Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއަރ ލީގު

ސަންޑަލޭންޑް ބަލިކޮށް، ލިވަޕޫލް އަށް ހަމަ ނޭވާއެއް

މެޗުން މޮޅުވެ ލިވަޕޫލް އޮތީ ލީގު ތާވަލްގެ ހަ ވަނަ މަގާމުގައި. އެއީ މިހާތަނަށް ލީގުގައި ކުޅެފައިވާ 26 މެޗުން 42 ޕޮއިންޓާ އެކު. ހަމަ އެ އަދަދަށް މެޗު ކުޅެގެން 44 ޕޮއިންޓާ އެކު ފަސް ވަނައިގައި އޮތީ ޗެލްސީ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 12 ފެބުރުއަރީ 2026 | ބުރާސްފަތި 04:26
މެޗުގައި ލަނޑު ޖެހުމަށް ފަހު ލިވަޕޫލްގެ ކެޕްޓަން ވެން ޑައިކް އަދި އެހެން ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ލިވަޕޫލްގެ ކެޕްޓަން ވެން ޑައިކް އަދި އެހެން ކުޅުންތެރިން އުފާ ފާޅު ކުރަނީ | ރޮއިޓާސް

އިނގިރޭސި ޕްރިމިއަރ ލީގުގައި ސަންޑަލޭންޑްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ޕްރެޝަރަށް ވެއްޓިފައި އޮތް ލިވަޕޫލް އިން ހަމަ ޖެހުމެއް ހޯދައިފި އެވެ.

މި ސީޒަންގެ ލިވަޕޫލްގެ ނަތީޖާތައް އިންތިހާާ އަށް ދަށްވެފައިވާއިރު، ލީގުގެ ގަދަ ހަތަރަކުން ޖާގަ ކަށަވަރު ކުރުމަށް އެ ޓީމުން ވަނީ ގިނަ މަސައްކަތް ތަކެއް ކުރަން ޖެހިފަ އެވެ. ސަންޑަލޭންޑް މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ލިވަޕޫލްގެ ކޯޗު އާން ސްލޮޓް ބުނެފައި ވަނީ، ޔުއެފާ ޗެމްޕިއަންސް ލީގުން ޖާގަ ނުލިބިއްޖެ ނަމަ، މިއީ ލިވަޕޫލް އަށް ދަށް ސީޒަނަކަށް ވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ސަންޑަލޭންޑްއާ ދެކޮޅަށް ކުޅުނު މެޗުގައި ލިވަޕޫލް އަށް ވަނީ ލަނޑު ޖަހަން ފުރުސަތު ތަކެއް ލިބިފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލްގެ ފްލޯރިއަން ވާޓްޒް އަށް ލަނޑު ޖަހާނެ ފުރުސަތު ތަކެއް ލިބުނުއިރު، އޭނާ ފޮނުވާލި އެއް ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއާ އެވެ. މެޗުގައި ލިވަޕޫލް އިން ލަނޑު ޖެހީ ދެ ވަނަ ހާފުގެ 61 ވަނަ މިނެޓުގަ އެވެ. މިޞްރުގެ ފޯވާޑު މުޙައްމަދު ޞަލާޙު ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ލަނޑު ޖެހީ ކެޕްޓަން ވާޖިލް ވެން ޑައިކް އެވެ. މެޗުގައި ޞަލާޙު އަށް ވެސް ވަނީ ލަނޑު ޖަހަން ފުރުސަތު ލިބިފަ އެވެ. 

މެޗުން މޮޅުވެ ލިވަޕޫލް އޮތީ ލީގު ތާވަލްގެ ހަ ވަނަ މަގާމުގަ އެވެ. އެއީ މިހާތަނަށް ލީގުގައި ކުޅެފައިވާ 26 މެޗުން 42 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން 44 ޕޮއިންޓާ އެކު ފަސް ވަނައިގައި އޮތީ ޗެލްސީ އެވެ. މި ސީޒަންގެ ލީގުގައި އަށް މެޗަކުން ލިވަޕޫލް ބަލިވެފައިވާއިރު، ސްލޮޓް އަށް އަންނަނީ ޕްރެޝަރު ބޮޑު ވަމުންނެވެ.

އިނގިރޭސި ޕްރިމިއަރ ލީގުލިވަޕޫލް

ކޮމެންޓް

އިތުރަށް ކިޔާލަން

ފުލަމް ބަލިކޮށް، ސިޓީ އިން ތިން ޕޮއިންޓަށް ފަރަގު ކުޑަ ކޮށްފި

ފުލަމް ބަލިކޮށް، ސިޓީ އިން ތިން ޕޮއިންޓަށް ފަރަގު ކުޑަ ކޮށްފި

12 ފެބުރުއަރީ 2026
ވެސްޓް ހޭމް ކައިރިން ޔުނައިޓެޑު ސަލާމަތްވީ ފަހު ވަގުތު

ވެސްޓް ހޭމް ކައިރިން ޔުނައިޓެޑު ސަލާމަތްވީ ފަހު ވަގުތު

11 ފެބުރުއަރީ 2026
ފަހަތުން އަރައި ލީޑްސް އިން ޗެލްސީ ހުއްޓުވައިފި

ފަހަތުން އަރައި ލީޑްސް އިން ޗެލްސީ ހުއްޓުވައިފި

11 ފެބުރުއަރީ 2026
ފަހަތުން އަރައި ލިވަޕޫލް ބަލިކޮށް، ސިޓީ އިން ފަރަގު ކުޑަ ކޮށްފި

ފަހަތުން އަރައި ލިވަޕޫލް ބަލިކޮށް، ސިޓީ އިން ފަރަގު ކުޑަ ކޮށްފި

09 ފެބުރުއަރީ 2026
ޕާމާގެ ހެޓްރިކާ އެކު ވުލްވްސް ބަލިކޮށް، ޗެލްސީ ފަސް ވަނައިގައި

ޕާމާގެ ހެޓްރިކާ އެކު ވުލްވްސް ބަލިކޮށް، ޗެލްސީ ފަސް ވަނައިގައި

08 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

3 އެޕްރީލު
ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟
20251 އަހަރު ކުރިން
ރިޕޯޓު

ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި
20242 އަހަރު ކުރިން
ރާއްޖެ

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި

ގެރިކިރު ބޯކިބާ
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ގެރިކިރު ބޯކިބާ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު
20215 އަހަރު ކުރިން
ރާއްޖެ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު