Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާނުގެ ތެލުގެ މަރުކަޒުތަކަށް އިޒްރޭލާއި އެމެރިކާ އިން ދިން ހަމަލާގައި 4 މީހުން މަރު

އީރާނުގެ ތެޔޮ ރައްކާކުރާ މަރުކަޒުތަކަށް ދިން ހަމަލާތަކުގައި ހަތަރު މީހަކު މަރުވެ، ތެޔޮ ފޯރުކޮށްދިނުމުގެ ނިޒާމަށް ބޮޑެތި ބުރޫތަކެއް ވަނީ އަރާފައި. މި ހަމަލާތަކުގެ ސަބަބުން ވައިގެ ތެރެއަށް ނުރައްކާތެރި ކެމިކަލްތައް ފެތުރިފައިވާތީ، ސިއްހީ ރައްކާތެރިކަމަށްޓަކައި އާންމު ރައްޔިތުން ގޭގައި މަޑުކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައި. މީގެ އިތުރުން، އެސިޑް ވާރޭ ވެހުމުގެ ފުރުސަތު އޮތުމާއެކު ތިމާވެއްޓަށް ލިބިދާނެ ގެއްލުންތަކަށް ސަމާލުވުމަށް ވެސް ވަނީ އަންގާފަ.

ރާއްޖެ އެމްވީ | 8 މާރިޗު 2026 | އާދީއްތަ 13:00
އިޒްރޭލުން ތެހެރާނުގެ ހުޅަނގުގައި ހުންނަ ޝަހްރާން ތެޔޮ ގުދަނަށް ހަމަލާދީފައިވާ ކަމަށް ރިޕޯޓްތައް ބުނަމުންދާއިރު، އެ ސަރަހައްދުގެ އުޑުމަތިން ބޮޑެތި އަލިފާންގަނޑުތައް ވަނީ ފެނިފައި.

އިޒްރޭލުން ތެހެރާނުގެ ހުޅަނގުގައި ހުންނަ ޝަހްރާން ތެޔޮ ގުދަނަށް ހަމަލާދީފައިވާ ކަމަށް ރިޕޯޓްތައް ބުނަމުންދާއިރު، އެ ސަރަހައްދުގެ އުޑުމަތިން ބޮޑެތި އަލިފާންގަނޑުތައް ވަނީ ފެނިފައި. | އެކްސް

އެމެރިކާއާއި އިޒްރޭލުން ރޭ ތެހެރާނާއި އެ ސިޓީގެ ކައިރީގައި ހުރި ތެލުގެ ފަސް މަރުކަޒަކަށް ދިން ހަމަލާތަކެއްގައި ހަތަރު މީހަކު މަރުވެފައިވާ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދިން އޮފިޝަލަކު އާދީއްތަ ދުވަހު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިރާނިއަން އޮއިލް ޕްރޮޑަކްޓްސް ޑިސްޓްރިބިއުޝަން ކޮމްޕެނީގެ ސީއީއޯ ކަރާމަތު ވޭސްކަރާމީ ދައުލަތުގެ ޓީވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރޭގެ ވަގުތެއްގައި ދުޝްމަނުންގެ ބޯޓުތަކުން ތެހެރާނާއި އަލްބޯރްޒްގައި ހުރި ތެލުގެ ހަތަރު ގުދަނަކަށާއި، ޕެޓްރޯލިއަމް އުފެއްދުންތައް އުފުލާ މަރުކަޒަކަށް ހަމަލާދީފައިވާ ކަމަށެވެ.

ވޭސްކަރާމީ އިތުރަށް ވިދާޅުވީ، މި ހާދިސާގައި އެ ކުންފުނީގެ ހަތަރު މުވައްޒަފަކު މަރުވެފައިވާ ކަމަށާއި، އޭގެ ތެރޭގައި ތެޔޮ އުފުލާ ލޮރީ ދުއްވާ ދެ ޑްރައިވަރުން ހިމެނޭ ކަމަށެވެ. އަދި މި ހަމަލާތަކުގައި އެ ތަންތަނަށް ގެއްލުން ލިބުނު ނަމަވެސް، ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އީރާނުގެ ވެރިރަށުގައި ތެޔޮ ފޯރުކޮށްދިނުމުގެ ހިދުމަތް "ވަގުތީ ގޮތުން މެދުކެނޑިފައިވާ" ކަމަށް އާދީއްތަ ދުވަހު އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.

އީރާނުގެ ރަސްމީ ނިއުސް އެޖެންސީ "އިރްނާ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ތެހެރާނުގެ ގަވަރުނަރު މުހައްމަދު ސާދިގް މުތަމަދިއާން ވިދާޅުވީ ތެޔޮ ފޯރުކޮށްދޭ ނެޓްވޯކަށް ލިބުނު ގެއްލުންތަކާ ގުޅިގެން، ތެޔޮ ބެހުމުގެ މަސައްކަތް ވަގުތީ ގޮތުން މެދުކެނޑިފައިވާ ކަމަށެވެ.

އަދި މިހާރު އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭއެފްޕީގެ ނޫސްވެރިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރޭ ހިނގި އަލިފާނުގެ ހާދިސާތަކުން އުފެދުނު ދުންތައް މުޅި ސިޓީގެ މައްޗަށް ފެތުރިފައިވާއިރު، ހެނދުނު އިރު އެރި އިރުވެސް މުޅި ސިޓީ އޮތީ އަނދިރި ދުންގަނޑެއްގެ ތެރޭގައެވެ.

އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ބުނި ގޮތުގައި ވައިގެ ތެރޭގައި އެއްޗެހި އަނދާ ވަސް ހިފާފައި ހުރިއިރު، އިރު އެރި ވަގުތު ވާރޭ ވެހެމުން ދިޔަ ނަމަވެސް މުޅި ސިޓީ އޮތީ ވަރަށް ބޮޑަށް އަނދިރިވެފައެވެ.

އީރާނުގެ ރެޑް ކްރެސެންޓުން ބުނި ގޮތުގައި، ތެޔޮ ގުދަންތައް ގޮވުމުގެ ސަބަބުން ނުރައްކާތެރި "ހައިޑްރޯކާބަން ކޮމްޕައުންޑްތަކާއި، ސަލްފާ އަދި ނައިޓްރޯޖަން އޮކްސައިޑް" ގިނަ އަދަދަކަށް ވައިގެ ތެރެއަށް ވަނީ ފެތުރިފައެވެ.

އެ އިދާރާއިން ނެރުނު ބަޔާނެއްގައި އިންޒާރު ދީފައިވާ ގޮތުގައި، މި ހާލަތުގައި ވާރޭ ވެހިއްޖެނަމަ އެ ވާރޭގައި އެސިޑްގެ މިންވަރު މަތިވާނެތީ އެއީ އިންތިހާއަށް ނުރައްކާތެރި އެއްޗެކެވެ. އަދި މީގެ ސަބަބުން ހަންގަނޑު ފިހުމާއި ފުއްޕާމެޔަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށްވެސް ބުނެފައިވެއެވެ.

އީރާނުގެ ތިމާވެއްޓާ ބެހޭ އިދާރާތަކުން ވަނީ ނޭވާލާ ނިޒާމުގެ މައްސަލަތަކާއި ސިއްހީ އެހެނިހެން ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި، އާންމު ރައްޔިތުން ގޭގައި މަޑުކުރުމަށް އިލްތިމާސްކޮށްފައެވެ.

ވޭސްކަރާމީ ވިދާޅުވީ އީރާނުގެ ތެޔޮ ގުދަންތަކުގައި ބޭނުންވާ ވަރަށް "ޕެޓްރޯލް ރިޒާވް" އެބަހުރި ކަމަށެވެ.

ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކެއްގައި އެ ގައުމުގެ އެންމެ މަތީ ލީޑަރު އަލީ ޚާމަނާއީ ވަނީ އަވަހާރަކޮށްލާފައެވެ. މި ހާދިސާއާ ގުޅިގެން މުޅި މެދުއިރުމައްޗަށް ވަނީ ހަނގުރާމަ ފެތުރިފައެވެ.

މީގެ ރައްދުގައި އީރާނުން ދަނީ އެ ސަރަހައްދުގައި ހުރި އިޒްރޭލާއި އެމެރިކާގެ މަސްލަހަތު އޮތް ތަންތަނަށް ޑްރޯން އަދި މިސައިލް ހަމަލާތައް ދެމުންނެވެ.

އީރާން-އިޒްރޭލް-އެމެރިކާތެހެރާންނޭޝަނަލް އިރާނިއަން އޮއިލް ޕްރޮޑަކްޓްސް ޑިސްޓްރިބިއުޝަން ކޮމްޕެނީ

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނުގެ އެންމެ މަތީ ވެރިޔާގެ މަގާމަށް އަންނާނެ ބޭފުޅަކާ މެދު އިއްތިފާގުވެވިފައިވާ ކަމަށް އެ ގައުމުގެ އެސެމްބްލީ އޮފް އެކްސްޕާޓްސް އިން ބުނެފި

އީރާނުގެ އެންމެ މަތީ ވެރިޔާގެ މަގާމަށް އަންނާނެ ބޭފުޅަކާ މެދު އިއްތިފާގުވެވިފައިވާ ކަމަށް އެ ގައުމުގެ އެސެމްބްލީ އޮފް އެކްސްޕާޓްސް އިން ބުނެފި

08 މާރިޗު 2026
އީރާނުން ބަދަލު ހިފުމުގެ ގޮތުން ކުރިއަށްގެންދާ "އޮޕަރޭޝަން ޓްރޫ ޕްރޮމިސް 4" ގެ 27 ވަނަ ބުރުގެ ހަމަލާތައް ފަށާފައިވާކަން އިއުލާނު ކޮށްފި

އީރާނުން ބަދަލު ހިފުމުގެ ގޮތުން ކުރިއަށްގެންދާ "އޮޕަރޭޝަން ޓްރޫ ޕްރޮމިސް 4" ގެ 27 ވަނަ ބުރުގެ ހަމަލާތައް ފަށާފައިވާކަން އިއުލާނު ކޮށްފި

08 މާރިޗު 2026
އިޒްރޭލުން ތެހެރާނުގެ މެހެރްއާބާދު އެއާޕޯޓަށް ވަރުގަދަ ހަމަލާތަކެއް ދީފި

އިޒްރޭލުން ތެހެރާނުގެ މެހެރްއާބާދު އެއާޕޯޓަށް ވަރުގަދަ ހަމަލާތަކެއް ދީފި

07 މާރިޗު 2026
އީރާން ހަނގުރާމައިގެ ހަތްވަނަ ދުވަސް: ހިނގަމުންދަނީ ކޮން ކަންތައްތަކެއް؟

އީރާން ހަނގުރާމައިގެ ހަތްވަނަ ދުވަސް: ހިނގަމުންދަނީ ކޮން ކަންތައްތަކެއް؟

06 މާރިޗު 2026
ހަނގުރާމައިގެ 6 ވަނަ ދުވަސް - އިޒްރޭލުން ފާއިތުވި ފަސް ދުވަހު އީރާނަށް ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 1،045 އަށް އަރައިިފި

ހަނގުރާމައިގެ 6 ވަނަ ދުވަސް - އިޒްރޭލުން ފާއިތުވި ފަސް ދުވަހު އީރާނަށް ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 1،045 އަށް އަރައިިފި

05 މާރިޗު 2026

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު