Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޓްރަމްޕް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ ތުހުމަތާ އެކު، އައު ފައިލް ތަކެއް އާންމު ކޮށްފި

7 މާރިޗު 2026 | ހޮނިހިރު 07:03

އެ އަންހެން މީހާ ތުހުމަތު ކޮށްފައިވާ ގޮތުގައި، އޭނާގެ އުމުރުން 13 އަހަރާއި 15 އަހަރާ ދެމެދުގައި އެޕްސްޓީން އަދި ޓްރަމްޕް ވެސް ވަނީ އޭނާ އަށް ޖިންސީ ގޯނާ ކޮށްފައި. އެފްބީއައި އަށް ދީފައިވާ ބަޔާނުގައި އެ އަންހެން މީހާ ބުނެފައި ވަނީ، އެޕްސްޓީން ވަނީ އޭނާ ނިއު ޔޯކް ނުވަތަ ނިއު ޖާާޒީ އަށް ގެންގޮސް ޓްރަމްޕްއާ ބައްދަލު ކުރުވާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 މާރިޗު 2026 | ހޮނިހިރު 07:03
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ދެކޮޅަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތު ތަކެއް ހިމެނޭ އެފްބީއައިގެ ލިޔެ ކިޔުން ތަކެއް، އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓް އިން ބުރާސްފަތި ދުވަހު އާންމު ކޮށްފި އެވެ. 

އެ ލިޔެ ކިޔުން ތަކަކީ ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށް ސާބިތުވެ، ޖަލުގައި ހުއްޓާ މަރުވި ޖެފްރީ އެޕްސްޓީންއާ ގުޅުން ހުރި ލިޔެ ކިޔުން ތަކެކެވެ. 

ޖަސްޓިސް ޑިޕާޓްމަންޓް އިން ބުނެފައި ވަނީ، އެ ލިޔެ ކިޔުން ތަކަކީ މީގެ ކުރިން އެމެރިކާގެ ކޮންގްރެސްގެ އަމުރަށް އާންމު ކުރި ފައިލް ތަކުގެ ތެރޭގައި ހިމެނެން ޖެހޭ ތަކެތި ކަމަށެވެ. ނަމަވެސް، އޭރު އެ ލިޔެ ކިޔުންތައް އާންމު ނުކުރެވި އޮތީ. އެއީ ކުރިން ވެސް ހިމެނިފައިވާ ލިޔެ ކިޔުން ތަކެއް ކަަމަށް އޮޅުމަކުން ފާހަގަ ކުރެވިފައި އޮތުމުން ކަމަށް އެ އިދާރާ އިން ބުނެފައި ވެއެވެ. މިފަހަރު އާންމު ކުރި ލިޔެ ކިޔުން ތަކުގައި ހިމެނެނީ، 2019 ވަނަ އަހަރު އެފްބީއައި އިން އަންހެނަކާ ކުރި އިންޓަވިޔުގެ ތަފްސީލް އެވެ. 

އެ އަންހެން މީހާ ތުހުމަތު ކޮށްފައިވާ ގޮތުގައި، އޭނާގެ އުމުރުން 13 އަހަރާއި 15 އަހަރާ ދެމެދުގައި އެޕްސްޓީން އަދި ޓްރަމްޕް ވެސް ވަނީ އޭނާ އަށް ޖިންސީ ގޯނާ ކޮށްފަ އެވެ. އެފްބީއައި އަށް ދީފައިވާ ބަޔާނުގައި އެ އަންހެން މީހާ ބުނެފައި ވަނީ، އެޕްސްޓީން ވަނީ އޭނާ ނިއު ޔޯކް ނުވަތަ ނިއު ޖާާޒީ އަށް ގެންގޮސް ޓްރަމްޕްއާ ބައްދަލު ކުރުވާފަ އެވެ. އަދި މި ވާހަކަތައް ސިއްރު ކުރުމަށް ބާރު އަޅައި، ފާއިތުވި އަހަރު ތަކުގައި އޭނާ އަށާއި، އޭނާގެ ގާތް މީހުންނަށް ބިރު ދެއްކުމުގެ ފޯނު ކޯލު ތަކެއް ލިބިފައިވާ ކަމަށް އެ އަންހެން މީހާ ބުންޏެވެ.

އެކަން ފާހަގަކޮށް އެ އަންހެން މީހާ ބުނެފައި ވަނީ، އެއީ އެޕްސްޓީންއާ ގުޅުން ހުރި ފޯނު ކޯލު ތަކެއް ކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ. އަންހެން މީހާގެ މި ތުހުމަތު ތަކަށް ޓްރަމްޕް ވިދާޅުވެފައި ވަނީ، އެއްވެސް ގޯސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށާއި، އަންހެން މީހާ އެ ހަދަނީ ދޮގު ކަމަށެވެ. ޖަސްޓިސް ޑިޕާޓްމަންޓް އިން މީގެ ކުރިން ބުނެފައި ވަނީ، އާންމު ކުރެވުނު ބައެއް ލިޔެ ކިޔުން ތަކުގައި ޓްރަމްޕްއާ ދެކޮޅަށް ހަގީގަތާ ޚިލާފު އަދި މީހުން ހައިރާން ކުރުމުގެ ނިޔަތުގައި ބައެއް ވާހަކަތައް ހިމަނާފައިވާ ކަމަށެވެ. 

އެމެރިކާގެ އިދިކޮޅު ޑިކޮމްރަޓިކް ޕާޓީ އިން ތުހުމަތު ކުރާ ގޮތުގައި، ޓްރަމްޕްގެ ސަރުކާރުން ވަނީ އެޕްސްޓީންގެ ތަހުގީގުގައި އޭނާ އަށް ނޭދެވޭ އަސަރު ކޮށްފާނެ ފަދަ މައުލޫމާތުތައް ފޮރުވުމަށް މަސައްކަތް ކޮށްފަ އެވެ. މި މައްސަލައިގައި ޖަސްޓިސް ޑިޕާޓްމަންޓް އިން އަަމަލު ކޮށްފައިވާ ގޮތާ ބެހޭ ގޮތުން ސުވާލު ކުރުމަށްޓަކައި، އެޓާނީ ޖެނަރަލް ޕޭމް ބޮންޑީ ހާޒިރު ކުރުމަށް ހައުސް ކޮމެޓީ އިން ބުދަ ދުވަހު ވަނީ ނިންމައިފަ އެވެ. 

މަސްދަރު: އޭއެފްޕީ

ޖެފްރީ އެޕްސްޓީންޖަސްޓިސް ޑިޕާޓްމަންޓްއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއެމެރިކާއެޕްސްޓީން ފައިލްސް

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

07 މާރިޗު 2026

އީރާންގެ އައު ރޫހާނީ ލީޑަރު އައްޔަން ކުރުމުގައި ޓްރަމްޕްގެ ދައުރު އޮންނަން ޖެހޭނެ ކަމަށް ވިދާޅުވުމުން، އީރާންގެ ވެރިން އެކަމަށް ކުރަނީ މަލާމާތް

07 މާރިޗު 2026
އީރާންގެ އައު ރޫހާނީ ލީޑަރު އައްޔަން ކުރުމުގައި ޓްރަމްޕްގެ ދައުރު އޮންނަން ޖެހޭނެ ކަމަށް ވިދާޅުވުމުން، އީރާންގެ ވެރިން އެކަމަށް ކުރަނީ މަލާމާތް
07 މާރިޗު 2026

ސްޕެއިންގެ ބޮޑު ވަޒީރު ހުންނެވީ ގޮތުގައި، ވިދާޅުވީ އެމެރިކާ އާއި އިޒްރޭލް އިން ހަދަނީ ބޮޑު ގޯހެއް ކަމަށް

07 މާރިޗު 2026
ސްޕެއިންގެ ބޮޑު ވަޒީރު ހުންނެވީ ގޮތުގައި، ވިދާޅުވީ އެމެރިކާ އާއި އިޒްރޭލް އިން ހަދަނީ ބޮޑު ގޯހެއް ކަމަށް
07 މާރިޗު 2026

ޝަރުތަކާ ނުލައި އީރާން އިން އަމާން ނުދެނީސް، އެއްވެސް ވާހަކައެއް ނުދައްކާނަން: ޓްރަމްޕް

07 މާރިޗު 2026
ޝަރުތަކާ ނުލައި އީރާން އިން އަމާން ނުދެނީސް، އެއްވެސް ވާހަކައެއް ނުދައްކާނަން: ޓްރަމްޕް
07 މާރިޗު 2026

ބަޣުދާދުގެ ބައިނަލްއަގުވާމީ އެއާޕޯޓްގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާ ދީފި

07 މާރިޗު 2026
ބަޣުދާދުގެ ބައިނަލްއަގުވާމީ އެއާޕޯޓްގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާ ދީފި
06 މާރިޗު 2026

އެމެރިކާ އާއި އިޒްރޭލް އިން އީރާން އަށް ދޭ ހަމަލާ ތަކުގައި އިނގިރޭސިވިލާތް ބައިވެރި ނުވާނެ: ބޮޑު ވަޒީރު ސްޓާމާ

06 މާރިޗު 2026
އެމެރިކާ އާއި އިޒްރޭލް އިން އީރާން އަށް ދޭ ހަމަލާ ތަކުގައި އިނގިރޭސިވިލާތް ބައިވެރި ނުވާނެ: ބޮޑު ވަޒީރު ސްޓާމާ
05 މާރިޗު 2026

ސްޕެއިން އަށް ޓްރަމްޕް ދެއްވި އިންޒާރުތަކާ ދެކޮޅަށް މެކްރޮން ތެދުވެއްޖެ

05 މާރިޗު 2026
ސްޕެއިން އަށް ޓްރަމްޕް ދެއްވި އިންޒާރުތަކާ ދެކޮޅަށް މެކްރޮން ތެދުވެއްޖެ
05 މާރިޗު 2026

ޖިންސީ ކުށްވެރިޔާ އެޕްސްޓީންއާއި ވަހީދާއި ގުޅުމުގެ މައްސަލައިގައި އިސްތިއުފާ ދެއްވަން އެންގި ނަމަވެސް މައްސަލަ ތަހުގީގު ކުރަން ރައީސް މުއިއްޒު ނާންގަވާ އަދި ފުލުހުންވެސް އެކަން ނުބަލާ

05 މާރިޗު 2026
ޖިންސީ ކުށްވެރިޔާ އެޕްސްޓީންއާއި ވަހީދާއި ގުޅުމުގެ މައްސަލައިގައި އިސްތިއުފާ ދެއްވަން އެންގި ނަމަވެސް މައްސަލަ ތަހުގީގު ކުރަން ރައީސް މުއިއްޒު ނާންގަވާ އަދި ފުލުހުންވެސް އެކަން ނުބަލާ
04 މާރިޗު 2026

އީރާނުގެ ވެރިކަން ބަދަލު ކުރަން ތާއީދު، އެކަމަކު އެމެރިކާ އާއި އިޒްރޭލް އިން ދެނީ ޤާނޫނާ ޚިލާފު ހަމަލާ ތަކެއް: ކެނެޑާގެ ބޮޑު ވަޒީރު ކާނީ

04 މާރިޗު 2026
އީރާނުގެ ވެރިކަން ބަދަލު ކުރަން ތާއީދު، އެކަމަކު އެމެރިކާ އާއި އިޒްރޭލް އިން ދެނީ ޤާނޫނާ ޚިލާފު ހަމަލާ ތަކެއް: ކެނެޑާގެ ބޮޑު ވަޒީރު ކާނީ
04 މާރިޗު 2026

އީރާނުން ވޯލްޑް ކަޕް ނުކުޅެން ވިސްނަނީ، ޓްރަމްޕް ވިދާޅުވީ އެއީ އޭނާއާ ބެހޭ ކަމެެއް ނޫން ކަމަށް!

04 މާރިޗު 2026
އީރާނުން ވޯލްޑް ކަޕް ނުކުޅެން ވިސްނަނީ، ޓްރަމްޕް ވިދާޅުވީ އެއީ އޭނާއާ ބެހޭ ކަމެެއް ނޫން ކަމަށް!
04 މާރިޗު 2026

އީރާންގެ އައު ލީޑަރު ކަނޑައަޅަން ޖެހޭނީ އެ ޤައުމުގެ އެތެރެއިން: ޓްރަމްޕް

04 މާރިޗު 2026
އީރާންގެ އައު ލީޑަރު ކަނޑައަޅަން ޖެހޭނީ އެ ޤައުމުގެ އެތެރެއިން: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް