Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާންއާ ގުޅޭ ގޮތުން ޑިސަނަޔަކެ ވިދާޅުވީ، ލަންކާ އިން އިންސާނީ އަގުތައް ދަމަހައްޓާނެ ކަމަށް

6 މާރިޗު 2026 | ހުކުރު 10:52

އެ ހާދިސާއާ ގުޅޭ ގޮތުން ލަންކާގެ ރައީސް ޑިސަނަޔަކެ ވިދާޅުވީ، ސްރީ ލަންކާގެ ސިޔާސަތަކީ ވަކި ފަރާތަކަށް ޖެހުމެއް ނެތް، މިނިވަން ސިޔާސަތެއް ކަމަށް. ހަމަ އެއާ އެކު، ސްރީ ލަންކާ އިން އިންސާނިއްޔަތުގެ އަގުތަކާއި، އިންސާނިއްޔަތުކަން ދަމަހައްޓާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 މާރިޗު 2026 | ހުކުރު 10:52
ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކެ

ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކެ | ގެޓީ އިމޭޖަސް

އެމެރިކާގެ ސަބްމެރީން އަކުން އީރާންގެ އަސްކަރީ މަނަވަރަކަށް ހަމަލާ ދިނުމާ ގުޅިގެން، އެ މަނަވަރުގައި ތިބި ފަޅުވެރިންނަށް ސްރީ ލަންކާ އިން އެހީތެރިކަން ފޯރުކޮށްދިނީ އިންސާނީ އަގުތައް ދެމެހެއްޓުމުގެ ގޮތުން ކަމަށް، ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކެ ވިދާޅުވެއްޖެ އެވެ.

ސްރީ ލަންކާގެ ދެކުނު އައްސާރިން ގާތް ގަނޑަކަށް 44 ނޯޓިކަލް މޭލް ނުވަތަ، 81 ކިލޯ މީޓަރު ދުރު ހިސާބެއްގައި މި ހާދިސާ ހިނގިއިރު، ލަންކާ އިން ވަނީ އެ އުޅަނދުގައި ތިބި އީރާންގެ އަސްކަރީ އޮފިޝަލުންނަށް ރައްކާތެރިކަން ފޯރުކޮށްދީ، އެ މީހުން ސަލާމަތް ކޮށްދީފަ އެވެ. 

އެ ހާދިސާއާ ގުޅޭ ގޮތުން ލަންކާގެ ރައީސް ޑިސަނަޔަކެ ވިދާޅުވީ، ސްރީ ލަންކާގެ ސިޔާސަތަކީ ވަކި ފަރާތަކަށް ޖެހުމެއް ނެތް، މިނިވަން ސިޔާސަތެއް ކަމަށެވެ. ހަމަ އެއާ އެކު، ސްރީ ލަންކާ އިން އިންސާނިއްޔަތުގެ އަގުތަކާއި، އިންސާނިއްޔަތުކަން ދަމަހައްޓާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. އެ ހާދިސާގައި ސްރީ ލަންކާ އިން އަމަލު ކޮށްފައި ވަނީ ބައިނަލްއަޤުވާމީ މުއާހަދާ ތަކަށް އިޙުތިރާމް ކުރުމާ އެކު، ޤައުމުގެ އަބުރާއި ޤަދަރު ހިފެހެއްޓޭނެ ފަދަ ގޮތަކަށް ކަމަށް ވެސް ޑިސަނަޔަކެ ވިދާޅުވި އެވެ.

އެމެރިކާ އާއި އިޒްރޭލް އިން އީރާން އަށް ހަމަލާ ދިނުމާ ގުޅިގެން، އޭގެ ރައްދުގައި އީރާން އިން ހަމަލާ ދޭން ފެށުމާ އެކު، ސަރަހައްދީ މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. މެދު އިރުމަތީގެ ސަރަހައްދު ނުތަނަވަސްވެފައިވާއިރު، ޑިސަނަޔަކެ ވިދާޅުވީ ސްރީ ލަންކާ އިން އެންމެ ބޮޑު އިސްކަމެއް ދޭނީ އިންސާނީ ފުރާނަ ސަލާމަތް ކުރުމަށް ކަމަށެވެ. 

މި ހާދިސާ ހިނގާފައިވާ ސަރަހައްދަކީ އިންޑިއާގެ އިރު ދެކުނުން އަދި ބޭ އޮފް ބެންގާލްގެ ހުޅަނދު ދެކުނު އިންޑިއާ ކަނޑުގެ މުހިންމު ސަރަހައްދެކެވެ. މެދު އިރުމަތީގައި އުފެދިފައިވާ ހަމަ ނުޖެހުންތައް އިތުރަށް ފުޅާވަމުންދާ ވަގުތެއްގައި، އީރާންގެ މަނަވަރެއް ފައްތާލުމަކީ ސަރަހައްދީ މަސްރަހު އިތުރަށް ގޯސްވެގެން ދާނެ ކަމެއް ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތް ތަކުން ބުނެފައިވެ އެވެ. 

މި ހާދިސާ ހިނގާފައިވާ ސަރަހައްދަކީ އިންޑިއާގެ އިރުދެކުނުން އަދި ބޭ އޮފް ބެންގާލްގެ ހުޅަނގު ދެކުނުން އިންޑިއާ ކަނޑުގެ މުހިންމު ސަރަހައްދެކެވެ. މެދުއިރުމަތީގައި އުފެދިފައިވާ ހަމަނުޖެހުންތައް އިތުރަށް ފުޅާވަމުންދާ ދަނޑިވަޅެއްގައި، އީރާނުގެ މަނަވަރެއް ފައްތާލުމަކީ ސަރަހައްދީ މަސްރަހު އިތުރަށް ގޯސްވެގެންދާނެ ކަމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

މަސްދަރު: ބީބީސީ

އީރާންސްރީލަންކާއަނުރަ ކުމާރަ ދިސާނަޔަކައީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

06 މާރިޗު 2026

އީރާން އިން އައު ރޫހާނީ ލީޑަރު މިހާރު ކަނޑައަޅާފައިވުން އެކަށީގެންވާ ކަމަށް ބުނެފި

06 މާރިޗު 2026
އީރާން އިން އައު ރޫހާނީ ލީޑަރު މިހާރު ކަނޑައަޅާފައިވުން އެކަށީގެންވާ ކަމަށް ބުނެފި
06 މާރިޗު 2026

އެމެރިކާ އާއި އިޒްރޭލް އިން އީރާން އަށް ދޭ ހަމަލާ ތަކުގައި އިނގިރޭސިވިލާތް ބައިވެރި ނުވާނެ: ބޮޑު ވަޒީރު ސްޓާމާ

06 މާރިޗު 2026
އެމެރިކާ އާއި އިޒްރޭލް އިން އީރާން އަށް ދޭ ހަމަލާ ތަކުގައި އިނގިރޭސިވިލާތް ބައިވެރި ނުވާނެ: ބޮޑު ވަޒީރު ސްޓާމާ
06 މާރިޗު 2026

ސްރީލަންކާ އިން އީރާނުގެ މަނަވަރެއްގެ 208 ފަޅުވެރިން އެ ގައުމަށް ބާލައި، މަނަވަރަށް ރައްކާތެރިކަން ދީފި

06 މާރިޗު 2026
ސްރީލަންކާ އިން އީރާނުގެ މަނަވަރެއްގެ 208 ފަޅުވެރިން އެ ގައުމަށް ބާލައި، މަނަވަރަށް ރައްކާތެރިކަން ދީފި
06 މާރިޗު 2026

އީރާނުން އިޒްރޭލަށް ނުރައްކާތެރި "ޚުއްރަމްޝަހަރު-4" މިސައިލްތަކުން ހަމަލާދީފި

06 މާރިޗު 2026
އީރާނުން އިޒްރޭލަށް ނުރައްކާތެރި "ޚުއްރަމްޝަހަރު-4" މިސައިލްތަކުން ހަމަލާދީފި
06 މާރިޗު 2026

"ނަރަކަވަންތަވެރިންނަށް އީރާނަކުން ޖާގައެއް ނެތް" އެއްގަމު މަގުން ހަމަލާދީފިނަމަ ނުރައްކާތެރި ނަތީޖާއަކާ ކުރިމަތިލާންޖެހޭނެ: އީރާނުގެ ސަލާމަތީ އިސްވެރިޔާ

06 މާރިޗު 2026
"ނަރަކަވަންތަވެރިންނަށް އީރާނަކުން ޖާގައެއް ނެތް" އެއްގަމު މަގުން ހަމަލާދީފިނަމަ ނުރައްކާތެރި ނަތީޖާއަކާ ކުރިމަތިލާންޖެހޭނެ: އީރާނުގެ ސަލާމަތީ އިސްވެރިޔާ
06 މާރިޗު 2026

އީރާނުގެ ޑްރޯން ހަމަލާތަކާ ގުޅިގެން އެމެރިކާގެ މަނަވަރު "ޔޫ.އެސް.އެސް އަބްރަހަމް ލިންކަން" އެ ސަރަހައްދު ދޫކޮށް ފިލައިފި

06 މާރިޗު 2026
އީރާނުގެ ޑްރޯން ހަމަލާތަކާ ގުޅިގެން އެމެރިކާގެ މަނަވަރު "ޔޫ.އެސް.އެސް އަބްރަހަމް ލިންކަން" އެ ސަރަހައްދު ދޫކޮށް ފިލައިފި
06 މާރިޗު 2026

ޓްރަމްޕް: އީރާނުގެ ސުޕްރީމް ލީޑަރު ހޮވުމުގައި އަހަރެންގެ ބައިވެރިވުން އޮންނަން ޖެހޭނެ

06 މާރިޗު 2026
ޓްރަމްޕް: އީރާނުގެ ސުޕްރީމް ލީޑަރު ހޮވުމުގައި އަހަރެންގެ ބައިވެރިވުން އޮންނަން ޖެހޭނެ
05 މާރިޗު 2026

އީރާން ހަނގުރާމަ އެތައް މަސްތަކަކަށް ދެމިގެން ހިނގައިދާނެ ކަމުގެ އިންޒާރު އިނގިރޭސިވިލާތުގެ މިނިސްޓަރަކު ދެއްވައިފި

05 މާރިޗު 2026
އީރާން ހަނގުރާމަ އެތައް މަސްތަކަކަށް ދެމިގެން ހިނގައިދާނެ ކަމުގެ އިންޒާރު އިނގިރޭސިވިލާތުގެ މިނިސްޓަރަކު ދެއްވައިފި
05 މާރިޗު 2026

ހަނގުރާމައިގެ 6 ވަނަ ދުވަސް - އިޒްރޭލުން ފާއިތުވި ފަސް ދުވަހު އީރާނަށް ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 1،045 އަށް އަރައިިފި

05 މާރިޗު 2026
ހަނގުރާމައިގެ 6 ވަނަ ދުވަސް - އިޒްރޭލުން ފާއިތުވި ފަސް ދުވަހު އީރާނަށް ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 1،045 އަށް އަރައިިފި
05 މާރިޗު 2026

އީރާނުން އިޒްރޭލުގެ ބެން ގުރިއަން އެއާޕޯޓަށް މިސައިލް ހަމަލާދީފި

05 މާރިޗު 2026
އީރާނުން އިޒްރޭލުގެ ބެން ގުރިއަން އެއާޕޯޓަށް މިސައިލް ހަމަލާދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް