Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑޮލަރުގެ އަގު

މަޖިލިސް އިންތިޚާބު ލިބުމުން ވެސް ޑޮލަރުގެ އަގު ތިރި ނުވަނީތޯ އާއްމު މީހަކު ކުރި ސުވާލަށް ޖަވާބު ނުދެއްވާ ސައީދު ފިއްލަވައިފި

ސަރުކާރަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިފައިވާއިރު ވެސް ޑޮލަރުގެ އަގު އިންތިހާއަށް ބޮޑުވަމުންދާތީ އާންމުންގެ ފާޑުކިޔުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 6 މާރިޗު 2026 | ހުކުރު 17:22
ނ. ވެލިދޫއިން ވަޒީރު ސައީދާއި ކުރި ސުވާލުތަކަށް ޖަވާބެއް ނުދެވާ

ނ. ވެލިދޫއިން ވަޒީރު ސައީދާއި ކުރި ސުވާލުތަކަށް ޖަވާބެއް ނުދެވާ | ސޯޝަލް މީޑިއާ

މަޖިލިސް އިންތިޚާބު ލިބުމުން ވެސް ޑޮލަރުގެ އަގު ތިރި ނުވަނީތޯ އާއްމު މީހަކު ކުރި ސުވާލަށް ޖަވާބު ނުދެއްވާ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ފިއްލަވައިފި އެވެ.

ިކކުރިއަށް އޮތް ކައުންސިލް އަދި ޑަބްލިއުޑީސީގެ އިންތިޚާބާއި ފެންނަ ނުފެންނަ އިންތިޚާބުގެ ކެމްޕެއިނަށް ނ. ވެލިދޫ އަށް ވަޒީރު ސައީދު ވަނީ ޕީއެންސީގެ ޓީމަކާއި އެކު ވަޑައިގަންނަވާފަ އެވެ. މި ދަތުރުގެ ތެރެއިން އާއްމު މީހަކު ވަނީ ވަޒީރު ވިދާޅުވި ގޮތަށް ސަރުކާރަށް މަޖިލިސް އިންތިޚާބު ދިނުމުން ވެސް ޑޮލަރުގެ އަގު ތިރި ނުވަނީ ކީއްވެތޯ ސުވާލުކުރައްވާފަ އެވެ. އެ އާއްމު މީހާ ވަޒީރު އާއި ސަލާމް ކުރުމަށް ފަހު އެ ސުވާލުކުރުމުން ވަޒީރު ވަނީ ސުވާލަށް ޖަވާބު ނުދެއްވައި ބާރަށް އެތަނުން ދުރަށް ވަޑައިގަންނަވާފަ އެވެ. އެ އާއްމު މީހާ ވަނީ ސުވާލަށް ޖަވާބު ދިނުމަށް ތަކުރާރުކޮށް ވަޒީރުގެ ކިބައިން އެދިވަޑައިގަންނަވާފަ އެވެ. މީގެ އިތުރުން ވަޒީރު އާއްމު މީހެއްގެ ސުވާލަށް ޖަވާބު ނުދީ ފިއްލަވަން ޖެހިވަޑައިގަތުމަކީ ލަދުވެތިކަމެއް ކަމަށް ބުނެ އާއްމުން ދަނީ މީސްމީޑިއާގައި އެކަމަށް ފާޑު ކިޔަމުންނެވެ.

2024 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިޚާބުގެ ކެމްޕެއިން ގައި ރައްޔިތުންނާ ބައްދަލު ކުރައްވައި މިނިސްޓަރު ސައީދު ވަނީ މަޖިލީހުގެ މެޖޯރިޓީ ލިބިގެން ވިޔަސް ދިވެހި ރުފިޔާ ޑޮލަރުގެ ކުރިމަތީގައި 30 ނުވަތަ 40 ޕަސެންޓް ވަރުގަދަވެގެންދާނެ ކަމަށް ވިދާޅުވެފަ އެވެ. އޭގެ ނަތީޖާ އަކަށް ވެގެންދާނީ މުސްތަގުބަލުގައި 15.42 އަށް ވުރެ ވެސް ޑޮލަރު ރޭޓް ދަށަށް ދިއުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. 

ނިމިދިޔަ ހަފްތާގެ އަންގާރަ ދުވަހު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި މަޖިލީހުގެ 75 ގޮނޑި ސަރުކާރަށް ދިންތާ ވެސް އެތައް ދުވަހެއް ވެފައިވާއިރު މިހާތަނަށް ވެސް މިކަމަށް ހައްލެއް ލިބިފައި ނުވާއިރު، ޑޮލަރުގެ އަގު ކުރިއަށް ވުރެ ބޮޑުވަމުންދާތީ އެކަމާ ގުޅިގެން ރާއްޖެޓީވީ އިން ސުވާލު ކުރުމުން މިނިސްޓަރު އެ ސުވާލަށް ޖަވާބުދެއްވާފައެއް ނުވެ އެވެ.

އޭގެ ބަދަލުގައި މިނިސްޓަރު މުޅިން ވެސް ދެއްކެވީ މި ސަރުކާރަށް އޭރުވެސް  މަޖިލީހުގެ ސުޕަ މެޖޯރިޓީ ބޭނުންވީ ކީއްވެގެން ކަމުގެ ވާހަކަ އެވެ. ދެން މިނިސްޓަރު ދެއްކެވީ ދެ އިންތިޚާބު އެއްކޮށްލުމަކީ މުހިއްމު ކަމެއް ކަމަށާއި، ކައުންސިލް އިންތިޚާބުގައި ވެސް ސަރުކާރު ހިންގާ ޕީއެންސީ ގެ ކެންޑިޑޭޓުންނަށް ވޯޓު ދޭން ޖެހޭ ވާހަކަ އެވެ. ކުރި ސުވާލަށް އެއްވެސް ވަރަކަށް ޖަވާބެއް ނުދެއްވަ އެވެ. 

މިނިސްޓަރ މުޙައްމަދު ސަޢީދުޕީއެންސީޑޮލަރުމަޖިލީސް އިންތިޚާބު

އިތުރަށް ކިޔާލަން

06 މާރިޗު 2026

ހަނގުރާމަ ބަހަނާއަކަށް ދައްކައިގެން ސަރުކާރުން ނުހައްގު ފައިދާ ލައިގެން ރައްޔިތުންނަށް ތެޔޮ ވިއްކަން ފަށައިފި: އަބްދުﷲ ޝާހިދު

06 މާރިޗު 2026
ހަނގުރާމަ ބަހަނާއަކަށް ދައްކައިގެން ސަރުކާރުން ނުހައްގު ފައިދާ ލައިގެން ރައްޔިތުންނަށް ތެޔޮ ވިއްކަން ފަށައިފި: އަބްދުﷲ ޝާހިދު
04 މާރިޗު 2026

ޕީއެންސީން ކައުންސިލް އިންތިޚާބަށް ސަރުކާރުގެ ވަސީލަތްތަކާއި މުވައްޒަފުން ބޭނުންކޮށް، އެމްޑީޕީއަށް ދަނީ ޖެއްސުން ކުރަމުން: ވަހީދު

04 މާރިޗު 2026
ޕީއެންސީން ކައުންސިލް އިންތިޚާބަށް ސަރުކާރުގެ ވަސީލަތްތަކާއި މުވައްޒަފުން ބޭނުންކޮށް، އެމްޑީޕީއަށް ދަނީ ޖެއްސުން ކުރަމުން: ވަހީދު
03 މާރިޗު 2026

ޑޮލަރު ރޭޓު މައްޗަށް ދާތީ ސުވާލު ކުރުމުން ސައީދު ދެއްކެވީ ދެ އިންތިޚާބު އެއްކޮށްލުން މުހިއްމު ވާ ސަބަބުގެ ވާހަކަ

03 މާރިޗު 2026
ޑޮލަރު ރޭޓު މައްޗަށް ދާތީ ސުވާލު ކުރުމުން ސައީދު ދެއްކެވީ ދެ އިންތިޚާބު އެއްކޮށްލުން މުހިއްމު ވާ ސަބަބުގެ ވާހަކަ
03 މާރިޗު 2026

އޮރެންޖުގެ އަގު ބޮޑުވީ ސަރަހައްދީ ޕޯޓްތަކާއި ސަޕްލަޔަރުންގެ ސަބަބުން: ސައީދު

03 މާރިޗު 2026
އޮރެންޖުގެ އަގު ބޮޑުވީ ސަރަހައްދީ ޕޯޓްތަކާއި ސަޕްލަޔަރުންގެ ސަބަބުން: ސައީދު
03 މާރިޗު 2026

ރައީސް މުއިއްޒު ދަންނަ ޑިމޮކްރަސީ އަކީ ފެން އޮތް ކޮޅަކަށް ދިއުމާއި ހިހޫތަނުން ކެއުން: މީކާއިލް

03 މާރިޗު 2026
ރައީސް މުއިއްޒު ދަންނަ ޑިމޮކްރަސީ އަކީ ފެން އޮތް ކޮޅަކަށް ދިއުމާއި ހިހޫތަނުން ކެއުން: މީކާއިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު