Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުޅުދުއްފުށީ މަގު ހެދުމުގެ މަޝްރޫޢު

ކުޅުދުއްފުށީގެ މަގުތަކުގައި ޓްރެފިކް ނިޝާންތައް ކުރެހުމުގެ މަސައްކަތް އާރް.ޑީ.ސީ އާ ހަވާލުކުރެވިފައިވާކަން، މެންބަރު ދާއޫދަށް އެނގިވަޑައިނުގަންނަވާ

ކުޅުދުއްފުށީގެ މަގުތައް ބެލެހެއްޓުމާއި، ޕާކިންގ ޒޯނުތައް ހެދުމުގެ މަސައްކަތް ސަރުކާރުން އާރުޑީސީއާ ހަވާލުކޮށްފައި ވަނިކޮށް، އެއީ ކައުންސިލުން ކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވެ މެންބަރު މުޙައްމަދު ދާއޫދު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެއްޖެ.

ޢާއިޝަތު އައިނީ
ޢާއިޝަތު އައިނީ, ރާއްޖެ އެމްވީ | 28 ފެބުރުއަރީ 2026 | ހޮނިހިރު 11:27
ކުޅުދުއްފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ 3 ވަނަ ފިޔަވަހީގެ މަސައްކަތް, 2 ވަނަ ފިޔަވަހީގެ މަސައްކަތް ނުނިމެނީސް ފެށުން

ކުޅުދުއްފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ 3 ވަނަ ފިޔަވަހީގެ މަސައްކަތް, 2 ވަނަ ފިޔަވަހީގެ މަސައްކަތް ނުނިމެނީސް ފެށުން | އާރްޑީސީ

ކުޅުދުއްފުށީގެ ޕާކިންގް ޒޯނުތަކާއި ޓްރެފިކް ނިޝާންތައް ހެދުމުގެ މަސައްކަތް ސަރުކާރުން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފައި ވަނިކޮށް، އެއީ ކައުންސިލުން ކުރަންޖެހޭ އަދި ނުކޮށް އޮތް ކަމެއްގެ ގޮތުގައި ކުޅުދުއްފުށި ސިޓީ އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ދާއޫދު ވިދާޅުވެއްޖެއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ކުޅުދުއްފުށި ސިޓީގެ ޕީއެންސީ ޖަގަހަ މާލެ އޭރިއާ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މެންބަރު ދާއޫދު ވަނީ، ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކަށް މަތިކޮށްފައިވާ މުނިސިޕަލް ޚިދުމަތްތައް ކުޅުދުއްފުށީ ކައުންސިލުން ނުދޭކަމަށް ބުނެ އިތުރުފުޅުހައްދަވާފައެވެ. އެގޮތުން ރަށުގެ ޕާކިންގް ޒޯނުތައް ނުހެދޭ ކަމަށް ވިދާޅުވެ، މެންބަރު ވަނީ ކައުންސިލަށް ތުހުމަތު ކުރައްވާފައެވެ.

ނަމަވެސް، ކުޅުދުއްފުށީގެ މަގުތައް ތަރައްޤީކުރުމުގެ 2 ވަނަ ފިޔަވަހީގެ މަސައްކަތް ސަރުކާރުން ވަނީ އާރްޑީސީއާ ހަވާލުކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން ކުރަންޖެހޭ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި މަގުތަކުގައި ދެކަފި ހުރަސް ކުރެހުމާއި، ސްޕީޑް ބްރޭކަރު ހަރުކުރުމާއި، މަގު ބައްތި ޖެހުމުގެ އިތުރުން ޕޭމަންޓް ހެދުމާއި ސައިން ބޯޑު ހަރުކުރުން ހިމެނެއެވެ. އަދި މަގުތަކުގައި ޕާކިންގ ޒޯނުތައް ކަނޑައަޅައި މަގުތައް ތަރުތީބުކުރުމަކީވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

މީގެ އިތުރުން، ކުޅުދުއްފުށީގެ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އަދިވެސް އެއްކޮށް ނިމިފައި ނުވާކަން ފާހަގަކުރެވިފައިވާއިރު, ކަން މިހެން އޮތްއިރުވެސް, މިދިޔަ އަހަރުގެ ތެރޭގައި ސަރުކާރުން ވަނީ މި މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތްވެސް އާރްޑީސީއާ ހަވާލުކޮށްފައެވެ.

އެހެންކަމުން، ސަރުކާރުގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ މިފަދަ ބޮޑެތި މަޝްރޫޢުތަކުގެ ޒިންމާ ސިޓީ ކައުންސިލްގެ ބޮލުގައި އެޅުވުމުން، މެންބަރު ދާއޫދަށް މިކަމުގެ މަޢުލޫމާތު އޮޅިފައިވާ މިންވަރު ހާމަވެއެވެ.

މެންބަރު ދާއޫދުގެ މި ވާހަކަތަކާ ގުޅިގެން އާންމު ފަރާތްތަކުން ދަނީ ސަރުކާރުން ކުރަން ހަވާލުކޮށްފައިވާ ކަންކަން ކައުންސިލުން ނުކުރާ ކަމަށް ބުނެ, ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރާތީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކުޅުދުއްފުށިމުޙައްމަދު ދާއޫދުރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންލާމަރުކަޒުކުރުންޕީއެންސީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރައީސް މުއިއްޒު ދެއްވި ތަރާވީސް: އެއް ވާހަކައެއް ދެއްކެވީ ދެގޮތަކަށް!

ރައީސް މުއިއްޒު ދެއްވި ތަރާވީސް: އެއް ވާހަކައެއް ދެއްކެވީ ދެގޮތަކަށް!

28 ފެބުރުއަރީ 2026
ކުޅުދުއްފުށީގައި ސަރުކާރު ހައުސިންގ މަޝްރޫޢުތައް ހުއްޓިފައި، ސިޓީ ކައުންސިލުގެ ހައުސިންގ މަޝްރޫޢުއަށް ސަރުކާރުން ހުއްދަނުދީ ހިފަހައްޓާފައިވާތާ 1 އަހަރު!

ކުޅުދުއްފުށީގައި ސަރުކާރު ހައުސިންގ މަޝްރޫޢުތައް ހުއްޓިފައި، ސިޓީ ކައުންސިލުގެ ހައުސިންގ މަޝްރޫޢުއަށް ސަރުކާރުން ހުއްދަނުދީ ހިފަހައްޓާފައިވާތާ 1 އަހަރު!

27 ފެބުރުއަރީ 2026
ޕީއެންސީ އިން މާލޭގައި ދަމާފައި ހުރި ބެނާތަކުގައި މާލޭގެ ރައްޔިތުންނަށް ކޮށްދިން ކަމެއްގެ ވާހަކައެއް ނެތް، ޑޯޓުޑޯ އަށް ގެންދަނީ ގޯތި އަތުލަން ގޮވި ފަލާހު: ވަހީދު

ޕީއެންސީ އިން މާލޭގައި ދަމާފައި ހުރި ބެނާތަކުގައި މާލޭގެ ރައްޔިތުންނަށް ކޮށްދިން ކަމެއްގެ ވާހަކައެއް ނެތް، ޑޯޓުޑޯ އަށް ގެންދަނީ ގޯތި އަތުލަން ގޮވި ފަލާހު: ވަހީދު

27 ފެބުރުއަރީ 2026
ކެންޕޭންގެ ބޭނުމުގައި ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އެއްވެސް ރަށަކަށް ދިއުމަށް ގަސްތެއް ނުކުރަން: ރައީސް މުއިއްޒު

ކެންޕޭންގެ ބޭނުމުގައި ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އެއްވެސް ރަށަކަށް ދިއުމަށް ގަސްތެއް ނުކުރަން: ރައީސް މުއިއްޒު

27 ފެބުރުއަރީ 2026
ކައުންސިލްތަކާ ހެދި 57 ރަށެއްގައި ޕްރޮޖެކްޓުތައް ނުފެށި އެބައޮތް ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ސަބަބުން އެއީ ދޮގެއްކަން ސާބިތުވޭ

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު