Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާން އިން އައު ރޫހާނީ ލީޑަރު މިހާރު ކަނޑައަޅާފައިވުން އެކަށީގެންވާ ކަމަށް ބުނެފި

ޕްރޮފެސަރު ޚަރަޒްމީ ފާހަގަ ކުރެއްވި ގޮތުގައި، އީރާންގައި ދެން ހުންނަވާނެ އެންމެ މަތީ ވެރިޔާގެ ނަން ސިއްރު ކޮށްފައި ބޭއްވުމަކީ ވަރަށް ބުއްދިވެރި، ހަމަ ހަމަޖެހޭ އުސޫލެއް. އެއީ އެ ބޭފުޅެއްގެ ފުރާނަ ސަލާމަތްކޮށް، ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އަޅާފައިވާނެ ފިޔަވަޅެއް ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 މާރިޗު 2026 | ހުކުރު 10:49
އެމެރިކާ އާއި އިޒްރޭލްގެ ހަމަލާ ތަކުގައި އަވަހާރަ ކޮށްލާފައިވާ އީރާންގެ ކުރީގެ ރޫހާނީ ލީޑަރު ޚާމަނާއީގެ ފޮޓެއް ހިފައިގެން މީހަކު

އެމެރިކާ އާއި އިޒްރޭލްގެ ހަމަލާ ތަކުގައި އަވަހާރަ ކޮށްލާފައިވާ އީރާންގެ ކުރީގެ ރޫހާނީ ލީޑަރު ޚާމަނާއީގެ ފޮޓެއް ހިފައިގެން މީހަކު | ރޮއިޓާސް

އީރާންގެ އެންމެ މަތީ ވެރިޔާ، ނުވަތަ ރޫހާނީ ލީޑަރުގެ މަޤާމަށް ދެން ވަޑައިގަންނަވާނެ ބޭފުޅެއް މިހާރު ކަނޑައަޅާފައިވުން އެކަށީގެންވާ ކަމަށާއި، ނަމަވެސް ސަލާމަތީ ސަބަބު ތަކަށްޓަކައި އެކަން ރަސްމީކޮށް އިއުލާން ނުކުރަނީ ކަމަށް ތެހެރާން ޔުނިވާސިޓީގެ އެސޯސިއޭޓް ޕްރޮފެސަރެއް ކަމަށްވާ ޒޮޚްރޭ ޚަރަޒްމީ ވިދާޅުވެއްޖެ އެވެ.

އަލް ޖަޒީރާ އަށް ދެއްވި ބަސްދީ ގަތުމެއްގައި އޭނާ ވިދާޅުވީ، އައު ރޫހާނީ ލީޑަރަކު އައްޔަން ކުރުމުގެ މަރުޙަލާ އީރާންގެ ދީނީ ޢިލްމުވެރިންގެ މަޖިލިސް ނުވަތަ، އެސެމްބްލީ އޮފް އެކްސްޕާޓްސްގެ އަށް މެމްބަރުން ބޮއިކޮޓް ކޮށްފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަ އަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށެވެ.

ޕްރޮފެސަރު ޚަރަޒްމީ ފާހަގަ ކުރެއްވި ގޮތުގައި، އީރާންގައި ދެން ހުންނަވާނެ އެންމެ މަތީ ވެރިޔާގެ ނަން ސިއްރު ކޮށްފައި ބޭއްވުމަކީ ވަރަށް ބުއްދިވެރި، ހަމަ ހަމަޖެހޭ އުސޫލެކެވެ. އެއީ އެ ބޭފުޅެއްގެ ފުރާނަ ސަލާމަތްކޮށް، ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އަޅާފައިވާނެ ފިޔަވަޅެއް ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. އެގޮތުން މިހާރު އީރާންގެ ސިޔާސީ މަސްރަހު އޮތް ގޮތުން، ދެން އަންނާނެ ލީޑަރަކީ ކޮބައިކަން ކުރިއާލައިޮ އެނގުމަކީ، ނުރައްކާ ތަކެއް ކުރިމަތި ވެދާނެ ކަމެއް ކަމަށް އޭނާ އިޝާރާތް ކުރެއްވި އެވެ. 

މީގެ އިތުރުން، އީރާންގެ ހުޅަނގު ސަރަހައްދުގައި ޙަރަކާތްތެރިވާ ކުރުދީ ހަތިޔާރު އެޅި ޖަމާއަތް ތަކުން، އީރާންގެ ސަލާމަތީ ބާރު ތަކަށް ހަމަލާ ދިނުމާ ގުޅޭ ގޮތުން އެެމެރިކާއާ މަޝްވަރާ ކުރަމުންދާ ކަމަށް ފެތުރިފައިވާ ރިޕޯޓުތައް ވެސް ޚަރަޒްމީ ވަނީ ދޮގު ކުރައްވައިފަ އެވެ. އެކަމަށް ރައްދު ދެއްވައި އޭނާ ވިދާޅުވީ، ކުރުދީން ތިބީ އީރާންގެ ސަރުކާރަށް ތާއީދު ކޮށްގެން ކަމަށާއި، މިހާރު ފަތުރާ ވާހަކަ ތަކަކީ ސިޔާސީ ގޮތުން ފަތުރާ ޕްރޮޕެގެންޑާއެއް ކަމަށެވެ. 

އެއާ އެކު އޭނާ ވިދާޅުވީ، އީރާންގެ ސިފައިން އެފަދަ ކޮންމެ ޙަރަކާތެއް ހުއްޓުވާނެ ކަމަަށާއި، އެ ޖަމާއަތް ތަކަށް އީރާންއާ ދެކޮޅަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށެވެ. އީރާންގެ ސިފައިންނާއި، އީރާންގެ ރައްޔިތުންގެ އަޤީދާ އާއި، އަޚުލާޤު އެއަށް ވުރެ ވަރުގަދަ ވާނެ ކަމަށް ވެސް އޭނާ ވަނީ ފާހަގަ ކުރައްވައިފަ އެވެ. 

މި މޭރުމުން ވާހަކަ ދައްކަވަމުން ޚަރަޒްމީ ވިދާޅުވީ، އީރާން އިން ފެންނަނީ ރައްޔިތުންގެ މެދުގައި އޮތް ބަދަހި ގުޅުމާއި، އިސްލާމީ ޖުމްހޫރިއްޔާ އަށް އޮތް ބޮޑު ތާއީދު ކަމަށެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާންއެސެމްބްލީ އޮފް އެކްސްޕާޓްސްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އީރާން-އެމެރިކާއީރާން-އިޒްރޭލް

އިތުރަށް ކިޔާލަން

06 މާރިޗު 2026

އެމެރިކާ އާއި އިޒްރޭލް އިން އީރާން އަށް ދޭ ހަމަލާ ތަކުގައި އިނގިރޭސިވިލާތް ބައިވެރި ނުވާނެ: ބޮޑު ވަޒީރު ސްޓާމާ

06 މާރިޗު 2026
އެމެރިކާ އާއި އިޒްރޭލް އިން އީރާން އަށް ދޭ ހަމަލާ ތަކުގައި އިނގިރޭސިވިލާތް ބައިވެރި ނުވާނެ: ބޮޑު ވަޒީރު ސްޓާމާ
06 މާރިޗު 2026

ސްރީލަންކާ އިން އީރާނުގެ މަނަވަރެއްގެ 208 ފަޅުވެރިން އެ ގައުމަށް ބާލައި، މަނަވަރަށް ރައްކާތެރިކަން ދީފި

06 މާރިޗު 2026
ސްރީލަންކާ އިން އީރާނުގެ މަނަވަރެއްގެ 208 ފަޅުވެރިން އެ ގައުމަށް ބާލައި، މަނަވަރަށް ރައްކާތެރިކަން ދީފި
06 މާރިޗު 2026

އީރާނުން އިޒްރޭލަށް ނުރައްކާތެރި "ޚުއްރަމްޝަހަރު-4" މިސައިލްތަކުން ހަމަލާދީފި

06 މާރިޗު 2026
އީރާނުން އިޒްރޭލަށް ނުރައްކާތެރި "ޚުއްރަމްޝަހަރު-4" މިސައިލްތަކުން ހަމަލާދީފި
06 މާރިޗު 2026

"ނަރަކަވަންތަވެރިންނަށް އީރާނަކުން ޖާގައެއް ނެތް" އެއްގަމު މަގުން ހަމަލާދީފިނަމަ ނުރައްކާތެރި ނަތީޖާއަކާ ކުރިމަތިލާންޖެހޭނެ: އީރާނުގެ ސަލާމަތީ އިސްވެރިޔާ

06 މާރިޗު 2026
"ނަރަކަވަންތަވެރިންނަށް އީރާނަކުން ޖާގައެއް ނެތް" އެއްގަމު މަގުން ހަމަލާދީފިނަމަ ނުރައްކާތެރި ނަތީޖާއަކާ ކުރިމަތިލާންޖެހޭނެ: އީރާނުގެ ސަލާމަތީ އިސްވެރިޔާ
06 މާރިޗު 2026

އީރާނުގެ ޑްރޯން ހަމަލާތަކާ ގުޅިގެން އެމެރިކާގެ މަނަވަރު "ޔޫ.އެސް.އެސް އަބްރަހަމް ލިންކަން" އެ ސަރަހައްދު ދޫކޮށް ފިލައިފި

06 މާރިޗު 2026
އީރާނުގެ ޑްރޯން ހަމަލާތަކާ ގުޅިގެން އެމެރިކާގެ މަނަވަރު "ޔޫ.އެސް.އެސް އަބްރަހަމް ލިންކަން" އެ ސަރަހައްދު ދޫކޮށް ފިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު