Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް ވެޓަރަންސް ކަޕް

އެފްއޭއެމް ވެޓަރަންސް ކަޕް: ޔޫވީ އާއި ބުރުގެ ކުރިމަތިލުން އެއްވަރު

މެޗުގައި ޔޫވީ އިން ދެ ލަނޑު ޖަހައިގެން ކުރި ހޯދާފައި ވަނިކޮށް، ބުރުން ވަނީ ފަހަތުން އަރައި ނަތީޖާ ހަމަހަމަ ކޮށްފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 ފެބުރުއަރީ 2026 | ހޯމަ 08:30
އެފްއޭއެމް ވެޓަރަންސް ކަޕްގައި ބުރު އަދި ޔޫވީ ބައްދަލު ކުރި މެޗުގެ ތެރެއިން.

އެފްއޭއެމް ވެޓަރަންސް ކަޕްގައި ބުރު އަދި ޔޫވީ ބައްދަލު ކުރި މެޗުގެ ތެރެއިން. | ސޯޝަލް މީޑިއާ

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރިއަށް ގެންދާ، އެފްއޭއެމް ވެޓަރަންސް ކަޕްގެ ގުރޫޕް ބީގައި ޔުނައިޓެޑު ވިކްޓަރީ (ޔޫވީ) އާއި، ބުރު ސްޕޯޓްސް ކުލަބު ބައްދަލު ކުރި މެޗު އެއްވަރު ވެގެން ނިމިއްޖެ އެވެ.

އާދިއްތަ ދުވަހުގެ ހަވީރު މާފަންނު ޓާފްގައި ކުޅުނު މެޗު ނިމުނީ ދެ ޓީމު 2-2 އިން އެއްވަރު ވެގެންނެވެ. މެޗުގައި ޔޫވީ އިން ދެ ލަނޑު ޖަހައިގެން ކުރި ހޯދާފައި ވަނިކޮށް، ބުރުން ވަނީ ފަހަތުން އަރައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. 

މެޗު ފަށައިގެން ނުވަ ވަނަ މިނެޓުގައި ޔޫވީ އަށް ލީޑު ނަގައިދިނީ އަލީ މޫސާ އެވެ. އޭގެ ފަހުން 24 ވަނަ މިނެޓުގައި އިބްރާހީމް މުއާޒް ވަނީ ޔޫވީގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ބުރުގެ ފުރަތަމަ ލަނޑު ޖެހީ ޙުސެއިން ޝަޒީމް އެވެ. އޭގެ ފަހުން މެޗުގެ ދެ ވަނަ ހާފުގެ 60 ވަނަ މިނެޓުގައި ބުރަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ވެސް ޝަޒީމް އެވެ.

ޔޫވީ އާއި ބުރުގެ އިތުރުން، ދެން މި ގުރޫޕުގައި އޮތީ ހުއްރިއްޔާ ސްޕޯޓްސް ކުލަބު (ހުރާ) އާއި، ހުޅުމާލެ ވެޓަރަންސް ކުލަބު އަދި ޕޮލިސް ކުލަބެވެ. އެފްއޭއެމް އިން މިއަހަރުގެ ވެޓަރަންސް ކަޕް ބާއްވާއިރު، މުބާރާތުގައި ޖުމުލަ 10 ޓީމެއް ވާދަ ކުރެ އެވެ. ދެ ގުރޫޕަށް ބަހާލައިގެން މުބާރާތް ކުރިއަށް ގެންދާއިރު، ކޮންމެ ގުރޫޕެއްގައި އޮތީ ފަސް ޓީމެވެ.

އެފްއޭއެމް ވެޓަރަންސް ކަޕް

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2026

އެފްއޭއެމް ވެޓަރަންސް ކަޕް: މުއިވެޔޮ އިން ފުރަތަމަ މެޗު ކާމިޔާބު ކުރިއިރު، މިފަހަރު ވެސް ކެޕްޓަން އަކީ ނައިބު ރައީސް ޙުސެއިން

22 ފެބުރުއަރީ 2026
އެފްއޭއެމް ވެޓަރަންސް ކަޕް: މުއިވެޔޮ އިން ފުރަތަމަ މެޗު ކާމިޔާބު ކުރިއިރު، މިފަހަރު ވެސް ކެޕްޓަން އަކީ ނައިބު ރައީސް ޙުސެއިން
21 ފެބުރުއަރީ 2026

އެފްއޭއެމް ވެޓަރަންސް ކަޕް: ފުރަތަމަ މެޗުގައި ގްރާންޑޭ ބަލިކޮށް ނިއު އަށް ރަނގަޅު ފެށުމެއް

21 ފެބުރުއަރީ 2026
އެފްއޭއެމް ވެޓަރަންސް ކަޕް: ފުރަތަމަ މެޗުގައި ގްރާންޑޭ ބަލިކޮށް ނިއު އަށް ރަނގަޅު ފެށުމެއް
20 މާރިޗު 2025

ޒަލޮޓް އިން މެޗު ދޫކޮށްލުމުން، ވިލިމާލެ އަށް މެޗު ލިބިއްޖެ

20 މާރިޗު 2025
ޒަލޮޓް އިން މެޗު ދޫކޮށްލުމުން، ވިލިމާލެ އަށް މެޗު ލިބިއްޖެ
19 މާރިޗު 2025

ޕޮލިހުން ސްޓެލްކޯގެ މައްޗަށް ކުރި ހޯދައިފި

19 މާރިޗު 2025
ޕޮލިހުން ސްޓެލްކޯގެ މައްޗަށް ކުރި ހޯދައިފި
18 މާރިޗު 2025

ހުއްރިއްޔާ އާއި ސިފައިން ފުއްދާލަން ޖެހުނީ ޕޮއިންޓަކުން

18 މާރިޗު 2025
ހުއްރިއްޔާ އާއި ސިފައިން ފުއްދާލަން ޖެހުނީ ޕޮއިންޓަކުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު