Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

ސީދާ ނަން ވިދާޅު ނުވެ، އޮބާމާގެ ފާޑު ކިޔުން ޓްރަމްޕް އަށް

7 މާރިޗު 2026 | ހޮނިހިރު 07:08

އެމެރިކާގެ ބައެއް ރައްޔިތުންނަކީ މުހިންމު ބައެއް ކަމަށާއި، އަނެއް ބައި ރައްޔިތުންނަކީ އެއްވެސް އަގެއް ނެތް ބައެއްގެ ގޮތުގައި ސިފަ ކުރަމުންދާ ކަމަށް ވިދާޅުވެ، އޮބާމާ ވަނީ ޓްރަމްޕް އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 މާރިޗު 2026 | ހޮނިހިރު 07:08
އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ | ގެޓީ އިމޭޖަސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސީދާ ނަން ވިދާޅު ނުވެ، އެ ޤައުމުގެ ކުރީގެ ރައީސް ބަރަކް އޮބާމާ ޓްރަމްޕް އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ. 

އެމެރިކާގެ ޝިކާގޯގައި އޮތް މަދަނީ ހައްގު ތަކަށް މަސައްްކަތް ކުރުމުގައި މަޝްހޫރުވި ލީޑަރު ރެވަރެންޑް ޖެސީ ޖެކްސަންގެ ޖަނާޒާގައި ދެއްވި ތަޤުރީރުގައި އޮބާމާ ވިދާޅުވީ، ކޮންމެ ދުވަހަކު ވެސް ހޭލަން ޖެހެނީ އެމެރިކާގެ ޑިމޮކްރަޓިކް މުއައްސަސާ ތަަކަށް އަމާޒުވާ އައު ހަމަލާ ތަކަކަށް ކަމަށެވެ. 

މި ޖަނާޒާގައި ގިނަ އަދަދެއްގެ ޢިއްޒަތްތެރިން ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ. އޭގެ ތެރޭގައި އޮބާމާގެ އިތުރުން، ކުރީގެ ރައީސް ޖޯ ބައިޑަން އާއި، ކުރީގެ ރައީސް ބިލް ކްލިންޓަން ވެސް ހިމެނި ވަޑައިގެންނެވި އެވެ. އުމުރުން 84 އަހަރުގައި ޖެކްސަން ނިޔާވެފައި ވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ. އޭނާ އަކީ އެމެރިކާގައި ކަޅު ނަސްލުގެ މީހުންނަށް، ޚާއްސަކޮށް އޮބާމާ ފަދަ ބޭފުޅުންނަށް މަގު ކޮށައި ދެއްވުމުގައި މުހިންމު ދައުރެއް އަދާ ކުރެއްވި ބޭފުޅެކެވެ. 

އޮބާމާގެ ތަޤުރީރުގައި ވިދާޅުވީ، މިހާރު މިއީ އުންމީދު ކުރުން ނެތް ވަގުތެއް ކަމަށެވެ. އަދި ކޮންމެ ދުވަހަކު ވެސް ޤާނޫނީ އިސްތިޤުލާލަށް ހުރަސް އެޅޭ ކަންކަމާއި، އާންމު އަދަބު އަޚުލާޤާ ޚިލާފު ކަންކަން ފެންނަމުންދާ ކަމަށް ވިދާޅުވި އެވެ. ހަމަ އެހެންމެ، ދައުލަތުގެ މަތީ މަޤާމު ތަކުގައި ތިއްބަވާ ބޭފުޅުން، އެކަކު އެނެކަކަށް ބިރު ދެއްކުމާއި، ދެކޮޅުވެރި ކަމުގެ އަމަލުތައް ފެންނަމުންދާ ކަމަށް ވެސް އޮބާމާ ވިދާޅުވި އެވެ. 

މީގެ އިތުރުން އެމެރިކާގެ ބައެއް ރައްޔިތުންނަކީ މުހިންމު ބައެއް ކަމަށާއި، އަނެއް ބައި ރައްޔިތުންނަކީ އެއްވެސް އަގެއް ނެތް ބައެއްގެ ގޮތުގައި ސިފަ ކުރަމުންދާ ކަމަށް ވިދާޅުވެ، އޮބާމާ ވަނީ ޓްރަމްޕް އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. މީގެ ކުރިން ވެސް އޮބާމާ ވަނީ، ޓްރަމްޕް އާއި، އޭނާގެ ސަރުކާރުގެ ސިޔާސަތު ތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. 

އޮބާމާ ޓްރަމްޕް އަށް ފާޑު ވިދާޅުވެފައިވާއިރު، ދާދި ފަހުން ޓްރަމްޕް ވަނީ އޮބާމާ އާއި، އޭނާގެ އަނބިކަނބަލުން މިޝެލް އޮބާމާ އަށް ފުރައްސާރަ ކޮށްފަ އެވެ. އެގޮތުން އޮބާމާގެ ދެމަފިރިންގެ މޫނުގައި ރާމާ މަނުކު ކުރެހުމަށް ފަހު، ޓްރަމްޕް ވަނީ އޭނާގެ ރަސްމީ ސޯޝަލް މީޑިއާގައި ޕޯސްޓު ކުރައްވައިފަ އެވެ. އެކަމަށް އެތައް ބައެއްގެ ފާޑު ކިޔުން އަމާޒު ވުމުން، ޓްރަމްޕް ވަނީ އެ ޕޯސްޓު ޑިލީޓު ކުރައްވައިފަ އެވެ. 

އެ ޖަނާޒާގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް ބައިޑަން ވެސް ވަނީ ޓްރަމްޕް އަށް ފާޑު ވިދާޅުވެފަ އެވެ. ބައިޑަން ވިދާޅުވީ، މިހާރު އެމެރިކާގައި އޮތް ސަރުކާރަކީ އެ ޤައުމުގެ އަގުތަކާއި އުސޫލުތައް ޤަބޫލު ކުރާ ސަރުކާރެއް ނޫން ކަމަށެވެ. އޮބާމާ އާއި ބައިޑަން ޓްރަމްޕް އަށް ފާޑު ވިދާޅުވި ނަމަވެސް، އެ ޖަނާޒާގައި ބައިވެރިވެ ވަޑައިގެންނެވި ކުރީގެ ރައީސް ބިިލް ކްލިންޓަން ޓްރަމްޕްއާ ގުޅޭ އެއްވެސް ވާހަކައެއް ދައްކަވާފައި ނުވެ އެވެ.

ޖެކްސަންގެ ޖަނާޒާގައި ޓްރަމްޕް ބައިވެރިވެ ވަޑަައިގެންފައި ނުވެ އެވެ. ނަމަވެސް، ޖެކްސަން އަވާހާރަ ވުމާ ގުޅިގެން ޓްރަމްޕް ވަނީ ސޯޝަލްމީޑިއާގައި ޕޯސްޓެއް ކުރައްވައިފަ އެވެ. އެ ޕޯސްޓުގައި ޓްރަމްޕް ވަނީ ޖެކްސަން އަށް ތައުރީފު ކުރައްވައި، އޮބާމާ އަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން އޮބާމާ އަށް އެމެރިކާގެ ވެރި ކަަމަށް އާދެެވުނީ ޖެކްސަންގެ ވަރަށް ބޮޑު ދައުރެއް އޮވެގެން ކަަމަށާއި، ނަމަވެސް އޮބާމާ އެކަން ބަލައިގެންފައި ނުވާ ކަމަށް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. 

މަސްދަރު: ދި ހިލް

ބަރަކް އޮބާމާޖޯ ބައިޑަންޖެސީ ޖެކްސަންބިލް ކްލިންޓަންއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއެމެރިކާ

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

07 މާރިޗު 2026

އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޓްރަމްޕް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ ތުހުމަތާ އެކު، އައު ފައިލް ތަކެއް އާންމު ކޮށްފި

07 މާރިޗު 2026
އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޓްރަމްޕް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ ތުހުމަތާ އެކު، އައު ފައިލް ތަކެއް އާންމު ކޮށްފި
07 މާރިޗު 2026

އީރާންގެ އައު ރޫހާނީ ލީޑަރު އައްޔަން ކުރުމުގައި ޓްރަމްޕްގެ ދައުރު އޮންނަން ޖެހޭނެ ކަމަށް ވިދާޅުވުމުން، އީރާންގެ ވެރިން އެކަމަށް ކުރަނީ މަލާމާތް

07 މާރިޗު 2026
އީރާންގެ އައު ރޫހާނީ ލީޑަރު އައްޔަން ކުރުމުގައި ޓްރަމްޕްގެ ދައުރު އޮންނަން ޖެހޭނެ ކަމަށް ވިދާޅުވުމުން، އީރާންގެ ވެރިން އެކަމަށް ކުރަނީ މަލާމާތް
07 މާރިޗު 2026

ސްޕެއިންގެ ބޮޑު ވަޒީރު ހުންނެވީ ގޮތުގައި، ވިދާޅުވީ އެމެރިކާ އާއި އިޒްރޭލް އިން ހަދަނީ ބޮޑު ގޯހެއް ކަމަށް

07 މާރިޗު 2026
ސްޕެއިންގެ ބޮޑު ވަޒީރު ހުންނެވީ ގޮތުގައި، ވިދާޅުވީ އެމެރިކާ އާއި އިޒްރޭލް އިން ހަދަނީ ބޮޑު ގޯހެއް ކަމަށް
07 މާރިޗު 2026

ޝަރުތަކާ ނުލައި އީރާން އިން އަމާން ނުދެނީސް، އެއްވެސް ވާހަކައެއް ނުދައްކާނަން: ޓްރަމްޕް

07 މާރިޗު 2026
ޝަރުތަކާ ނުލައި އީރާން އިން އަމާން ނުދެނީސް، އެއްވެސް ވާހަކައެއް ނުދައްކާނަން: ޓްރަމްޕް
07 މާރިޗު 2026

ބަޣުދާދުގެ ބައިނަލްއަގުވާމީ އެއާޕޯޓްގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާ ދީފި

07 މާރިޗު 2026
ބަޣުދާދުގެ ބައިނަލްއަގުވާމީ އެއާޕޯޓްގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާ ދީފި
06 މާރިޗު 2026

އެމެރިކާ އާއި އިޒްރޭލް އިން އީރާން އަށް ދޭ ހަމަލާ ތަކުގައި އިނގިރޭސިވިލާތް ބައިވެރި ނުވާނެ: ބޮޑު ވަޒީރު ސްޓާމާ

06 މާރިޗު 2026
އެމެރިކާ އާއި އިޒްރޭލް އިން އީރާން އަށް ދޭ ހަމަލާ ތަކުގައި އިނގިރޭސިވިލާތް ބައިވެރި ނުވާނެ: ބޮޑު ވަޒީރު ސްޓާމާ
05 މާރިޗު 2026

ސްޕެއިން އަށް ޓްރަމްޕް ދެއްވި އިންޒާރުތަކާ ދެކޮޅަށް މެކްރޮން ތެދުވެއްޖެ

05 މާރިޗު 2026
ސްޕެއިން އަށް ޓްރަމްޕް ދެއްވި އިންޒާރުތަކާ ދެކޮޅަށް މެކްރޮން ތެދުވެއްޖެ
04 މާރިޗު 2026

އީރާނުގެ ވެރިކަން ބަދަލު ކުރަން ތާއީދު، އެކަމަކު އެމެރިކާ އާއި އިޒްރޭލް އިން ދެނީ ޤާނޫނާ ޚިލާފު ހަމަލާ ތަކެއް: ކެނެޑާގެ ބޮޑު ވަޒީރު ކާނީ

04 މާރިޗު 2026
އީރާނުގެ ވެރިކަން ބަދަލު ކުރަން ތާއީދު، އެކަމަކު އެމެރިކާ އާއި އިޒްރޭލް އިން ދެނީ ޤާނޫނާ ޚިލާފު ހަމަލާ ތަކެއް: ކެނެޑާގެ ބޮޑު ވަޒީރު ކާނީ
04 މާރިޗު 2026

އީރާނުން ވޯލްޑް ކަޕް ނުކުޅެން ވިސްނަނީ، ޓްރަމްޕް ވިދާޅުވީ އެއީ އޭނާއާ ބެހޭ ކަމެެއް ނޫން ކަމަށް!

04 މާރިޗު 2026
އީރާނުން ވޯލްޑް ކަޕް ނުކުޅެން ވިސްނަނީ، ޓްރަމްޕް ވިދާޅުވީ އެއީ އޭނާއާ ބެހޭ ކަމެެއް ނޫން ކަމަށް!
04 މާރިޗު 2026

އީރާންގެ އައު ލީޑަރު ކަނޑައަޅަން ޖެހޭނީ އެ ޤައުމުގެ އެތެރެއިން: ޓްރަމްޕް

04 މާރިޗު 2026
އީރާންގެ އައު ލީޑަރު ކަނޑައަޅަން ޖެހޭނީ އެ ޤައުމުގެ އެތެރެއިން: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް