Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަރުކާރަށް ޕަރފޯމް ނުކުރެވުން

މިއަދު ޕީއެންސީ އާއި ކުރަންވީ ސުވާލަކީ ބަޖެޓް އެހާ ބޮޑު އިރު ކުރާ މަސައްކަތެއް ނުފެންނަނީ ކީއްވެގެންތޯ: ފުވައްމުލައް ސީޓީގެ މޭޔަރ

ބަޖެޓުގެ ތަފްސީލުތައް ސިޓީ ކައުންސިލްތަކަށް ސާފުނުވާތީ، ތަރައްގީގެ މަޝްރޫއުތަކާ މެދު ސަރުކާރާ ސުވާލުކުރުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއީލް ރަފީގު ވިދާޅުވި. ދައުލަތުގެ އާމްދަނީ ދަށްނުވި ނަމަވެސް ރަށްރަށުގެ ތަރައްގީއަށް މި ސަރުކާރުން މަސައްކަތް ނުކުރާ ކަމަށް ތުހުމަތުކުރައްވައި، ކުރިއަށް އޮތް ކައުންސިލް އިންތިޚާބަކީ ސަރުކާރުގެ ސިޔާސަތުތަކަށް ނޫނެކޭ ބުނަން ލިބޭ ފުރުސަތެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 17 ފެބުރުއަރީ 2026 | އަންގާރަ 02:22
 ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާއީލް ރަފީޤު، ފުވައްމުލަކުގައި ބޭއްވި އެމްޑީޕީގެ "ހޭވައްލާ ތައްޔާރު" ޖަލްސާގައި ވާހަކަދައްކަވަނީ.

ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާއީލް ރަފީޤު، ފުވައްމުލަކުގައި ބޭއްވި އެމްޑީޕީގެ "ހޭވައްލާ ތައްޔާރު" ޖަލްސާގައި ވާހަކަދައްކަވަނީ. | ސްކްރީން އިމޭޖް

މި ސަރުކާރުން އެކުލަވާލާ ބަޖެޓް އެހާ ބޮޑު އިރު ވެސް ސަރުކާރުން ކުރާ މަސައްކަތެއް ނުފެންނަނީ ކީއްވެގެންތޯ ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި މިއަދު ސުވާލު ކުރަަން ޖެހޭ ކަމަށް  ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާއީލް ރަފީޤު ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހުގެ ރޭ ފުވައްމުލަކުގައި ބޭއްވި އެމްޑީޕީގެ "ހޭވައްލާ ތައްޔާރު" ޖަލްސާގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ކުރިން ސަރުކާރުން ފާސްކުރާ ބަޖެޓާއި އެ ބަޖެޓުން ސިޓީތަކާއި ރަށްތަކަށް ކަނޑައަޅާ ކަންކަން ސާފުކޮށް އެނގެން އޮންނަ ކަމަށެވެ. ނަމަވެސް މި ސަރުކާރު ވެރިކަމަށް އައި ފަހުން އެކަން ބަދަލުވެފައިވާ ކަމަށާއި ކައުންސިލަށް ވެސް އެ ރަށަކަށް ނުވަތަ ސިޓީ އަކަށް ކަނޑައަޅާ ކަންކަމުގެ ތަފްސީލްތައް އެނެގް ނެތް ކަމަށް މޭޔަރ ވިދާޅުވި އެވެ.

މޭޔަރ ވިދާޅުވީ ސަރުކާރުން ކަނޑައަޅާ ބަޖެޓުގެ ތަފްސީލީ މައުލޫމާތު އެނގެން ނެތުމަކީ ސިޓީގެ ތަރައްގީ އާއި މެދު ސަރުކާރާއި ސުވާލުކޮށް ކަންކަން އޮޅުން ފިލުވުމަށް އޮތް ހުރަހެއް ކަމަށެވެ. އަދި 2023 އިން ފެށިގެން މިހާތަނަށް ފުވައްމުލަކުގެ ކުރިއެރުމަށް މި ސަރުކާރަށް މަސައްކަތް ކޮށް ނުދެވޭ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން ކުރިއަށް އޮތް ކައުންސިލް އިންތިޚާބަކީ ސަރުކާރުން ކުރަމުންދާ ނުރަނގަޅު ކަންކަމަށް ޖަވާބުދިނުމަށް ރައްޔިތުންނަށް ލިބޭ ފުރުސަތެއްގެ ގޮތުގައި ބަަލަން ޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ކައުންސިލެއް ހޮވައިގެން ނޫނީ ރައްޔިތުން ބޭނުންވާ ތަރައްގީ ނުލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުގެ ގޮތެއް ފޮތެއް ނެތް ޕޮލިސީތައް ގަބޫލު ނުކުރާކަން ބުނަން ފުރުސަތު ލިބޭ ފުރުސަތެއް މިއީ. އެކަންކަމާއި އޯކޭ ނޫންކަން ބުނަން ލިބޭ ފުރުސަތެއް މިއީ. މީހުން ދޮގު ވެސް ހަދާ އެކަމަކު މި ވަރު ކަމެއް ނުދެކެން. ދޮގު ފޮތެއް ވެސް އެބަ އޮތް ލިޔެފައި." އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ކޮވިޑްގެ ހާލަތުގައި ދިމާވި ބޮޑެތި ގޮންޖެހުންތަކާއި އެކު ވެސް ރާއްޖޭގައި ތަރައްގީގެ ކަންކަން ކުރިއަށް ދިޔަ ކަމަށް މޭޔަރ ވަނީ ފާހަގަކުރައްވާފަ އެވެ. މޭޔަރ ވިދާޅުވީ  ކުރިއާއި އަޅާ ބަލާ އިރު ރާއްޖޭގެ އާމްދަނީ ދަށް ވެފައި ނުވާ ކަމަށެވެ. އެހެންކަމުން ތަރައްގީގެ މަޝްރޫޢުތައް ނުހިނގާ ސަބަބާއި މެދު މޭޔަރ ސުވާލު އުފެއްދެވި އެވެ. މޭޔަރ އިސްމާއިލް ވަނީ މި ސަރުކާރަށް އިޚުލާސްތެރިކަމާއި އެކު މަސައްކަތް ނުކުރެވޭ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ޕީއެންސީފުވައްމުލައް ސިޓީއިސްމާއިލް ރަފީޤުއެމްޑީޕީހޭވައްލާ ތައްޔާރުލޯކަލް ކައުންސިލް އިންތިޚާބު 2026

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2026

ބާރުތައް އެއްކޮށްގެން ރައީސް އޮފީހުގައި އިންނަވައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަން ކުރައްވާ ގޮތަށް ވެރިކަން ކުރެއްވުމަކީ ވަރަށް ފަސޭހަކަމެއް: ރައީސް ސޯލިހު

16 ފެބުރުއަރީ 2026
ބާރުތައް އެއްކޮށްގެން ރައީސް އޮފީހުގައި އިންނަވައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަން ކުރައްވާ ގޮތަށް ވެރިކަން ކުރެއްވުމަކީ ވަރަށް ފަސޭހަކަމެއް: ރައީސް ސޯލިހު
16 ފެބުރުއަރީ 2026

ހެޔޮ ނިޔަތެއްގައި ޤާނޫނުއަސާސީ އިސްލާހު ކުރާ ނަމަ ކުރަންވީ ކަމަކީ ޖުޑީޝަލް ސަރވިސް ކޮމިޝަން މިނިވަން ވާ ގޮތަށް ޤާނޫނުއަސާސީ އިސްލާހުކުރުން: ފައިސަލް

16 ފެބުރުއަރީ 2026
ހެޔޮ ނިޔަތެއްގައި ޤާނޫނުއަސާސީ އިސްލާހު ކުރާ ނަމަ ކުރަންވީ ކަމަކީ ޖުޑީޝަލް ސަރވިސް ކޮމިޝަން މިނިވަން ވާ ގޮތަށް ޤާނޫނުއަސާސީ އިސްލާހުކުރުން: ފައިސަލް
16 ފެބުރުއަރީ 2026

ދެ އިންތިހާބު އެއްކޮށްލުމުގެ ބިލު ތަސްދީގުކުރެއްވުމުގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ކައުންސިލް އިންތިހާބާއެކު ނަގަނީ

16 ފެބުރުއަރީ 2026
ދެ އިންތިހާބު އެއްކޮށްލުމުގެ ބިލު ތަސްދީގުކުރެއްވުމުގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ކައުންސިލް އިންތިހާބާއެކު ނަގަނީ
16 ފެބުރުއަރީ 2026

އެމްޑީޕީގެ، ހެންވޭރު ހުޅަނގުގެ ދޮރުން ދޮރަށް ހަރަކާތް ކާމިޔާބުކަމާއި އެކު ކުރިއަށް ގެންގޮސްފި

16 ފެބުރުއަރީ 2026
އެމްޑީޕީގެ، ހެންވޭރު ހުޅަނގުގެ ދޮރުން ދޮރަށް ހަރަކާތް ކާމިޔާބުކަމާއި އެކު ކުރިއަށް ގެންގޮސްފި
16 ފެބުރުއަރީ 2026

މި 5 އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 200 ބިލިއަނަށް އަރާނެ: ރައީސް ސޯލިހު

16 ފެބުރުއަރީ 2026
މި 5 އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 200 ބިލިއަނަށް އަރާނެ: ރައީސް ސޯލިހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު