Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް ވެޓަރަންސް ކަޕް

އެފްއޭއެމް ވެޓަރަންސް ކަޕް: މުއިވެޔޮ އިން ފުރަތަމަ މެޗު ކާމިޔާބު ކުރިއިރު، މިފަހަރު ވެސް ކެޕްޓަން އަކީ ނައިބު ރައީސް ޙުސެއިން

22 ފެބުރުއަރީ 2026 | އާދީއްތަ 03:26

މިއަހަރު ވެސް މުއިވެޔޮ ޓީމުގެ ކެޕްޓަން އަކީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަޠީފް (ސެމްބެ). މީގެ ކުރީ އަހަރު ތަކުގައި ބޭއްވި ވެޓަރަންސް ލީގުގައި ވެސް މުއިވެޔޮ ވާދަކޮށްފައިވާއިރު، އެ ޓީމުގެ ކެޕްޓަން އަކީ ނައިބު ރައީސް ޙުސެއިން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 ފެބުރުއަރީ 2026 | އާދީއްތަ 03:26
އެފްއޭއެމް ވެޓަރަންސް ކަޕްގައި މުއިވެޔޮ އިން ކުޅުނު މެޗުގައި ނައިބު ރައީސް ޙުސެއިން ބައިވެރިވެ ވަޑައިގަންނަވަނީ

އެފްއޭއެމް ވެޓަރަންސް ކަޕްގައި މުއިވެޔޮ އިން ކުޅުނު މެޗުގައި ނައިބު ރައީސް ޙުސެއިން ބައިވެރިވެ ވަޑައިގަންނަވަނީ | ސޯޝަލް މީޑިއާ

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ، އެފްއޭއެމްގެ ވެޓަރަންސް ކަޕްގައި ދިވެހި ސިފައިންގެ ކުލަބާ ދެކޮޅަށް ކުޅުނު މެޗުން މުއިވެޔޮ ފްރެންޑްސް ކުލަބު މޮޅުވެއްޖެ އެވެ. 

ގުރޫޕް އޭގައި ހޮނިހިރު ދުވަހުގެ ހަވީރު މާފަންނު ޓާފް ދަނޑުގައި ކުޅުނު މެޗު މުއިވެޔޮ އިން ކާމިޔާބު ކުރީ 1-0 އިންނެވެ. މި ގުރޫޕުގައި މި ދެ ޓީމުގެ އިތުރުން ދެން އޮތީ ނިއު ރޭޑިއަންޓްސް ސްޕޯޓްސް ކުލަބާއި، ދަ ގްރާންޑެ އަދި ވިލިމާލެ ޔުނައިޓެޑެވެ. 

މެޗުގައި މުއިވެޔޮ އިން ލަނޑު ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. އެގޮތުން މެޗުގެ ދެ ވަނަ ހާފުގެ 52 ވަނަ މިނެޓުގައި މުއިވެޔޮ އަށް ލީޑު ނަގައިދިނީ މުޙައްމަދު ޝަހީމް އެވެ. މީގެ އިތުރުން ވެސް މެޗުގައި ލަނޑު ޖަހަަން މުއިވެޔޮ އިން ވަނީ ފުރުސަތު ހޯދައިފަ އެވެ. 

މިއަހަރު ވެސް މުއިވެޔޮ ޓީމުގެ ކެޕްޓަން އަކީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަޠީފް (ސެމްބެ) އެވެ. މީގެ ކުރީ އަހަރު ތަކުގައި ބޭއްވި ވެޓަރަންސް ލީގުގައި ވެސް މުއިވެޔޮ ވާދަކޮށްފައިވާއިރު، އެ ޓީމުގެ ކެޕްޓަން އަކީ ނައިބު ރައީސް ޙުސެއިން އެވެ. މިއަހަރު ވެޓަރަންސް ކަޕްގެ ނަމުގައި މުބާރާތް ބާއްވަނީ އެފްއޭއެމް އިންނެވެ.

މުބާރާތުގެ ފުރަތަމަ ދެ ދުވަހު ގުރޫޕް އޭގެ މެޗުތައް ކުޅެފައިވާއިރު، ކުރިއަށް އޮތް ދެ ދުވަހު ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ ގުރޫޕް ބީގެ މެޗު ތަކެވެ. ގުރޫޕް ބީގައި އޮތީ ހުއްރިއްޔާ ސްޕޯޓްސް ކުލަބު (ހުރާ) އާއި، ހުޅުމާލެ ވެޓަރަންސް ކުލަބާއި، ޔުނައިޓެޑު ވިކްޓްރީ އާއި، ޕޮލިސް ކުލަބު އަދި ބުރު ސްޕޯޓްސް ކުލަބެވެ.

އެފްއޭއެމް ވެޓަރަންސް ކަޕްނައިބުރައީސް ޙުސައިން މުޙައްމަދު ލަޠީފް

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2026

އެފްއޭއެމް ވެޓަރަންސް ކަޕް: ފުރަތަމަ މެޗުގައި ގްރާންޑޭ ބަލިކޮށް ނިއު އަށް ރަނގަޅު ފެށުމެއް

21 ފެބުރުއަރީ 2026
އެފްއޭއެމް ވެޓަރަންސް ކަޕް: ފުރަތަމަ މެޗުގައި ގްރާންޑޭ ބަލިކޮށް ނިއު އަށް ރަނގަޅު ފެށުމެއް
20 މާރިޗު 2025

ޒަލޮޓް އިން މެޗު ދޫކޮށްލުމުން، ވިލިމާލެ އަށް މެޗު ލިބިއްޖެ

20 މާރިޗު 2025
ޒަލޮޓް އިން މެޗު ދޫކޮށްލުމުން، ވިލިމާލެ އަށް މެޗު ލިބިއްޖެ
19 މާރިޗު 2025

ޕޮލިހުން ސްޓެލްކޯގެ މައްޗަށް ކުރި ހޯދައިފި

19 މާރިޗު 2025
ޕޮލިހުން ސްޓެލްކޯގެ މައްޗަށް ކުރި ހޯދައިފި
18 މާރިޗު 2025

ހުއްރިއްޔާ އާއި ސިފައިން ފުއްދާލަން ޖެހުނީ ޕޮއިންޓަކުން

18 މާރިޗު 2025
ހުއްރިއްޔާ އާއި ސިފައިން ފުއްދާލަން ޖެހުނީ ޕޮއިންޓަކުން
25 ޖޫން 2024

ރައީސް މުޢިއްޒު އާއި ނައިބު ރައީސް ޙުސެއިން ތައުޒިޔާ ބަކާގެ އާއިލާ އަށް

25 ޖޫން 2024
ރައީސް މުޢިއްޒު އާއި ނައިބު ރައީސް ޙުސެއިން ތައުޒިޔާ ބަކާގެ އާއިލާ އަށް
16 މެއި 2024

ދީމާ ހޯދި ކާމިޔާބީއަށް ރައީސް އަދި ނައިބު ރައީސްގެ މަރުޙަބާ

16 މެއި 2024
ދީމާ ހޯދި ކާމިޔާބީއަށް ރައީސް އަދި ނައިބު ރައީސްގެ މަރުޙަބާ
21 ޑިސެމްބަރު 2023

ނައިބްރައީސް، އިސްލާމިކް މިނިސްޓްރީގެ ވެރިންނާއި މުވައްޒަފުންނާ ބައްދަލުކުރައްވައިފި

21 ޑިސެމްބަރު 2023
ނައިބްރައީސް، އިސްލާމިކް މިނިސްޓްރީގެ ވެރިންނާއި މުވައްޒަފުންނާ ބައްދަލުކުރައްވައިފި
10 ޑިސެމްބަރު 2023

"ހިއުމަން ރައިޓްސް 75" ގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ޖެނީވާއަށް

10 ޑިސެމްބަރު 2023
"ހިއުމަން ރައިޓްސް 75" ގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ޖެނީވާއަށް
08 ޑިސެމްބަރު 2023

ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ޔުނާން ޕްރޮވިންޝަލް ކޮމިޓީގެ ސެކްރެޓަރީއާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

08 ޑިސެމްބަރު 2023
 ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ޔުނާން ޕްރޮވިންޝަލް ކޮމިޓީގެ ސެކްރެޓަރީއާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި
06 ޑިސެމްބަރު 2023

ޗައިނާގެ ޔުނާން ޔުނިވަރސިޓީގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާ ނާއިބު ރައީސް ބައްދަލުކުރައްވައިފި

06 ޑިސެމްބަރު 2023
ޗައިނާގެ ޔުނާން ޔުނިވަރސިޓީގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާ ނާއިބު ރައީސް ބައްދަލުކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް