Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ޝަރުތަކާ ނުލައި އީރާން އިން އަމާން ނުދެނީސް، އެއްވެސް ވާހަކައެއް ނުދައްކާނަން: ޓްރަމްޕް

7 މާރިޗު 2026 | ހޮނިހިރު 04:34

އެގޮތުން ޓްރަމްޕް ވިދާޅުވީ އީރާން އިން އަމާންދީ، އެ ޤައުމަށް އެންމެ އެކަށީގެންވާ ރަނގަޅު ލީޑަރަކު ނުވަތަ، ލީޑަރުން ތަކެއް އައްޔަން ކުރުމާ އެކު، އީރާން ހަލާކުގެ ތެރެއިން ސަލާމަތް ކުރުމަށް އެމެރިކާ އާއި، އެމެރިކާގެ ބައިވެރިން ގުޅިގެން ބުރަ މަސައްކަތް ތަކެއް ކުރާނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 މާރިޗު 2026 | ހޮނިހިރު 04:34
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ގެޓީ އިމޭޖަސް

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމައިގައި، އެއްވެސް ޝަރުތެއް ނެތި އީރާން އިން އަމާން ނުދޭ ހިނދެއްގައި، އެއްވެސް ވާހަކައެއް އެ ޤައުމާ އެކު ނުދައްކާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. 

ހުކުރު ދުވަހު ޓްރަމްޕް މިހެން ވިދާޅުވެފައި ވަނީ، އޭނާގެ ޓުރުތު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އެގޮތުން ޓްރަމްޕް ވިދާޅުވީ އީރާން އިން އަމާންދީ، އެ ޤައުމަށް އެންމެ އެކަށީގެންވާ ރަނގަޅު ލީޑަރަކު ނުވަތަ، ލީޑަރުން ތަކެއް އައްޔަން ކުރުމާ އެކު، އީރާން ހަލާކުގެ ތެރެއިން ސަލާމަތް ކުރުމަށް އެމެރިކާ އާއި، އެމެރިކާގެ ބައިވެރިން ގުޅިގެން ބުރަ މަސައްކަތް ތަކެއް ކުރާނެ ކަމަށެވެ. 

މީގެ އިތުރުން އީރާންގެ އިޤްތިޞާދު ކުރިއެރުވުމަށް ޓަކައި އެމެރިކާ އިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. ޓްރަމްޕް މިހެން ވިދާޅުވެފައިވާއިރު، މީގެ ކުރިން އޭނާ ވިދާޅުވެފައި ވަނީ އީރާންގެ އައު ލީޑަރު ކަނޑަ އެޅުމުގެ މަރުހަލާގައި ވެސް އޭނާގެ ބައިވެރިވުން އޮންނަން ޖެހޭނެ ކަމަށެވެ. 

ބުރާސްފަތި ދުވަހު ރޮއިޓާސް ނޫހަށް ފޯނުން ދެއްވި އިންޓަވިޔުއެއްގައި ޓްރަމްޕް ވަނީ، އެކަން ހާމަ ކުރައްވައިފަ އެވެ. އެކަމުގައި އެމެރިކާގެ ބައިވެރިވުން އޮންނަން ޖެހޭނެ ކަމަށް ޓްރަމްޕް ވިދާޅުވީއިރު، އީރާންގެ އެންމެ މަތީ ވެރިޔާގެ މަގާމަށް ދެން ވަޑައިގަންނަވާނީ އެ ޤައުމުގެ ކުރީގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ދަރިކަލުން، މުޖުތަބާ ޚާމަނާއީ ކަމަށް ބެލެވިފައިވެ އެވެ. 

އެމެރިކާ އާއި އިޒްރޭލް އިން އީރާން އަށް ދޭން ފެށި ހަމަލާ ތަކުގައި ޚާމަނާއީ އަވަހާރަ ކޮށްލާފައިވާއިރު، މެދު އިރުމަތީގެ މަސްރަހު ވަނީ ވަރަށް ބޮޑު ނުތަނަވަސް ކަމެއްގެ ތެރޭގަ އެވެ. އެއާ އެކު، އީރާންގެ ސަރުކާރު ބަދަލުކޮށް، އެމެރިކާ އިން ބޭނުންވާ ސަރުކާރެއް އެ ޤައުމުގައި ޤާއިމު ކުރުމަށް މަސައްކަތް ކުރަމުންދާކަން ޓްރަމްޕްގެ ވާހަކަ ތަކުން ދޭހަވެ އެވެ. 

މަސްދަރު: ރޮއިޓާސް

އީރާން-އިޒްރޭލްއީރާން-އެމެރިކާއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

07 މާރިޗު 2026

އިޒްރޭލުން ތެހެރާނުގެ މެހެރްއާބާދު އެއާޕޯޓަށް ވަރުގަދަ ހަމަލާތަކެއް ދީފި

07 މާރިޗު 2026
އިޒްރޭލުން ތެހެރާނުގެ މެހެރްއާބާދު އެއާޕޯޓަށް ވަރުގަދަ ހަމަލާތަކެއް ދީފި
07 މާރިޗު 2026

"ކަލޭމެން ޗިސްޗިސް ކޮށްލާނަން" - އެމެރިކާ އާއި އިޒްރޭލާ ގުޅިގެން މަސައްކަތް ނުކުރުމަށް އިރާގުގެ ކުރުދިސްތާނަށް އީރާނުގެ އަސްކަރިއްޔާ އިން ވަރުގަދަ އިންޒާރެއް ދީފި

07 މާރިޗު 2026
"ކަލޭމެން ޗިސްޗިސް ކޮށްލާނަން" - އެމެރިކާ އާއި އިޒްރޭލާ ގުޅިގެން މަސައްކަތް ނުކުރުމަށް އިރާގުގެ ކުރުދިސްތާނަށް އީރާނުގެ އަސްކަރިއްޔާ އިން ވަރުގަދަ އިންޒާރެއް ދީފި
07 މާރިޗު 2026

އީރާނުން އާ ޖީލުގެ މިސައިލްތަކުން އިޒްރޭލަށާއި އެމެރިކާ އާ ގުޅުން ހުރި ތަންތަނަށް ވަރުގަދަ ހަމަލާތަކެއް ދީފި

07 މާރިޗު 2026
އީރާނުން އާ ޖީލުގެ މިސައިލްތަކުން އިޒްރޭލަށާއި އެމެރިކާ އާ ގުޅުން ހުރި ތަންތަނަށް ވަރުގަދަ ހަމަލާތަކެއް ދީފި
06 މާރިޗު 2026

އިރާނުން މިހާތަނަށް ބޭނުންކުރީ ޒަމާންވީ މިސައިލް، ފަހުގެ މިސައިލްތައް ބަހައްޓާފައި ހުރީ ދިގު ދެމިގެންދާ ހަނގުރާމަ އަކަށް ތައްޔާރުވާން، ހަތިޔާރު ފަރުމާކޮށް އުފެއްދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދޭ: އައިއާރުޖީސީ

އީރާން އަށް އަމާޒުކޮށް، އިޒްރޭލް އިން އައު ހަމަލާ ތަކެއް ދީފި

06 މާރިޗު 2026
އީރާން އަށް އަމާޒުކޮށް، އިޒްރޭލް އިން އައު ހަމަލާ ތަކެއް ދީފި
06 މާރިޗު 2026

އީރާންއާ ގުޅޭ ގޮތުން ޑިސަނަޔަކެ ވިދާޅުވީ، ލަންކާ އިން އިންސާނީ އަގުތައް ދަމަހައްޓާނެ ކަމަށް

06 މާރިޗު 2026
އީރާންއާ ގުޅޭ ގޮތުން ޑިސަނަޔަކެ ވިދާޅުވީ، ލަންކާ އިން އިންސާނީ އަގުތައް ދަމަހައްޓާނެ ކަމަށް
06 މާރިޗު 2026

އީރާން އިން އައު ރޫހާނީ ލީޑަރު މިހާރު ކަނޑައަޅާފައިވުން އެކަށީގެންވާ ކަމަށް ބުނެފި

06 މާރިޗު 2026
އީރާން އިން އައު ރޫހާނީ ލީޑަރު މިހާރު ކަނޑައަޅާފައިވުން އެކަށީގެންވާ ކަމަށް ބުނެފި
06 މާރިޗު 2026

އެމެރިކާ އާއި އިޒްރޭލް އިން އީރާން އަށް ދޭ ހަމަލާ ތަކުގައި އިނގިރޭސިވިލާތް ބައިވެރި ނުވާނެ: ބޮޑު ވަޒީރު ސްޓާމާ

06 މާރިޗު 2026
އެމެރިކާ އާއި އިޒްރޭލް އިން އީރާން އަށް ދޭ ހަމަލާ ތަކުގައި އިނގިރޭސިވިލާތް ބައިވެރި ނުވާނެ: ބޮޑު ވަޒީރު ސްޓާމާ
06 މާރިޗު 2026

އީރާނުން އިޒްރޭލަށް ނުރައްކާތެރި "ޚުއްރަމްޝަހަރު-4" މިސައިލްތަކުން ހަމަލާދީފި

06 މާރިޗު 2026
އީރާނުން އިޒްރޭލަށް ނުރައްކާތެރި "ޚުއްރަމްޝަހަރު-4" މިސައިލްތަކުން ހަމަލާދީފި
06 މާރިޗު 2026

އީރާނުގެ ޑްރޯން ހަމަލާތަކާ ގުޅިގެން އެމެރިކާގެ މަނަވަރު "ޔޫ.އެސް.އެސް އަބްރަހަމް ލިންކަން" އެ ސަރަހައްދު ދޫކޮށް ފިލައިފި

06 މާރިޗު 2026
އީރާނުގެ ޑްރޯން ހަމަލާތަކާ ގުޅިގެން އެމެރިކާގެ މަނަވަރު "ޔޫ.އެސް.އެސް އަބްރަހަމް ލިންކަން" އެ ސަރަހައްދު ދޫކޮށް ފިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް