Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓު

"އަމިއްލަ ހަސަދަ ފިލުވުމާއި ދަށު ދަރަޖައިގެ ރައްދު ދިނުމަށް ޤައުމީ ދުވަހެއް، ނުވަތަ ރައީސްގެ ޕޯޑިއަމް ބޭނުން ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ކަރާމާާތް ނަގާލުން!"

27 ޖުލައި 2026 | ހޯމަ 09:52

ރައީސް އެ ހުންނެވީ ވެރިކަން ކުރާ ޕީއެންސީގެ ޖަގަހަ ޖަލްސާއެއްގައިހެން ހީވާ ވަގުތު ވެސް ދިޔަ. ރައީސް އެ ދައްކަވަނީ އިންތިޚާބެއްގެ ކެމްޕެއިންގެ ވާހަކައެއްހެން ހީވާ ވަގުތު ވެސް ދިޔަ. ރައީސް އެ ހުންނެވީ އިދިކޮޅު ޕާޓީގެ ލީޑަރަކާ އެކު ބަހުސް އަކަށް އަރައިވަޑައިގެންހެން ހީވާ ވަގުތު ވެސް ދިޔަ. އަދި ރައީސް އެ ހުންނެވީ ޤައުމުގައި ނަފުރަތާއި، ފިތުނަ އުފައްދަވަންހެން ހީވާ ވަގުތު ވެސް ދިޔަ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 ޖުލައި 2026 | ހޯމަ 09:52
މިނިވަން ދުވަހުގެ ޖަލްސާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ

މިނިވަން ދުވަހުގެ ޖަލްސާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ | ރައީސް އޮފީސް

ދިވެހި ރާއްޖޭގެ މިނިވަން ކަމަށް 61 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ޤައުމާ މުޚާތަބު ކުރެއްވި އެވެ. ގިނަ ބަޔަކު އުންމީދު ކޮށްގެން ތިބީ، އެ ތަޤުރީރުގައި ރައީސް ވާހަކަފުޅު ދައްކަވާނީ ދުވަހާ ގުޅުވައިގެން ކަމަށެވެ. މިނިވަން ދުވަހުގެ ހަނދާންތައް އައު ކުރެއްވުމާއެކު، އެ ދުވަހުގެ މުހިންމު ކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވާނެ ކަމަށެވެ. ނަމަވެސް، ރައީސްގެ ތަޤުރީރުގައި މައިގަނޑު ގޮތެއްގައި އިދިކޮޅު ފަރާތްތަކަށް ނުރުހުން ފާޅުކުރެއްވުމާ އެކު އެއްޗެތި ވިދާޅުވި އެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި ރައީސް މުއިއްޒު އެ ދެއްވީ "ހޭޓް ސްޕީޗް" އެކެވެ.

ރައީސް މުއިއްޒު ތަޤުރީރު ދެއްވީ ވަރަށް ބޮޑަށް ރުންކުރުވެ ހުންނަވައި، ރުޅިވެރިކަން އިސް ކުރައްވައިގެންނެވެ. ގަދަ ބަސް ވިދާޅުވުމާއި، އިދިކޮޅު ޕާޓީއާ ދިމާލަށް އެއްޗެތި ވިދާޅުވި އެވެ. ރައީސް އެ ހުންނެވީ ވެރިކަން ކުރާ ޕީއެންސީގެ ޖަގަހަ ޖަލްސާއެއްގައިހެން ހީވާ ވަގުތު ވެސް ދިޔަ އެވެ. ރައީސް އެ ދައްކަވަނީ އިންތިޚާބެއްގެ ކެމްޕެއިން ވާހަކައެއްހެން ހީވާ ވަގުތު ވެސް ދިޔަ އެވެ. ރައީސް އެ ހުންނެވީ އިދިކޮޅު ޕާޓީގެ ލީޑަރަކާ އެކު ބަހުސަކަށް އަރައިވަޑައިގެންހެން ހީވާ ވަގުތު ވެސް ދިޔަ އެވެ. އަދި ރައީސް އެ ހުންނެވީ ޤައުމުގައި ނަފުރަތާއި، ފިތުނަ އުފައްދަވަންހެން ހީވާ ވަގުތު ވެސް ދިޔަ އެވެ.

ކުރީގެ މިނިސްޓަރު ރާޝިދާ ޔޫސުފް ސޯޝަލް މީޑިއާގައި ލިޔުއްވާފައި އޮތެވެ. "ރާއްޖޭގެ ތާރީޚުގައި ވެސް، ރާއްޖޭގެ މިނިވަން ދުވަހެއްގައި، ރާއްޖޭގެ އެންމެ އިސްވެރިޔާ މިހާ ހިތްދަތި ތަޤުރީރެއް ނުދެއްވާ!" ކަމަަށެވެ. ރައީސް މުއިއްޒުގެ ތަޤުރީރުގައި ޙާލަތު ސާފުކޮށް ބަޔާން ކޮށްދެއްވި ނަމަވެސް، ރާޝިދާ ވިދާޅުވީ އެމަނިކުފާނުގެ ވާހަކަފުޅުގެ ރާގު ހުންނެވީ ރައްޔިތުންނާ ދޭތެރޭގައި ވަަރަށް ހިތްޕުޅު ހަމަނުޖެހިވަޑައިގެން ހުންނެވި ފަދަ ގޮތަކަށް ކަމަށެވެ. އެ ތަޤުރީރު އަޑު އައްސަވަން ވަރަށް ދެރަވި ކަމަށް ފާހަގަކުރައްވާ، ރާޝިދާ ވިދާޅުވީ ހީއްކުރެއްވީ ޕާޓީގެ ޕޯޑިއަމެއްގައި ރައީސް މުއިއްޒު ހުންނެވި ހެންނެވެ. 

އެއާ އެކު ރާޝިދާ ވިދާޅުވީ، ރައީސް ރައްޔިތުންނާ މުޚާތަބު ކުރައްވާއިރު، ލޮބުވެތި ރައްޔިތުންނަށް އުފަލުން މިނިވަން ކަމުގެ އިޙުސާސް ކުރެވެން ޖެހޭނެ ކަމަށެވެ. އެފަދަ ދުވަހެއްގައި އެއްވެސް ރައްޔިތަކު "ވިކްޓިމައިޒް" ވާ ގޮތަށް، އިޙުތިރާމް ކުޑަ ކުރައްވާ، ވެރިޔަކު ވާހަކަފުޅު ދެއްކެވުމުން، ގިނަ މީހުން މާޔޫސް ވެދާނެ ކަމަށެވެ. 

ރައީސް މުއިއްޒުގެ ތަޤުރީރާ ގުޅިގެން ކުރީގެ މިނިސްޓަރު ރާޝިދާ ކުރައްވާފައިވާ ޕޯސްޓު

ރައީސް މުއިއްޒުގެ ތަޤުރީރާ ގުޅިގެން ކުރީގެ މިނިސްޓަރު ރާޝިދާ ކުރައްވާފައިވާ ޕޯސްޓު | ސޯޝަލް މީޑިއާ

މިއީ މިއަދު ދިވެހި ގިނަ ރައްޔިތުންގެ ކަންބޮޑުވުމެވެ. ރައީސްގެ ތަޤުރީރާ މެދު ގިނަ ބަޔަކު މިއަދު ދެކެމުން އަންނަ ގޮތެވެ. މިނިވަން ދުވަހު ވެސް ޕޯޑިއަމް އަށް އަރައިވަޑައިގެން، ކަރުން ނާރު ހިލުވާލައްވާ، ޤައުމުގައި ނަފުރަތު އުފެދޭ ގޮތަށް ރައީސް މުއިއްޒު ވާހަކަފުޅު ދެއްކެވުމަކީ، ލަދުވެތި ކަމެކެވެ. މިއީ ރާއްޖޭގެ އެއްވެސް ވެރިޔަކު މިހާތަނަށް ކުރައްވާފައިވާ ކަމެއް ނޫނެވެ. 

ޤާނޫނީ ވަކީލު ޝަމްސުލް ފަލާޙު ވިދާޅުވެފައި ވަނީ، ރައީސްގެ ކިބައިން ފެނިވަޑައިގަތީ ދައުލަތް ހިންގުމުގެ ވިސްނުން ނޫން ކަަމަށެވެ. އޭގެ ބަދަލުގައި އެ ތަޤްރީރުގައި ސިޔާސީ ސަކަރާތެއް ކަމަށާއި، ޤައުމުގެ ޤަދަރު ކުޑަކޮށް، ދަށު ދަރަޖައިގެ ވާހަކަތަކަކަށް ބަސް މަގު ތިރިކޮށްލެއްވި މަންޒަރު ފެނިވަޑައިގެންނެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މަތިވެރި އަސާސްތަކުގެ ބަދަލުގައި ދަށު ދަރަޖައިގެ ރައްދުތައް އިސްކުރައްވާ، މީހުންނަށް ސިޔާސީ ގަޅި އުކީ ކަމަށް ޝަމްސުލް ފަލާޙު ވަނީ ސިފަ ކުރައްވައިފަ އެވެ. 

މިނިވަން ދުވަހު ރައީސް މުއިއްޒު ދެއްވި ތަޤީރުން ޝަމްސުލް ފަލާޙަށް އިވިވަޑައިގަތީ، މިނިވަން ކަމުގެ ރީތި ހަމަތަކެއް ނޫނެވެ. އޭނާ ވިދާޅުވީ، ރައީސް މުއިއްޒުގެ ތަޤުރީރުން އިވިވަޑައިގަތީ، ކެމްޕެއިން ރެލީއެއްގެ ބަހުރުވަ ކަމަށެވެ. ރައީސް މުއިއްޒު ގެންގުޅުއްވީ 'ގައްޑާމީ' ބަސް މަގެއް ކަމަށެވެ. މިނިވަން ދުވަހުގެ މުނާސަބަތާ ނުގުޅޭ، މަޤާމުގެ ގަދަރު ކުޑަވާ އަދި ޤައުމުގެ ދިމިގްރާތީ ސިފަތަކަށް ކަނުވެފައިވާ ބަސް މަގެއް ކަމަށެވެ.

މިނިވަން ދުވަހުގެ ޖަލްސާ އަކީ ދައުލަތުން ޚަރަދު ކޮށްގެން ބާއްވާ ޖަލްސާއަކަށް ވާއިރު، އެ ދުވަހުގެ ތަޤުރީރުން ރައްދު ވަނީ މުޅި ޖުމްހޫރިިއްޔާ އަށް ކަމަށް ޝަމްސުލް ފަލާޙު ފާހަގަ ކުރެއްވި އެވެ. އަދި އެއީ މިނިވަން ކަމުން ޤުރުބާންވީ ފަރާތްތަކާއި، މިނިވަންކަމުގެ އުސޫލުތައް ސަލާމަތުން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭން ޖެހޭ އަދުގެ ޖީލަށް ބާއްވާ ޖަލްސާއެއް ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. 

އެއާ އެކު ޝަމްސުލް ފަލާޙު ވިދާޅުވެފައި ވަނީ، ވަރަށް ރަނގަޅު ވާހަކަ ކޮޅެކެވެ. އަމިއްލަ ހަސަދަ ފިލުވުމާއި، ދަށު ދަރަޖައިގެ ރައްދު ދިނުމަށް ޤައުމީ ދުވަހެއް، ނުވަތަ ރައީސްގެ ޕޯޑިއަމް ބޭނުން ކުރުމަކީ، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ކަރާމާާތް ނަގާލުމެވެ. 

ރައީސް މުއިއްޒުގެ ތަޤުރީރާ ގުޅިގެން ޤާނޫނީ ވަކީލު ޝަމްސުލް ފަލާާޙު ކުރައްވާފައިވާ ޕޯސްޓު

ރައީސް މުއިއްޒުގެ ތަޤުރީރާ ގުޅިގެން ޤާނޫނީ ވަކީލު ޝަމްސުލް ފަލާާޙު ކުރައްވާފައިވާ ޕޯސްޓު | ސޯޝަލް މީޑިއާ

މިއީ މިއަދު އެންމެން ވެސް ދައްކަމުން އަންނަ ވާހަކަ އެވެ. ރައީސް މުއިއްޒުގެ ފަރާތްޕުޅުން ފެނުނީ އަޚުލާޤު ދަށް، ބަސް މަގު ހުުތުރު އަމަލެކެވެ. އެމަނިކުފާނަކީ ރައްޔިތުންނަށް ހެޔޮ އެދިވަޑައިގަންނަވާ ވެރިއެއް ނަމަ، މައާފަށް ވެސް އެދިވަޑައިގަންނަވަން ޖެހޭނެ އެވެ. އެކަމަކު، ތިމަން މަނިކުފާނަކީ އެންމެ މޮޅު އަދި ގަދަ މީހާ ކަމަށް ޤަބޫލު ކުރައްވާ ވެރިޔަކު، އެކަން ވެސް ނުކުރައްވާނެތާ އެވެ.

މަގޭ ރިޕޯޓްމިނިވަން ދުވަސްޑރ. މުހައްމަދު މުއިއްޒު

އިތުރަށް ކިޔާލަން

26 ޖުލައި 2026

މިނިވަން ދުވަހުގެ މުނާސަބަތުގައި ހެވިކަމާއި ކުޅިވަރުތައް ބާއްވައިފި

26 ޖުލައި 2026
މިނިވަން ދުވަހުގެ މުނާސަބަތުގައި ހެވިކަމާއި ކުޅިވަރުތައް ބާއްވައިފި
26 ޖުލައި 2026

ގިނަ އަދަދެއްގެ ޑިޕްލޮމޭޓުން މިނިވަން ދުވަހުގެ ރަސްމިއްޔާތައް ރާއްޖެ ވަޑައިގަތީ އަދުގެ ސަރުކާރުން ދިވެހީންނަށް އިސްކަން ދިނުމުގެ ޚާރިޖީ ސިޔާސަތު ގެންގުޅޭތީ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

26 ޖުލައި 2026
ގިނަ އަދަދެއްގެ ޑިޕްލޮމޭޓުން މިނިވަން ދުވަހުގެ ރަސްމިއްޔާތައް ރާއްޖެ ވަޑައިގަތީ އަދުގެ ސަރުކާރުން ދިވެހީންނަށް އިސްކަން ދިނުމުގެ ޚާރިޖީ ސިޔާސަތު ގެންގުޅޭތީ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
26 ޖުލައި 2026

ބޭސް ލިބިމުގައި ދަތިތަކެއް ހުރިކަމަށް ރައީސް މުއިއްޒު އެއްބަސްވެވަޑައިގެންފި

26 ޖުލައި 2026
ބޭސް ލިބިމުގައި ދަތިތަކެއް ހުރިކަމަށް ރައީސް މުއިއްޒު އެއްބަސްވެވަޑައިގެންފި
26 ޖުލައި 2026

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާއަށް ދައުވަތު އަރުވާފައި ނުވާތީ ރައީސް ނަޝީދުގެ ކަންބޮޑުވުން، ވިދާޅުވީ ޖަލުގައި ހުންނެވި ދުވަސްވަރު ވެސް ޖަލްސާއަށް ދައުވަތު ލިބިވަޑައިގެންނެވި ކަމަށް

26 ޖުލައި 2026
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާއަށް ދައުވަތު އަރުވާފައި ނުވާތީ ރައީސް ނަޝީދުގެ ކަންބޮޑުވުން، ވިދާޅުވީ ޖަލުގައި ހުންނެވި ދުވަސްވަރު ވެސް ޖަލްސާއަށް ދައުވަތު ލިބިވަޑައިގެންނެވި ކަމަށް
26 ޖުލައި 2026

މުއިއްޒުގެ އަސްލު ސިފައިގެ ސްޕީޗެއް މިފަހަރު މިނިވަންދުވަހު

26 ޖުލައި 2026
މުއިއްޒުގެ އަސްލު ސިފައިގެ ސްޕީޗެއް މިފަހަރު މިނިވަންދުވަހު
26 ޖުލައި 2026

ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭ ޚާއްސަ ދެ މަޖިލިސް އަނެއްކާ ވެސް އުފައްދަވަނީ!

26 ޖުލައި 2026
ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭ ޚާއްސަ ދެ މަޖިލިސް އަނެއްކާ ވެސް އުފައްދަވަނީ!
26 ޖުލައި 2026

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވައިފި

26 ޖުލައި 2026
ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވައިފި
26 ޖުލައި 2026

ރައްޔިތުންގެ އުއްމީދުތަކުގައި ކުލަ ޖައްސައިދިނުމަކީ ގައުމީ މިނިވަންކަން ދެމެހެއްޓުމުގެ އެންމެ މުހިއްމު އެއް އަސާސް: ރައީސް ސޯލިހު

26 ޖުލައި 2026
ރައްޔިތުންގެ އުއްމީދުތަކުގައި ކުލަ ޖައްސައިދިނުމަކީ ގައުމީ މިނިވަންކަން ދެމެހެއްޓުމުގެ އެންމެ މުހިއްމު އެއް އަސާސް: ރައީސް ސޯލިހު
26 ޖުލައި 2026

މިނިވަންކަން ދެމެހެއްޓުމަށް މުޖުތަމައުގައި ބަދަހި ގުޅުމެއް އޮތުން އިންތިހާއަށް ބޭނުންތެރި: ރައީސް މުއިއްޒު

26 ޖުލައި 2026
މިނިވަންކަން ދެމެހެއްޓުމަށް މުޖުތަމައުގައި ބަދަހި ގުޅުމެއް އޮތުން އިންތިހާއަށް ބޭނުންތެރި: ރައީސް މުއިއްޒު
26 ޖުލައި 2026

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

26 ޖުލައި 2026
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް