Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވޭޕް ހިފެހެއްޓުން

މަނާކުރި ފަހުން މިހާތަނަށް 73000 އަށް ވުރެ ގިނަ ވޭޕް ގެ ސާމާނު ހިފަހައްޓައިފި

19 ޑިސެމްބަރު 2025 | ހުކުރު 08:43

ދިޔާނާ ވިދާޅުވީ ވޭޕް އެތެރެކުރުން މަނާކުރި ފަހުން 185 މައްސަލައެއްގައި 73،000 އަށްވުރެ ގިނަ ވޭޕް އަދި 24 މިލިއަން ރުފިޔާގެ ސިނގިރެޓް ހިފަހައްޓާފައިވާ އިރު 2 އަހަރު ތެރޭގައި 118 މައްސަލައެއްގައި 205 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 19 ޑިސެމްބަރު 2025 | ހުކުރު 08:43
ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާޠިމަތު ދިޔާނާ

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާޠިމަތު ދިޔާނާ

އިލެކްޓްރޯނިކް ސިނގިރެޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ރާއްޖެއަށް އެތެރެކުރުން މަނާ ކުރި ފަހުން، މިހާތަނަށް 73000އަށްވުރެ ގިނަ ވޭޕް ގެ ސާމާނު ހިފަހައްޓައިފި އެވެ.

ހޯމް ސެކްޓަރ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ވިދާޅުވީ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ރާއްޖެއަށް އެތެރެކުރުން މަނާ ކުރި ފަހުން، މިހާތަނަށް 73000އަށްވުރެ ގިނަ ވޭޕްގެ ސާމާނާއި 24 މިލިއަން ރުފިޔާ ގެ ސިނގިރެޓް ހިފަހައްޓާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

15 ނޮވެމްބަރު 2024 އިން ފެށިގެން ވޭޕް އެތެރެކުރުން މަނާކުރެވިފައިވާ އިރު މިހާތަނަށް 185 މައްސަލައެއްގައި 73،000 އަށްވުރެ ގިނަ ވޭޕް އަތުލައިގަނެފައިވޭ. އަދި ހަމަ މި މުއްދަތުގައި ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު 24 މިލިއަނަށްވުރެ ގިނަ ސިނގިރެޓް ސްޓިކް އަތުލައިގަނެފައިވޭ. 
ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ

ދިޔާނާ ވިދާޅުވީ މިދިޔަ 2 އަހަރު ތެރޭގައި ވައިގެ މަގުންނާއި ކަނޑު މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު 118 މައްސަލައެއްގައި 205 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ. އަދި މި ތަކެތީގެ މަގުމަތީ އަގު 277 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. 

ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ގެންގުޅުން އަދި ވިއްކުމާއި ހިލޭ ބެހުން މަނާކޮށް، ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށް އިސްލާޙު ގެނެސް މިދިޔަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެންވަނީ ޢަމަލުކުރަން ފަށާފައެވެ. މިއާއެކު މިފަދަ ތަކެތި ރާއްޖެ އެތެރެކޮށް ބޭނުންކުރާ ފަރާތްތަކާއި ވިއްކާ ފަރާތްތަކާ މެދު މިޤާނޫނުގެ ދަށުން އަންނަނީ ފިޔަވަޅު އަޅަމުންނެވެ.

ވޭޕްގެ ބާވަތްތަކާއި އެއާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައި ހުންނަ އާލާތެއް ރާއްޖެއަށް އެތެރެކޮށްފިނަމަ 50000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10000 ރުފިޔާގެ މަގުން ޖޫރިމަނާކުރުމަށް ޤާނޫނުގައި ވަނީ ކަނޑައަޅާފަ އެވެ.

ޤާނޫނަށް ގެނައި އިސްލާޙާއެކު ވޭޕްކުރުމަށް ބޭނުންކުރާ އެއްވެސް އާލާތެއް ކުޑަކުއްޖަކަށް ވިއްކައިފިނަމަ ނުވަތަ ހިލޭ ދީފިނަމަ އެފަދަ އާލާތްތައް ވިއްކުމުންނާއި ހިލޭ ބެހުމުންކުރާ ޖޫރިމަނާގެ އިތުރަށް 50000 ރުފިޔާގެ ޖޫރިމަނާއެއް ކުރާނެ ކަމަށް ޤާނޫނުގައިމވަނީ ބަޔާންކޮށްފަ އެވެ.

ސިނގިރޭޓުފާތިމަތު ދިޔާނާމަސްތުވާތަކެތިމޯލްޑިވްސް ކަސްޓަމްސް

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2025

ރާއްޖެ އެތެރެކުރަން އުޅުނު 3 ކިލޯ އަށްވުރެ ގިނަ ކެނަބިސް ފަތް ހިފަހައްޓައިފި

16 ޑިސެމްބަރު 2025
 ރާއްޖެ އެތެރެކުރަން އުޅުނު 3 ކިލޯ އަށްވުރެ ގިނަ ކެނަބިސް ފަތް ހިފަހައްޓައިފި
08 ޑިސެމްބަރު 2025

ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!

08 ޑިސެމްބަރު 2025
ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!
06 ޑިސެމްބަރު 2025

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި
04 ޑިސެމްބަރު 2025

ބުރާސްފަތި ދުވަހު މި ސަރުކާރުން ހަވާލުވި ޕެޓްރޯލް ވެސަލް އަކީ، އެމްޑީޕީ ވެރިކަމުގައި ޖަޕާނުން ހަދިޔާކުރި އުޅަނދެއް

04 ޑިސެމްބަރު 2025
 ބުރާސްފަތި ދުވަހު މި ސަރުކާރުން ހަވާލުވި ޕެޓްރޯލް ވެސަލް އަކީ، އެމްޑީޕީ ވެރިކަމުގައި ޖަޕާނުން ހަދިޔާކުރި އުޅަނދެއް
30 ނޮވެމްބަރު 2025

މަސްތުވާތަކެތި ފޮރުވައި، ފިލަން މަސައްކަތް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާނާގެ ބަންދަށް 5 ދުވަސް

30 ނޮވެމްބަރު 2025
މަސްތުވާތަކެތި ފޮރުވައި، ފިލަން މަސައްކަތް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާނާގެ ބަންދަށް 5 ދުވަސް
25 ނޮވެމްބަރު 2025

ޑްރަގުގެ ބޮޑު އޮޕަރޭޝަންގައި މުޅި ރާއްޖެއިން އަތުލައިގަތީ 29 ކިލޯ ގެ މަސްތުވާތަކެއްޗާއި 188،000 ރުފިޔާ

25 ނޮވެމްބަރު 2025
ޑްރަގުގެ ބޮޑު އޮޕަރޭޝަންގައި މުޅި ރާއްޖެއިން އަތުލައިގަތީ 29 ކިލޯ ގެ މަސްތުވާތަކެއްޗާއި 188،000 ރުފިޔާ
25 ނޮވެމްބަރު 2025

މަސްތުވާތަކެތީގެ މައްސަލަ އެއްގައި، އަނެއްކާ ވެސް އެންޑީއޭ ގެ މުވައްޒަފަކު ހައްޔަރުކޮށްފި

25 ނޮވެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލަ އެއްގައި، އަނެއްކާ ވެސް އެންޑީއޭ ގެ މުވައްޒަފަކު ހައްޔަރުކޮށްފި
24 ނޮވެމްބަރު 2025

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ޒުވާނެއްގެ ފޮޓޯ އާންމު ކުރުމަށްފަހު އެ ނެގީ ތަހުގީގު ބޭނުމަށް: ފުލުހުން

24 ނޮވެމްބަރު 2025
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ޒުވާނެއްގެ ފޮޓޯ އާންމު ކުރުމަށްފަހު އެ ނެގީ ތަހުގީގު ބޭނުމަށް: ފުލުހުން
22 ނޮވެމްބަރު 2025

ވިލިމާލެ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 31 ކާޓަން ސިނގިރޭޓު ގެއްލުނު މައްސަލަ ޖިނާއީ މައްސަލަ އެއް ގެ ގޮތުގައި ތަހުގީގު ކުރަނީ

22 ނޮވެމްބަރު 2025
ވިލިމާލެ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 31 ކާޓަން ސިނގިރޭޓު ގެއްލުނު މައްސަލަ ޖިނާއީ މައްސަލަ އެއް ގެ ގޮތުގައި ތަހުގީގު ކުރަނީ
20 ނޮވެމްބަރު 2025

މަސްތުވާތަކެތި ވިއްކާ މީހޫން ހޯދުމުގެ ބޮޑު އޮޕަރޭޝަންގެ ހިލަމެއްނެތް. ޖަލްސާއަށް ކުޅުނު ޑްރާމާއެއްތަ؟

20 ނޮވެމްބަރު 2025
މަސްތުވާތަކެތި ވިއްކާ މީހޫން ހޯދުމުގެ ބޮޑު އޮޕަރޭޝަންގެ ހިލަމެއްނެތް. ޖަލްސާއަށް ކުޅުނު ޑްރާމާއެއްތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް