Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ހިޒްބުﷲ

ހިޒްބުﷲއިން އިޒްރޭލަށް ވަރުގަދަ ރޮކެޓް ހަމަލާތަކެއް ދީފި

އިޒްރޭލުން ލުބުނާނުގެ އެކި ސަރަހައްދުތަކަށް ދެމުންދާ ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން، "އޮޕަރޭޝަން އީޓަން ސްޓްރޯ" ގެ ނަމުގައި ހިޒްބުﷲ އިން ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ފަށައިފި. މި އޮޕަރޭޝަނުގެ ދަށުން އިޒްރޭލުގެ އުތުރުގައިވާ އަސްކަރީ މަރުކަޒުތަކަށާއި އާބާދީތަކަށް ގިނަ އަދަދެއްގެ ރޮކެޓް ހަމަލާތަކެއް ދީފައިވާއިރު، މިއީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އިޒްރޭލުން ޚިލާފުވުމާ ގުޅިގެން ދިން ހަމަލާތަކެއް ކަމަށް އެ ޖަމާއަތުން ބުނޭ. ހިޒްބުﷲ އިން ފާހަގަކުރި ގޮތުގައި މި ހަމަލާތަކަކީ އިޒްރޭލުގެ އުދުވާނާ ކުރިމަތިލުމުގައި ކެތްތެރިކަން ކޮޅުންލުމުން ދޭން ފެށި ވަރުގަދަ ރައްދެއް.

ރާއްޖެ އެމްވީ | 12 މާރިޗު 2026 | ބުރާސްފަތި 01:17
ހިޒްބުﷲއިން އިޒްރޭލުގެ ނަތާންޔާއަށް ދިން މިސައިލް ހަމަލާއެއް އެ ސިޓީގެ ގެއަކަށް އެރުމާ ގުޅިގެން، އެ ސަރަހައްދަށް ލިބިފައިވާ ބޮޑެތި ގެއްލުންތައް ފެންނަ މަންޒަރެއް.

ހިޒްބުﷲއިން އިޒްރޭލުގެ ނަތާންޔާއަށް ދިން މިސައިލް ހަމަލާއެއް އެ ސިޓީގެ ގެއަކަށް އެރުމާ ގުޅިގެން، އެ ސަރަހައްދަށް ލިބިފައިވާ ބޮޑެތި ގެއްލުންތައް ފެންނަ މަންޒަރެއް. | އެކްސް

އިޒްރޭލުން ލުބުނާނުގެ އިސްތިގުލާލަށް އަރައިގަނެ، ހިންގަމުންދާ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން އިޒްރޭލުގެ އެކި އަމާޒުތަކަށް ގިނަ އަދަދެއްގެ ރޮކެޓް ހަމަލާތަކެއް ފޮނުވާލާފައިވާ ކަމަށް ހިޒްބުﷲ އިން އިއުލާންކޮށްފިއެވެ.

ލުބުނާނުގެ މި ޖަމާއަތުން ބުދަ ދުވަހު ވަނީ، އިޒްރޭލުން ހިސޯރުކޮށްފައިވާ ފަލަސްތީނުގެ ބިންތަކަށް އަމާޒުކޮށް "އޮޕަރޭޝަން އީޓަން ސްޓްރޯ"  ގެ ނަމުގައި އަސްކަރީ އޮޕަރޭޝަނެއް ފަށާފައިވާކަން ހާމަކޮށްފައެވެ.

ހިޒްބުﷲ އިން ބުނި ގޮތުގައި މި އޮޕަރޭޝަނަކީ ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ ދެކުނު ސަރަހައްދުތައް ހިމެނޭހެން، އެ ގައުމުގެ އެތައް ސިޓީއަކަށާއި އަވަށްތަކަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން ހިންގާ އޮޕަރޭޝަނެކެވެ.

އެ ޖަމާއަތުން ބުނީ، ލުބުނާނުގެ ބޯޑަރު ކައިރީގައިވާ އިޒްރޭލުގެ ޣައިރުގާނޫނީ އާބާދީތަކުގެ ތެރެއިން، ހުސްކުރުމަށް މީގެ ކުރިން އިންޒާރު ދީފައިވާ ސަރަހައްދުތަކަށް އެ ޖަމާއަތުގެ މުޖާހިދުން ރޮކެޓް ހަމަލާތައް ދީފައިވާ ކަމަށެވެ.

މި އިންޒާރު ދީފައިވަނީ ބޯޑަރުން ފެށިގެން ފަސް ކިލޯމީޓަރުގެ ރޭޑިއަސްއެއްގައި ހިމެނޭ އާބާދީތަކަށް ކަމަށްވެސް އެ ޖަމާއަތުން ފާހަގަކުރިއެވެ.

ހިޒްބުﷲ އިން ހަމަލާ ދިން އާބާދީތަކުގެ ތެރޭގައި ކިރްޔަތު ޝްމޯނާ އާއި ނަހަރިއްޔާ ހިމެނޭ ކަމަށް އެ ޖަމާއަތުން ބުންޏެވެ.

މީގެ އިތުރުން، އިޒްރޭލުން ހިފާފައިވާ ބިންތަކުގެ އުތުރު ސަރަހައްދުތަކުގައި ހުރި އިޒްރޭލުގެ އަސްކަރީ އިންފްރާސްޓްރަކްޗާތަކަށް ވެސް ރައްދު ހަމަލާތައް ދީފައިވާ ކަމަށް ހިޒްބުﷲ އިން ރިޕޯޓްކޮށްފައިވެއެވެ.

"މުޖާހިދުން ވަނީ ހިފާފައިވާ ހައިފާ ސިޓީގެ އިރުއުތުރުގައި ހުންނަ މިސްގަވް ބޭސްއަށާއި، ޔޯޑިފަޓް މިލިޓަރީ އިންޑަސްޓްރީޒް ކުންފުންޏަށް އަމާޒުކޮށް އެތައް ރޮކެޓެއް ފޮނުވާލާފައި،" ހިޒްބުﷲ އިން ނެރުނު ބަޔާނުގައިވެއެވެ.

މި ރޮކެޓް ހަމަލާތަކަކީ އިޒްރޭލުން އެންމެ ފަހުން ފެށި އުދުވާނަށްފަހު، ހިޒްބުﷲ އިން އެއްފަހަރާ ފޮނުވާލި އެންމެ ވަރުގަދަ އަދި އެންމެ ގިނަ ރޮކެޓް ހަމަލާތައް ކަމަށް ސިފަކޮށްފައިވެއެވެ.

މި މަހުގެ ކުރީކޮޅު ހިޒްބުﷲގެ ސެކްރެޓަރީ ޖެނެރަލް ޝައިޚް ނައީމް ގާސިމް ވިދާޅުވީ، މިއީ އެއް އަހަރަށްވުރެ ގިނަ ދުވަހު ކެތްތެރިކަން އިސްކުރުމަށްފަހު ދިން ހަމަލާތަކެއް ކަމަށާއި، އިޒްރޭލުގެ އުދުވާނާ ކުރިމަތިލުމުގައި ކެތްތެރިކަމުގެވެސް ހައްދެއް އޮންނާނެ ކަމަށް ތަކުރާރުކޮށް އިންޒާރު ދީފައިވާނެ ކަމަށެވެ.

ޝައިޚް ގާސިމް ފާހަގަކުރެއްވި ގޮތުގައި، އެއް އަހަރާއި ތިން މަސް ދުވަސް ވަންދެން އިޒްރޭލާއި އެމެރިކާގެ ދުޝްމަނުން ވަނީ އުދުވާން ކުރިއަށް ގެންގޮސްފައެވެ. އަދި 2024 ނޮވެމްބަރު 27 ގައި ލުބުނާނު ސަރުކާރާއެކު އެއްބަސްވި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ހިޒްބުﷲ އިން އިހުތިރާމް ކުރި ނަމަވެސް، އިޒްރޭލުން އެ އެއްބަސްވުމުގެ އެއްވެސް މާއްދާއަކަށް އަމަލުކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިޒްރޭލާއި ހިޒްބުﷲ އާ ދެމެދު އެއްބަސްވުމަކަށް އައީ، ލުބުނާނުގެ އެތައް ހާސް ބައެއްގެ ފުރާނަ ގެއްލިގެންދިޔަ ވަރުގަދަ ހަމަލާތައް ހުއްޓާލުމަށް އިޒްރޭލުން ވައުދުވުމާ ގުޅިގެންނެވެ.

ހިޒްބުﷲއޮޕަރޭޝަން އީޓަން ސްޓްރޯޝައިޚް ނައީމް ގާސިމްއިޒްރޭލް-ލުބުނާން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އައިއާރުޖީސީން ހިޒްބުاللهއާ ގުޅިގެން އިޒްރޭލުގެ އެކި ސަރަހައްދުތަކަށާއި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފި

އައިއާރުޖީސީން ހިޒްބުاللهއާ ގުޅިގެން އިޒްރޭލުގެ އެކި ސަރަހައްދުތަކަށާއި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފި

12 މާރިޗު 2026
އީރާން ހަނގުރާމައިގެ އަށްވަނަ ދުވަސް: އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ހިނގަމުންދަނީ ކޮން ކަންތައްތަކެއް؟

އީރާން ހަނގުރާމައިގެ އަށްވަނަ ދުވަސް: އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ހިނގަމުންދަނީ ކޮން ކަންތައްތަކެއް؟

08 މާރިޗު 2026
ހަނގުރާމައިގެ 6 ވަނަ ދުވަސް - އިޒްރޭލުން ފާއިތުވި ފަސް ދުވަހު އީރާނަށް ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 1،045 އަށް އަރައިިފި

ހަނގުރާމައިގެ 6 ވަނަ ދުވަސް - އިޒްރޭލުން ފާއިތުވި ފަސް ދުވަހު އީރާނަށް ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 1،045 އަށް އަރައިިފި

05 މާރިޗު 2026
އީރާނުން އިންޒާރު: އީރާނުގެ އެމްބަސީއަކަށް ހަމަލާދީފި ނަމަ އިޒްރޭލުގެ ހުރިހާ އެމްބަސީތަކަކީ ހަމަލާ ދެވިދާނެ ތަންތަން

އީރާނުން އިންޒާރު: އީރާނުގެ އެމްބަސީއަކަށް ހަމަލާދީފި ނަމަ އިޒްރޭލުގެ ހުރިހާ އެމްބަސީތަކަކީ ހަމަލާ ދެވިދާނެ ތަންތަން

04 މާރިޗު 2026
އީރާން ހަނގުރާމައިގެ ނުރައްކާ ސައިޕްރަސް އަށް ފޯރައި، ފަރަންސޭސިވިލާތުން ސައިޕްރަސްއަށް ޑްރޯން ދިފާއީ ނިޒާމު ފޮނުވަނީ

އީރާން ހަނގުރާމައިގެ ނުރައްކާ ސައިޕްރަސް އަށް ފޯރައި، ފަރަންސޭސިވިލާތުން ސައިޕްރަސްއަށް ޑްރޯން ދިފާއީ ނިޒާމު ފޮނުވަނީ

03 މާރިޗު 2026

އަހަރުތަކުން މިއަދު

11 މާރިޗު
ގާރލިކް ޓަސްކަން ޗިކެން
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގާރލިކް ޓަސްކަން ޗިކެން

އަލުވި ޗީޒް ޕޭންކޭކް
20242 އަހަރު ކުރިން
ލައިފް ސްޓައިލް

އަލުވި ޗީޒް ޕޭންކޭކް

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް
20233 އަހަރު ކުރިން
ރާއްޖެ

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ
20224 އަހަރު ކުރިން
ރާއްޖެ

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!
20215 އަހަރު ކުރިން
ރިޕޯޓު

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!
20197 އަހަރު ކުރިން
ރިޕޯޓު

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު