Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން މިހާރު ރާއްޖެއަކު ނެތް: މެންބަރު ފަލާހު

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ މި ސަރުކާރުން އެއްކޮށް ހައްލުކޮށްފައިވާ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ. ފަލާހު މިހެން ވިދާޅުވި ނަމަވެސް، އިމިގްރޭޝަނުން ދަނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކޮންމެ ދުވަހަކު ވެސް ޚާއްސަ އޮޕަރޭޝަންތައް ހިންގަމުން. މީގެ އިތުރުން، ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި "އޮޕަރޭޝަން ކުރަނގީ" ގެ ދަށުން ބޮޑު ލީގަލައިޒޭޝަން ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ހޯމް މިނިސްޓްރީ އިން ވަނީ ނިންމާފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 8 މާރިޗު 2026 | އާދީއްތަ 08:32
 ޕީއެންސީގެ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު

ޕީއެންސީގެ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު | ރައްޔިތުންގެ މަޖިލިސް

ދިވެހިރާއްޖޭގައި މިހާރު ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ނެތް ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ. 

އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެންބަރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރާ ހަވާލުވި އިރު މި ގައުމުގައި ބިދޭސީންގެ މައްސަލަ ވަރަށް ބޮޑު ކަމަށެވެ. 

Advertisement - newsAdvertisement

އެގޮތުން ބިދޭސީންގެ ސަބަބުން މަގެއްގެ މަތިން ހިނގަން ވެސް ދަތި ކަމަށް ވިދާޅުވެ ފަލާހު ވިދާޅުވީ މި ސަރުކާރުން އެ މައްސަލަ އެއްކޮށް ހައްލު ކޮށްފައިވާ ކަމަށެވެ. އަދި މިހާރު ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ނޫޅޭނެ ކަމަށް ވެސް ފަލާހު ވިދާޅުވި އެވެ. 

މިހާރު ނޫޅޭނެ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނެއް.......ބިދޭސީންގެ ކަންކަން މިހާރު މިގައުމުގަ ހަމައަކަށް އެޅިފަ. 
 ޕީއެންސީގެ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު

ފަލާހު އެހެން ވިދާޅުވި އިރު ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ގިނަ މައްސަލަތަކެއް މިހާރު ވެސް އިމިގްރޭޝަނުން ދަނީ ބަލަމުންނެވެ. އެގޮތުން އާދިއްތަ ދުވަހު ވެސް ފިލައިގެން އުޅޭ ބިދޭސީންތަކެއް ހޯދަން އިމިގްރޭޝަނުން އިއުލާނު ކޮށްފައި ވެ އެވެ. 

އޭގެ އިތުރުން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ހައްޔަރު ކުރާ ކަމަށް ވެސް އިމިގްރޭޝަނުން ދަނީ ހާމަ ކުރަމުންނެވެ. ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ހުއްދައެއް ނެތި، ނުވަތަ ހުއްދައިގެ މުއްދަތު ހަމަވެފައިވާ ނުވަތަ ކާކުކަން އަންގައިދޭ ސައްހަ ލިޔުމެއް ނެތި އުޅޭ ބިދޭސީން ގެ އަދަދު ގިނަ ކަން ފާހަކޮށް ހޯމް މިނިސްޓްރީ އިން ވަނީ މި ފަހުން ވެސް ބިދޭސީން ގަވާއިދަށް ފެއްތުމުގެ ބޮޑު ޕްރޮގްރާމެއް ފަށާފަ އެވެ. 

އެގޮތުން ހޯމް މިނިސްޓްރީ އިން ބުނީ "އޮޕަރޭޝަން ކުރަނގީ"ގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ "މާސް ލީގަލައިޒޭޝަން ޕްރޮގްރާމް"، 2026 ޖަނަވަރީ 01 ވަނަ ދުވަހުން ފެށިގެން 2026 އޭޕްރީލް 02 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށެވެ.

އިބްރާހިމް ފަލާހްޕީއެންސީބިދޭސީ މަސައްކަތްތެރިންގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން

ކޮމެންޓް

އިތުރަށް ކިޔާލަން

މަޖިލިސް އިންތިޚާބު ލިބުމުން ވެސް ޑޮލަރުގެ އަގު ތިރި ނުވަނީތޯ އާއްމު މީހަކު ކުރި ސުވާލަށް ޖަވާބު ނުދެއްވާ ސައީދު ފިއްލަވައިފި

މަޖިލިސް އިންތިޚާބު ލިބުމުން ވެސް ޑޮލަރުގެ އަގު ތިރި ނުވަނީތޯ އާއްމު މީހަކު ކުރި ސުވާލަށް ޖަވާބު ނުދެއްވާ ސައީދު ފިއްލަވައިފި

06 މާރިޗު 2026
ޕީއެންސީން ކައުންސިލް އިންތިޚާބަށް ސަރުކާރުގެ ވަސީލަތްތަކާއި މުވައްޒަފުން ބޭނުންކޮށް، އެމްޑީޕީއަށް ދަނީ ޖެއްސުން ކުރަމުން: ވަހީދު

ޕީއެންސީން ކައުންސިލް އިންތިޚާބަށް ސަރުކާރުގެ ވަސީލަތްތަކާއި މުވައްޒަފުން ބޭނުންކޮށް، އެމްޑީޕީއަށް ދަނީ ޖެއްސުން ކުރަމުން: ވަހީދު

04 މާރިޗު 2026
ރައީސް މުއިއްޒު ދަންނަ ޑިމޮކްރަސީ އަކީ ފެން އޮތް ކޮޅަކަށް ދިއުމާއި ހިހޫތަނުން ކެއުން: މީކާއިލް

ރައީސް މުއިއްޒު ދަންނަ ޑިމޮކްރަސީ އަކީ ފެން އޮތް ކޮޅަކަށް ދިއުމާއި ހިހޫތަނުން ކެއުން: މީކާއިލް

03 މާރިޗު 2026
ސަލީމް ވިދާޅުވެ ދެއްވީ ދޫންޏަށް ވޯޓު ނުދީ، ތިލަފަތަށް ވޯޓު ދޭން ޖެހޭ ސަބަބުތައް

ސަލީމް ވިދާޅުވެ ދެއްވީ ދޫންޏަށް ވޯޓު ނުދީ، ތިލަފަތަށް ވޯޓު ދޭން ޖެހޭ ސަބަބުތައް

03 މާރިޗު 2026
އެމްޑީޕީ ހުޅުމާލެ މެދު ދާއިރާގެ ދޮރުން ދޮރަށް ކާމިޔާބުކަމާއި އެކު ނިންމާލައިފި

އެމްޑީޕީ ހުޅުމާލެ މެދު ދާއިރާގެ ދޮރުން ދޮރަށް ކާމިޔާބުކަމާއި އެކު ނިންމާލައިފި

01 މާރިޗު 2026

އަހަރުތަކުން މިއަދު

9 މެއި
"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"
20251 އަހަރު ކުރިން
ރިޕޯޓު

"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި
20242 އަހަރު ކުރިން
ކުޅިވަރު

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟
20233 އަހަރު ކުރިން
ކުޅިވަރު

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން
20215 އަހަރު ކުރިން
ރިޕޯޓު

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން

ޑެވިލްޑް ޗިކަން ރެސިޕީ
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ޑެވިލްޑް ޗިކަން ރެސިޕީ

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް
20188 އަހަރު ކުރިން
ރިޕޯޓު

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު