Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކައުންސިލް އިންތިޚާބު

އެމްޑީޕީން ރައްޔިތުންނަށް ދައްކަނީ ސިޔާސަތުތަކެއް، ޕީއެންސީން ދައްކަނީ ކަޅު ދަބަހެއް: ޒިޔާދު

ޒިޔާދު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ހަމައެކަނި ގެންގުޅެނީ ކަޅު ދަބަހަކާއި ފޮތެއް ކަމަށް. އަދި އެއީ އެ ޕާޓީގެ ސިޔާސަތުކަމެއް ނުވަތަ ސަޤާފަތްކަމެއް ސާފެއް ނޫންކަމަށް އޭނާ ވިދާޅުވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 8 މާރިޗު 2026 | އާދީއްތަ 05:09
ވައިކަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު ހުސައިން ޒިޔާދު

ވައިކަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު ހުސައިން ޒިޔާދު | ރާއްޖެ އެމްވީ

އެމްޑީޕީން ރައްޔިތުންނަށް ދައްކަނީ ސިޔާސަތުތަކެއް ކަމަށާއި، ވާދަވެރި ފަރާތްތަކުން ދައްކަނީ ކަޅު ދަބަހެއްކަމަށް ވައިކަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ހޮނިހި ދުވަހުގެ ރޭ އެމްޑީޕީ އިން ކ. މާފުށީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

މެމްބަރު ޒިޔާދު ވިދާޅުވީ، ރަށްރަށަށް ކުރަމުންދާ ދަތުރުތަކުން ހާމަވެގެން ދަނީ އެމްޑީޕީގައި އަދިވެސް ދިރުން ހުރިކަން ކަމަށެވެ. އަދި އެމްޑީޕީން ގެނެސްދީފައިވާ ސިޔާސަތުތައް ރާއްޖޭގެ ރަށްރަށުން މިހާރުވެސް ފެންނަން އެބަހުރިކަމަށް މެމްބަރު ވިދާޅުވިއެވެ.

މީގެ ކުރިން މާފުށި، މީހުން ދަންނަނީ ޖަލު ހުންނަ ރަށުގެ ގޮތުގައި، ނަމަވެސް މިހާރު ދުނިޔޭގެ ޤައުމެއް ނެތް މާފުށި ނުދަންނަ، ހަމަ އެންމެ ސިޔާސަތެއްގެ ސަބަބުން، އެހެންވެ އަޅުގަނޑު މި ދަންނަވަނީ އެމްޑީޕީ އަންނަނީ ސިޔާސަތުތަކެއް ހިފައިގެންނޭ، އަޅުގަނޑުމެން ވިއްކަނީ ސިޔާސަތު
ވައިކަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު ހުސައިން ޒިޔާދު

ޒިޔާދު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ހަމައެކަނި ގެންގުޅެނީ ކަޅު ދަބަހަކާއި ފޮތެއް ކަމަށެވެ. އަދި އެއީ އެ ޕާޓީގެ ސިޔާސަތުކަމެއް ނުވަތަ ސަޤާފަތްކަމެއް ސާފެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑަކަށް ނޭނގެ ސިޔާސަތެއްކަމެއް ސަޤާފަތެއްކަމެއް، ގެންގުޅުއްވާނެ ކަޅު ދަބަހަކާ ގަނޑު ކަނޑާ ފޮތަކާ، އޭގެން ވަޒީފާ ދޭނީ، އެ ދަބަހުން ދޭ އެއްޗެއް ދީގެން ކުރާ ކަމެއް ކުރާނީ
ވައިކަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު ހުސައިން ޒިޔާދު

އިދިކޮޅު ޕީއެންސީން "ދޫންޏަށް ވޯޓުދިނުމަށް" ކެމްޕޭނުގައި ގޮވާލަމުންދާތީ އެކަމަށް ރައްދުދެއްވައި މެމްބަރު ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީވެސް ކޮއްޓެއްގައި ތާށިވެފައި ތިބި ދޫނިތަކެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. އެގޮތުން ޒިޔާދު ވިދާޅުވީ، މިއަދު މަޖިލިސް މެމްބަރުންގެ އެއްވެސް ބާރެއް ނެތް ކަމަށެވެ.

އެހެންކަމުން ރައްޔިތުން ވޯޓުދޭއިރު އެކަންކަމަށް ވިސްނައި ސަމާލުވުމަށް ޒިޔާދު ވަނީ އެދިލައްވާފައެވެ.

މެމްބަރު އިތުރަށް ވިދާޅުވީ، މި ސަރުކާރަށް ކުރެވުނު މަސައްކަތެއް ނެތް ކަމަށާއި، މުޅިންވެސް ނިންމަމުންދަނީ މިދިޔަ ސަރުކާރުގައި ފަށާފައި ހުރި މަޝްރޫއުތައް އެކަނި ކަމަށެވެ. ނަމަވެސް މަޖިލީހާއި ހުރިހާ ތަނެއްގައިވެސް "ކުރީ ސަރުކާރު" ކިއުން ނޫންކަމެއް އެބޭފުޅުން ނުކުރައްވާކަމަށް ވެސް ޒިޔާދު ވިދާޅުވިއެވެ.

 

އެމްޑީޕީޒިޔާދުޕީއެންސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ސޯލިހު ރައީސް މުއިއްޒަށް: އެވަގުތަށް ތިމާއަށް ފައިދާވާ ގޮތަށް ކަމެއް ކޮށްގެން ލަނޑެއް ލިބިދާނެ، އިންތިޚާބުތައް އެއްކޮށްގެން 2028 ގައި ލަނޑެއް ލިބިވަޑައިގެންފާނެ

ރައީސް ސޯލިހު ރައީސް މުއިއްޒަށް: އެވަގުތަށް ތިމާއަށް ފައިދާވާ ގޮތަށް ކަމެއް ކޮށްގެން ލަނޑެއް ލިބިދާނެ، އިންތިޚާބުތައް އެއްކޮށްގެން 2028 ގައި ލަނޑެއް ލިބިވަޑައިގެންފާނެ

08 މާރިޗު 2026
އޮފީހަށް ގޮސް "އިނގިލި ޖަހާފަ" ގެއަށް ދިއުމުގެ ސަގާފަތް ދަސްކޮށްދިނުމަކީ ޤައުމަކަށް ދެވޭނެ އެންމެ ބޮޑު ގެއްލުން: މާރިޔާ

އޮފީހަށް ގޮސް "އިނގިލި ޖަހާފަ" ގެއަށް ދިއުމުގެ ސަގާފަތް ދަސްކޮށްދިނުމަކީ ޤައުމަކަށް ދެވޭނެ އެންމެ ބޮޑު ގެއްލުން: މާރިޔާ

07 މާރިޗު 2026
މާލޭ ރައްޔިތުންނަށް ކަންތައްތައް މިހާރު ކޮށްދެނީ މެޖޯރިޓީ ނެތި، ދަތި އުނދަގުލުގައި، ބޭނުންވަނީ އިންތިޚާބު ކާމިޔާބު ކޮށް، ފަސޭހަކަމާއެކު ކަންކަން ކޮށްދޭން: ރައީސް ސޯލިހު

މާލޭ ރައްޔިތުންނަށް ކަންތައްތައް މިހާރު ކޮށްދެނީ މެޖޯރިޓީ ނެތި، ދަތި އުނދަގުލުގައި، ބޭނުންވަނީ އިންތިޚާބު ކާމިޔާބު ކޮށް، ފަސޭހަކަމާއެކު ކަންކަން ކޮށްދޭން: ރައީސް ސޯލިހު

07 މާރިޗު 2026
ކުރިއަށްއޮތް ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބުގެ ކެންޕެއިނަށް ރައީސް ސޯލިހު މާފުށްޓަށް ވަޑައިގަތުމުން ހޫނު މަރުޙަބާ އެއް ކިޔައިފި

ކުރިއަށްއޮތް ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބުގެ ކެންޕެއިނަށް ރައީސް ސޯލިހު މާފުށްޓަށް ވަޑައިގަތުމުން ހޫނު މަރުޙަބާ އެއް ކިޔައިފި

07 މާރިޗު 2026
ކޮންމެ ކަމެއް ސިޔާސީ ނުކުރަށްވާ، ތާރީހީ ބިނާތައް ނައްތާލަމުން ގެންދިއުމަކީ ތާރީހަށް ފަސްއެޅުން: އަބްދުﷲ ޝާހިދު

ކޮންމެ ކަމެއް ސިޔާސީ ނުކުރަށްވާ، ތާރީހީ ބިނާތައް ނައްތާލަމުން ގެންދިއުމަކީ ތާރީހަށް ފަސްއެޅުން: އަބްދުﷲ ޝާހިދު

07 މާރިޗު 2026

އަހަރުތަކުން މިއަދު

29 މެއި
ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް
20242 އަހަރު ކުރިން
މީހުން

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!
20233 އަހަރު ކުރިން
ރިޕޯޓު

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް
20224 އަހަރު ކުރިން
މީހުން

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ
20215 އަހަރު ކުރިން
ރާއްޖެ

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!
20197 އަހަރު ކުރިން
ރިޕޯޓު

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު