރެއިންގައި ހުންނަ އެމެރިކާގެ ކަނޑުގެ ސިފައިންގެ ފަސްވަނަ ފްލީޓްގެ މައި މަރުކަޒަށް ދިން ހަމަލާގައި ލިބުނު ގެއްލުން ގާތްގަނޑަކަށް 200 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ޕެންޓަގަނުން އަންދާޒާކޮށްފައިވާ ކަމަށް ކޮންގްރެސްގެ އޮފިޝަލަކާ ހަވާލާދީ ނިއުޔޯކް ޓައިމްސްއިން ރިޕޯޓްކުރެއެވެ.

އީރާނުން އެމެރިކާގެ ޑިޕްލޮމެޓިކް މިޝަންތަކަށްވެސް އަމާޒުކޮށް ހަމަލާދީފައިވާއިރު، މީގެ ސަބަބުން ދުބާއީގައި ހުންނަ ކޮންސިއުލޭޓާއި، ކުވައިތު ސިޓީ އަދި ރިޔާޟްގައި ހުންނަ އެމްބަސީތައް ވަގުތީ ގޮތުން ބަންދުކުރަން ޖެހުނެވެ. ނަމަވެސް މި ހަމަލާތަކުގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

އެމެރިކާގެ އޮފިޝަލުން އެ ނޫހަށް މައުލޫމާތު ދެއްވި ގޮތުގައި، މި ހަމަލާތަކުން އެނގިގެންދަނީ ޓްރަމްޕް ސަރުކާރުގެ ގިނަ ބަޔަކު ހީކުރި ވަރަށްވުރެ ބޮޑަށް އީރާނުން އޮތީ ހަނގުރާމައަކަށް ތައްޔާރުވެގެން ކަމެވެ.

މެދުއިރުމަތީގެ މަސްރަހު ގޯސްވެގެން ދިޔައީ ފެބްރުއަރީ 28 ވަނަ ދުވަހު އިޒްރޭލާއި އެމެރިކާއިން ގުޅިގެން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެންނެވެ. މި ހަމަލާތަކުގައި މިހާތަނަށް 1،200 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނާއިރު، އޭގެ ތެރޭގައި އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީވެސް ހިމެނިވަޑައިގަންނަވައެވެ.

އީރާނުން ދެމުންދާ ބަދަލުހިފުމުގެ ހަމަލާތަކުގައި، މި ކެމްޕޭން ފެށުނީއްސުރެ އެމެރިކާގެ އަސްކަރިއްޔާގެ އަށް މީހަކު މަރުވެ، ގާތްގަނޑަކަށް 140 މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ.

އީރާން-ޔޫއެސްއޭ-އިޒްރޭލްއީރާން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ބަހްރެއިންގެ ތެޔޮ ރައްކާކުރާ މަރުކަޒަކަށް އީރާނުން ހަމަލާދީފި

ބަހްރެއިންގެ ތެޔޮ ރައްކާކުރާ މަރުކަޒަކަށް އީރާނުން ހަމަލާދީފި

12 މާރިޗު 2026
'ރާނުގެ ބަނދަރުތަކަށް ހަމަލާދީފިނަމަ ފާރިސީ ކަނޑުއޮޅީގެ ހުރިހާ ބަނދަރުތަކަކީ ހަމަލާ ދޭނެ ކަމަށް އީރާނުން ބުނެފި

'ރާނުގެ ބަނދަރުތަކަށް ހަމަލާދީފިނަމަ ފާރިސީ ކަނޑުއޮޅީގެ ހުރިހާ ބަނދަރުތަކަކީ ހަމަލާ ދޭނެ ކަމަށް އީރާނުން ބުނެފި

12 މާރިޗު 2026
އައިއާރުޖީސީން ހިޒްބުاللهއާ ގުޅިގެން އިޒްރޭލުގެ އެކި ސަރަހައްދުތަކަށާއި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފި

އައިއާރުޖީސީން ހިޒްބުاللهއާ ގުޅިގެން އިޒްރޭލުގެ އެކި ސަރަހައްދުތަކަށާއި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފި

12 މާރިޗު 2026
އީރާނުން ކުވައިތުގައި ހުންނަ އެމެރިކާ ބޭސްތަކަށް ހަމަލާދީ އެމެރިކާގެ 100 ސިފައިން ޒަޚަމްކޮށްފި

އީރާނުން ކުވައިތުގައި ހުންނަ އެމެރިކާ ބޭސްތަކަށް ހަމަލާދީ އެމެރިކާގެ 100 ސިފައިން ޒަޚަމްކޮށްފި

12 މާރިޗު 2026
އިރާނުގެ އިންޒާރު: ސަރަހައްދުން "ތެޔޮ ލީޓަރެއް" ވެސް ބޭރު ވިޔަ ނުދީ ހިފަހައްޓަފާނަން

އިރާނުގެ އިންޒާރު: ސަރަހައްދުން "ތެޔޮ ލީޓަރެއް" ވެސް ބޭރު ވިޔަ ނުދީ ހިފަހައްޓަފާނަން

11 މާރިޗު 2026

އަހަރުތަކުން މިއަދު

11 މާރިޗު
ގާރލިކް ޓަސްކަން ޗިކެން
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގާރލިކް ޓަސްކަން ޗިކެން

އަލުވި ޗީޒް ޕޭންކޭކް
20242 އަހަރު ކުރިން
ލައިފް ސްޓައިލް

އަލުވި ޗީޒް ޕޭންކޭކް

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް
20233 އަހަރު ކުރިން
ރާއްޖެ

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ
20224 އަހަރު ކުރިން
ރާއްޖެ

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!
20215 އަހަރު ކުރިން
ރިޕޯޓު

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!
20197 އަހަރު ކުރިން
ރިޕޯޓު

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު