Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކައުންސިލް އިންތިޚާބު

ކައުންސިލް އިންތިޚާބުގައި ކެނޑިޑޭޓުންނަށް އީސީން ވަނީ ޤާނޫނާއި ޚިލާފު ޝަރުތުތަކެއް ކުރިމަތި ކުރުވާފައި، އެކަން ބަދަލު ނުކުރާ ނަމަ ކޯޓަށް ދާނަން: ޕީއެންއެފް

ކައުންސިލް އިންތިޚާބުގައި ހަމައެކަނި އޮންލައިންކޮށް ފޯމު ހުށަހެޅޭ ގޮތަށް ހެދުމާއި އީފާސް ލާޒިމުކުރުމަކީ ޤާނޫނާ ޚިލާފު ކަމެއް ކަމަށް ބުނެ މެނުއަލްކޮށް ވެސް ފޯމު ހުށަހެޅޭނެ މަގު ފަހިކޮށްދިނުމަށް އެދިފައިވޭ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 20 ޖެނުއަރީ 2026 | އަންގާރަ 13:21
އިލެކްޝަންސް ކޮމިޝަނާއި ޕީއެންއެފް އިން ބައްދަލުކުރުމަށް ފަހު، ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ 20.01.2026

އިލެކްޝަންސް ކޮމިޝަނާއި ޕީއެންއެފް އިން ބައްދަލުކުރުމަށް ފަހު، ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ 20.01.2026 | ރާއްޖެ އެމްވީ

ކައުންސިލް އިންތިޚާބުގައި ކެންޑިޑޭޓުންނަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ޤާނޫނާއި ޚިލާފު ޝަރުތުތަކެއް ކުރިމަތި ކުރުވާފައި ކަމަށާއި އެކަން ބަދަލު ނުކުރާ ނަމަ ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށް ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ބުނެފި އެވެ.

ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު އެފަދައިން ވިދާޅުވީ އަންގާރަ ދުވަހު އިލެކްޝަންސް ކޮމިޝަނާއި އެ ޕާޓީގެ ފަރާތުން ބައްދަލުކުރުމާއި ގުޅޭ ގޮތުން ރާއްޖެ އެމްވީ އަށް މައުލޫމާތުދެއްވަމުންނެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ ހަމައެކަނި އޮންލައިންކޮށް ކެންޑިޑޭޓުންނަށް ފޯމު ހުށަހެޅޭ ގޮތަށް އިންތިޒާމްތައް ހަމަޖެއްސުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނަށް ގޮސްގެން ފޯމު ހުށަހެޅުމުގެ މަސައްކަތް ކުރެވޭނެ މަގު އިލެކްޝަންސް ކޮމިޝަނުން ފަހިކޮށްދޭން ޖެހޭނެ ކަމަށާއި އެއީ ކުރިއަރާފައިވާ މުޖުތަމައުތަކުގައި ވެސް އަމަލުކުރާ ގޮތް ކަމަށް މަލީހު ވިދާޅުވި އެވެ. 

"ޕެރެލެލްކޮށް އޮންލައިން އަދި މެނުއަލްކޮށް ފޯމު ލެވެން ޖެހޭނެ. އެއީ ކުރިއަރާފައިވާ މުޖުތަމައުތަކުގައި އަމަލުކުރާ ގޮތަކީ. އަދި ކެންޑިޑޭޓުންނަށް މި އަންގަނީ އީފާސް އޮންނަން ޖެހޭނެ ކަމަށް. އެއީ ނެތް ޝަރުތެއް، ޤާނޫނުގައި ނުބުނާ ޝަރުތެއް އީސީ އިން ކުރިމަތިކުރުވުން." މަލީހު ވިދާޅުވި އެވެ. 

އިލެކްޝަންސް ކޮމިޝަނާއި ޕީއެންއެފް އިން ބައްދަލުކުރުމަށް ފަހު، ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ 20.01.2026
އިލެކްޝަންސް ކޮމިޝަނާއި ޕީއެންއެފް އިން ބައްދަލުކުރުމަށް ފަހު، ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ 20.01.2026

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު ވިދާޅުވީ ޕީއެންއެފުން ވާނީ އިލެކްޝަންގެ މެމްބަރުންނާ ބައްދަލުކޮށް ދެ ކަމެއް ހުށަހަޅާފައި ކަމަށެވެ. އެއީ އީފާސް ޝަރުތެއްގެ ގޮތުގައި އޮތުމަށް ބަދަލު ގެނައުމާއި މިނިވަން ކެންޑިޑޭޓުންނަށް ތާއީދުކުރާ 50 މީހުންގެ ފޯމު މެނުއަލްކޮށް ފުރައިގެން ހުށަހެޅުމަށް ފުރުސަތު ދިނުމެވެ. ޖަމީލް ވަނީ މިހާރު އިލެކްޝަންސް ކޮމިޝަނުން އަމަލު ކުރާ ގޮތުން ވަރަށް ބޮޑު ޤާނޫނީ އޮޅުމަކަށް ކަންކަން ހިނގައިދާނެ ކަމަށް ވިދާޅުވެފަ އެވެ. 

"އެ ކަމަކީ ޤާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން. ހަމައެކަނި އޮންލައިންކޮށް ހުށަހެޅޭނެ ގޮތަށް ހެދުން. އަޅުގަނޑު ޤަބޫލުކުރަނީ އިލެކްޝަންސް ކޮމިޝަނަށް އެކަން ވަރަށް ބޮޑަށް ފަހުމުވާނެ ކަމަށް." ޖަމީލް ވިދާޅުވި އެވެ.

ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތައް އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލީ ނިމިދިޔަ ހަފްތާ ގެ ތެރޭގަ އެވެ. މިދިޔަ ހޮނިހިރު ދުވަހު އީސީން ބުނީ، ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ 17 ޖެނުއަރީން ފެށިގެން 01 ފެބްރުއަރީ، ވާ އާދީއްތަ ދުވަހުގެ 15:30 ގެ ނިޔަލަށް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންޕީއެންސީމުޙައްމަދު މަލީހް ޖަމާލްމުހައްމަދު ޖަލީލު ލޯކަލް ކައުންސިލް އިންތިޚާބު 2026އީފާސް

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރަށް ދެ އަހަރުވީއިރު، ރައްޔިތުންގެ ފަރާތުން އިވެމުން ދަނީ ކަމެއް ނުކުރެވޭ ކަމުގެ ޝަކުވާ: ފައިޞަލް ނަސީމް

ސަރުކާރަށް ދެ އަހަރުވީއިރު، ރައްޔިތުންގެ ފަރާތުން އިވެމުން ދަނީ ކަމެއް ނުކުރެވޭ ކަމުގެ ޝަކުވާ: ފައިޞަލް ނަސީމް

20 ޖެނުއަރީ 2026
އެމްޑީޕީ އިން ކައުންސިލް އިންތިހާބުގެ ކެމްޕެއިން ޓީމު އިއުލާންކޮށްފި، މެނޭޖަރަކަށް ކުޑޫ

އެމްޑީޕީ އިން ކައުންސިލް އިންތިހާބުގެ ކެމްޕެއިން ޓީމު އިއުލާންކޮށްފި، މެނޭޖަރަކަށް ކުޑޫ

20 ޖެނުއަރީ 2026
އެމްޑީޕީގެ މަގުބޫލުކަން ސަރުކާރަކަށް ހަޖަމެއް ނުވި, ޕީއެންސީން "މަރުފަލި" ޖަހަން ފަށައިފި

އެމްޑީޕީގެ މަގުބޫލުކަން ސަރުކާރަކަށް ހަޖަމެއް ނުވި, ޕީއެންސީން "މަރުފަލި" ޖަހަން ފަށައިފި

19 ޖެނުއަރީ 2026
އެމްޑީޕީ އިން 144 ދާއިރާގައި ވޯޓު ފޮށި ބަހައްޓައިގެން 4000 މީހުން ވޯޓު ނުލާ ކަމަށް ބުނެ ޕީޖީ ލީޑަރ ފަލާހު އިތުރުފުޅު ހައްދަވައިފި

އެމްޑީޕީ އިން 144 ދާއިރާގައި ވޯޓު ފޮށި ބަހައްޓައިގެން 4000 މީހުން ވޯޓު ނުލާ ކަމަށް ބުނެ ޕީޖީ ލީޑަރ ފަލާހު އިތުރުފުޅު ހައްދަވައިފި

19 ޖެނުއަރީ 2026
ވިލިމާލެ އައު ހޮސްޕިޓަލްގެ ކުރެހުންތަކާއެކު އަނެއްކާ ވެސް ރައްޔިތުންނަށް ހުވަފެނެއް؟

ވިލިމާލެ އައު ހޮސްޕިޓަލްގެ ކުރެހުންތަކާއެކު އަނެއްކާ ވެސް ރައްޔިތުންނަށް ހުވަފެނެއް؟

19 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު