Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނޮވެމްބަރ 3 ގެ ހާދިސާ ހިނގި ދުވަސް އޮޅުވާލުން

ފަރސްޓްލޭޑީ ސާޖިދާ އަށް ނޮވެމްބަރު 3 ގެ ހާދިސާ ހިނގި ދުވަސް އޮޅިވަޑައިގަންނަވައިފި

ޕީއެންސީގެ މާފަންނު ދެކުނު ދާއިރާގެ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު 1988 ގެ އުދުވާނީ ހަމަލާގެ ތާރީހު ނޮވެމްބަރު 10 އަށް ނުބައިކޮށް ވިދާޅުވި. އެ ހާދިސާ ހިނގީ ނޮވެމްބަރު 3 ގައި ކަމަށް ތާރީހުން އެނގޭ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 27 ޖެނުއަރީ 2026 | އަންގާރަ 04:18
މާފަންނު ދެކުނު ދާއިރާ ގެ ޕީއެންސީ ގެ ޖަގަހަ ހުޅުވުމަށް ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ފަރސްޓް ލޭޑީ ސާޖިދާ މުހައްމަދު ވާހަކަދައްކަވަނީ

މާފަންނު ދެކުނު ދާއިރާ ގެ ޕީއެންސީ ގެ ޖަގަހަ ހުޅުވުމަށް ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ފަރސްޓް ލޭޑީ ސާޖިދާ މުހައްމަދު ވާހަކަދައްކަވަނީ | ޕީއެންސީ

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ގެ މޭޔަރ ކެނޑިޑޭޓް ކުރީގެ ޑިފެންސް މިނިސްޓަރު މޭޖާ ޖެނެރަލް (ރިޓަޔާޑް) މޫސާ އަލީ ޖަލީލު އަށް ތައުރީފްކުރަން އުޅުއްވައިގެން، ނޮވެމްބަރު 3ގެ އުދުވާނީ ހަމަލާ ދިން ތާރީހު، ރައީސް ޑރ.މުހައްމަދު މުއިއްޒު ގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އަށް އޮޅިވަޑައިގަންނަވައިފި އެވެ.

މާފަންނު ދެކުނު ދާއިރާ ގެ ޕީއެންސީ ގެ ޖަގަހަ ހުޅުވުމަށް ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ސާޖިދާ  1988 ގެ ޢުދުވާނީ ޙަމަލާއަކީ ރާއްޖެއަށް ކުރިމަތިވި ވަރަށް ބޮޑު ޢުދުވާނެއް ކަަމަށް ސިފަކުރައްވާ ވިދާޅުވީ އެ ހާދިސާ ހިނގީ ނޮވެމްބަރު 10 އެއްގައި ކަމަށެވެ. ސާޖިދާ އެ ތާރީހު ނުބައިކޮށް ވިދާޅުވި އިރު، އެ ތަނުގައި ޕީއެންސީގެ ޕީޖީ ގްރޫޕާއި ސަރުކާރުގެ އިސް ބައެއް ފަރާތްތައް ތިއްބެވި ނަމަވެސް އެއްވެސް ބޭފުޅަކު ސާޖިދާ އަށް ރަނގަޅު ގޮތް ކިޔާދެއްވާފައި ވެސް ނުވާކަން ފާހަގަކޮށްލެވެ އެވެ.

ބޭރު ގެ ހަތިޔާރުއެޅި ހަނގުރާމަވެރިން ރާއްޖެ ގެނެސްގެން ދީފައިވާ ނުރައްކާތެރި ޢުދުވާނީ ހަމާލާ ދިން ދުވަހު މޫސާ އަލީ ޖަލީލު ދެއްކެވި ހިތްވަރަށް ވިސްނާލުމުން  މޫސާ އަލީ ޖަލީލް ޤައުމަށްޓަކާ ހުންނާނެ ލޯބި ސިފަކުރެވޭނެ ކަމަށް ވެސް ސާޖިދާ ވިދާޅުވި އެވެ. ސާޖިދާ ވަނީ ގައުމަށާއި ރައްޔިތުންގެ ސަލާމަތަށްޓަކައި އަސްކަރީ ގޮތުން ކުރެއްވި ޚިދުމަތަށް ތައުރީފްކުރައްވާފަ އެވެ. އެފަދަ ބޭފުޅަކު ޤައުމަށް ގައްދާރު ނުވާނެކަން ކޮންމެ މީހަކަށް ވެސް އެނގޭނެ ކަމަށް ސާޖިދާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވެސް ހަމަ ތަހައްމަލް ކުރި ދުވަހެއް ނޮވެމްބަރ 10 އެއް އެއީ. އަޅުގަނޑަށް ވެސް ހަމަ 10 އަހަރު ތޯއްޗެއް އޭރުގައި. އެހެންވީމަ އޭރު އެ ދުވަހު މިތަނުގައި  ތަހައްމަލް ކުރި ކަންކަން. އަޅުގަނޑު ހަނދާން ވޭ އަޅުގަނޑުމެން މަންމަމެން މޭޔަރ ކެނޑިޑޭޓްގެ ވާހަކަ ދެއްކެވީ ފަހުރުވެރިކަމާއި އެކު." ސާޖިދާ ވިދާޅުވި އެވެ.

ސާޖިދާ ގެ ވާހަކަ ބައްޓަން ކުރެއްވީ ނޮވެމްބަރު 3 ގެ ހަމަލާގައި މޫސާ އަލީ ޖަލީލު ދެއްކެވި ހިތްވަރަކީ އޭނާ މޭޔަރ ކަމަށް އެންމެ ރަނގަޅު ކެނިޑޭޓަށް ވާ ސަބަބު ކަމަށް ދެއްކެވުމަށެވެ. ސާޖިދާ ގެ އެ ވާހަކަތަކަށް އާއްމުން ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ. އެއީ ތާރީހު އޮޅުވާލުން ކަމަށް ބައެއް އާއްމުން ބުނެފައި ވެ އެވެ.

ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާ ގެ ސިޔާސީ ފައިދާ ނަގަން މަސައްކަތް ކުރުމަކީ އެއީ ލަދުވެތި ކަމެއް ކަމަށް ވެސް ފާޑުކީ ފަރާތްތަކުން ބުނެ އެވެ. އެ ދުވަހުގެ ހާދިސާގެ ވާހަކަ ސިޔާސީ ބޭނުމަށް ދެއްކުމަކީ، ނޮވެމްބަރ 3 ގެ ހަމަލާގައި ހިތްވަރު ދެއްކި ސިފައިން ގެ ބޭކަލުންނާއި އެ ދުވަހު ޤުރުވާންވި އެހެން މީހުންނަށް ކުރާ އިޚުތިރާމަށް އުނިކަން އަންނަ ފަދަ ކަމެއް ކަމަށް ވެސް ބައެއް އާއްމުން ބުނެފައި ވެ އެވެ. 

ޕީއެންސީމޫސާ އަލީ ޖަލީލުރައީސް ޑރ. މުހައްމަދު މުއިއްޒު1988 ނޮވެންބަރު 3ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2026

ކައުންސިލް އިންތިޚާބަށް މުއިއްޒު ނެރުއްވާ ކެންޑިޑޭޓުން ޕްރޮމޯޓު ކުރުމަށް މާލޭ ރަށްވެހިންނަށް ދޫކޮށްފައިވާ ގޯތީގެ ވާހަކަ ދައްކަވަން މުލީއާގޭ ގައި ބައްދަލުވުމެއް ބާއްވައިފި

26 ޖެނުއަރީ 2026
ކައުންސިލް އިންތިޚާބަށް މުއިއްޒު ނެރުއްވާ ކެންޑިޑޭޓުން ޕްރޮމޯޓު ކުރުމަށް މާލޭ ރަށްވެހިންނަށް ދޫކޮށްފައިވާ ގޯތީގެ ވާހަކަ ދައްކަވަން މުލީއާގޭ ގައި ބައްދަލުވުމެއް ބާއްވައިފި
26 ޖެނުއަރީ 2026

ހާލު ކިހިނެއް؟ - ނ.ވެލިދޫ: ރައީސް މުއިއްޒު ދައްކަވާ ވާހަކަ އާއި އަމަލާއި ދިމާ ނުވެ ރައްޔިތުން މާޔޫސްކަމުގައި!

26 ޖެނުއަރީ 2026
ހާލު ކިހިނެއް؟ - ނ.ވެލިދޫ: ރައީސް މުއިއްޒު ދައްކަވާ ވާހަކަ އާއި އަމަލާއި ދިމާ ނުވެ ރައްޔިތުން މާޔޫސްކަމުގައި!
25 ޖެނުއަރީ 2026

ނިންމާދޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވި ހެނބަދޫ ޓަރފް ދަނޑުގެ މަސައްކަތް 9 މަސް ވީއިރުވެސް ނުފަށާ!

25 ޖެނުއަރީ 2026
ނިންމާދޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވި ހެނބަދޫ ޓަރފް ދަނޑުގެ މަސައްކަތް 9 މަސް ވީއިރުވެސް ނުފަށާ!
25 ޖެނުއަރީ 2026

ކައުންސިލްތަކުގެ ލީގަލް އޮފިސަރުން ގެ މުސާރައަށް ގެނެވުނު ބަދަލާ ގުޅޭގޮތުން ހުށަހެޅުއްވި ކަންބޮޑުވުންތަކަށް އަދިވެސް ޖަވާބު ނުލިބޭ: މެންބަރު މުޙައްމަދު އިބްރާހިމް

25 ޖެނުއަރީ 2026
ކައުންސިލްތަކުގެ ލީގަލް އޮފިސަރުން ގެ މުސާރައަށް ގެނެވުނު ބަދަލާ ގުޅޭގޮތުން ހުށަހެޅުއްވި ކަންބޮޑުވުންތަކަށް އަދިވެސް ޖަވާބު ނުލިބޭ: މެންބަރު މުޙައްމަދު އިބްރާހިމް
24 ޖެނުއަރީ 2026

ނ.ހެނބަދޫ ކުޑަކުދިންގެ ޕާކް: ބިން ހަވާލުކުރިތާ 9 މަސް ދުވަސް ވީ އިރު ވެސް މަސައްކަތެއް ނުކުރޭ

24 ޖެނުއަރީ 2026
ނ.ހެނބަދޫ ކުޑަކުދިންގެ ޕާކް: ބިން ހަވާލުކުރިތާ 9 މަސް ދުވަސް ވީ އިރު ވެސް މަސައްކަތެއް ނުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު