Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އަބްދުﷲ ޝާހިދު

ހަނގުރާމަ ބަހަނާއަކަށް ދައްކައިގެން ސަރުކާރުން ނުހައްގު ފައިދާ ލައިގެން ރައްޔިތުންނަށް ތެޔޮ ވިއްކަން ފަށައިފި: އަބްދުﷲ ޝާހިދު

ށ. ފޯކައިދޫގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، އަގުހެޔޮކޮށް ލިބުނު ތެލުގެ ސްޓޮކް ހުރިކަމަށް ސަރުކާރުން ބުނަމުންދާއިރު، ކުއްލިއަކަށް ތެލުގެ އަގު ބޮޑުކުރުމަކީ ރައްޔިތުންނަށް ވެވޭ ބޮޑު ޚިޔާނާތެއް ކަމަށް. އެހެންކަމުން ތެޔޮ ވިއްކަންވާނީ އެ ގެނައި އަގަކަށް ބަލައިގެން، ރައްޔިތުންނަށް ބުރަ ނުވާނެ ފަދަ ހަމަ އަގުތަކެއްގައި ކަމަށްވެސް އޭނާ ފާހަގަކުރެއްވި.

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 6 މާރިޗު 2026 | ހުކުރު 11:06
ށ ފޯކައިދޫގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވާހަކަފުޅުދައްކަވަނީ.

ށ ފޯކައިދޫގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވާހަކަފުޅުދައްކަވަނީ. | ރާއްޖެ އެމްވީ

އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ކުރަމުންދާ ހަނގުރާމަ ބަހަނާއަކަށް ދައްކައިގެން މިސަރުކާރުން ނުހައްގު ފައިދާ ލައިގެން ރައްޔިތުންނަށް ތެޠޮ ވިއްކަމުންދާކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ. 

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބާއި އަދި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލައި އެއްތާރީހެއްގައި ބޭއްވުމަށް ނަގާ ފެންނަ ނުފެންނަ ވޯޓުގެ ކެމްޕޭނަށް އެމްޑީޕީގެ ލީޑަރޝިޕް އިން އަތޮޅުތެރެއަށް ކުރާ ދަތުރުގެ ތެރެއިން ށ ފޯކައިދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، ސަރުކާރުން ރައްޔިތުންނަށް ހިޔާނަތްތެރިވެފައިވާކަމަށާއި ހަނގުރާމަ ބަހަނާއެއްގެ ގޮތުގައި ދައްކައިގެން ރައީސް ޑރ. މުޢިއްޒު ގެ ސަރުކާރުން ތެލުން ނުހައްގު ފައިދާ ނަގަމުންދާ ކަމަށެވެ. އަދި އަގު ހެޔޮކޮށް ގަންނަ ތެޔޮ ރައްޔިތުންނަށް ވިއްކަންޖެހޭނީ ހަމަ އަގުގައި ހެޔޮކޮށް ކަމަށް ޝާހިދު ވިދާޅުވި އެވެ. 

Advertisement - newsAdvertisement

ތެލުގެ އަގު ބޮޑުވެފައިވާ މިންވަރު ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ، މިހާރު އަގު ބޮޑުކޮށް ވިއްކާ ތެލަކީ އަގުބޮޑުކޮށް ގެނައި ތެޔޮތޯ، ނުވަތަ ކުރީގެ އަގުގައި ރާއްޖެ ގެނެސްފައިވާ ތެޔޮކަން ރައްޔިތުންނަށް ސާފުކޮށްދޭންޖެހޭ ކަމަށެވެ. 

ރައްޔިތުންނަށް ތެޔޮ ވިއްކަންޖެހޭނީ އަގުބޮޑުކޮށް ގަންނަ ތެޔޮ އަގުބޮޑުކޮށް، އަގު ހެޔޮކޮށް ގަންނަ ތެޔޮ ވިއްކަންޖެހޭނީ އޭރު ވެސް ވިއްކަމުން އައި އަގުގަ. މިވަރުގެ ބޮޑު ހިޔާނާތެއް ރައްޔިތުންނަށް ވެގެން ނުވާނެ، އެނގޭ އެއްޗަކީ މިސަރުކާރުން ބޭނުންވަނީ ސަރުކާރުން ބޭނުންވާ ކޮންމެ ދަނޑިވަޅެއްގާ ކޮންމެ ބަހަނާއެއް ދައްކާފަވެސް ރައްޔިތު މީހާ ކަރަށް ފައިން އަރާ ދަމާގަންނަން. އެއްވެސް އިހްލާސްތެރިކަމެއް ނެތް. އެއްވެސް އިހްލާސްތެރިކަމެއް މިސަރުކާރުގެ ނެތީ. 
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު 

މީގެ އިތުރުން ޝާހިދު ވިދާޅުވީ، ރައީސް މުޢިއްޒު ތެލުގެ ސްޓޮކް ހުރިކަމަށް ވިދާޅުވީ ކަމަށާއި އެހެން ކަމަށް ވާނަމަ އަގު ބޮޑުކޮށް މިހާރު ވިއްކަމުން އެދަނީ އަގު ހެޔޮކޮށް ލިބުނު ތެލުގެ ސްޓޮކް ކަމަށެވެ. އަދި އެކަމުންވެސް ހާމަވަނީ ސަރުކާރުން ރައްޔިތުންނަށް ހިޔާނަތްތެރިވަމުންދާ މިންވަރުކަމަށް ޝާހިދު ވިދާޅުވި އެވެ. 

ފާހަގަކޮށްލެވޭ ގޮތުގައި އަގުހެޔޮ ތެލުގެ އައު ޝިޕްމަންޓެއް ރާއްޖެއަށް ދަތުރުކުރަމުންދާ ކަމަށް ރައީސް.ޑރ މުހައްމަދު މުއިއްޒު ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވިތާ 24 ގަޑިއިރު ހަމަނުވަނީސް އެސްޓީއޯ އިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު ވަނީ ބޮޑުކޮށްފަ އެވެ. 

އީރާން-ޔޫއެސްއޭ-އިޒްރޭލްއަބްދުﷲ ޝާހިދުއެމްޑީޕީޑރ. މުޙައްމަދު މުޢިއްޒުމިނިސްޓަރ މުޙައްމަދު ސަޢީދު

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުއިއްޒު ބޭނުންފުޅުވި ނަމަވެސް ރާއްޖޭގެ ޔޫސަބަލް ރިޒާވުން ބޭނުންހާ ގޮތަކަށް ފައިސާއެއް ނުނެގޭނެ: މެންބަރު ޝަމްހީދު

ރައީސް މުއިއްޒު ބޭނުންފުޅުވި ނަމަވެސް ރާއްޖޭގެ ޔޫސަބަލް ރިޒާވުން ބޭނުންހާ ގޮތަކަށް ފައިސާއެއް ނުނެގޭނެ: މެންބަރު ޝަމްހީދު

06 މާރިޗު 2026
"ޔާ މުއިއްޒުލް މުއުމިނީން" ނަމުގައި އިޒްރޭލުގެ ދިފާއީ ނިޒާމު ފޫދުއްވާލުމަށް ފަހު އިރާނުން އިޒްރޭލަށް ވަރުގަދަ ހަމަލާތަކެއް ދީފި

"ޔާ މުއިއްޒުލް މުއުމިނީން" ނަމުގައި އިޒްރޭލުގެ ދިފާއީ ނިޒާމު ފޫދުއްވާލުމަށް ފަހު އިރާނުން އިޒްރޭލަށް ވަރުގަދަ ހަމަލާތަކެއް ދީފި

06 މާރިޗު 2026
ގިނަ ބައެއްގެ ތާއީދާއެކު އެމްޑީޕީ ކުޅުދުއްފުށި ސިޓީގެ ކެމްޕެއިންގ ޖަގަހަ ހުޅުވައިފި

ގިނަ ބައެއްގެ ތާއީދާއެކު އެމްޑީޕީ ކުޅުދުއްފުށި ސިޓީގެ ކެމްޕެއިންގ ޖަގަހަ ހުޅުވައިފި

06 މާރިޗު 2026
އީރާން ހަނގުރާމަ އާ ގުޅިގެން ރާއްޖެ އަށް ދަތުރުކުރާ ފަތުރުވެރިންނަށް އިނގިރޭސިވިލާތުން އިންޒާރު ނެރެފި

އީރާން ހަނގުރާމަ އާ ގުޅިގެން ރާއްޖެ އަށް ދަތުރުކުރާ ފަތުރުވެރިންނަށް އިނގިރޭސިވިލާތުން އިންޒާރު ނެރެފި

06 މާރިޗު 2026
އިޒްރޭލުން އަލް-އަޤްޞާގައި ހުކުރު ނަމާދު ކުރުން މަނާކޮށްފި

އިޒްރޭލުން އަލް-އަޤްޞާގައި ހުކުރު ނަމާދު ކުރުން މަނާކޮށްފި

06 މާރިޗު 2026

އަހަރުތަކުން މިއަދު

18 ޖޫން
އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟
20224 އަހަރު ކުރިން
ރިޕޯޓު

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ
20215 އަހަރު ކުރިން
ރާއްޖެ

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ
20197 އަހަރު ކުރިން
ރާއްޖެ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު